ޚަބަރު / އާދަމް އާޒިމް (މާލޭގެ މޭޔަރު)

ފްލެޓްތައް އަވަހަށް ނިންމައި، ހަވާލުކުރަން ޖެހޭ: މޭޔަރު

މާލޭގެ މޭޔަރު އާދަމް އާޒިމް ކުރިން ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓްގެ ހައްގުވެރިންނަށް ދިނުމަށް ސަރުކާރުން އަވަސް ކުރުމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ގޮވާލައިފި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުންދާ ފްލެޓްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަޅަން ހަވާލުކުރި ފްލެޓް ތަކެކެވެ. ކުރީގެ ސަރުކާރުން ފްލެޓް ދޭނެ މީހުންގެ ލިސްޓެއް ކަނޑައެޅި ނަމަވެސް، މި ސަރުކާރުން ދަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ފްލެޓް ލިސްޓް ރިވިއު ކުރަމުންނެވެ. މިދިޔަ މަހު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެފައި ވަނީ މިހާރު އިމާރާތް ކުރަމުންދާ ހުރިހާ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް

އެކަމާ ގުޅިގެން މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ ދަތިތައް ހައްލު ނުކުރުމަށް ސަރުކާރުން ދައްކާ ބަހަނާ ރައްޔިތުން އަޑުއަހަން ބޭނުން ނުވާ ކަމަށެވެ. އަދި މާލެ ރައްޔިތުންނަކީ ވަރަށް ހާލުގައި ދިރިއުޅެމުން އަންނަ ރައްޔިތުންތަކެއް ކަމަށާއި ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގައި މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެންމެ ރައްޔިތެެއްގެ ކަމެއް ނޫން މި ހިނގަނީ. އަޅުގަނޑު މި އެދެނީ ސަރުކާރުގައި ވެސް މިކަމުގައި އަވަސް ހައްލުތައް ހޯއްދަވައިދެއްވާށޭ. ހުރިހާ އެންމެންގެ ގަޑި ހުސްކުރައްވާށޭ. 24 ގަޑިއިރު ހުސްކުރައްވައިގެން ވިޔަސް މާލޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް، ގެދޮރުވެރިކަމުގެ ހައްގުތައް ރައްކާތެރި ކުރުމަކީ އިންތިހާއަށް މުހިންމު ކަމެކޭ،" އާޒިމް ވިދާޅުވި އެވެ.

"އަމާން ދޯދި" ފްލެޓްގެ ސިޓިން ރޫމް އޭރިއާ. އަމާން ދޯދީގެ ދަށުން 2،000 ފްލެޓް އަޅާނެ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފްލެޓް ލިސްޓު އާންމު ކުރުމަކީ ވެސް ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި، އާޒިމް ވިދާޅުވީ ދީފައި އޮތް އެއްޗެއް އަތުލުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށެވެ.

އަންނަ ބުދަ ދުވަހު ކައުންސިލުން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ ކަމަށާއި ކައުންސިލުން ނިންމާ އެއްވެސް ނިންމުމެއްގައި އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަކަށް ކަންތައް ނުކުރުއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި ކޮންމެ ރައްޔިތެއްގެ ހައްގު ކަަށަވަރު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454