ވިޔަފާރި / ޔުނިވާސަލް ފައުންޑޭޝަން

"ޑިސްކަވާ ހޮސްޕިޓަލިޓީ"ގެ ފަސް ވަނަ ބެޗު ނިންމައި އާ ބެޗެއް ފަށައިފި

"ޑިސްކަވާ ހޮސްޕިޓަލިޓީ" ނިންމާ ގްރެޖުއޭޓުވި ދަރިވަރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖް ގުޅިގެން ޓޫރިޒަމް ދާއިރާއަށް މީހުން ތަމްރީނުކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ޑިސްކަވާ ހޮސްޕިޓަލިޓީ" ބެޗު 5 ނިންމި 30 ދަރިވަރުންނަށް ސެޓްފިކެޓު ދީފި އެވެ.

މީރުމާ ހޯލްގައި މިއަދު އޮތް ރަސްމިއްޔާތުގައި، 5 ވަނަ ބެޗު ނިންމައި ގްރެޖުއޭޓުވި ދަރިވަރުންގެ އިތުރުން 6 ވަނަ ބެޗަށް ހޮވިފައިވާ ދަރިވަރުންނަށް ވެސް ވަނީ ސެޓްފިކެޓު ދީފަ އެވެ. މި ޕްރޮގުރާމުގެ 6 ވަނަ ބެޗަށް ހޮވާފައި ވަނީ 20 ދަރިވަރުންނެވެ.

"ޑިސްކަވާ ހޮސްޕިޓަލިޓީ"ގެ ދަރިވަރުން. --ފޮޓޯ: ނިޝާން އަލީ | މިހާރު

"ޑިސްކަވާ ހޮސްޕިޓާލިޓީ"ގެ ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވާސަލް ފައުންޑޭޝަންގެ ރައީސް އިޔާޒް ވަހީދު ވިދާޅުވީ މި ޕްރޮގުރާމަކީ ޔުނިވާސަލް ގްރޫޕުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދިވެހިން އުޅޭ މިންވަރު އިތުރުކުރުމަށް ދިރާސާއެއް ހެދުމަށް ފަހު ފެށި ޕްރޮގުރާމެއް ކަމަށެވެ. އިޔާޒް ވިދާޅުވީ ޔުނިވާސަލްގެ ދިރާސާއިން ޓޫރިޒަމް ދާއިރާއަށް ޝައުގުހުރެ، އެ ދާއިރާއިން ކިޔެވުމަށް ބޭނުންވެ ފުރުސަތު ނުލިބި ތިބި ދިވެހިން ތިބި ކަމަށް ފާހަގަކުރެވުނެވެ. މި ޕްރޮގުރާމު ފެށީ އެފަދަ ދިވެހިންނަށް ފުރުސަތު ހޯދައިދީ، އިންޑަސްޓްރީގައި ދިވެހިންގެ ދައުރު އިތުރުކުރުމަށް ކަމަށް ވިދާޅުވި އެވެ.

"ޔުނިވާސަލްއިން މީހުން ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރޭ. މި ޕްރޮގުރާމަކީ އަޅުގަނޑުމެން މީހުން ބިނާ ކުރުމުގެ މަސައްކަތް އިތުރަށް ފުރިހަމައަށް ގެންދިއުމަށް އުފެއްދި ޔުނިވާސަލް ފައުންޑޭޝަނުގެ ޕްރޮގުރާމެއް. މި ޕްރޮގުރާމުގެ ދަށުން މިހާތަނަށް 129 ކުދިން ގްރެޖުއޭޓުވެފައިވޭ. އޭގެ ތެރެއިން 20 ޕަސެންޓަކީ އަންހެން ކުދިން." އޭނާ ވިދާޅުވި އެވެ.

"ޑިސްކަވާ ހޮސްޕިޓަލިޓީ" ނިންމާ ގްރެޖުއޭޓުވި ދަރިވަރެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އިޔާޒް ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި މި ޕްރޮގުރާމު ނިންމައު މަސައްކަތުގެ މައިދާނުގައި އުޅޭ ބައެއް ދަރިވަރުންނަކީ މިހާރު ޖޫނިއާ މެނޭޖުމަންޓު ލެވަލްގައި ތިބި ދަރިވަރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވިލާ ކޮލެޖުގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވެސް ޕްރޮގުރާމުގެ ކާމިޔާބީ ފާހަގަކުރައްވައި ވާހަކަދެއްކެވި އެވެ. ޑރ. ނަޖީބް ވިދާޅުވީ މި ޕްރޮގުރާމަކީ ވިލާ ކޮލެޖުގެ ފްލެގްޝިޕް ޕްރޮގުރާމެއް ކަމަށާއި ޕްރޮގުރާމު ނިންމި 129 ދަރިވަރުންގެ ތެރެއިން 80 ޕަސެންޓު ދަރިވަރުން އުޅެނީ ދާއިރާއާ ގުޅުން ހުރި އެކި ވަޒީފާތަކުގައި ކަމަށެވެ.

ޑރ. ނަޖީބް ވަނީ މި ޕްރޮގުރާމަކީ ޓޫރިޒަމް ދާއިރާއަށް ނުކުތުމަށް ގިނަ ފުރުސަތުތަކެއް ލިބޭ ޕްރޮގުރާމެއް ކަމަށް ވިދާޅުވެ އަލަށް ޕްރޮގުރާމު ފަށާ ދަރިވަރުން އެ ފުރުސަތުތަކުގެ ބޭނުން ފުރިހަމައަށް ކުރުމަށް ގޮވާލައްވާފަ އެވެ.

މި ރަސްމިއްޔާތުގައި ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވެސް ޓޫރިޒަމް ދާއިރާއަށް ކުދިން ނެރުމަށް މައިންބަފައިންނަށް ހިތްވަރުދެއްވާފަ އެވެ. އަދި އެ ދާއިރާ އަކީ ބޮޑު އާމްދަނީއެއް ހޯދެން އޮތް މަގެއް ކަމަށާއި އެންމެ މަތީ ފަންތިއާ ޖެހެންދެން ގިނަ ފުރުސަތުތަކެއް އޮތް، ދިވެހިން ބޭނުންވެފައި އޮތް ދާއިރާއެއް ކަމަށް ވިދާޅުވި އެވެ.

"ޑިސްކަވާ ހޮސްޕިޓާލިޓީީ" އަކީ ޔުނިވާސަލް ފައުންޑޭޝަން އިން ވިލާ ކޮލެޖާއި އެކު 2007 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމަކީ ވިލާ ކޮލެޖުން ތިއަރީގެ ބައިތައް ކިޔަވައި ދިނުމަށް ފަހު ޔުނިވާސަލްގެ އެކި ރިސޯޓުތަކުން އަމަލީ ތަޖުރިބާގެ ބޮޑު ބައެއް ހިމަނާ ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454