ޚަބަރު / މަރު

ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި).

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް މިއަދު މެލޭޝިއާގައި ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އުމުރުން 38 އަހަރު ޑާޑި ނިޔާވީ ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

މެލޭޝިއާގައި ދިރިއުޅޭ ޑާޑި ނިޔާވިއިރު، އޭނާ ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހީ ވެސް މިއަދެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): އޭނާ އަކީ އެލައިޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) ދޮށީ ދަރިފުޅު ޑާޑި ނިޔާވިއިރު، އެއީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި، މިހާރު ދުނިޔޭގެ މަޝްހޫރުކަން ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް އެންމެ އިސް އެއް ފަރާތެވެ.

ރާއްޖޭގެ ސްޓާޓް-އަޕްތަކަށް އެހީވުމަށް އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ-ފައުންޑަރަކީ ވެސް ޑާޑި އެވެ.

ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުރި އިރެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ކ-2) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

ޑާޑިގެ ހުރިހާ ރައްޓެހިން ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އޭނާގެ ހިތްހެޔޮކަމާއި ކުރާ މަސައްކަތަކަށް ދޭ ޝައުގުވެރިކަމުގެ ބޮޑުކަމެވެ. ޑާޑި ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާ އެންމެން ވެސް ދައްކާ އެއް ވާހަކައަކީ އެއީ އެވެ.

24 ކޮމެންޓް, 160 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 96%
icon angry icon angry 1%
icon wow icon wow 1%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުސެން މ.

24 January 2022

ހެޔޮ މީހެއްގެ ހެޔޮ ދަރިއެއް! މަނިކަށާއި ޢާއިލާ އަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުވަން. މި މަރްޙޫމަށް ސުވަރުގެ މިންވަރު ކުރައްވާށި.

The name is already taken The name is available. Register?

އެޑްމުންޑޯ

24 January 2022

ޑާޑި އަށް ހެޔޮރަހްމަތްލައްވާ ، އާއިލާ އަށް ކެތްތެރިަކަންދެއްވާށި ، ޑާޑިގެ ހުރިހާ އެކުވެރިން ވެސް މިކަމުން އިބްރަތް ހާސިލްކޮށް މާދަމާ އަށް ތައްޔާރުވެގެން ތިބެންޖެހޭނީ ، ހެޔޮއަމަލުކޮށް އުޅުން އިސްލާހް ކުރުން މުހިއްމީ ، މަރު އަންނާނީ އުމުރަކަށް މީހެއްގެ ހައިސިއްޔަތަކަށް ބަލާފައެއްނޫން ،

The name is already taken The name is available. Register?

ހާދީ

24 January 2022

މަަރުޙޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންމވަރު ކުރައްވާށި

The name is already taken The name is available. Register?

ހާމިދު ޝާޙިދު

24 January 2022

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.

The name is already taken The name is available. Register?

ޗޮސްބެ

23 January 2022

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ. ރިޔަޒީގެ ފާފަ ފުއްސަވައި ރަހުމަތްލައްވާށި... މިދުނިޔޭގެ ދިރިއުޅުމަކީ މިފަދަ އަޖާއިބު ކުރުވަނިވި ވަގުތީ ހިނދުކޮޅެއް. ވިސްނާ ފުކުރުކުރާބަޔަކަށް ފިލާވަޅުތަކާއި އިބުރަތްތަކެއް.

The name is already taken The name is available. Register?

އިބުރަހިމް

23 January 2022

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

The name is already taken The name is available. Register?

ނާޠިމް

23 January 2022

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ.

The name is already taken The name is available. Register?

ޖުލައި2021

23 January 2022

ޕޯސްޓުމޯޓަމް ހަދައި މަރުގެ ސަބަބު ދެނގަތުމަކީ އެންމެނަށްވެސް އޮތް ރައްކާތެރިކަމެއް، މާތްﷲ މައްޔިތާގެ ފާފަފުއްސަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އަދި އާއިލާ އާއި އެކުވެރިންނަށް ކެއްތެރިކަން ދެއްވާށި. އާމީން

The name is already taken The name is available. Register?

އަލީރާޖާ

23 January 2022

إنَّا لله وإنًّا إليه راجعون މާތް ﷲ ރިޔާޒީ ގެ ފުރާނަފުޅަށް ސުވަރުގެ މިންވަރު ކުރައްވާށި. ވެކްސިން ޖެހި ކޮންމެ މީހަކުވެސް މަރުވާނީ ވެކްސިން ޖެހިފަހުން. އެއީ ކޮންމެހެން ވެކްސިންގެ ސަބަބުން ވީ މަރެއް ކަމެއް ނިންމަންވާނީ ޑޮކްޓަރުން އެކަން ބަލާ ޔަގީންކޮށް އެހެން ބުނީމާ. މިހާރު ދުނިޔޭގައި 4 ބިލިއަން މީހުން ވެކްސިން ޖަހަައިފި. އެ އެންމެންވެސް މަރުވާނީ ވެކްސިން ޖެހިފަހުން.

The name is already taken The name is available. Register?

ކަޅިހާރި މުޖުތަބާ

23 January 2022

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ. މާތް ﷲ މަރުހޫމުގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. آمين

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454