ކުޅިވަރު / ޔޫރޯ 2024

ފްރާންސް ސެމީ އަށް، ރޮނާލްޑޯގެ ފަހު ޔޫރޯ ހުސްއަތާ ނިންމާލައިފި

ހަމްބާގް (ޖުލައި 6) - ކުއާޓާ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޕޯޗުގަލް ބަލިކޮށް ފްރާންސުން، ޔޫރޯގެ ސެމީ ފައިނަލަށް ދަތުރު ކޮށްފި އެވެ.

މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން ވެސް ލަނޑެއް ނުޖެހުނެވެ. ޕެނަލްޓީޝޫޓްއައުޓްގައި ފްރާންސް ކާމިޔާބު ހޯދީ 5-3 ންނެވެ.

އެއާ އެކު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޔޫރޯގެ ކެރިއާ ވަނީ ނިމިފަ އެވެ. އުމުރުން 39 އަހަރުގެ ފޯވާޑް ކުރިން ބުނެފައި ވަނީ މިއީ އޭނާގެ ފަހުގެ ޔޫރޯ ކަމަށެވެ.

މެޗުގައި އެންމެ ގިނަ ފުރުސަތުތައް ލިބުނު އެއް ކުޅުންތެރިޔަކަށް، ފްރާންސްގެ އުސްމާން ޑެމްބެލޭ ވާނެ އެވެ. ދެވަނަ ހާފުގައި ވެސް އޭނާ އަށް ރަނގަޅު ތިން ފުރުސަތެއް ލިބުނެވެ. އެކަމަކު ފްރާންސްގެ ޓީމުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޑްއާޑޯ ކަމަވިންގާ އަށެވެ. އޭނާ އަށް އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލް ލައިނާ އިންޗިއެއްހައި ކައިރިން ހުރަސްކޮށް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓްގައި ފްރާންސްގެ ކެޕްޓަން ކިލިޔަން އެމްބާޕޭ އޭރިއާ ބޭރުން ނުރައްކާތެރި ބޯޅައެއް ފޮނުވާލި އެވ. ނަމަވެސް ޕޯޗުގަލްގެ ކީޕަރު ޑިއޭގޯ ކޮސްޓާ އެ ބޯޅަ ހިފި އެވެ.

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މެޗުގައި ލީޑް ނަގާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. މި މުބާރާތުގައި މެޗުގެ ތެރެއިން އަދި ލަނޑެއް ޖެހިފައި ނުވާ ރޮނާލްޑޯ އަށް އެ ފުރުސަތު ވެސް ބޭނުން ނުކުރެވުނެވެ.

އިތުރު ވަގުތު ކުޅެގެން ވެސް ނަތީޖާއެއް ނުނެރެވުމުން ދެން ދިޔައީ ޕެނަލްޓީޝޫޓްއައުޓަށެވެ. ޕެނަލްޓީގައި ޕޯޗުގަލް އަށް ނާކޟާިޔާބު ވީ ޔޮއާ ފެލިކްސް ޖެހި ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. ފެލިކްސްގެގެ ޕެނަލްޓީ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. ފްރާންސުން މެޗު ކާމިޔާބު ކުރީ ތިއޯ ހެނާންޑޭޒް ޖެހި ޕެނަލްޓީ ވައްދާލައިގެންނެވެ.

ސެމީ ފައިނަލުގައި ފްރާންސް ވާދަ ކުރާނީ ސްޕެއިނާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭގަ އެވެ.

6 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެންޔޫ2

06 July 2024

މީގެ 10 އަހަރު ކުރިނަމަ ތިޔަ ސުރިހީ ތިޔަހެން ނުލިޔާނެ. ހަގީގަތުގައި ރޮނާލްޑޯ އަކީ އަދިވެސް ގޯޓް. މެސީ ހުނަރުގެ ގޮތުން ރޮނާލްޑޯއަށް ވުރެ މޮޅުވިޔަސް ރޮނާލްޑޯގެ ހުރި ހިތްވަރާއި ލީޑަޝިޕް ކޮލިޓީސް އާއި އަރާ ހަމަކުރެވޭނެ އެހެން ކުޅުންތެރިޔަކު އުފެދެން އަދި ދުވަސް ކޮޅެއް ނަގާނެ.

The name is already taken The name is available. Register?

ރޮނާލްޑޯ

06 July 2024

މަ އެކަނިތަ ހުސްއަތާ ނިންމާލީ؟

The name is already taken The name is available. Register?

އަރަކިރި

06 July 2024

ފެމުނު ފުމުނަކަސް ގާހަކަ އަށް ނުފުމޭނެ އެވެ. "ދިވެހި ހާރޑު ވޯރޑެއް"

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

06 July 2024

މެޗުގެ ''ޓެކްނިކަލް'' އޭރިޔާގަ ހުރެ އިރުޝާދުދީގެން އަހަރުމެންގެ ރޮނާލްޑޯ ކޮއްކޮ ޔޫރޯއެއް ވެސް ނެގި. ހެހެހެހެހެހެ.އެހެންވީމަ އަދި ތިޔާ ހާޑްވޯޑް ސޮފްޓްކޮށްލަން ޖެހޭ.

The name is already taken The name is available. Register?

ދޮޅި

06 July 2024

ނުކުޅެ ލިބުން ތައްޓެއް ދޯ ???

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

06 July 2024

ނޫނޭ ކުޅުނު.ނަމަވެސް ފަހު 10 މިނިޓްގަ ބަދަލުކުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454