ޚިޔާލު / ދުނިޔޭގެ އާބާދީ ދުވަސް

މުސްކުޅިވަމުންދާ އާބާދީއާ އެކު ގައުމީ ތަރައްގީގެ ދުވެލި މަޑުޖެހުން: ބޮޑު ކަންބޮޑުވުމެއް!

ދެމަފިރިއަކު އެ މީހުންގެ ދަރިފުޅު ގޮވައިގެން ހިނގާފައި ދަނީ: ރާއްޖޭގެ މީހުންގެ އެވްރެޖު އުމުރަކީ މިހާރު 79.92.

ޑރ. އަބްދުﷲ ނަޒީރު

11 ޖުލައި 2024 - 06:58

40 comments

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ އާބާދީ ދުވަހެވެ. އާބާދީ ދުވަހުގެ ގޮތުގައި މި ދުވަސް ފާހަގަކުރަން ފެށީ ދުނިޔޭގެ އާބާދީގައި ފަސް ބިލިއަން މީހުން ހަމަވީ ޖުލައި 11، 1987 ގައި ކަމަށް ވާތީ އެވެ. އެ ނަސީބުވެރި ކުއްޖާ (މަޓެގް ގެސްޕަ) އުފަންވީ ކްރޮއޭޝިއާގެ ވެރިރަށުގަ އެވެ. މިއަދު ދުނިޔޭގައި 8 ބިލިއަން މީހުން 197 ގައުމުގައި ދިރިއުޅޭ ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގައި 515،132 މީހުން އުޅޭ ކަމަށް 2022 ވަނަ އަހަރުގެ ބޯހިމެނި ހިސާބުތަކުން އެބަ ދައްކަ އެވެ. އެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް މަދުވެ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އާބާދީ ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ވެފަ އެވެ. މިހާރު އެވްރެޖްކޮށް ދިވެހި އަންހެނަކު ހޯދަނީ 1.7 ކުދިންނެވެ. އެގޮތުން ބަލާއިރު، ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތް މިހާރު ހުރީ "ބިލޯ ރިޕްލޭސްމަންޓް" ލެވެލްގަ އެވެ. ވޭތުވެދިޔަ 32 އަހަރުގެ ތެރޭގައި ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތަށް އައިސްފައިވާ ބަދަލު ތާވަލު 1 ގައި އެ ވަނީ އެވެ.

ދަރިމައިވުމުގެ ނިސްބަތް ދައްކައިދޭ ޗާޓު

ގައުމެއްގައި ދަރިމައިވުމުގެ ރޭޓް ދަށްވެ، ދުނިޔޭގައި މީހުން ދިރިތިބޭނެ ކަމަށް ވިހާއިރު، ލަފާކުރާ އުމުރު (ލައިފް އެކްސްޕެކްޓަންސީ) މަތިވާ ނަމަ އެ ގައުމެއްގެ އާބާދީ ދާނީ މުސްކުޅިވަމުންނެވެ. އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2000 ވަނަ އަހަރު ދުނިޔޭގެ އެވްރެޖް އުމުރަކީ 66.8 އެވެ. މި އުމުރު 2021 ވަނަ އަހަރު ވަނީ 72.6 އަހަރަށް މަތިވެފަ އެވެ. ދިވެހިރާއްޖޭގެ އާބާދީގެ އެވްރެޖް އުމުރަކީ 79.92 އެވެ.

ކުރިއަރާފައިވާ ގައުމުތަކަށް މިހާރު ދިމާވެގެން އުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ މިއީ އެވެ. އެ ގައުމުތަކުގެ އާބާދީ މުސްކުޅިވަމުން ދާ ވާހަކަ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ދައްކާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިދިޔަ ޖޫން މަހު ޖެނީވާގައި ބޭއްވި ބައިނަލްއަގުވާމީ ލޭބަ ކޮންފަރެންސްގައި ވެސް މި މައްސަލައާ ބެހޭ ގޮތުން އެތައް މަޝްވަރާއެއް ކުރި އެވެ. ކަމުގެ ނާޒުކުކަމުންނެވެ. އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ހެދި އެވެ. ގައުމުތަކުގެ ތަރައްގީ އަށް މިކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ހެދި އެވެ.

ދުނިޔޭގެ އާބާދީގެ މި ޑިމޮގްރަފިކް ބަދަލުގެ ސަބަބުން 60 އަހަރުން މަތީގެ މީހުންގެ އަދަދު ދަނީ ނިސްބަތުން އިތުރުވަމުންނެވެ. އުމުރުން 60 އަހަރުން މަތީގެ އުމުރުފުރައިގެ 727 މިލިއަން މީހުން 2020 ވަނަ އަހަރު ދުނިޔޭގައި އުޅުނު އިރު 2050 ވަނަ އަހަރު އެ އަދަދު 1.5 ބިލިއަން މީހުންނަށް އިތުރުވާނެ ކަމަށް އދ. އިން އަންދާޒާ ކުރެ އެވެ. ހަމަ އެގޮތަށް ވޯލްޑް ޕޮޕިއުލޭޝަން ޕްރޮސްޕެކްޓަސް 2022 އިން ދައްކާ ގޮތުގައި އުމުރުން 65 އަހަރުން މަތީގެ އާބާދީ، އެ އުމުރުފުރާއިން ދަށުގެ އާބާދީ އަށް ވުރެ ހަލުވިކަމާ އެކު ދަނީ އިތުރުވަމުންނެވެ. މާނައަކީ 65 އަހަރުން މަތީގެ ދުނިޔޭގެ އާބާދީގެ ޕަސެންޓު 2022 ވަނަ އަހަރު 10 ޕަސެންޓުގައި ހުރި އިރު 2050 ވަނަ އަހަރު އެ ނިސްބަތް 16 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރުމެވެ.

މިހާރު އެވްރެޖްކޮށް ދިވެހި އަންހެނަކު ހޯދަނީ 1.7 ކުދިންނެވެ. އެގޮތުން ބަލާއިރު، ރާއްޖޭގެ ދަރިމައިވުމުގެ ނިސްބަތް މިހާރު ހުރީ "ބިލޯ ރިޕްލޭސްމަންޓް" ލެވެލްގަ އެވެ.

އަދި 2050 ވަނަ އަހަރު މުޅި ދުނިޔޭގައި އުމުރުން 65 އަހަރުން މަތީގެ މީހުންގެ އަދަދު، އުމުރުން ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދުގެ ދެ ގުނަ އަށް އަރާނެ ކަމަށާއި އެ އަދަދު އުމުރުން 12 އަހަރުން ދަށުގެ ކުދިންގެ އަދަދާ އެއްވަރު ވާނެ ކަމަށް ވެސް އަންދާޒާ ކުރެ އެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ ތާރީހުގައި ވެސް ޒުވާންނަށް ވުރެ އުމުރުން ދުވަސްވީ މީހުން ގިނަވުން މާ ދުރު ނޫން މުސްތަގްބަލެއްގައި ފެނުން ކައިރި އެވެ. ފާހަގަ ކޮށްލަން ޖެހެނީ، އާބާދީ މުސްކުޅިވުމުގެ މި ބަދަލު އެންމެ ބޮޑަށް މި ފެންނަނީ ކުރިއަރާފައިވާ ގައުމުތަކުގައި ވިއަސް، ދިވެހިރާއްޖެ ކަހަލަ ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވެސް މިކަން ވަރަށް ބޮޑަށް ފެންނަން އެބަހުއްޓެވެ.

ދުނިޔޭގައި މަސައްކަތުގެ އާބާދީ ނުވަތަ ލޭބަފޯސް ކަމަށް ކަނޑައަޅާފައިވަނީ އުމުރުން 15-64 މީހުންނަަށެވެ. އެގޮތުން ބަލާއިރު ދިވެހިރާއްޖޭގައި އެ އުމުރުފުރައިގެ 244،956 މީހުން އެބަތިއްބެވެ. އެކަމަކު ރާއްޖޭގައި މަސައްކަތުގެ އާބާދީގައި ހިއްސާކުރަނީ ނުވަތަ އެކްޓިވް ލޭބަރފޯސް އަކީ 153،762 މީހުންނެވެ. މި ހިސާބުތަކަށް ބަލާއިރު ރާއްޖޭގެ ލޭބަފޯސް ޕާރޓިސިޕޭޝަން ރޭޓަކީ 63.8 ޕަސެންޓެވެ. މިއީ އޯއީސީޑީގެ ގައުމުތަކުގެ އެވްރެޖު ލޭބަފޯސް ޕާޓިސިޕޭޝަން ރޭޓާ އަޅާބަލާއިރު ހަތް ޕަސެންޓު ދަށް ރޭޓެކެވެ.

ދިވެހިރާއްޖޭގައި އުމުރުން 65 އަހަރުން މަތީގެ 20،850 މީހުން އެބައުޅެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ހަތަރު ޕަސެންޓެވެ. އެހެންކަމުން ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ އާބާދީގައި އުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް ހަ ޕަސެންޓު މަދެވެ.

ދުވަސްވީ ދެމަފިރިން ކަސްރަތަށް ނުކުމެ: އާބާދީ މުސްކުޅިވަމުން ދާއިރު ދެން ވިސްނަންވީ ދެމެހެއްޓެނިވި ތަރައްގީ އަށް.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދުނިޔެ އާއި ރާއްޖޭގެ ވަޒީފާގެ ބާޒާރު މީގެ ކުރިން އަޑު ނުއިވޭހާ ހަލުވި ރޭޓެއްގައި މުސްކުޅި ވަމުން ދާއިރު، ހާއްސަކޮކޮށް ފަތުރުވެރިކަމާއި މަސްވެރިކަން ފަދަ ދާއިރާތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ބޮޑެތި އިގުތިސާދީ ގޮންޖެހުންތަކެއް މި ކަމުގެ ސަބަބުން ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެެވެ. މި ޑިމޮގްރަފިކް ބަދަލަކީ އުފެއްދުންތެރިކަމާއި އިގުތިސާދީ ކުރިއެރުމާއި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުތަކަށް ދުރުރާސްތާގައި އަސަރުތަކެއް ކުރާނެ ކަމެކެވެ.

މިސާލަކަށް ފަތުރުވެރިކަމާ ގުޅުން ހުރި ވަޒީފާތަކަށް ބޭނުންވާ ހަކަތަ ހުރި މުވައްޒަފުން ނުލިބޭ ނަމަ ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މެހުމާންދާރީ އާއި ދަތުރުފަތުރުގެ އިންތިޒާމާއި މުނިފޫހިފިލުވުން ފަދަ ކަންކަން ކޮށްދިނުމުގައި އުނދަގޫތަކެއް ކުރިމަތިވާނެ އެވެ. އަނެއްކޮޅުން މަސްވެރިކަމަކީ ޖާނުގައި ވަރު ހުރި ބަޔަކަށް މެނުވީ ނުކުރެވޭ ފަދަ މަސައްކަތެކެވެ.

މުސްކުޅިވަމުންދާ އާބާދީގެ ސަބަބުން ގައުމުތަކުގެ އިގްތިސާދުތަކަށް ވަރަށް ބޮޑަށް އަސަރު ކުރުވަ އެވެ. ވަޒީފާގެ ބާޒާރުގައި ހަކަތަ ހުރި މީހުން ނުލިބުމަކީ އިގުތިސާދީ ކުރިއެރުމަށް ހުރަސް އެޅޭ ކަމެކެވެ. ތަރައްގީ ވެފައިވާ ގިނަ ގައުމުތަކުގެ އިގުތިސާދުގެ ދުވެލި މަޑުޖެހޭ އެއް ސަބަބަކީ މުސްކުޅިވަމުންދާ އާބާދީ އެވެ.

މިސާލަކަށް ޖަޕާނުގެ އާބާދީގެ 28 ޕަސެންޓު މީހުންނަކީ އުމުރުން 65 އަހަރުން މަތީގެ މީހުންނެވެ. ހަމަ އެފަދައިން ޔޫރަޕްގައި ވެސް މަސައްކަތްކުރާ އުމުރުގެ އާބާދީން 13.5 މިލިއަން މީހުން 2030 ވަނަ އަހަރުގެ ނިޔަލަށް މަދުވެ، އިގުތިސާދީ ކުރިއެރުން މަޑުޖެހޭނެ ކަމަށް ބެލެވެ އެވެ. ރާއްޖެ ފަދަ ކުދި އިގުތިސާދުތަކަށް، އެކަމުގެ އަސަރު މާ ބޮޑުވާނެ ކަމަށް ވެ އެވެ. މިކަމާ ގުޅުވައިގެން ވަރަށް ފުޅާކޮށް، އެކިއެކި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ތަފާތު ވާހަކަތައް އެބަ ދައްކަ އެވެ. އުމުރުން ދުވަސްވީ މަސައްކަތްތެރިންގެ ނިސްބަތް މަތިވުމުން، ލޭބަ ފޯސްގައި ބައިވެރިވުމުގެ ނިސްބަތް ދަށްވެ، ހީވާގި މަސައްކަތްތެރިންގެ ޕޫލް މަދުވާނެ ވާހަކަ ހިމެނެ އެވެ. އެއާ އެކު، އުމުރުން ދުވަސްވީ އާބާދީތަކަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތައް ކުރާ ހަރަދުތައް އިތުރުވާ ވާހަކަތައް ވެސް ހުރިހާ ގައުމެއްގައި އެބަ ދައްކަ އެވެ.

އެމެރިކާގައި އުމުރުން ދުވަސްވީ މީހުންނަށް ސިއްހީ ފަރުވާ އަށް ކުރާ ހަރަދު 2020 ވަނަ އަހަރު 1.2 ޓްރިލިއަން ޑޮލަރުން 2030 ވަނަ އަހަރު 2.5 ޓްރިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގައި ވެސް ދިގު މުއްދަތުގައި ބޭސްކުރަން ޖެހޭ ފަދަ ބަލިތައް އިތުރުވެ، އާސަންދަ އިން ކުރާ ހަރަދު ވެސް ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 2022 ވަނަ އަހަރު 1.8 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. އަދި 2023 ވަނަ އަހަރު 2.2 ބިލިއަން ރުފިޔާ އާސަންދަ އިން ހަރަދު ކުރި އެވެ.

ގައުމުތަކުގެ ޕެންޝަން ނިޒާމުތަކުގެ މާލީ ދެމެހެއްޓެނިވިކަން އިތުރުވަމުން ނުދާތީ ވެސް އެއީ ބޮޑު ކަންބޮޑުވުމެކެވެ. ގިނަ ގައުމުތަކުގައި މަސައްކަތްތެރިންނާއި ރިޓަޔާކުރާ މީހުންގެ ނިސްބަތް ދަށްވެ، ޕަބްލިކް ޕެންޝަން ސްކީމްތަކަށް ދަތިތަކެއް ކުރިމަތިވެ އެވެ. މިސާލަކަށް ޖަރުމަނުގައި ޑިޕެންޑެންސީ ރޭޝިއޯ (އުމުރުން 15-64 އަހަރާ އަޅާބަލާއިރު 65 އަހަރުން މަތީގެ މީހުންގެ އަދަދު) 2019 ވަނަ އަހަރު 34 ޕަސެންޓުން 2050 ވަނަ އަހަރު 56 ޕަސެންޓަށް އަރާނެ ކަމަށް ބެލެވެ އެވެ. މީގެ މާނައަކީ ޓެކްސް އިތުރުކޮށް، ޕެންޝަންގެ އިނާޔަތްތައް މަދުކޮށްގެން ނޫނީ ދެކޮޅު ނުޖެއްސޭނެ ކަމެވެ.

މުސްކުޅިވަމުންދާ އާބާދީގެ ސަބަބުން އިޖުތިމާއީ އޮނިގަނޑުތަކަށް ވެސް އަސަރު ކުރެ އެވެ. އާއިލީ ޑައިނަމިކްސް ބަދަލުވަމުން އަންނައިރު، އުމުރުން ދުވަސްވީ މީހުން އެކަނި ވެރިވެ ނުވަތަ ބަރޯސާވާން ޖެހިފައި ވަނީ އާއިލާގެ މަދު މެމްބަރުން ތަކަކަށެވެ. މިސާލަކަށް ޗައިނާގައި އެއް ކުއްޖަކު ގެންގުޅޭ ސިޔާސަތުގެ ސަބަބުން "4-2-1" އާއިލީ އޮނިގަނޑެއް އުފެދި، އެއް ކުއްޖަކު ދެ މައިންބަފައިންނާއި ހަތަރު ކާފަ/މާމަ ބަލަހައްޓަން އެބަޖެހެ އެވެ. އޭގެ ސަބަބުން އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެދާނެ އެވެ. ރާއްޖޭގައި ވެސް އާއިލާތައް މިހާރު އެތުރި، ތަރުތީބު ވަމުންދާ ގޮތުން މިފަދަ އިޖުތިމާއީ މައްސަލަތައް ކުރިމަތި ވުން ވަރަށް ގާތެވެ.

ދިވެހިރާއްޖޭގައި އުމުރުން 65 އަހަރުން މަތީގެ 20،850 މީހުން އެބައުޅެ އެވެ. އެއީ ރާއްޖޭގެ އާބާދީގެ ހަތަރު ޕަސެންޓެވެ. އެހެންކަމުން ދުނިޔޭގެ ނިސްބަތުން ރާއްޖޭގެ އާބާދީގައި އުޅޭ އުމުރުން 65 އަހަރުން މަތީގެ މީހުންގެ ނިސްބަތް ހަ ޕަސެންޓު މަދެވެ.

މި ގޮންޖެހުންތަކާ އެކު ވެސް މުސްކުޅިވަމުންދާ އާބާދީގެ ސަބަބުން ތަފާތު އިގްތިސާދީ ފުރުސަތުތައް ވެސް އެބަ ހުޅުވެ އެވެ. އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ މުދަލާއި ހިދުމަތްތައް ހިމެނޭ، ސިލްވާ އިކޮނޮމީ ނުވަތަ "ރިހި އިގްތިސާދު" އަންނަނީ ފުޅާވަމުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރު އެކަނި ވެސް ޔޫރަޕްގެ ރިހި އިގްތިސާދު 3.7 ޓްރިލިއަން ޔޫރޯ އެކުލެވުނެވެ. އަދި 2025 ވަނަ އަހަރު 5.7 ޓްރިލިއަން ޔޫރޯ އަށް އަރާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

އެކި ގައުމުތަކުން އަންނަނީ މުސްކުޅިވަމުންދާ އާބާދީ އަށް ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކަށައަޅައި ތަންފީޒު ކުރަމުންނެވެ. ރިޓަޔާމަންޓް އުމުރު މަތިކުރުމާއި މުޅި އުމުރަށް އުނގެނުން ކުރިއެރުވުމާއި އާއިލާއާ ރަށްޓެހި ސިޔާސަތުތަކުގެ ތެރެއިން ދަރިމައިވުމުގެ ނިސްބަތް މަތިކުރުމަށް ހިތްވަރު ދިނުން ހިމެނެ އެވެ. މިސާލަކަށް ސްވިޑްންގެ "ލާމަސީލު" ބެލެނިވެރިންގެ ޗުއްޓީ އާއި އަގުހެޔޮކޮށް ކުޑަކުދިން ބަލަހައްޓާ ނިޒާމުގެ ސަބަބުން ޔޫރަޕްގެ އަންހެނަކު އެވްރެޖްކޮށް ހޯދާ 1.5 ކުދިންނަށް ވުރެ، ސުވިޑްންގެ އަންހެނުން ދަރިމައިވުން 1.7 ކުދިންގެ ނިސްބަތުގައި ހިފެހެއްޓުމަށް ވަނީ އެހީތެރިވެދީފަ އެވެ.

އަޅުގަނޑު ދެކޭގޮތުގައި މުސްކުޅިވެފައިވާ ވަޒީފާގެ ބާޒާރަކުން، ގައުމަށް ކުރިމަތިވާ ގޮންޖެހުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ހަރުދަނާ ސިޔާސަތުތަކުތަކެއް އެކަށަ އަޅައި ތަންފީޒު ކުރަން އެބަޖެހެ އެވެ. ފުރަތަމަ ކަމަކަށް ލޭބާ މާކެޓް ރިފޯމް ކުރުމެވެ. އެގޮތުން ވަޒީފާގެ ހިދުމަތުގައި ތިބި އުމުރުން ދުވަސްވީ މީހުނަނަށް ރިޓަޔާ ކުރުން ލަސްކުރުމަށް ހިތްވަރުދީ، "ފްލެކްސިބަލް" ކޮށް މަސައްކަތް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ޕްރޮމޯޓް ކުރުމަކީ ލޭބާ ފޯސްގައި ބައިވެރިވުމުގެ ނިސްބަތް ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އުމުރުން ދުވަސްވީ ބަޔަކު ހިނގަނީ: އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2000 ވަނަ އަހަރު ދުނިޔޭގެ އާބާދީގެ އެވްރެޖް އުމުރަކީ 66.8. މި އުމުރު 2021 ވަނަ އަހަރު ވަނީ 72.6 އަހަރަށް މަތިވެފައި.

ދެ ވަނަ ކަމަކީ ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރުމެވެ. މަސައްކަތްތައް އޮޓޮމޭޓް ކުރުމާއި އެހެނިހެން ޓެކްނޮލޮޖީގެ ކުރިއެރުންތަކުގެ ސަބަބުން، މަސައްކަތްތެރިންގެ ދަތިކަން ފޫބައްދައި، އުފެއްދުންތެރިކަން އިތުރު ކުރެވިދާނެ އެވެ. މިއީ ކުރިއަރާފައިވާ ގައުމުތަކުން އެންމެ އިސްކަމެއް ދީގެން ކުރާ އެއް ކަމެވެ. ވަކިން ހާއްސަކޮށް ރޮބޮޓާއި މެޝިންތަކުގެ އައު ޖީލުތަކެއް އުފެއްދުމާއި އާޓިފިޝަލް އިންޓެލިޖެންސް ކުރިއަރުވައި އޭގެ އެހީތެރިކަމާ އެކު މަސައްކަތާއި އިންސާނުންގެ މުޅި ދިރިއުޅުމުގެ ކަންކަން ފަސޭހަ ކުރެ އެވެ.

ތިން ވަނަ ކަމަކީ ސިއްހީ ފަރުވާ އާއި ޕެންޝަންގެ ނިޒާމު އިސްލާހު ކުރުމެވެ. ސިއްހީ ފަރުވާ އާއި އާސަންދަ އާއި ޕެންޝަން ފަދަ ނިޒާމުތަކުގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ ނިޒާމުތަކުގެ ހިދުމަތް ހޯދާ މީހުންގެ ކޮންޓްރިބިއުޝަންތައް އިތުރު ކުރުމާއި ލިބޭ ފައިދާތައް އެޖެސްޓްކުރުން ހިމެނިދާނެ އެވެ. އަދި ދެމެހެއްޓެނިވި ގޮތުގައި މިފަދަ ނިޒާމުތަކަށް ހަރަދު ކުރުމަށް ފައިސާ ހޯދުމުގެ މަސްދަރުތައް ސިންދަފާތުކުރުން ވެސް ހިމެނިދާނެ އެވެ.

ހަތަރު ވަނަ ކަމަކީ ހުނަރު ތަރައްގީ ކުރުމާއި ތަމްރީނު ކުރުމެވެ. އުމުރުން ދުވަސްވީ މަސައްކަތްތެރިންނަށް އެ މީހުންގެ ހުނަރުތައް "އަޕްސިކިލް" ކުރުމާއި "ރީސިލް" ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އުފެއްދުންތެރިކަމާ އެކު، ވަޒީފާގެ ބާރުގައި ބައިވެރިވެ ތިބެ ކުރާ މަސައްކަތުގެ އެފިޝެންސީ އާއި ޕްރޮޑަކްޓިވިޓީ އިތުރު ކުރުމަށް އެހީތެރިވެވޭނެ ކަމެކެވެ.

މި އާޓިކަލް ނިންމާލަމުން ދަންނަވާލަން އޮތީ، މުސްކުޅިވަމުންދާ އާބާދީއަކީ 21 ވަނަ ގަރުނުގެ މާނަކުރާ ސިފައެއް ކަމަށާއި އޭގެ ސަބަބުން ގައުމީ ތަރައްގީ އަށް ފުން އަސަރުތަކެއް ކުރާ ކަމެއް ކަމަށެވެ. އިގުތިސާދީ ކުރިއެރުމާއި ސިއްހީ ހިދުމަތުގެ ނިޒާމުތަކާއި އިޖުތިމާއީ އޮނިގަނޑުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާއިރު، އިނޮވޭޝަނާާއި އިގުތިސާދު ފުޅާކުރުމުގެ ފުރުސަތުތައް ވެސް ލިބެ އެވެ.

މި މައްސަލަތަކަށް ހައްލެއް ހޯދުމަށް ބޭނުންވަނީ މުސްކުޅި މުޖުތަމައަކަށް ތާއީދުކުރާ ފުރިހަމަ އަދި ކުރިއަށް ވިސްނާ ސިޔާސަތުތަކެއްގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމެވެ. ގައުމުގެ އިގުތިސާދު ކުރިއަރުވައި މުސްކުޅިވަމުންދާ އާބާދީގެ ބޭނުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަކީ، ކުރިމަގުގެ ޖީލުތައް ތަނަވަސްކަމާ އެކު، ހަމަޖެހިގެން އުޅުމަށް ވަރަށް މުހިންމު ކަމެކެވެ.

އެޑިޓަރުގެ ނޯޓް:

ޑރ. އަބްދުﷲ ނަޒީރަކީ އޮސްޓްރޭލިއާ އާއި ނިއުޒީލޭންޑުން ތައުލީމު ހާސިލް ކުރައްވައި، ރާއްޖޭގެ ތައުލީމުގެ ސިޔާސަތު އެކުލަވާލުމާއި ތަރައްގީ ކުރުމުގައި ވިއްސަކަށް އަހަރު މަސައްކަތް ކުރެއްވި ހިދުމަތްތެރިއެކެވެ. އޭނާ މިހާރު ހުންނެވީ މިނިސްޓަ އޮފް ސްޓޭޓް ފޯ ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ މަގާމުގަ އެވެ.

40 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 82%
icon angry icon angry 0%
icon wow icon wow 9%
icon inlove icon inlove 9%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޣާސިމު

11 July 2024

1.7 ކަމަކު ނުދޭ . ޑިވެހި އަންހެނުން ގިނަ ކުދިން ހޯދަންވީ

The name is already taken The name is available. Register?

ކިހިނެތްބާ

11 July 2024

މުސްކުޅިވަމުންދާ އާބާދީ އިތުރުވަމުންދާއިރު އިތުރަށް ދަރިން ހޯދީމަ މުސްކުޅިން ބަލަހައްޓާނީ އާއިލާގެ ކޮން ބައެއް؟ ކުދިންނަކީ އެކުދިންނަށް 24 ގަޑިއިރު ދިނަސް ނުފުދޭނެ ބައެއް.

The name is already taken The name is available. Register?

ޑޮކްޓަރު

11 July 2024

ދިވެހިރާއްޖޭގެ އާބާދީގެ އެވްރެޖް އުމުރަކީ 79.92 އެވެ. ހާދަ ހީނުވެޔޭ ޑޮކްޓަރަކުބުންޔަސް.

The name is already taken The name is available. Register?

ފިލޯސަފަރު

11 July 2024

ޑރ. އަބްދުﷲ ނަޒީރުއެވެ. ކުރިއަރާފައިވާ ގައުމުތަކަށް މައްސަލަ ދިމާވެގެން އުޅޭކަމަށް ވިދާޅުވާއިރު ތިބުނުއްވާ ގައުމުތައް ނަމޫނާއަކަށް ބަލައިގެން މިގައުމުގެ ކަންކަން ބައްޓަންކުރަމުން ދިއުމުގެ ނަތީޖާ ނޫންތޯ މިގައުމުން ފެންނަމުން މިދަނީ!؟ ދިނާ ސަގާފަތާ ދުރުވެ ހުޅަނގުގެ މާއްދީ ފަލްސަފާތަކަށް ދިވެހިން ލަންބުވަމުން ގެންދިއުމުގެ ނަތީޖާ ނޫންތޯ މިއަދު މިގައުމަށް ދިމާވެގެން މިއުޅެނީ؟ މިގައުމު ސަލާމަތްކުރުމަށްޓަކާ ދެންވެސް ނުވޭތޯ ވެސްޓަން ފިލޯސޮފީ ދޫކޮށްލަން؟

The name is already taken The name is available. Register?

އާބާދީ

11 July 2024

ދިވެހިރާއްޖޭގައި 65 އަހަރުން މަތީގެ 20،850 މީހުން އުޅޭ އިރު، ކޮންމެ 65 އަހަރުން މަތީގެ މީހަކަށް މަހެއްގެ މައްޗަށް 5،000 ރުފިޔާ. މިއީ މަހެއްގެ މައްޗަށް 104 މިލިއަން ރުފިޔާ. އަހަރެއްގެ މައްޗަށް 1.25 ބިލިއަން ރުފިޔާ.

The name is already taken The name is available. Register?

ހުރިހާ

11 July 2024

އެހުރިހާ ޚަރަދެއްކޮށްފަ ބޭސްފަރުވާ ހިލޭކޮށްދިނީމަ އުމުރު ދިގުވާނެނޫންބާ. އިހުގައި މަރުވާނެކަން ޔަގީންވާ ކަހަލަ އެތައް ކަމެއްގައި މިހާރު މަރުވިޔަ ނުދީ ހިފަހައްޓާނެ މޮޅެތި އީޖާދުތައްވަނީ ކޮށްފައި. އެނދެއްގަ ހަށިގަނޑު ބޭއްވިދާނެ ހަރަކާތް ނެތަސް ކިތަންމެ އަހަރެއް ވަންދެން. އުމުރު ދިގު ކުރުމަށްޓަކައި ކުރި އީޖާދުތައް ކާމިޔާބުކަމުން އެއީ އިންސާނުން އުފެއްދި އީޖާދުތަކަށް މަރުހަބާ ކިޔަންޖެހޭ ކަމެއްނު.

The name is already taken The name is available. Register?

ޖުހާއްތަ

11 July 2024

ހުރިހާވެސް މައްސަލައަކީ މާލެނޫން އެހެން ރަަށެއް ތަރައްގީ ނުކުރާ މައްސަލަ، އިތުރު ރަށެއްނުވަތަ ރައްތަކެއް ތަރައްގީކުރުމުން ދިރިއުޅުމުގެ ހަރަދު ކުޑަވެގެންދާނީ،

The name is already taken The name is available. Register?

ބައި

11 July 2024

ދެން މުސްކުޅި އާބާދީ މަރާލަންވީތަ؟ ކަލޭމެން ރާވާ ރޭވުމަށްވުރެން ﷲގެ ކުޅަދުންވަންތަކަން މާބޮޑު. މިރާއްޖެ އަޑިޔަށް ދާނެކަމަށްވެސް ބުނި. މިހާރު ކިތަނީ އަޑިޔަށް ނުދިޔަކަމީ ސައިންސްގެ އަޖައިބެއްކަމަށް.

The name is already taken The name is available. Register?

ހަމަތަ

11 July 2024

އެކަމަކު ގުރޭޑް އެކަކުން ޖާގައެއް ނުލިބިގެން މިއުޅެނީ

The name is already taken The name is available. Register?

ތޯލިބާނުން ގެ ޖަރީމާ

11 July 2024

ވަރައް ރަގަޅު ވާހަކައެއް! އަފްގާން ހެން ތެދުވެރި މުސްލިމަކައް ވާންޖެހޭ!

The name is already taken The name is available. Register?

ވާތުފިޔަ

11 July 2024

ދަރިން ހަދައިގެން' ގަނަތެޅޭކަށް ގައުމުގެ ބޮޑުން އަށް ޖިޒީދައްކާކަށް ނުވަތަ އަޅުމަސަކަތް ކުރާކަށް ދަރިން އެއް ނުހޯދާނަން. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454