ވިޔަފާރި / ސާވިސް ޗާޖް

މިދިޔަ މަހު ސާވިސް ޗާޖު ލިސްޓުގެ ކުރީގައި ނޯޓިލަސް މޯލްޑިވްސް

ނޯޓިލަސް މޯލްޑިވްސް: މި ރިސޯޓުން ވަނީ މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދީފައި

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ނޯޓިލަސް މޯލްޑިވްސް ވެއްޖެ އެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ނޯޓިލަސް މޯލްޑިވްސް އިން ވަނީ ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 1،623 ޑޮލަރު (25،026ރ.) ދީފަ އެވެ.

އެ ޕޭޖުން އާންމުކުރި ލިސްޓުން ދެ ވަނަ އަށް އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ދަ ރިޒް ކާޓަން މޯލްޑިވްސް އިން ނެވެ. އެ ރިސޯޓުން ވަނީ ސާވިސް ޗާޖު ގޮތުގައި މީހަކަށް 1،352 ޑޮލަރު (20،847.84ރ.) ދީފަ އެވެ.

ސާވިސް ޗާޖު ލިސްޓުގައި އާންމުކޮށް އެންމެ ކުރި ހޯދަމުން އަންނަ ވެލާ ރިސޯޓު މިފަހަރު ލިސްޓަކު ނެތެވެ. ލިސްޓުގައި ނަން ހިމަނަނީ "ރިސޯޓު ވޯކާސް މޯލްޑިވްސް" ޕޭޖަށް މައުލޫމާތު ފޮނުވުމުންނެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުން މިހާރު ވަނީ ގާނޫނީ ގޮތުން މަޖުބޫރުކޮށްފަ އެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ.

13 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 25%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 38%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަޓުމީހާ

07 September 2021

ރާއްޖޭގެ ރިސޯޓުތަކުގެ ވަޒީފާ އަދާކުރާމިހިންގެ ހައްޤު ރައްކާތެރިއެއްނޫން....ނަމަކުން އޮންނަނީ ޤާނޫނެއް ހަދާފައި،،ކީއްކުރަން ސާވިސްޗާޖު ކޮޅު ދިރުވާލަނީ... އަދިނުވީތާކަށް ގުބުހިލޭވަރަށް މަސައްކަތް ކުރުވަފަ އޯޓީވެސް ނުދޭ ބޭރުމީހުން ގެނެސްގެންފައި،އެމީހުން އަރަމުގެ ބައިތިއްބާފަ ދިވެހިންނަ ހިތިހުރިގޮތަކަށް ހަދަނީ މިކަން ބަލަނީ ކޮން ސަރުކާރަކުން ތޯ؟....

The name is already taken The name is available. Register?

ޢަބްދުލް

06 September 2021

މަ ވެއްޖެ ރިސޯޓެއް ހުޅުވަން. އެކަކަށްވެސް ސާވިސް ޗާޖު ނުދީ ކޮންމެ މަހަކު ޖޫރިމާނާއަށް ވާ “ބައިލައްކައަށްވުރެ ބޮޑުނުވާ އަދަދު” ދައްކާލާނީ. ޖޯކެއް ދޯ؟

The name is already taken The name is available. Register?

ނަކޭ

06 September 2021

ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެ އެވެ. ބަރަށް ބޮޑަށް ހިތްވަރުދީފަ މިއޮތީ ސާވިސް ޗާޖުދޭން

The name is already taken The name is available. Register?

ރިސޯޓް މުވައްޒަފު

06 September 2021

މި ރިސޯޓް އިން ސަރވިސް ޗާޖު 10% ނަގާފަ މުވައްޒަފުންނަށް ބަހަނީ 01% ... އޮކިއުޕެންސީ 70%ގަ އޮންނައިރުވެސް ބޮލަކަށް 300 ޑޮލަރު.......މަކަރާއި ހީލަތުން މުވައްޒަފުންގެ ހައްޤުތައް ކެއުމުގެ ރެޔާދުވާލު..... އަދި ދުވަހެއް އޮތްކަމެއް ނޭންގެނީތޯ..؟

The name is already taken The name is available. Register?

ދުނިޔެކަނީ މަކަރުވެރިން

05 September 2021

ޤަވަޢިދާޚިލާފަށް މީހުން އެތެރެކުރަންވީ ހެސް ކިޔާފަ އިކޮނޮމިކް މިނިސްޓަރ ދެއަހަރުން ދެއަހަރުން ނިކުންނާނެ ދޯހޮޅި ހުއްދައެއްގެ ދަށުން ބޭރުމީހުން މަކަރާޖަހަން ފުރުޞަތު ދޭން

The name is already taken The name is available. Register?

ޗޮސްބެ

05 September 2021

ބައިލައްކަ ޖޫރިމަނާގެ ގޮތުގަ ދައްކަން މާ ރަގަޅުދޯ، 2 މީހެއްގެ ސާރވިސް ޗާޖައްވެސް އެބައަރާ ބައިލައްކަ. ތި ޖޫރިމަނާގެ އަދަދު ބޮޑުކުރަންޖެހޭ.

The name is already taken The name is available. Register?

ީުޔތތރ

05 September 2021

ހީ ހީ ބޯ ހަ ލާ ކު

The name is already taken The name is available. Register?

1828

05 September 2021

ބައިލައްކަ ރުފިޔާ؟ 250 ސްޓާފުންގެ ސަރވިސް ޗަރޖްއިން 20 ޑޮލަރު އޯނަރުން ކަޓުވާލިޔަސް 77,100ރ ޖެހޭ. 50000ރ ޖޫރިމަނާއަށް ދެއްކިސް 27100ރ ފައިދާވޭ. މިއީ ޖޯކެއް. އަދިވެސް ހަމަ ވަރަށް މަދު ރިސޯޓަކުން ސަރވިސް ޗަރޖް އޭގެ ގޮތުގައި ބަހަނީ.

The name is already taken The name is available. Register?

ކަންފުޅެއްވެސްނެތީތޭ

05 September 2021

ސާރވިސް ޗާރޖް ބޮޑުވިނަމަވެސް ތިޔާ ސާރވިސް ޗާރޖް ލިބޭނީ ތިޔާ ރިސޯރޓްގައި ދިވެހިން ތިބޭނަމަ ނޫންތޭ ތިޔާ ކޮންމެ ރިސޯރޓެއްގެ %95 އެއީ ބޭރުމީހުންނޭ އެމެންނަށް ވާރކް ވިސާ ދެނީ ޓޫރިޒަމް މިނިސްޓަރު ހުއްދަ ދީގެން އިމިގްރޭޝަނުންނޭ މީ ސީދާ ދިވެހިރާއްޖޭގެ ދިވެހިންނަށް ވަޒީފާ ދޭން އުފެއްދި ތަންތަން އެކަމަކު ވަޒީފާ ދެނީ ބޭރުމީހުންނަށް އެކަމުގައި އިސް ކޮށް އުޅެނީ ސަރުކާރު ދޯ އެކަަމަކު ދިވެހި ރައްޔިތުން ވޯޓް ލައިގެން ހޮވާފައިވާ ސަރުކާރެކޭ ލަދު ހަޔާތުގެ

The name is already taken The name is available. Register?

ސިންފޮނީ

05 September 2021

ކަލޯ ބަލާލަބަ، ނޯޓިލަސްއަކީ ދިވެހިން އޯންކުރާ، ދިވެހި ގީއެމްއެއް، އަދި ގިނަ ދިވެހި މެނޭޖަރުން ތިބި ރަށެއް.. ހައިއެއްންޑު ލަގުޒަރީގަވެސް މި ފިޔަޖަހަނީ ދިވެހިން.. ނޭންގޭވާހަކަ ނުދަށްކާ :)

The name is already taken The name is available. Register?

ނައުޓިލަސް މުވައްޒަފެއް

05 September 2021

ނޯޓިލަސްގަ ގިނަވާނީ ދިވެހިން

The name is already taken The name is available. Register?

9876

05 September 2021

ޕަސެންޓޭޖް ޖަހާލާއިރު ހީވަނީ ރިސޯތުގެ ސްޕޯކްސް ޕާސަންހެން. ހުރިހާ ނޫސްތަކުގަ މިކަހަލަ ދޮގު މަުލޫމާތު ކޮމެންޓް ލިޔަނީ އަމިއްލަ ނަފްސައް އެއްވެސް ތެދުވެރިކަމެއް ނެތީމަތާދޯ.

The name is already taken The name is available. Register?

ދެފދ123

06 September 2021

ސިންފޮނީ ށ ސުކުން ދަސްކޮށްގެން ލިޔަން އާދޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454