މިހާރު ލައިޓް

ތަރާވީހު ނަމާދު ކުރުކޮށް ކުރުމާއި ދިގުކޮށް ކުރުން

މާތް ﷲ ރުއްސުންލެއްވި އާއިޝަތުގެފާނު ވިދާޅުވި އެވެ. "ކީރިތި ރަސޫލާ ﷺ ރޯދަމަހު ވެސް އަދި އެހެން މަހެއްގައި ވެސް (ރޭގަނޑުގެ ގިޔާމުގައި) 11 ރަކުއަތަށް ވުރެ އިތުރެއް ނުކުރައްވަ އެވެ. ފުރަތަމަ ހަތަރު ރަކުއަތް ކުރައްވަ އެވެ. ދެން އަނެއްކާ ވެސް ހަތަރު ރަކުއަތް ކުރައްވަ އެވެ. ދެން ތިން ރަކުއަތް ކުރައްވައެވެ." މި ތަނުގައި ހަތަރު ރަކުއަތޭ އަދި ތިން ރަކުއަތޭ އޮތަސް މާނައަކީ ކޮންމެ ދެ ރަކުއަތަކުން ސަލާމް ދިނުމާ އެކު ކުރެއްވުމެވެ. އެހެނީ ގިޔާމުއްލައިލް އަކީ ދެ ރަކުއަތުން ދެ ރަކުއަތުން ކުރާ ނަމާދެއްކަން ކީރިތި ރަސޫލާ ﷺ ވަނީ ބަޔާންކުރައްވައިފަ އެވެ.

ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވާ ގޮތުގައި ވެސް ކީރިތި ރަސޫލާ ﷺ އެބޭކަލުންނާއެކު އަށް ރަކުއަތާއި ވިތުރި ކުރެއްވި އެވެ. އަދި އެބޭކަލުން އޭގެ ފަހުން އިންތިޒާރު ކުރެއްވިއިރު ވެސް އެކަލޭގެފާނު ދެން (އިތުރު ރަކުއަތެއް ކުރައްވާކަށް) ނުކުމެވަޑައެއް ނުގަންނަވަ އެވެ. އެހެންކަމުން މިއީ ކީރިތި ރަސޫލާ މިކަން ކުރެއްވި ގޮތެވެ.

ނަމަވެސް ގިޔާމުއްލައިލުގައި ރަކުއަތުގެ އަދަދު ކަނޑައެޅި ބަޔާންވެފައެއް ނުވެ އެވެ. ސަމުރަތު ބުނު ޖުންދުބުގެ ކިބައިން ރިވާ ވެގެން ވެ އެވެ. "ކީރިތި ރަސޫލާ ﷺ ތިމަންމެންނަށް އަމުރު ކުރެއްވީ މަދުން ވިއަސް އަދި ގިނައިން ވިއަސް ރޭގަނޑު ނަމާދު ކުރެއްވުމަށެވެ. އަދި އެ ނަމާދު ވިތުރިއަކުން ނިންމާލުމަށެވެ."

މިކަން މި ގޮތަށް އޮތުމުން އުމަރުގެފާނުގެ ޒަމާނުގަ އާއި އުސްމާނުގެފާނުގެ ޒަމާނުގަ އާއި އަލީގެފާނުގެ ޒަމާނުގައި މީސްތަކުން 20 ރަކުއަތް ކުރި އެވެ. އިސްލާމީ ފިގުހުވެރިން ކުރެ ހަނަފީ މަޒްހަބާއި ހަންބަލީ މަޒްހަބުގެ ޖުމްހޫރުންގެ ރައުޔަކީ އެއީ އެވެ. އަދި ސާހިރީ މަޒުހަބުގައި ވަނީ ވެސް އެ ގޮތެވެ.

އިމާމް ތިރުމިޒީ ވިދާޅުވި އެވެ. ގިނަ އިލްމުވެރިން ބުރަވެ ވަޑައިގަންނަވަނީ އުމަރުގެފާނާއި އަލީގެފާނާއި އެ ނޫން ވެސް ބައެއް ސަހާބީން ވިދާޅުވެފައިވާ ފަދައިން 20 ރަކުއަތް ކުރުމަށެވެ.

ތަރާވީހު ނަމާދުގައި އަށް ރަކުއަތް ކުރުމަކީ ވެސް އަދި 20 ރަކުއަތް ކުރުމަކީ ވެސް އަދި އެ ނޫން މިންވަރަކަށް ކުރުމަކީ ވެސް އެ މީހެއްގެ އިހުތިޔާރަށް ދޫކޮށްލެވިފައިވާ ކަމެކެވެ.

އައްސައުރީ އާއި އިބްނުލް މުބާރިކާއި އައްޝާފިއީގެ ރައުޔަކީ ވެސް މި އެވެ. ނަމަވެސް އިމާމް މާލިކް ވިދާޅުވަނީ 36 ރަކުއަތް ކަމަށެވެ. އެއީ ވިތުރި ނުލަ އެވެ. އިބްނު ހިއްބާނު ވިދާޅުވި އެވެ. "ތަރާވީހު ނަމާދު އެންމެ ފުރަތަމަ ކުރެވުނީ 11 ރަކުއަތެވެ. އޭރު ވަރަށް ދިގުކޮށް ޤުރުއާން ކިޔަވަ އެވެ. އެހެންވެ މީސްތަކުންނަށް ބުރެވެގެން ކިޔެވުން ކުރު ކޮށްލެވުނެވެ. އަދި އޭގެ ބަދަލުގައި ރަކުއަތް މަދުކޮށްލި އެވެ.

މިގޮތުން ޝަފް އާއި ވިތުރި ނުލައި 20 ރަކުއަތްކޮށް މެދުމިންވަރުގެ ދިގުމިނަކަށް ޤުރުއާން ކިޔެވި އެވެ. އަދި އޭގެ ފަހުން އަނެއްކާވެސް ކިޔެވުން ކުރުކޮށް ޝަފް އާއި ވިތުރި ނުލައި 36 ރަކުއަތް ކުރި އެވެ. ދެން އެގޮތުގައި ދެމިއޮތެވެ.

އަލްހާފިޒް ވިދާޅުވި އެވެ. މި އިހުތިލާފުތައް އުފެދިފައި މި ވަނީ ދިގުކޮށް ކިޔެވުމާއި ކުރުކޮށް ކިޔެވުމުގެ މައްޗަށް ކަމަށް ވާތީ ދިގުކޮށް ކިޔަވާ ނަމަ މަދުން ރަކުއަތް ކުރާނީ އެވެ. ކުރުކޮށް ކިޔަވާ ނަމަ ގިނައިން ރަކުއަތް ކުރާނީ އެވެ. އަދިވެސް އަލްހާފިޒު ވިދާޅުވި އެވެ. "މަދީނާގެ އަހުލުވެރިން 36 ރަކުއަތް ކުރި އެވެ. އެއީ މައްކާގެ އަހުލުވެރިންނާ އެއްވަރު ކުރުމަށެވެ. މައްކާގެ އަހުލުވެރިން ކޮންމެ ތަރުވީހާއެއް (ކޮންމެ ހަތަރު ރަކުއަތެއް) ގެ ދެމެދު ތަވާފުގެ ހަތްބުރު ޖަހަ އެވެ. ކޮންމެ ހަތްބުރެއްގެ ތަވާފަކަށް ހަތަރު ރަކުއަތް އިތުރު ކުރެ އެވެ." ވީމާ މަދީނާގެ އަހުލުވެރިން 36 ރަކުއަތް ކުރާނީ މައްކާގެ އަހުލުވެރިން ހަތަރު ފަހަރު ތަވާފު ކުރާ ނަމަ އެވެ. އެއީ މައްކާގެ އަހުލުވެރިން 20 ރަކުއަތް ކުރާތީ އެވެ.

މި ދަލީލުތަކުގެ އަލީގައި ބައެއް އިލްމުވެރިން ވިދާޅުވަނީ އަށް ރަކުއަތަކީ ސުންނަތް މިންވަރު ކަމަށެވެ. އެހެނީ ރަސޫލާ ﷺ ގެ އަމަލުފުޅުން އެކަން އެގޮތަށް ސާބިތުވާތީ އެވެ. ނަމަވެސް އަސްހާބުންގެ އަމަލަށް ބަލައި އިތުރަށް ކުރާ ރަކުއަތް ތަކަކީ މުސްތަހައްބު ރަކުއަތް ތަކެކެވެ. އެހެންކަމުން ތަރާވީހު ނަމާދުގައި އަށް ރަކުއަތް ކުރުމަކީ ވެސް އަދި 20 ރަކުއަތް ކުރުމަކީ ވެސް އަދި އެ ނޫން މިންވަރަކަށް ކުރުމަކީ ވެސް އެ މީހެއްގެ އިހުތިޔާރަށް ދޫކޮށްލެވިފައިވާ ކަމެކެވެ.

14 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 83%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝޭޙު

27 April 2022

ރަކުއަތުގެ ޢަދަދަށްވުރެ ދެރައީ ފުރުޤާން މިސްކިތް ފަދަ މިސްކިތް ތަކުން އާދަޔާ ޚިލާފަށް ތަރާވިސްކުރާއިރު ދިގުކޮށް ދަންމާފައި ކިޔެވުން އާދަޔާ ޚިލާފަށް ދިގުކޮށްކުރުން. ނަމާދަށް ތަފާތު އުމުރު ތަކުގެ މީހުން ދާއިރު މިފަދަ ގޮތްގޮތަށް ނަމާދު ދިގު ދެންމުމަކީ ގިނަ ބަޔަކަށް އުނދަގޫ ވާ ކަމެއް އެހެން ކަމުން މިފަދަ ޖާގަ ބޮޑު މިސްކިތްތަކަށް ނުގޮސް މާދުރުގައި ހުންނަ މިސްކިތަތަކަށް މީހުން ދޭ. މައްކާގައި ނަމާދުކުރާގޮތް މި އިމާމުން ބަލާލުން ރަގަޅު.

The name is already taken The name is available. Register?

فرقان

28 April 2022

ގިނަ އަދަދެއްގެ މިސްކިތްތަކުގައި ރަމަޟާން މަސް ފެށުނީއްސުރެ ނިމެންދެން ކިޔަވަނީ ހަތިމް ކުރުމަށް. ފުރުޤާން މިސްކިތުގައި ފުރަތަމަ 2 ރަކުއަތް ކުރަނީ ތަންކޮޅެއް ކުރުކޮށް 15 މިނެޓް ވަރު. އޭގެ ފަހުން 20 މިނެޓްއަށް. ސުންނަތް ނަމާދު ކުރުމަށް އޮންނަނީ ކުޅަދާނަ މިންވަރަކުން. މިސްކިތުގައި ހަތިމް ކުރުމަށް ޖަމާޢަތުގައި ކިޔަވާއިރު ދިގުވެގެން ނުވަތަ ލަސްވެގެން ކުރުކޮށްލަން ބޭނުންވާ މީހާއަށް ޖަމާޢަތާއި ވަކިން އެމީހަކު ބޭނުން ވަރަކަށް ކުރުމުގެ ފުރުސަތު އޮންނާނެ.

The name is already taken The name is available. Register?

ޫޔޫސީ

27 April 2022

އަދި މި ކިޔާ ގުނޫތުއާ ބެހޭ ގޮތުން ވެސް ސާބިތު ކުރެވެވިފަ ހުރި ކަން ތަކުގެ މައުލޫމާތު ބޭނުންވެ ދިގުކޮށް ތޯ ކުރުކޮށް ތޯ ކިޔަން ވީ .

The name is already taken The name is available. Register?

ރަކުއަތް

27 April 2022

ސުވާލަކީ: 8 ކުރާ މީހާ އާއި 20 ނޫނީ 36 ކުރާ މީހާ އާ އެއްވަރަކަށްހޭ ލިބޭނީ؟ މި ސުވާލަށް ޖަވާު ދިނީމާ އަރަހުމެން ގޮތް ނިންމާނަން.

The name is already taken The name is available. Register?

ހިމާރު.

28 April 2022

އަށެއް 20 އަދި ކީއްކުރަންތޯ 60 ކޮށްގެންވެސް އެއްޗެއް ނުލިބި ހިގައިދާނެ. އެއީ ތިފަދަ ހިތް ތަކުގެ ވެރިން ކަންދައްކަން ކުރާ ކަމަކުން އެއްޗެއް ލިބޭނެ ގޮތެއް ނޯންނާނެތީ. އަޅުކަމަކީ ހިތް ޙަލާސްކޮށްގެން ހުރެ އެކަން ކުރާ މީހުނަށް އޭގެ ބަދަލު ލިބޭ ގޮތަށް އޮންނަ ކަމެއް.

The name is already taken The name is available. Register?

ސައިހު

27 April 2022

މައްސަލައަކީ އިސްލާމްދީން އަހަރެމެނާއިހަމައަށް ގެނެސްދެއްވީ ކީރިތި ރަސޫލާ ކަމަށްވެފައި އެކަލޭގެފާނަށްވުރެ މޮޅަށް އަހަރެމެން ކަންތައް ކުރަން އުޅޭތީއެވެ. އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށް ﷲ ވަނީ އިސްލާމްދީ ފުރިހަމަކުރެއްވިކަން ކީރިތި ގުރުއާނުގައި ބަޔާންކުރައްވާފައެވެ. އެހިސާބުން ދެން އަހަރެމެން އަހަރެމެނަށް ކަނޑައެޅިގެން ރަސޫލާ ކުރެއްވީ ކިތައް ރަކުޢަތްކަން އެނގޭއިރު ޢިލްމުވެރިންބުނަނީ ކީކޭތޯ ބަލާކަށްވެސް ނުޖެހެއެވެ.

The name is already taken The name is available. Register?

ބަރާބަރު

27 April 2022

100 ގެ ވާހަކައެއް … ތީއީ މަވެސް ބުނާ ވަހަކައަކީ.. قران އާއި حديث ގައި ހުރިހާ ކަމެެއް ސާފުވަން އޮންނައިރު، ދެން ކޮންކަމެއް ދެންއިތުރަށް ބަލަންޖެހޭނީ؟؟

The name is already taken The name is available. Register?

ޖަވާބު1

28 April 2022

މި މައްސަލައިގައި އެކަލޭގެފާނުގެ ކިބައިން ސާފުކޮށް އެނގެން އޮތީ މިނިވަންކަމާ އެކު ބޭނުންވަރަކަށް ރަކުއަތް ކުރުމެވެ. ކޮންމެހެން 8 ރަކުޢަތް ކުރުމެއް ނޫން ކަމެވެ.

The name is already taken The name is available. Register?

މުލޭ

27 April 2022

މި ލިޔުން 100 އެވެ. މައްސަލައަކީ 8 ރަކްޢަތް ކުރާ މީހުންނާއި 20 ރަކްޢަތް ކުރާ މީހުން އެެއްބަޔަކު އަނެއްބަޔަކު ބަޔަކު މީހުން އެމީހުން ކާފަރު ކުރާތީއެވެ. މިއީ ހަރުކަަށިކަން ނޫން ދެން ކޮން ކަމެއްހެއްޔެވެ.

The name is already taken The name is available. Register?

ތުންބިބީ

27 April 2022

ހުރިހާވެސް މައްސަލައަކީ ނޭނގުން..ނޭނގިތިބެވެސް ގޮތް ކިޔުން..މިސާލަކަށް ބަލަމާ ކީރިތި ޤުރްއާންވެސް އަހަރެމެން ކިޔަވާ ޙަފްޞު ޤިރާއަތް ނޫން ގޮތަކަށް މީހަކު ކިޔަވާލިޔަސް އޭނައަށް އެ ކިޔަވަން ނޭނގެނީ ނޫނީ ނުބައިކޮށް ކިޔަވަނީ..ކީރިތި ޤުރްއާން 7 ޤިރާއަތަށް ކިޔެވޭއިރު އެކަން އަހަރެމެންގެ ތެރެއިން ދަންނަނީ މަދު ބަޔަކު..އެވެސް އެއިލްމު ލިބިފަތިބި ބަޔަކަށް.

The name is already taken The name is available. Register?

ތަކުރުބޭ

27 April 2022

މުލޭ ، ކަލޭ ތިހެދީ ހަމަ ކަނޑައެޅިގެން އިޔަހޫދި ދޮގެއް، އެމީހުންވެސް އެއްބަޔަކު އަނެއްބަޔަކަށް ކާފަރެއްނުކުރޭ

The name is already taken The name is available. Register?

އިސްލާހު

27 April 2022

ވަރަށް ކުރުކޮށް ފޮނިކޮށް އޮތް ލިއުން ކޮޅެކެވެ. ޝުކުރިއްޔާ ދުކްތޫރް

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

27 April 2022

8 އެއީ އެންމެ ސަޅި އަދަދު.

The name is already taken The name is available. Register?

ތެދުބުނުން

27 April 2022

ދީނަކު ނޯވޭކަންނޭގެ އެއްވެސްމީހަކަށް ނުކުޅަދާނަ ވަރަކަށް އަޅުކަންކުރުމެއް. އިސްލާމްދީން އެންމެ ފުރިހަމަދީން.. ❤️

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454