މިހާރު ލައިޓް

ލިވާތު ފަދަ ފާހިޝް އަމަލުތަކާ ދުރުވޭ، މުޑުދާރު ކަމެއް!

އިސްލާމީ އުންމަތަކީ އިސްލާމްދީނުގެ ހިދާޔަތާއެކު ވަރަށް މަތިވެރި އަސާސްތަކެއްގެ މަތީ ބިނާވެފައިވާ އުންމަތެކެވެ. އެ އަސާސްތަކުގެ ތެރެއިން އެއް އަސާސަކީ ފާޅުވެގެންވާ އަދި ސިއްރުވެގެންވާ އެންމެހައި ފާހިޝް ކަންކަން އެ އުންމަތުގައި ހަރާން ވުމެވެ. އަދި ކިއެއްތަ، އެފަދަ ކަންކަމާ ގާތްވުން ވެސް ވަނީ ނަހީ ކުރެވިފަ އެވެ. "... އަދި ފާހިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ސިއްރުވެގެންވާ ކަންތައްތަކެވެ...." (އަލްއަންއާމް 151).

ފާހިޝްކަންކަމޭ ބުނާ ބަހުގެ މާނައަކީ ކޮބާ؟

ފާހިޝް ކަންކަމުން ދުރުހެލިވުމަށްޓަކައި އެންމެ ފުރަތަމަ ވެސް ފާހިޝް ކަންތައްތަކަކީ ކޮބައިކަން ދެނެގަންނަން ޖެހެ އެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ފާހިޝް ކަންތައްތަކަކީ ކުށްތަކާއި އުރެދުންތަކުގެ ތެރެއިން ނުބައިކަމާއި މުޑުދާރުކަން ބޮޑުވެގެންވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ބުނާ ބަސްތަކާއި ކުރާ ކަންތައްތައް ވެސް ހިމެނެ އެވެ. ފާހިޝްގެ އަސްލަކީ ގިނަވުމާއި އިތުރުވުމެވެ. އެހެންކަމުން ބަހެއް ބުނުމުގައި ވެސް ހައްދުފަހަނަޅައި ހިނގައްޖެ ނަމަ އެ ކަމެއް ފާހިޝް ވީ އެވެ. މިސާލަކަށް ޔަހޫދީން ސަލާން ގޮވަން ވެގެން "އައްސާމް އަލައިކުމް" އޭ ބުނުމުން އާއިޝަތުގެފާނު އޭގެ ރައްދުގައި ތިޔަބައިމީހުންނަށް ވެސް "ސާމް" (މަރު) އާއި ލައުނަތާއި ﷲ ގެ ކޯފާ ހުއްޓޭ ވިދާޅުވުމުން އެ ކަމަނާގެ ބަސްފުޅުގައި ހައްދުފަހަނައެޅުމެއް ވާތީ ރަސޫލާ ﷺ ހަދީސް ކުރެއްވީ "ކަމަނާ ތިޔަހެން ވިދާޅުނުވާށެވެ! ހަމަކަށަވަރުން ފާހިޝް ކަންކަމާއި ފާހިޝްވެގަތުމަށް ﷲ ލޯބިވެ ވޮޑިގެން ނުވެ އެވެ."

ފާހިޝްކަންކަމުގެ ތެރޭ ހިމެނޭ ކަންކަމަކީ ކޮބާ؟

ކީރިތި ޤުރްއާނަށް ބަލާއިރު ފާހިޝް ކަމެއްގެ ގޮތުގައި އެންމެ އާންމުކޮށް ބަޔާން ކުރައްވާފައި ވަނީ ޒިނޭ އެވެ. (އައްނިސާއު 15،25، އަލްއިސްރާއު 32، އައްނޫރު 19).

މިގޮތުން ޒިނޭ ހަރާމް ކުރައްވާފައިވަނީ ފާހިޝް ކަންތައްތައް ހަރާމް ކުރައްވާފައިވާ ފަދައިން އެ ކަމާ ގާތްވުން ވެސް ނަހީ ކުރައްވައިގެންނެވެ.

ފާހިޝް ކަންކަމުގެ ގޮތުގައި ބަޔާންކުރައްވާފައިވާ ދެވަނަ ކަމަކީ އައުރަ ނިވާނުކޮށް، މީސްތަކުންގެ ހިތްތަކުގައި ފާހިޝް ކަންކަން ކުރަން ހިތްވަރު ލިބޭ ގޮތަށް އުޅުމެވެ. އަލްއައުރާފު ސޫރަތުގައި މައްކާގެ އަހުލުވެރިން ފާހިޝް އަމަލުތައް ކޮށް، އެ ކަމުގެ އުޒުރެއްގެ ގޮތުގައި "މިއީ ތިމަންމެންގެ ކާބަފައިން އެ ގޮތެއްގެ މަތީގައި ތިބި ގޮތް ކަމަށާއި ﷲ އެ ކަމަށް އަމުރު ކޮށްފައިވާ ކަމެއް ކަމަށް" ބުނުމުން އޭގެ ރައްދުގައި އަންގަވަނީ "ހަމަކަށަވަރުން ފާހިޝް ކަންކަމަށް ﷲ އަމުރު ނުކުރައްވާނެ" ކަމަށެވެ. އަދި އެ ބައިމީހުން ނޭނގި ތިބެ އެ ހަދަނީ ﷲ ގެ މައްޗަށް ބޮޑު ދޮގެއް ކަމަށެވެ. (އަލްއައުރާފު 28). މި އާޔަތް ބާވާލައްވާފައިވަނީ އޭގެ ކުރިން އޮތް އާޔަތުގައި ޝައިތާނާގެ ހެއްލުންތެރިކަމުގައި ނުޖެހުމަށް އޮތް އަމުރަށް ފަހު އެވެ. އެ ހެއްލުންތެރި ކަމަކީ އާދަމުގެފާނާއި ހައްވާގެފާނު ސުވަރުގެ އިން ނެރެލުމަށްޓަކައި އެ ދެކަނބަލުންގެ ފޭރާން ބާލުވައި، އެ ދެކަނބަލުންގެ އައުރަ ކަޝްފު ކުރިވި ހެއްލުންތެރިކަމެވެ.

ފާހިޝް ކަންކަމުގެ ގޮތުގައި ބަޔާންކުރެވިފައިވާ ތިންވަނަ ކަމަކީ، އެއްޖިންސުން ގުޅުން ހިންގުމެވެ. ހާއްސަކޮށް ލޫތުގެފާނުގެ ގައުމުގެ މީހުން ކުޅަ ނުބައި ލިވާތުގެ އަމަލެވެ. އެއީ އޭގެ ކުރިން އެއްވެސް ބަޔަކު އެކަން ކޮށްފައި ނުވާ ފަދަ ނުބައި އަމަލެކެވެ. (އަލްއައުރާފް 80). އަދި އެ ކަމަކީ އެ މީހުންނަށް އެ ކަމުގެ ނުބައިކަން ނޭނގި ތިބެ ކުޅަ އަމަލެއް ވެސް ނޫނެވެ. (އައްނަމްލު 54).

ލިވާތަކީ އޭގެ ޖަރީމާކަން ވަރަށް ބޮޑުވެގެންވާ މުޑުދާރު ފާހިޝް ކަމެކެވެ. އަހުލާގީ ފަސާދައެކެވެ. ނުރައްކާތެރި ބަލިމަޑު ކަމެކެވެ. އެ ކަން ކުރާ މީހުންގެ އަގު އެރުވުމަށްޓަކައި މުޅި ދުނިޔެ ތެދުވިޔަސް އޭގެ އަހުލުވެރިން ސިފަ ކުރެވޭނީ ހަމަ ތަބީއަތް ފާސިދުވެފައިވާ ހުލުގު ނުބައި، ލަދުވެތިކަން ނިގުޅައި ގަނެވިފައިވާ ބައެއްގެ ގޮތުގަ އެވެ. އެއީ ހައްގާއި ބާތިލު ވަކި ނުވާ ބައެއްގެ ގޮތުގަ އެވެ. އެ ފަދަ މީހުންގެ ކިބައިގައި ނަފުސު ކުށްވެރި ކުރާނެ ފަދަ ޒަމީރެއް ނެތް ބައެއްގެ ގޮތުގަ އެވެ. އަދި ކިއެއްތަ، އެ ފަދަ މީހުންގެ ފެންވަރަކީ ނަފްސުގެ ސާފުކަންމަތީ ތިބެން ބޭނުންވާ މީހުންނާ އެކުގައި ވެސް ނޫޅުމެވެ.

އެހެންވެ ލޫތުގެފާނުގެ ގައުމުގެ މީހުން ބުނީ ލޫތުގެފާނުގެ އާލުން ރަށުން ބޭރުވުމަށެވެ (އައްނަމްލު 56). މި ޒަމާނުގައި މި ނުބައި ފާހިޝް އަމަލަށް ތާއީދުކުރާ މީހުން ވެސް ކޮޕީ ކުރަނީ ހަމަ ލޫތުބާގައިގެ މީހުންނެވެ. އެކަމަކު އެހެން ސިފައެއްގަ އެވެ. އެއީ އިސްލާމް ދީނާއި މުސްލިމުންނާއި ދީނީ އިލްމުވެރިންގެ އަގު ވައްޓާލުމަށް އެކި ގޮތްގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިންނެވެ.

މި ފާހަގަ ކުރި ކަންކަމުގެ އިތުރުން ވެސް ކުށްފާފަތަކުގެ ތެރެއިން އޭގެ ނުބައިކަން ބޮޑުވެގެންވާ ނުވަތަ އިތުރުވެގެންވާ ކޮންމެ ކުށަކީ އަދި ފާފަ އަކީ ފާހިޝް އަމަލުތަކުގެ ތެރެއިން ހިމެނޭނެ ކަންކަމެވެ.

ފާހިޝް ކަންކަމަކީ ޝައިތާނާގެ އަމުރުގެ ތެރެއިން ހިމެނޭ ކަމެއް

ފާހިޝް ކަންކަމަށް އަމުރު ކުރުމަކީ ޝައިތާނާގެ ނުބައި އަމަލުތަކުގެ ތެރެއިން ހިމެނޭ ކަމެކެވެ. ﷲ އަންގަވަނީ "އެ ޝައިތާނާ ތިޔަބައިމީހުންނަށް އަމުރުކުރާކަން ކަށަވަރީ ނުބައިކަންތަކާއި ހުތުރުކަން ބޮޑު ފާފަތަކަށެވެ. އަދި ތިޔަބައިމީހުންނަށް އެނގިގެން ނުވާ އެއްޗެއް ﷲ އާ މެދު ތިޔަބައިމީހުން ބުނުމަށެވެ." އަލްބަގަރާ 169).

މި ސަބަބަށްޓަކައި މިއާޔަތުގެ ކުރިން އޮތް އާޔަތުގައި ﷲ އަންގަވަނީ ޝައިތާނާގެ ފިޔަވަޅުތަކުގެ މަތީ ނުހިނގުމަށެވެ. އަދި ޝައިތާނާއަކީ ކަނޑައެޅި ބަޔާން ވެގެންވާ ބޮޑު އަދުއްވެއް ކަމަށެވެ. ފާހިޝް ކަންކަމަށް ޝައިތާނާ އަމުރު ކުރާނެކަން ބަޔާންކުރާ އެހެން އާޔަތެއްގައި އެ ކަން ގުޅުވާފައި ވަނީ ފަގީރުކަމަށް ވައުދުވުމާ އެވެ. (އަލްބަޤަރާ 268). މާނައަކީ ޝައިތާނާގެ އަމުރުތަކަށް ކިޔަމަން ވުމުން އިންސާނާއަށް ލިބެނީ ފަގީރު ކަމެވެ. އެންމެ ބޮޑު ފަގީރު ކަމަކީ އީމާންކަމުގެ ނޫރުން މީހާ މަހުރޫމު ވުމެވެ. އެހެންކަމުން ފާހިޝްކަންކަމާއި މުންކަރާތްތަކާއި ބަގާވާތްކުރުން ﷲ ވަނީ ނަހީ ކުރައްވާފަ އެވެ. އޭގެ ބަދަލުގައި ﷲ އަމުރު ކުރައްވަނީ އަދުލުވެރިވުމަށާއި އިހުސާންތެރިވުމަށާއި ގާތްތިމާގެ މީހުންނަށް ހެޔޮ ފޯރުވުމަށެވެ. (އައްނަޙްލު 90).

ފާހިޝް ކަންކަމުން ދުރުހެލިވެ ތައުބާވުމުގެ މުހިންމުކަން

ފާހިޝް ކަންކަން ކުރުމާއި އެފަދަ އަމަލުތައް އާންމު ކުރުމަކީ މުއުމިނުންގެ އަހުލާގާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. ފާހިޝް ކަންކަން އާންމުކުރަން ލޯބިކުރާ މީހުންނަށް ދުނިޔެ އާއި އާހިރަތުގައި އަޒާބު ހުރިކަން ﷲ ވަނީ ބަޔާން ކުރައްވާފަ އެވެ. (އައްނޫރު 19). މީގެ ތެރޭގައި ފާހިޝް އަމަލުކުރާ މީހުން ހިމެނެ އެވެ. ސަބަބަކީ އެ ފަދަ ކަންކަމުގެ ޚަބަރުތައް ފެތުރުމަށް ވުރެ އެ ކަންކަން އަމަލީ ގޮތުން ކުރުމުން މާ ވަރުގަދަ އަށް އެ ކަންކަން އާންމު ކުރެވޭނެތީ އެވެ.

ވީމާ ފާހިޝް ކަންކަން ކުރުން ވެސް އަދި އެފަދަ ކަންކަން އާންމުކުރުން ވެސް ހުއްޓާލަން ޖެހެ އެވެ. އަދި އެކަމާ ދެރަވެ ހިތާމަ ކުރަން ޖެހެ އެވެ. އޭގެ ފަހުން އެ ފަދަ ކަމެއް ނުކުރާނެ ކަމުގެ އަޒުމް ކަނޑައަޅައި ﷲ ގެ ހަޒްރަތުން މާފަށް އެދެން ޖެހެ އެވެ. ފާހިޝް ކަންކަން ކުރެވުމުން އެ ގޮތަށް ކަންކުރާ މީހުންނަށް ﷲ ތައުރީފު ކުރައްވާފައި ވެ އެވެ. (އާލްއިމްރާން 135).

ވީމާ ދީނަށްޓަކައި ތިމާ ޣީރަތްތެރިވެ، ގިޔާމަތް ދުވަހު ﷲ ގެ ހަޒްރަތުގައި އެންމެ ނުބައި މީހުންނަށް ނުވުމަށްޓަކައި ފާހިޝް ކަންކަމުން ދުރުހެލިވެ، އެ ފަދަ ކަންކަން އާންމު ކުރުމުން ވެސް ދުރުހެލިވާން ޖެހެ އެވެ.

43 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 28%
icon wow icon wow 6%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޮށަލިތަކުރު

19 July 2022

ލޮބުވެތި އަޚުންނާ އުޚުތުން,ހަނދުމަފުޅުބަހައްޓަވާށެވެ 2023,ހުގެ ވިލާގަޑުނަގާބޯމަތިވަނީއެވެ ހޭލާތިއްބަހުވަފެންދައްކާދުވަސް ގައިދައްވަނީއެވެ.ފޮނިބައިސާކަޑާދޮގާމަކަރާޙީލަތުގެބަސްތަކުންތިޔަބޭފުޅުންފެންވަރުވާލާނެއެވެ.ވިސްނާހޭއަރައިގެންތިބޭށެވެ.ކަނޑާފޮންޏާދައްކާހުވަފެނުގެތެރޭޢަދުލުއިންސާފުޤާއިމްކޮއްދިނުން ޑުރަގުގެވަބާއިން މިޖީލުސަލާމަތްކޮއްދިނުން ވެރިންނާތަޙުޤީޤީ އިދާރާތަކުގެ ނުފޫޒުންގެއްލިފައިވާމީހުންގެޙައްގުތައްހޯދާދިނުމާޖީއެސްޓީކަޑާލުމާ ޑިއުޓީފުރީކޮއްދިނުންމިފަހަރުގެ ހިޔަނިމެނިފެސްޓޯގައޮންނާނެހޭއަރާތިއްބަވާތި!

The name is already taken The name is available. Register?

އްލީ

18 July 2022

ހަތަރު ފރިހެނުންނަށް ނުފެންނަންޔާ ކިތަންމެ ބޮޑު ފާފަ އަކަށް ވެސް އަރައިގަންނަންވީ؟ މިނޫން ދުވަހެއް އޮތް ކަން ހަދުމަ ކުރުން ބުއްދިވެރި

The name is already taken The name is available. Register?

ސެމި

17 July 2022

ތިކަންކަމަކީ އެންމެއިހުޒަމާނައްސުރެ ރާއްޖޭގައި ހިނގާކަންކަން. އެޭރުވެސް މީހުންކިޔާ މިކަންއޮންނަވަރު! ރާއްޖެއަދިވެސް ބަދަލުނުވޭ ހިތާމަޔާއެކު!

The name is already taken The name is available. Register?

ނަސްރުﷲ

17 July 2022

ކާނަލްމެން ފަދަ މިފަދަ ކަންކަމަށް ތުހުމަތު ކުރެވޭ ބޭފުޅުން ސްކޫލުތަކަށް ގޮސް ކިލާސްތައް ނަގާދިނުމުގައި އަވަދިނެތި އުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން!

The name is already taken The name is available. Register?

ސެމި

17 July 2022

އޭނަ ސްކޫލްގަ އުޅުނުއިރު އެކަހަލަ މައްސަލައެއް ފެންމަތިވި!

The name is already taken The name is available. Register?

ދިވެހިރައްޔިތެއް

17 July 2022

ރާއްޖޭގެ ވެރިންނައްް އިޙުސާސްވޭތޯއެއްޖިންސުން ގުޅުންހިންގުމާ ލިވާތުކުރުންފަދަކަންކަމައް ޢަދުލުއިންސާުފުގާއިމުނުވެގެން ދާއިރު މިކަންކަމުންޤައުމައްލިބެމުންދާގެއްލުންތަކާ މީހުންގެއަޚުލާގައްވަމުންްދާގޮތާމެދުކުރެވެނީ ކޮންކަހަލައިޙުސާސެއްތޯ?އެންމެފަހުގެއާލަމްގީރުގެ މަސްއަލަވެސް ހީވަނީއޭނައަމިއްްލައައްކޮއްގެން އުޅޭކަމެއްހެން,މީގެކުރިންހިނގިި ސަފާރީކޭސްވެސް,އަންހެންމީހާްގެބަޔާންތައްއިވިފަ ލޮލުންކަރުނައައި!!

The name is already taken The name is available. Register?

އަހުމަދު މުހައްމަދު

17 July 2022

ކޮންކަމަކާ ލޮލުން ކަރުނަ އައީ.އަހުލާގަށް އެއްވެސް ބަދަލެއް ނާދޭ

The name is already taken The name is available. Register?

ރިޒާއިބޭގެ ޖައްލަ

16 July 2022

ލިވާތަކީ ޖާހިލިއްޔާ ޒަމާނުގައި ފެށުނު ކުޅިވަރެއް!އެ ކުޅި ރާއްޖެ އަށް އެތެރެކޮށް އާލާ ކުރީ ޕާކިސްތާނާއި މެދު އިރު މަތިން! ބަންގާޅުން އެތެރެ ކުރި އައުލާދު ހުރީ ބަންދު ޖަހާފައި

The name is already taken The name is available. Register?

އަދިމިހާރު

17 July 2022

މިހާރު ކޮންމެ މީހެއް އަތުގަ އޮވޭ އެފަދަ ކަންކުރާތަން ބެލޭނެ ފަދަ އެއްޗެއް. އެއްވެސް ގައުމަކުން ކުރިން ތައާރަފު ނުވިނަމަވެސް މިދުވަހު އެންމެންގެ އަތަށް އަރަން އޮތް އެއްޗެއްގެ ސަބަބުން އެކަން ފެނި އާލާވީސް. އެއްބަޔަކު އަނެއް ބަޔަކަށް ކޮންމެ ކަމަކުން ބަދުނާމު ދޭއިރު ހަނދާން ނެތެނީ ނުބައި ފާހިޝް ކަންކަމަކީ އަސްލު ޝައިތާނާގެ އެޖެންޑާކަން. އަސްލު ކުރަންވީ ހަނގުރާމަ މަތިން ހަނދާންނެތި ކޮންމެވެސް އިންސާނަކު ކުށްވެރިކޮށް އެމީހާ ފަހާ ދުވަން އުޅެވެނީ.

The name is already taken The name is available. Register?

ށަވިޔަނި

16 July 2022

ތަފާތު ގޮތްގޮތަށް ކޮމެންޓް ކުރިއަސް އިސްލާމީ ޝަރީޢަތުގައި ވަކިގޮތަކަށް ކުށްސާބިތުކުރަން ނައްޞުން ކަނޑައެޅިފައިނުވާ ކޮންމެ ކުށެއްގައި އެއިރަކު ތިބޭވެރިންނަށް ކުށްސާބިތުކުރުމުގައި ގަބޫލުކުރެވޭނެ ވަސީލަތްތަކާއި ގަބޫލު ނުކުރެވޭނެ ވަސީލަތްތައް ކަނޑައެޅޭނެ. ހެއްކެއްގެ ގޮތުގައި ބެލެވޭނެ ކަންތައްތަކާއި ނުބެލެވޭނެކަންތައްތައް ކަނޑައެޅޭނެ.

The name is already taken The name is available. Register?

އެނެމީސް

16 July 2022

މިތާ ކޮމެންޓު ކުރާ މީހުނަކަށް ނޭގޭތަ ހަތަރު ފިރިހެނުންގެ ހެކި ބަސް ބޭނުންވާ ކަމެއް ސާބިތު ކުރަން؟ ހަތަރު ހިންޏެއް ނޫން ހަތަރު ހޯނެއް ނޫން ހަތަރު ކެމެރާއެއް ނޫން ހަތަރު އަންހެނުންނެއްވެސް ނޫން. ހަތަރު ފިރިހެނުންް. އަށް ލޯ ލީ އެންމެ ފިރިހެނެއްވެސް ކަމަކު ނުދާނެ. ހަތަރު ފިރިހެނުން ބޭނުންވޭ. ހަތަރު ފިރިހެނުން ބޭނުންވެޔޭ!

The name is already taken The name is available. Register?

އިގިއްޖެޔޭ

16 July 2022

ރުޅި މަޑު

The name is already taken The name is available. Register?

ޒިޔާންން

16 July 2022

ވީޑިއޯ އިން ފެނޭ އެފަދަ އެފަދަ ނުބައި ކަންތައް ކުރިކަން... ވަރަށް ގޯސް، ވަރަށް ފާފަވެރިވާ، ފާހިޝް އަމަލެއް... އެއްޑްސް އާ އެތަށް ބައިވަރު އެސްޓީޑީސް އަދި ހުރިހާ ނުބައި އެކަހަލަ ބަލިތައް ޖެހުމުގެ އަސްލަކީ އެއް ޖިންސުން ގުޅުން ހިންގުމުގެ ގޯސް އަމަލް ހިންގުން.... އެމެރިކާގެ ސީޑީސީއިން ވެސް އެކަން ފާހަގަކޮށް ލިޔެފައިވޭ... އަލްގަމަރި ކަހަލަ މީހުން ކިބައިން ކިއްތަށް މީހުންނަށް ނުބައި އެސްޓީޑީސް ޖެހިދާނެ!!!

The name is already taken The name is available. Register?

ނެމެނީސް

17 July 2022

އެ ވީޑިއޯއަކީ ސައްހަ އެއްޗެއްކަމަށް އޭގަ އުޅޭ އޭގައި ބައިވެރިވެ އެ ރިކޯޑްކުރި އެކަކު ބުނާނަމަ އެއީ ހަމަ ހިނގި ކަމެއް އެހެން ބަޔަަކަށް ފަހުން ބަލާލަން ލިބެނީ. އެގޮތުން ކިތައް 8 ލޯ އެ ވީޑިއޯ ބަލާފަވާނެބާ. ޝަރުއީ ޒިނޭއާ ގާނޫނީ ޒިނޭ ތައާރަފުކުރި ގޮތަށް މިފަދަ ހުތުރު ކަމަކަށް ހަމަ ނެތީބާ އަދަބެއް ތައާރަފުކުރެވެން؟

The name is already taken The name is available. Register?

ީދިސކސކސ

16 July 2022

ކުރާ މީހުން ހައްޔަރު ނުކުރަނީ ކީއްވެތެ

The name is already taken The name is available. Register?

އެމްސް

16 July 2022

މަސްތުވާތަކެތީގެ، މާރާމާރީގެ، ވައްކަމާއި ކަރަޕްޝަންގެ ހާއްޔަކަށް މިޤައުމު ވަނީ ކީއްވެ؟

The name is already taken The name is available. Register?

ޒިޔާންން

16 July 2022

ފާޙިޝް އަމަލްތަށް ކުރާ މީހުން، މަސްތުވާތަކެތި، މާރާމާރި، ވައްކަމާއި ކޮރަޕްޝަން ހިންގާ މީހުން ވެސް ހައްޔަރު ނުކުރަނީ ގޯސް ކަމުން... 2023 ކުރިއަށް އޮތީ!!! މި ސަރުކާރުން ކުށްވެރިން މިނިވަން ކޮށްފަ ބައިތިއްބަނީ!! ކުށްވެރިން މިނިވަން ކުރުމަކީ ވެސް ކޮރަޕްޝަން...

The name is already taken The name is available. Register?

ދޮންބެއަލީ

16 July 2022

މުޑުދާރޭ ނުކިޔާ ހަރާމް ކަމެކޭ ރަޖަމްކުރަން ޖެެހެޔޭ ނުލިޔެވިގެން މިއުޅެނީ ކޮން މަޖުބޫރަކުން ބާ؟

The name is already taken The name is available. Register?

ބްރޯމޭން

16 July 2022

ބުރޯ ކަލޭ މީހުން އޮއްގަލުން ތަޅާ ދިރި ހުއްޓާ ޗިސްޗިސް ކުރަން ބޭނުމިއްޔާ ދާންވީނު އަފްގަނިސްތާނަށް؟ ނޫނީ ފައިސާޔަށް ކުރަފި މަރަން ދޭބަލަ ގޭގެޔަށް...

The name is already taken The name is available. Register?

އަހިމަދު

17 July 2022

ކަލޯ އަފްގާނަށް ނައްޓާލަ،ލަސް ނުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454