މުނިފޫހިފިލުވުން / ހޮލީވުޑް

އެލްޓަން ޖޯން ފިހާރައެއްގެ ތެރެއަށް ކުޑަކަމުގޮސްފި

ބްރިޓިޝްގެ ވެޓެރަން ލަވަކިޔުންތެރިޔާ އެލްޓަން ޖޯން

މަޝްހޫރު އިނގިރޭސި ލަވަކިޔުންތެރިޔާ އެލްޓަން ޖޯން، ފްރާންސްގެ ފިހާރައެއްގެ ތެރެއަށް ވަދެ ކުޑަކަމުގޮސްފި އެވެ.

ޓީއެމްޒީ އިން ރިޕޯޓުކުރި ގޮތުގައި، އޭނާ މި މުޑުދާރު އަމަލު ހިންގީ ސްނީކާސް ބޫޓެއް ގަންނަން އޭނާ ވަތް ފްރާންސްގެ ފިހާރައެއްގެ ތެރެއަށެވެ.

އޭނާ އެ ފިހާރައަށް ވަދެ އެހީ އެ ހިސާބުގައި ޕަބްލިކް ފާހާނާއެއް ހުރިތޯ އެވެ. ނަމަވެސް އެ ހިސާބުގައި ޕަބްލިކް ފާހާނާއެއް ނުހުންނަ ވާހަކަ އެ ފިހާރައިގެ ބޮޑު މީހާ އޭނާ ކައިރީގައި ބުނުމުން އޭނާ ވަނީ ފިހާރަ ތެރޭގައި ހުރެ ފުޅިއަކަށް ކުޑަކަމުގޮސްފައި ކަމަށް ޓީއެމްޒީން ބުންޏެވެ.

އެ އަމަލު ހިންގުމަށް ފަހު، އޭނާ ވަނީ އޭނާގެ ސެކިއުރިޓީ ކައިރީގައި އެތަން ސާފުކުރަން ވެސް އެދިފަ އެވެ.

އެ ފިހާރައިގެ ވެރިމީހާ ބުނީ އޭނާ އަށް އެލްޓަން އަކީ ކާކުކަން އެނގުނީ އޭނާ އެލްޓަން ކައިރީގައި ދިރިއުޅުމަށް ކުރަނީ ކޮންކަމެއްތޯ އެހުމުން އެލްޓަން ދިން ޖަވާބަކުން ކަމަށެވެ.

އެލްޓަން އަކީ ދުނިޔޭގެ ލަވަކިޔުންތެރިންގެ ތެރޭގައި ވަރަށް މަޝްހޫރު އަދި ކާމިިޔާބު ލަވަކިޔުންތެރިއެކެވެ. އަދި އޭނާއަކީ މިހާތަނަށް އެންމެ ގިނަ ސޯލޯ ލަވަ ވިއްކި ކަމުގެ ރިކޯޑް އޮންނަ ހަމައެކަނި ލަވަކިޔުންތެރިޔާ އެވެ. އޭނާ ވަނީ 1997 ވަނަ އަހަރު ރިލީޒްކުރި "ކޭންޑްލް އިން ދަ ވިންޑް" ލަވައިގެ 33 މިލިއަން ކޮޕީ ވިއްކައިފަ އެވެ.

"ދަ ގުޑް ބާއީ ޔެލޯ ބްރިކް ރޯޑް" ލަވަ ކިޔާފައިވާ އެލްޓަން ވަނީ އެމީ، ގްރެމީ، އޮސްކާ އަދި ޓޯނީ ކަހަލަ ބޮޑެތި އެވޯޑުތައް ހޯދައިފަ އެވެ.

7 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 71%
icon wow icon wow 0%
icon inlove icon inlove 14%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އެވޯޑް

11 July 2024

ފިހާރަތެރެއަށް ކުޑަކަމު ގޮސްގެންވެސް އެވޯޑެއް ހޯދައިފި

The name is already taken The name is available. Register?

ނިއު ވޯލްޑް އޯޑަރ

11 July 2024

ސާރ އެލްޓަން ޖޯން! މިއީ ރައީސް ނަޝީދު އެވިދާޅުވާ ހުޅަނގުގެ ތަޚްޒީބު! އިނގިރޭސި ޝާހީ މަތިވެރިކަން!

The name is already taken The name is available. Register?

ނަސޭހަތް

11 July 2024

ޒަމާނީ ކުދިން ކޮޕީ ކޮށްގެން އުޅޭމީހުންގެ ހާލަކީ މިއީ. ތިއީ އަދި ތިމީހުންގެ މުޑުދާރު އަމަލުން ކުޑަމިން ވަރެއް.

The name is already taken The name is available. Register?

އެމީ

11 July 2024

ދެން އެވަގުތު އޭނާގެ އަނބިކަބަކުން ކޮބާ

The name is already taken The name is available. Register?

ޖީނީ

11 July 2024

އަނެއްހެން މައްސަލަޔެއް ފާހަގަޔެއް ނުވޭ އަދިޔެއް... ފިހާރަ ސޭޓުވެސް އެސޮރަށް ގަލޯ ހާޖާ ކޮއްލެވޭނެ ގޮތެއް ހަދައިދިންނަމަ ދޯ، ފުޅިޔަކަށް ލާން ޖެހުމަށްވުރެ...

The name is already taken The name is available. Register?

ޓުކޫރު

11 July 2024

ގަލޯ ހާޖާ ގެ މާނަ ނޭގޭ ކަމަށް މި ބަލަނީ

The name is already taken The name is available. Register?

2024

11 July 2024

މިހިރީ ތިމިސްމީހުންގެ ހާލަތު.. ޗީޑިދެން.... ބޮއިހަލަކި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454