އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރަ. -- ފޮޓޯ: ސޮނީ ސްޕޯޓްސް
20 ސެޕްޓެމްބަރ 2023 - 10:09
ސޮނީ ސްޕޯޓްސްއިން "ދަ ގްރޭންޑް ޖާޒީ ސޭލް" ގެ ނަމުގައި ޖާޒީއަށް ހާއްސަ ސޭލްއެއް ފަށައިފި އެވެ.
މި ސޭލްގައި ހަތަރު ޖާޒީ 100ރ. އަށް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ ނިޔަލަށެވެ.
ސޮނީ ސްޕޯޓްސްއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި އެ ފިހާރައިން ވިއްކާ އެކި ބްރޭންޑުތަކުގެ ގިނަ ޖާޒީތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ނައިކީ، އެޑީޑަސް، ޕޫމާ އަދި ކޭ6 ފަދަ ބްރޭންޑުތަކުގެ ކޮލިޓީ މޮޅު ޖާޒީތައް ހިމެނެ އެވެ.
މި ޕްރޮމޯޝަނަކީ ހަމައެކަނި އަމީނީމަގުގައި ހުންނަ ސޮނީ ސްޕޯޓްސްގެ ފިހާރައަށް ގޮސް ވިޔަފާރިކުރާ، އިން ހައުސް ކަސްޓަމަރުންނަށް ހުޅުވާލާފައިވާ ފުރުސަތެކެވެ.
ސޮނީ ސްޕޯޓްސް ހުޅުވަނީ މެންދުރު 2އިން ހަވީރު 6އަށް އަދި ރޭގަނޑު 8އިން 10އަށެވެ. ހުކުރު ދުވަހު ފިހާރަ ހުޅުވާނީ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް
20 September 2023
ހެލޯ ، ހަލޯވް ، މިރޭ ދާނަން. ސީރިއަސްލީ އިނގޭ. ލިވައިސް ޖިންސްގެ ސޭލްއެއް ނެތް؟؟