ކުޅިވަރު / ބެޑްމިންޓަން

ކުރީގެ އެއް ވަނަ އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޝާއިން ނިޔާވެއްޖެ

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބެޑްމިންޓަން ކުޅުންތެރިޔާ ޝާއިން ރަޝީދު.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ބެޑްމިންޓަން ކުޅުންތެރިޔާ ޝާއިން ރަޝީދު އުމުރުން 38 އަހަރުގައި މިއަދު ހެނދުނު ނިޔާވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރީގައި ވަޒީފާއަދާކުރަމުން އައި ޝާއިން ނިޔާވީ، މިދިޔަ އާދީއްތަ ދުވަހު އޮފީހުގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން، ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ.

ރާއްޖޭގެ އެއް ވަނަ ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ މުހައްމަދު އަޖުފާން ރަޝީދާއި އެއް ވަނަ އަންހެން ކުޅުންތެރިޔާ އަފްނާން ރަޝީދުގެ ދެބެންގެ ދެދަރި ދައްތަ ޝާއިން ވަނީ ގައުމީ ސިންގްލަސް، ޑަބަލްސް އަދި މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ގައުމީ ބެޑްމިންޓަން ޓީމަށް ހަތް އަހަރު ކުޅުނު ޝާއިން ވަނީ ސައުތު އޭޝިއަން ގޭމްސް އާއި ކޮމަންވެލްތު ގޭމްސްގައި ވެސް ރާއްޖެ ތަމްސީލްކޮށްފަ އެވެ.

"ޝާއިން އަކީ ބެޑްމިންޓަނުގެ އިތުރުން ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ފަރާތެއް. ދިވެހި ކުޅިވަރުން ގެއްލިގެން އެދިޔައީ މުހިއްމު ނަމެއް،" ކުރީގެ ބެޑްމިންޓަން ކުޅުންތެރިޔާ އަލީ ނަސީރު އަބްދުﷲ (ސަޓޯ) ބުންޏެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ހަމައެކަނި އެތުލީޓް އަޖުފާން އަދި އޭނާގެ ކޮއްކޮ އަފްނާންގެ ބެޑްމިންޓަން ކެރިއަރުގެ ފެށުމަކީ ވެސް ޝާއިން އެވެ. އަދި އެ ދެ ކުޅުންތެރިން މި ކުޅިވަރުގައި ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ދިން އެކަކަކީ ވެސް ޝާއިން އެވެ.

"ކޯޓު މަތީގައި އަދި ކޯޓުން ބޭރުގައި ވެސް ހަގީގީ ޗެމްޕިއަނެއް ޝާއިން އަކީ،" އަޖުފާން ބުނެފައިވެ އެވެ.

ޝާއިންއާ އެކު ގިނަ ދުވަސްތަކެއް އެކުގައި ކުޅުނު ނީލާ އަހުމަދު ނަޖީބު ބުނީ ޝާއިން މަރުވި ހަބަރާ އެކު ފުން ހިތާމައެއް ލިބިފައިވާ ކަމަށާއި އޭނާ އަކީ ހިތްހެޔޮ އަދި އެންމެންގެ ވެސް އެކުވެރިއެއް ކަމަށެވެ.

ޝާއިންގެ ކަށުނަމާދު އޮންނަނީ މިއަދުގެ އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.

27 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަމްދޫން

18 August 2016

ދައްދަ އަށް ހެޔޮރަހްމަތް ލެއްވުން އެދި ދުޢާ ކުރަން. އަދި ސުވަރުގޭގެ ދާއިމީ ނިއުމަަތް މިންވަރު ކުރައްވާ ޖަންނަތުލް ފިރުދައުސް މިންވަރުކުރުމަށްވެސް މާތް ﷲ ސުބަހާނަހޫ ވަތަޢާލާ ހަޟްރަތުގައި ދުޢާ ދަންނަވަން. އާމީން

The name is already taken The name is available. Register?

ޝިއުނާ

17 August 2016

ހެޔޮ ދުޢާއެއް ކުރީމަވެސް ޑިސްލައިކް އެބަ ޖަހާ ބައެއް މީހުން... ނޭންގިތަ އެއީ ހަމަ؟! ޙަސަދަވެރިކަމެއް ނޫނީ ނަފުރަތެއް ހިތުގައި އޮތަސް ތަންފުކެއް ބޮޑުވަރު ދެން!

The name is already taken The name is available. Register?

ޙަނީިފާަ

17 August 2016

މަރުހޫމާއަށް ސުވަރުގެ މިންވަރު ކުރަށްވާށި.އާމީން.

The name is already taken The name is available. Register?

ުައަންފޮގިވަން_ޓޫ

17 August 2016

ލައްވަވާށިއެ ތާއަބަދުގައި، ޖަންނަތުލް ފިރުދައުސުގައި ދަންނަވާ ޙާލިސް ހިތެއް މީ، އެ ފުރާނައަށް އެދި ހެޔޮ ދުޢާ ދެއްވަވާންދޭ ރޫޙާ އެ ފުރާަނައަށް އުފާވެރި ހަމަޖެހުން ރަހްމަތްފުޅުން އިބަ އިލާހުގެ، ދެންނެވޭ މީ ހާލިސް ދުއާ.

The name is already taken The name is available. Register?

މުޙައްމަދު

17 August 2016

انالله وانااليه راجعون.

The name is already taken The name is available. Register?

އިބްރާހިމް ލަބީބު

17 August 2016

މަރުޙޫމާގެ ފުރަނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. ޢާމީން

The name is already taken The name is available. Register?

އައިޝްއީޝް

17 August 2016

انالله وانااليه راجعون.

The name is already taken The name is available. Register?

އަޙްމަދު

17 August 2016

ލިޔުމުގައި ވަނީ "ސްޓްރޯކެއް" ޖެހިގެން ކަމަށް. ދެން ލިއުމުގެ މައްސަލައެއް ނެތް. އެކަމު މީ ލިއުމާއި ދޭތެރޭ ޝުޢޫރު ފާޅުކުރަންވީ ވަގުތެއްނޫން. އެ މައްޔިތާއަށް ހެޔޮ ދުޢާކޮށް ޢާއިލާއަށް ހިއްވަރު ދޭންވީ ވަގުތު.

The name is already taken The name is available. Register?

ޑީނިއޯ

17 August 2016

މާތްﷲ ޝާއިންގެ ފުރާނައަށް ސުވަރުގެ މިންވަރުކުރައްވާށި އަދި އާއިލާއަށް ކެތްތެރިކަން އޮއްސަވާންދޭ!! އާމީން

The name is already taken The name is available. Register?

ރަދީފް

16 August 2016

ކޮންބައެއްތަ ޑިސްލައިކް ޖަހަނީ. ދެރަކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454