އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފުލާގައި ޕާފޯމްކުރަން ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އިންޑިއާ އަށް ހިނގައްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ކައިވެނީގައި ބީބާ ޕާފޯމް ކުރާނީ 10 މިލިއަން ޑޮލަރަށެވެ.
ބީބާ އިންޑިއާގެ މުމްބާއީގެ އެއާޕޯޓަށް އިއްޔެ ދިއުމާ އެކު ޕަޕަރާޒީން ވަނީ އޭނާ ފަހަތު އަޅުވާލައިފަ އެވެ.
ބީބާ ވަނީ ރޭ ބޭއްވި ހަފުލާއެއްގައި ޕާފޯމްކޮށްފަ އެވެ. ސޯޝަލް މީޑިއާގައި އެ ވީޑިއޯތައް އަންނަނީ ދައުރުވަމުންނެވެ.
Justin Bieber has been spotted in Mumbai, India.
— Justins Tour Updates (@JustinsTourNews) July 5, 2024
📸: @timesofindia pic.twitter.com/ivV4sX5vtd
މިއީ ބީބާ އިންޑިއާ އަށް ދިޔަ ދެވަނަ ފަހަރެވެ. މީގެ ހަތް އަހަރު ކުރިން އޭނާ ފުރަތަމަ ފަހަރަށް އިންޑިއާ އަށް ދިޔައީ އޭނާގެ ވޯލްޑް ޓުއާގެ ދަށުން ޝޯ ދިނުމަށެވެ.
އަނަންތުގެ ކައިވެނި ހަފުލާގައި ޕާފޯމްކުރާ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި އެޑެލް، ޑްރޭކް އަދި ލާނާ ޑެލް ރޭ ވެސް ހިމެނެ އެވެ.
އަނަންތު އާއި ރާދިކާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ މި މަހު 12 ވަނަ ދުވަހު މުމްބާއީގެ ބަންދްރާ ކުރްލާ ކޮމްޕްލެކްސް (ބީކޭސީ) ގައި ހުންނަ ޖިއޯ ވޯލްޑް ކޮންވެންޝަން ސެންޓަރުގަ އެވެ.
އެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް އަންނަ މެހެމާނުންނަށް ބާރު އަޅަނީ އިންޑިއާގެ ސަގާފީ ހެދުން އަޅައިގެން ދިއުމަށެވެ.
މި ކައިވެނީގެ އުފާފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނީ މި މަހު 13 ވަނަ ދުވަހާ ހަމައަށެވެ. އަދި ފައިނަލް އިވެންޓު އޮންނާނީ މި މަހުގެ 14 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
2024
06 July 2024
ޕިސް ޕިސް ލާރިހުއްޓަސް ބޮޑުވަރު....... ބޮއިހަލަކި