އާހިދު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ ބޮޑު ސަަބަބެއް ދެއްކުމުން ނޫނީ އެއީ ހާމަކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ބައްލަވާނެ ކަމަށް
29 ސެޕްޓެމްބަރ 2021 - 06:40
ޑިފެންސް މިނިސްޓްރީން ހަދާ އެއްބަސްވުންތައް ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ އެއްކޮށް ސިއްރު ނުކުރެވޭނެ ކަމަށާއި ބައެއް ބައިތައް އުނިކުރުމަށް ފަހުގައި ވިޔަސް އެއްބަސްވުން ހާމަކުރެވެން ޖެހޭނެ ކަމަށް އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އާހިދު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މައުލޫމާތު ހޯދުމުގެ ހައްގާ ބެހޭ ގާނޫނުގައި ބޮޑަށް ބާރު އަޅަނީ ވީހާ ވެސް ގިނައިން މައުލޫމާތު ހާމަކުރަން ކަމަށާއި ނަމަވެސް ހުރިހާ މައުލޫމާތެއް ހާމަ ނުކުރެވޭނެ ކަން ވެސް އެ ގާނޫނުން ބަލައިގަނެ ގަބޫލުކޮށްފައި އޮންނަ ކަމަށެވެ.
ނަމަވެސް ހާމަނުކޮށް ހިފެހެއްޓޭނީ ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށާއި އެފަދަ މައުލޫމާތުތަކެއް ދޫކޮށްފި ނަމަ ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުންތަކެއް ރައްޔިތުންނަށް ވެދާނެތީ ކަމަށް އާހިދު ވިދާޅުވި އެވެ.
ނަމަވެސް ފަހަކަށް އައިސް ހަދާ އެއްބަސްވުންތަކުގައި "އާންމު ކުރުން މަނާ" މާއްދާތައް ހިމަނާފައި ހުންނަ ކަމަށާއި އެއީ ހާމަ ކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ މައުލޫމާތެއް ނަމަ އެބައި އުނި ކުރުމަށް ފަހު ވިޔަސް އެއްބަސްވުން ހާމަ ކުރެވެން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"މިސާލަކަށް [އެއްބަސްވުމުގައި] އިނީ ނުދެވޭނެ މައުލޫމާތެއް. އެހެންވިއްޔާ އެ މާއްދާ ކަނޑާލަން ޖެހޭނެ. އޭގެ ބަދަލުގައި މިހާތަނަށް ފެންނަނީ މުޅި އެގްރީމަންޓު އެއްކޮށް ސިއްރު ކުރާތަން،" ކޮމިޝަނަރު ވިދާޅުވި އެވެ.
އާހިދު ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގައި މައުލޫމާތުގެ ހައްގުގައި އެންމެ ބޮޑަށް ބަހުސް ކުރެވޭ އެއް މައްސަލައަކީ ގައުމީ ސަލާމަތާ ބެހޭ މައުލޫމާތުގެ މައްސަލަތައް ކަމަށެވެ. ސަބަބަކީ ރާއްޖެއެކޭ އެއްފަދައިން ގިނަ ގައުމުތަކުގައި ވެސް ގާނޫނުގައި ގައުމީ ސަލާމަތީ ކަންކަމަކީ ކޮބައިކަން ބުނެދީފައި ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ސެންސިޓިވް އޭރިއާއެއް ކަމަށް ވާތީ ކިރިޔާ ޑިފެންސް މިނިސްޓްރީ ނުވަތަ އެމްއެންޑީއެފާ ގުޅޭ ކަމެއް ވެއްޖެއާ އެއީ ނެޝަނަލް ސެކިއުރިޓީގެ ތަރަހައިގެ ތެރެއަށް ވެއްދޭ ގޮތް ވޭ. ރާއްޖޭގައި އެކަންޏެއް ނޫން އެހެން ގައުމުތަކުގައި ވެސް ވަނީ އެހެން،" އާހިދު ވިދާޅުވި އެވެ.
ބައެއް ޖަމިއްޔާތަކުން ނެޝަނަލް ސެކިއުރިޓީ އަކީ ކޮބައިކަން ބުނަން މަސައްކަތްކޮށްފައި އެބަހުރި ކަމަށާއި އެގޮތުން ޝުއާނީ ޕްރިންސިޕަލްސް އަކީ އޭގެ މިސާލެއް ކަމަށް އާހިދު ވިދާޅުވި އެވެ. އޭގައި ބުނާ ގޮތުން ޑިފެންސާ ގުޅޭ ކޮންމެ ކަމެއް ގައުމީ ސަލާމަތާ ބެހޭ ކަމަކަށް ނުވާނެ އެވެ. ވަކިން ހާއްސަކޮށް ޑިފެންސްގެ ޕްރޮކިއުމަންޓާ ގުޅޭ ކަންކަން އޭގެ ތެރެއަށް ނުވަންނާނެ ކަމަށް އާހިދު ވިދާޅުވި އެވެ.
"މިސާލަކަށް އެމްއެންޑީއެފްގެ ބޭސްއެއް ނުވަތަ އިމާރާތެއް ހަދަނީ. އެހެންވެއްޖެއާ އެ އިމާރާތެއް ހަދަން ދާ ހަރަދެއް އެއީ ނެޝަނަލް ސެކިއުރިޓީއަކަށް ނުވާނެ. އެ އިމާރާތުގައި ބަޑި ގުދަން އިނީ ކޮން ލޮކޭޝަނެއްގައިތޯ އެއީ ނެޝަނަލް ސެކިއުރިޓީ. އެކަމަކު އެ ވާހަކައެއް ނޫންތާ މި އަހަނީކީ،" އާހިދު ވިދާޅުވި އެވެ.
ކިރިޔާ ވެސް އެމްއެންޑީއެފް ނުވަތަ ޑިފެންސް މިނިސްޓްރީގެ ކަމެއް ނަމަ އެއީ ގައުމީ ސަލާމަތީ ކަމެކޭ ބުނުމަށް ފަހު މައުލޫމާތު ހާމަ ނުކޮށް ނުތިބެވޭނެ ކަމަށް އާހިދު ވިދާޅުވި އެވެ. ގައުމީ ސަލާމަތީކަމެއް ވެއްޖެ ނަމަ ސަބަބު ވަރަށް ރަނގަޅަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
ގައުމީ ސަލާމަތާ ބެހޭ މައުލޫމާތުތަކެއް ކަމަށް ނުވަތަ އަވަށްޓެރި ގައުމަކާ އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީން ވަނީ، އިންޑިޔާއާއެއްކޮށް ހަދާފައި ހުރި އެއްބަސްވުންތަކެއް ހާމަކުރަން ދެކޮޅު ހަދައިފަ އެވެ. އެ މައްސަލަތައް އިންފޮމޭޝަން ކޮމިޝަނާ އޮފީހަށް ގެންގޮސްގެން ވެސް އެ ކޮމިޝަނުން ވެސް މީގެ ކުރިން ވަނީ އެއީ ހާމަ ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ނިންމައިފަ އެވެ.
ނަމަވެސް އާހިދު ވިދާޅުވީ ކުރިން ނިންމާފައި ހުރި ވަކިވަކި ކޭސްތަކަށް އޭނާ އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އެފަދަ މައްސަލައެއް ހުށަހެޅިއްޖެ ނަމަ އޭނާ ބަލާނީ އެގޮތަށް ކަމަށާއި މުޅި އެއްބަސްވުން ނުދީ ހިފަހައްޓާ ނަމަ ބޮޑު ސަަބަބެއް އެ އިދާރާއަކުން ދައްކަން ޖެހޭނެ ކަމަށް އާހިދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަރުތަ
29 September 2021
މިސާލަކަށް 2012ގަ ކުރި ބަޣާވާތާ ގުޅިގެން، އެއީ ބަގާވާތެއްނޫންކަން ކަނޑައަޅަން ކޮމިޝަނެއް އުފައްދައިގެން ތައްޔާރުކުރި ރިޕޯޓުވެސް ހާމަނުކޮށް 25 އަހަރުވަންދެން ބޮޑުފޮށީގަ ނުނަގާ ބާއްވަން ކަންޑައެޅީ ކޮންމެވެސް ކަމެއްވެގެންދޯ.
އާހިދު
29 September 2021
އާހިދަށް ކިހާދުވަހަކު ހުރެވިދާނެބާއޭ ހިތަށްއަރާ
ޚަރަދު އާންމުކުރުން
29 September 2021
އާދައިގެ ގުދަނެއް ހަދަންދާ ޚަރަދަށްވުރެ ބަޑިގުދަނެއް ހަދަންދާ ޚަރަދު އިތުރުވާނެ. ވީއިރު އިމާރާތްކުރަންދާ ޚަރަދު އާންމުކުރުމުން އެއިމާރާތްކުރަނީ ކޮންކަހަލަތަނެއްކަން ދެނެގަތުމަށް ފަސޭހަވާނެ. އޭރުން އެވާނީ ނެޝެނަލް ސެކިއުރިޓީއަކަށް.
އާއްމުނުކުރޭ
29 September 2021
އެއިމާރާތްކުރަނީ ބަޑި ގުދަނެއްކަން އެންމެންނަށް އެނގޭއިރު އެތެރޭގަ ހުންނާނީ އެޒާތުގެ އެއްޗެހިކަންވެސް އެނގޭނެ. އަދި ހުންނާނީ ހައި ސެކިއުރިޓީގައިކަންވެސް އެންމެންނަށް އެނގޭނެ. އެތަނުގެ އެތެރޭގެ ޕްލޭންތައް ނުލިބޭނަމަ އެތަނަށް ދިއަ ޚަރަދު އެނގިގެން އަދި ބަޔަކަށް އެތަނުގެ މާ ގިނަ ކަންކަމެއް ނޭނގޭނެ.
ހާއެ
29 September 2021
އިންފޮމޭޝަން ކޮމިޝަނާ އަހުމަދު އާހިދު ރަޝީދު މީ ހާދަ ގަމާރު މީހެކޭ ދޯ އެއްވެސް ގައުމެއްގާ ޑިފެންސު ހުރިހާމައުލޫމާތެއް ހާމަނުކުރާނެ ކަލޭތީ މަގާމަށް އެކަށީގެން ވާމީހެއްނޫންކަން ސާބިތުކޮއްދީފި
ވާއެ
29 September 2021
އެހެން ގައުމުތަކުގެ ތިބޭ އެމެރިކާ ސިފައިންގެ އަދަދު އެމީހުންވެސް ހުންނަނީ އާއްމުކޮށްފަ. މިގައުމުގަ އެކަމު އެއީ ބޮޑު ސިއްރެއް އިންޑިއާއާ ޖެހުނީމަ.
މަނާފުކު ތުނޑު
29 September 2021
ތިއުޅެނީ އެމް. އޭ. ސީ. އެލް. ގެ އެމްޑީގެ މުސާރަ ނުބުނެވިގެން، ކިހިނެއް ޑިފެންސުގެ ލިއުމެއް ދޭނީ!
ސަސު
29 September 2021
ކުރީކޮޅު އުޅޭނެ ތިޔަހެން، މަގާމުގެ އުފާވެރިކަން ލިބުނީމަ ހަމަ ތިޔަ ވާހަކަ ބަދަލުވާނެ
ސައިޒް
29 September 2021
ތިއުޅެނީ ތިމާއަށް ތިމާ ފެނިގެން!! ޤަބޫލުކުރަން ބޭނުންނުވިޔަށް، މުއިއްޒުއަށްވެސް އެހެރީ ތިކަހަލަ ކަމެއް ދިމާވެފަ!! އޭނައަށް އެހެރީ "މޮހޮނަށް އޮޑި" ދިންހެން މޭޔަރކަން ދީފަ. ސަރުކާރުން ބޭނުންނުވާކަންކަން، ހާއްސަކޮށް ޑިފެންސްން ބޭނުންނުވާ ކަންކަން ނުކުރެވޭނެ. އަދި ހަމަ ވަރަށް ބޮޑަށް އޮޅިފަ ތިހިރީ. ހަމަބިމަށް ފޭބުން ބުއްދިވެރި.
ހިލަބެ
29 September 2021
ވާގޮތަކީ ތިމާމެންކޮށްފިއްޔާ ރަނގަޅު އެހެންބަޔަކު ކުރާކޮށްމެކަމެއްގޯސް ބަލާ ކޮރަޕްސަންވެސް ހަކުރުކިލޯއަކަށް 14 ރުފިޔާގެމަގުން އަގުނެގީ އޮޅިގެން އޮކްސިޖަން ސިލިންޑަރުތައް ބޭނުންނުކުރެވޭވަރުގެބާ ސިލަންޑަރ ގެނެވުނީކީއްވެ މިހެންމިދަނީ މިކަބްކަންކުރާމީސްމީހުން ހިމާޔަތްކުރާތަން ފރނިގެންގޮސްފައިހުރީ ކޮބައިތޯއެބުނާ 0 ޓޮލޮރެންސް
އަލިފުތާ
29 September 2021
އާހިިދު ގިނަ ދުވަހު ތި ވަޒީފާގައި ހުންނާނެބާ؟
ހުސްނު
29 September 2021
މަވެސް ތިހެން މި ހިތައް އަރަނީ
ޗޮސްބެ
29 September 2021
ގާބިލް ނޫނިއްޔަ ނުހުރުން ރަގަޅީ.
ާއާލު
29 September 2021
ދެން މީކާކު މިމަގާމަށް ލާން!! އެއް އިރެޢްގަ މަގުމަތީ ގިނަވެގެން ޢުޅުން މީހެއް މީ
މޮހިތުް
29 September 2021
މަގުމަތިން ހޮވިމީހާ މާ ރަނގަޅު ތިޔަ ހުރިހާ މީހުނަށްވުރެ!
ހަސަނު1
29 September 2021
އާހިދަކީ އިތުބާރުކުރެވޭ މީހެއް. ކިޔަވައިގެން ހުރި މީހެއް. ތިބުނާ މަގުމަތީ އުޅެގެން ރައްޔިތުން ބޭނުންވާ ކަންކަން އެނގޭ މީހެއް، ކަލޭ ދެކޭގޮތުގައި މައުލޫއަކަށް ވާހަކަ ދައްކަން ނޭންގެންޏާ އެވާހަކަ ދައްކާ މީހަކާ ދިމާކޮށްލެވުނީމައި އެއޮތީ އެ މައުލޫއަކަށް ކޮމެންޓް ކުރެވިފައި. އެހެން ނޫންތޯ؟