މުނިފޫހިފިލުވުން / އާނަންތު އަންބާނީ

އާނަންތު އާއި ރާދިކާ ކައިވެނިކޮށްފި؛ 600 މިލިއަން ޑޮލަރުގެ ކައިވެންޏަށް ނުދާ ސެލެބްރިޓީއެއް ނެތް

އަނަންތު އާއި ރާދިކާ އެމީހުންގެ ކައިވެނީގެ ހަފުލާގައި.

13 ޖުލައި 2024 - 14:16

13 comments

އިންޑިއާގެ މަހުޖަނު މުކޭޝް އަމްބާނީގެ އެންމެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި ރާދިކާ މާޗަންޓް ރޭ ކައިވެނިކޮށްފި އެވެ.

އާނަންތު އާއި ރާދިކާ ކައިވެނި ކުރީ ރޭ މުމްބާއީގެ ޖިއޯ ވޯލްޑް ސެންޓަރުގައި ބޭއްވި ބޮޑު ހަފުލާގަ އެވެ. މި ކުލަގަދަ ހަފުލާގައި އެ ދެމީހުންގެ އާއިލާގެ އިތުރުން ދުނިޔޭގެ މަޝްހޫރު އެތައް ބަޔަކު ބައިވެރިވި އެވެ. ބައެއް ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި "މިއީ މިހާތަނަށް ދުނިޔޭގައި ބޭއްވި އެންމެ ބޮޑު ކައިވެނީގެ ހަފުލާ" އެވެ.

ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތިން ދުވަހަށް މިހާރު ކުރިއަށް ގެންދާ ކައިވެނީގެ އެކި ހަފުލާތަކަށް އަމްބާނީ އާއިލާއިން ވަނީ 320 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. އޭގެ ތެރޭގައި، ހަފުލާގެ ހަރަދުތަކުގެ އިތުރުން މެހުމާނުންނަށް އެކޮމޮޓޭޑްކުރުމަށްޓަކައި ހިނގި ހަރަދުތައް ވެސް ހިމެނެ އެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ބޭއްވި މި ކައިވެންޏާ ގުޅޭ އެކި ހަފުލާތަކަށް މިހާތަނަށް ގާތްގަނޑަކަށް 600 މިލިއަން ޑޮލަރު ހަރަދުކޮށްފައިވާ ކަމަށް ދަ ގާޑިއަން އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

މި ކައިވެންޏަށް މުޅި ބޮލީވުޑް ވަނީ އެއްތަންވެފަ އެވެ. ރޭގެ ހަފުލާ އަށް ދިޔަ ބޮލީވުޑްގެ ސުޕަސްޓާރުންގެ ތެރޭގައި އަމީތާބް ބައްޗަން އާއި ޝާހްރުކް ހާން އާއި ސަލްމާން ހާން އަދި އެ ތިން ތަރިންގެ އާއިލާގެ ހުރިހާ މެމްބަރުން ހިމެނެ އެވެ. ދެކުނު އިންޑިއާގެ ސިނަމާގައި މަސައްކަތްކުރާ މަޝްހޫރު ގިނަ ތަރިން ވެސް މި ކައިވެންޏަށް ދިޔަ އެވެ.

ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރިމީހާ ނިކް ޖޯނަސް ވެސް މި ކައިވެންޏަށް ދިޔަ އެވެ. އެ ހަފުލާގައި ދެމީހުން ނަށާ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ ކިމް ކަޑޭޝިއަން އާއި އޭނާގެ ކޮއްކޮ ކްލޯއީ ކަޑޭޝިއަން ވެސް ވަނީ ރޭގެ ހަފުލާގައި ބައިވެރިވެފަ އެވެ. އެމެރިކާގެ އެކްޓަރު ޖޯން ސީނާ ވެސް ދިޔަ އެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އާއި ބޮރިސް ޖޯންސަންސް ވެސް މި ހަފުލާއަށް ވަޑައިގަތެވެ.

މި ކައިވެނީގެ ކުރިން ބޭއްވި ހަފުލާއެއްގައި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ޕާފޯމްކޮށްފައިވެ އެވެ.

ދުނިޔޭގެ ގިނަ މަހުޖަނުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނާއި ހޮލީވުޑް އަދި ބޮލީވުޑްގެ ތަރިން ހިމެނޭ ގޮތަށް ގިނަ ބަޔަކު ވަނީ އެ ދެމީހުންގެ ކައިވެނީގެ ކުރިން މިދިޔަ ފެބްރުއަރީ މަހު ބޭއްވި ހަފުލާތަކުގައި ވެސް ބައިވެރިވެފަ އެވެ. އަދި ބާބޭޑޮސްގެ މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ވަނީ އޭގެން ހަފުލާއެއްގައި ޕާފޯމް ވެސް ކޮށްފަ އެވެ.

އެ ހަފުލާތަކަށް ދައުވަތު ދީގެން ވަޑައިގެންނެވި މެހުމާނުންގެ ތެރޭގައި މައިކްރޮސޮފްޓްގެ ފައުންޑާ ބިލް ގޭޓްސް އާއި ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަދި އިވަންކާ ޓްރަމްޕް ވެސް ހިމެނެ އެވެ.

13 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 11%
icon wow icon wow 67%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަންނީ

14 July 2024

ދެން ވަރިކުރަން ކިހާ ވަރެއްދާނެބާ؟

The name is already taken The name is available. Register?

މަރިޔަމް އިސްމާއީލް

14 July 2024

ރައީސް ނަޝީދު ޥެސް ބޮޑު ކައިވެނީގެ ހަފުލާއަށް ވަޑައިގަތް މެހުމާނުންގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ,

The name is already taken The name is available. Register?

އިބްރާހިމްބެ

13 July 2024

ތިޔަ ޖަފްލާއަށް ދިވެއްސަކަށްވެސް ދައުވަތުދިނޭ، ޒާތީ ވިޔަސް ތިޔައީ ބޮޑުވަރު….

The name is already taken The name is available. Register?

ކިލަމަންޑާ

14 July 2024

ރައީސް ނަޝީދަކީ އިންޓަރނޭޝަނަލް ލެވެލްގައި ރާއްޖޭގެ ނަމްބަރު އެކެއް ކަމަށް ގަބޫލުކޮށްފިން. ރުޅިއަރާ މީހުން އަރިޔަސް ހަގީގަތްމީ

The name is already taken The name is available. Register?

ޗިލަމަންޑާ

14 July 2024

އެ ފެނިގެން ދިއައީ އިންޓަނޭޝަނަލް ލެވެލްތަ ނޫނީ މަހުޖަނުންގެ ކަންދެއްކުމުގެ ލެވެލްތަ؟

The name is already taken The name is available. Register?

ނެއްލައިދޫ ތަކުރު

13 July 2024

ހެކިވެރިޔަކަށް ރަޢީސް ނަޝީދު ވަޑައިގެންނެވިކަމަށް ހަބަރު ލިބޭ

The name is already taken The name is available. Register?

ރިޝާތު

14 July 2024

ނަށީދާކީ ކިތައްމެ ޖޭ ވިޔަސް ދިވެހިރާއްޖޭގައި ހުރި ބޭރުގެ މީހުން ބަލައިގަންނަ ހަމަ އެކަނި ޝަހުސިއްޔަތު. ނަށީދެއް ވައްކަމެއް ނުކުރާނެ. ދެން މިރާއްޖޭގައި ނުއުޅޭ ބަޔަކު ބަލައިގަންނަ އެކަކުވެސް.

The name is already taken The name is available. Register?

ރިހާން

14 July 2024

ސޯލިހުއަށް ނުދެވުނީމަ ދެރަވީތަ. ރޫޅާލާފަ އޮންނާނީ.

The name is already taken The name is available. Register?

ފުޅު ،

13 July 2024

މި ތަނުން އެކަކަށް ވެސް ނުކިޔާ،

The name is already taken The name is available. Register?

ޙިމްޔާ

13 July 2024

ރާދިކާ އަކީ ވެސް މަހުޖަނެއް.

The name is already taken The name is available. Register?

raajje

13 July 2024

600 މިލިޔަން ޑޮލަރު ހަރަދުކޮށްގެންކުރި ކައިވެނި! ބާއްޖަވެރި ހަމަޖެހޭ ދިރިއުޅުމަކަށްއެދެން، ނަމަވެސް 600 މިލިޔަންޑޮލަރު ހަރަދުކޮށްލުމަކީ ފުކެއްބޮޑުވަރުކަމަށް އަޅުގަނޑަށްފެންނަނީ! އެބައެއްގެފައިސާ އެބަޔަކު ބޭނުންގޮތަކަށް ހަރަދުކުރާނެތާ!

The name is already taken The name is available. Register?

ގެދާނޯމޮސް

13 July 2024

ދުނިޔޭގެ ހަޔާތުން ސޮފްހާއެއް ފެށިފަމިވަނީ އުފަލާ މަޖަލާއެކުއެވެ.! ކިއުންތެރިންގެ ނިމިގެން ގޮސްފަވާ ސަފުހާތަށް ބަލާލަން މީ ބުއްދިވެރި ހިނދުކޮޅެެކެވެ.!

The name is already taken The name is available. Register?

ރަނބީރު

13 July 2024

މަށެއް ނުދަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454