ޚަބަރު / އދ. ދަނގެތި

ލޯންޗުން ޖެހި މަރުވި މީހާ އޮތީ "ދެބުރިވެފައި"!

ފާނަ މަސްވެރިކަމަށް ފައިބާ އުޅެނިކޮށް ލޯންޗުން ޖެހި މަރުވި މީހާ އޮތް ސަރަހައްދުގައި ލޭތައް.--

އދ. ދަނގެތި ކައިރީގައި ފާނަ މަސްވެރިކަމަށް މޫދަށް އެރި އުޅެނިކޮށް ލޯންޗަކުން ޖެހި މަރުވި ބިދޭސީ މީހާ އޮތީ ދެބުރިވެފައި ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފި އެވެ.

އެ ހާދިސާގައި މަރުވީ ފ. ފީއައްޔަށް ނިސްބަތްވާ "ޓްވިންސް" ނަމަކަށް ކިޔާ ދޯނީގެ ބަންގްލަދޭޝް ފަޅުވެރިޔާ ސައްދާމް ހުސެއިން އެވެ. އެ މީހާ ގެންދިޔައީ ދަނގެތި ސިއްހީ މަރުކަޒަށެވެ.

އެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ދަނގެތީ ކައުންސިލް ރައީސް މުއާވިޔަތު ރަޝީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށު ހޮސްޕިޓަލަށް ގެންދިޔައިރު، އޮތީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.

"ދެބުރި ވެފައޭ ވެސް ބުނެވިދާނެ، އެ މީހާ ގެނައި އިރު އޮތީ. ނޫނީ ފަޅިވެފައޭ ވެސް ކީދާނެ. ފަޅި ވެފައި އޮތީ، ހަމަ ދެފަޅި ވަކިން އޮތީ. މޭކަށިގަނޑުން ފެށިގެން ދެބުރި (ހަށިގަނޑުގެ ދެބައި) ވަކިވެފައި އޮތީ. ވީދައިގެން ގޮސްފައި އޮތީ. ބޯވެސް އޮތީ އެހެން،" މުއާވިޔަތު ވިދާޅުވި އެވެ.

"އޭނަ ނަގައި އައްސަލާފައި ބަނދެފައި މިހާރު އެ އޮތީ، ހޮސްޕިޓަލް މީހުން."

މުއާވިޔަތު ވިދާޅުވި ގޮތުގައި އެ ހާދިސާ ހިނގި ހިސާބަކީ އާއްމުކޮށް ފާނަ މަސްވެރިކަމަށް ނިކުމެ އުޅޭ ސަރަހައްދަށެވެ. އަދި އެއީ މާލެ ދަތުރު ކުރުމަށް ލޯންޗު ދުއްވާ އުޅޭ ސަރަހަދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރަށާ ވަރަށް ކައިރީގަ އޮތް ތިލައެއްގެ މަތީގައި އެ މީހުން ތިބީ ފާނަ މަސްވެރިކަން ކުރަން. އެމީހުން ތިލަމަތީ ތިއްބައި މާލެ ދަތުރުކުރާ ލޯންޗެއް ހެނދުނު ގަޑީގަ މާމިގިލިން ފުރައިގެން މާލެއަށް ދަތުރު ކުރަމުން ދަނިކޮށް މި ހާދިސާ މި ހިނގީ، ބަންގަލަދޭޝް މީހެއްގެ ގައިމަތިން ގޮސްފަ މި އޮތީ އެ ލޯންޗު،" އޭނާ ވިދާޅުވި އެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ލޯންޗު ދަތުރު ކުރި ގަޑިއަކީ އިރު އަރައިގެން އައި ގަޑި ކަމަށެވެ. އެހެންވެ، އިރުގެ ދޯދި ތަކުން ބަޔަކު އެ ސަރަހައްދުގެ މޫދުގައި ތިބިކަން އެ މީހުންނަށް ފާހަގަ ނުވީ ކަމަށް ލޯންޗު ދުއްވަން އިން މީހާ ބުނި ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ދޯނީގެ މީހުން އެ ސަރަހައްދުގައި ފާނަ މަސްވެރިކަން ކުރަމުން ދިޔައީ ބާސްކެޓްގައި ސަލާމަތީ ގޮތުން ނަގަންޖެހޭ ދިދަ ވެސް ނަގައިގެންނެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ލޯންޗު ދުއްވަން އިން އދ. މާމިގިލީ މީހާ މިހާރު ވަނީ ހައްޔަރު ކޮށްފަ އެވެ.

17 ކޮމެންޓް, 49 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 94%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

01 June 2024

ބަނގުލަދޭޝްމީހެއްނުން، ތިޔަކަމާ އިދާރާތަކުން މާބޮޑަށް އަޅައެއްނުލާނެ! ބަންދުކުރިމީހާވެސް މާދަމާދޫކޮށްލާ އޭރުންއެނިމުނީ، އަބަދުވެސްވަނީއެހެން! އެއްވެސްކަމެއްގާ ހަރުދަނާސިސްޓަމެއްނެތް އަދިއެއް މިރާއްޖޭއަކު، ހިކިފަސްތަނަށްވުރެން މޫދުގެސަރަހައްދު ބޮޑުގައުމެއްގައި ކަނޑުއުޅަނދުތައްދުއްވުމުގެ އުސޫލުމިޔަށްވުރެން ހަރުދަނާވާންޖެހޭ! ނޫނީކުރިޔަށްއޮތްތަނުގައި މިފަދަހިތާމަވެރި ކަންކަންދާނީ ތަކުރާރުވަމުން

އެމްސް

01 June 2024

ބިދޭސީންނަށް ރާއްޖޭގަ މަހަަށްވެސް ދެވޭ؟ މެމްބަރުކަމަަށްވެސް އަދި ކުރިމަތިލާނެ!

ގޮދާ ހަސަނު

01 June 2024

ޢަރުމެން ދިވެހިއްނަކީ ރަށުގެ ހޭ އަޅާލާ ހިސާބުން އެކި ކަންކަމު މޫދައް އެރި ފަތާ އުޅޭ ބައެއް. ރާއްޖޭގެ ކަންކޮޅުތަކަށް މިހާރު އަބަދާއި އަބަދު ސްޕީޑު ލޯންޗުތަކުގެ ދަތުރު އޮވޭ. ޢެ ދަތުރުތައް ކުރާއިރު ރައްރަށުގެ ހޭއަޅާ ހިސާބުން ދަތުރުކުރުން މަނާކަމަކައް ހަދަން އެބަޖެހޭ. ނޫނީ މިބާވަތުގެ ހިތާމަވެރި ހާދިސާ ހިނގުން އައްނާނީ ގިނަވަމުން.

ފްލާ

01 June 2024

އެއްވެސް ގާނޫނެއް ގަވައިދެއް ނެތި އޮންނަ ގައުމެއްގަ ތީ މާ ބޮޑުކަމެްއ ނޫން. ރަނގަޅަށް ވިއްޔާ ތިޔަ ބިދޭސީ މިހާ މިތަނަށް ގެނައި މީހުން އޭނަޔަށް މުސާރަ ނުރީދީގެން ތިޔަ ދޯނިން ތިޔަ ފާނަ ބާނަން ދަނީވެސް. މަހުން މަހަށް މުސާރަވެސް ގިނަފަހަރަށް ނުލިބޭނެ. ދެން ދިދައިގެ ހާލެއްވެސް ނޭގެ. މީ އެބަޔަކު ބޭނުން ގޮތަކަށް އުޅެން އޮންނަ ގައުމެއް.

ސަންދިދަ

01 June 2024

އޮރެންޖް ދިދަވީމަ އަރައިގެން އަންނަ އިރުގެ ދޯދިތަކާ ދާދި އެއްކުލަވާނެ. ދެން ފެހިކުލައިގެ ދިދަ ނަގަންވީ. އަދި ދިދަތައް ބޮޑެތި ކުރަންވީ. ކަނޑުގެ މެދުގަ ގަހެއް ހުރިހެން ހީވަންޏާ އެއިން ނެއްޓެން އުޅޭނެކަމަށް ލަފާކުރެވެނީ.

ބަދުރުއްށާހު

01 June 2024

ފުރާނަ މުހިއްމު. އިންސާނިއްޔަތުކަންވެސް މުހިއްމު. ގަވާއިދަށް ބިދޭސީން އުޅުންވެސް މުހިއްމު

ރަޝީދު

01 June 2024

ދިދަ ހުރީ އޮރެންޖު ކުލާގައި . ގިނަފަހަރު ޑްރައޮވަރުންގެ ފަރޮވާކުޑަކަމާއި ބެލުންކުޑަކަމާއި ޤަވާޢިދަށް ޢަމަލުނުކުރާތީ މިކަހަލަ ބޮޑެތި ޙާދިސާ ހިގަނީ ، މިކަހަލަ ކުށް ތަކުރާރުވާސަބަބަކީ ރާއްޖޭގައި ޤާނޫން ތަންފީޒް ކުރުންނެތީމަ، ޤާނޫނު މުއްސަދިންގެ ޖީބުގައި އޮންނާތީ

މުހަންމަދު

01 June 2024

ތިގޮތަށް ދިމާވާ ސަބަބުތައްވެސް އެބަހުރި. ބައެއް ދޯނިފަހަރުނެ ބައެއް މީހުން ފަރެއަ ކައިރުއަށއ ބާލާފަ އަނެއަބަޔަކު ހޮވައިގެން އެހން ފަރަކަށްގޮސް އަނެއްބަޔަކު ބާލާފަ މާދުރުގަ ދޯނި އޫޅޭ ފަހަރުވެސއ އާދޭ.. ކަޑުގެ އެތަން މިތާގަ ކައީރީގަ އުޅަދު ނެތި މީހުން އުޅޭ ފަހަރުވެސ އާދޭ.

ދިދަ

01 June 2024

ތިޔަ ދިދަ ހުދު ކުލަ ނަގައިގެމް މިހާ ގަދަކޮށް ރާޅުފޮނު އޮންނަ އިރު ނުފެނިދާނެ. އެކަމު ބަޔަކު ކަނޑަށް ބާލަފާ ކައިރީގަ ދޯނިވެސް އޮންނަން ވާނެ ދޯ. މި ފާނަ މަސްބާނާމީހުން މިހާރު ކަން ކުރާ ގޮތަކީ މީހުން އެކި އެކި ދުރު ތަންތަނަށް ބަލާފަ ދަނީ. މަވެސް ހަމަ ކިރިޔާ މިހުރީ ސަލާމަތްވެފަ

ާއަލިމޯޑު

01 June 2024

މަށަށް ފެނުނީ އޮރެންޖު ކުލައިގެ ދިދައެއް.ވީޑިއޯ ބަލާލަބަލަ

ދީޑީ

01 June 2024

ދިދަ ހުރީ އޮރެންޖު ކުލައިގަ

ޖުލޭ

01 June 2024

ޓިކްޓޮކް ބަލާލީމަ އިނގޭނެ ތިލޯންޗްތަށް ދުއްވާ މީހުންގެ ފެންވަރު….އަބަދުވެސް ކިންގު ހެދިގެން އެއްރަށަކު އެއްޗަކަށް ވުރެ ބާރަށް އަނެކައްޗެއް ދުއްވޭތޯ އުޅެނީ….ދިވެހިން ތަހުޒީބެއް ނުވާނެ ދުވަހަކުވެސް….

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454