ކުޅިވަރު

ފުރަން ދިޔަފަހުން 16 އަހަރުންދަށުގެ ގައުމީ ޓީމަށް ނުފުރޭނެކަން އަންގައިފި

މިއަދު ފުރަތަން ދިޔަ 16 އަހަރުންދަށުގެ ގައުމީ ޓީމު: ޓީމަށް ނުފުރޭނެކަން އެންގީ ބަސް ޓާމިނަލަށް ދިޔަ ފަހުން

އަންނަ ހޮނިހިރު ދުވަހު ބޫޓާންގައި ފަށާ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ފުރަން ދިޔަނަމަވެސް ޓީމަށް ޓީމަށް ފުރެން ނެތްކަން އަންގައިފި އެވެ.

ސޯޅަ އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއްގެ ބެލެނިވެރިޔަކު ބުނީ ދަތުރު މިއަދަށް ހަމަޖެހިފައި ނެތްކަން އެންގީ ހަވީރު 5:30 ގައި އެއާޕޯޓަށް ދާން ކުޅުންތެރިންނާއި ކޯޗުން ސްޓާފުން މާލޭގެ މައި ބަސް ޓާމިނަލަށް ދިޔަ ފަހުން ކަމަށެވެ.

އޭނާ ބުނީ މީގެ ކުރިން ގައުމީ ޓީމު ފުރަން އެއާޕޯޓަށް ދިއުމުގެ ކުރިން މާލޭގެ ބަސް ޓާމިނަލުން ކުޅުންތެރިންނަށް ސަލާމްކުރަން އެފްއޭއެމްގެ ވެރިން ހާޒިރުވާ ކަމަށެވެ. ނަމަވެސް މިއަދު އެ އިދާރާގެ އެއްވެސް ވެރިޔަކު ފުރާތަނަށް ގޮސްފައި ނުވާކަމަށް ބެލެނިވެރިޔާ ބުންޏެވެ. އެފްއޭއެމްގެ އާ ޓެކްނިކަލް ޑައިިރެކްޓާ ތޯމަސް ސްމޯލީ ފުރާތަނަށް ދިޔަ ނަމަވެސް އެފްއޭއެމްގެ އެއް ވެސް ވެރިޔަކު އެތަނުން ނުފެނެ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މި ވަގުތު ހުންނެވީ ރާއްޖޭން ބޭރުގަ އެވެ. މީގެ ކުރިން ވެސް އޭނާ ރާއްޖޭން ބޭރުގައި ހުންނަވާއިރު ގައުމީ ޓީމުތަކާއި ކްލަބްތައް ރާއްޖެއިން ބޭރަށް ފުރާއިރު އެފްއޭއެމްގެ އެހެން ވެރިން ބަސް ޓާމިނަލަށް ގޮސް ކުޅުންތެރިންނާ ބައްދަލު ކުރެ އެވެ.

"އަޅުގަނޑުމެން އެތަނަށް ދިޔަ ފަހުން ކުޑަ ހީނާ ކޯޗު [އިސްމާއީލް އާސިފް] ބުނީ މިއަދަށް ޓިކެޓް ހަމައެއް ނުޖެހެޔޭ. އެހެންވެ ފުރުން ފަސްވި ވާހަކަ ބުނީ. އެފްއޭއެމްގެ އެއްވެސް މީހަކު ވެސް އެތަނަށް އައުސްފައި ނެތް،" އޭނާ ބުންޏެވެ.

އާންމުގޮތެއްގައި "މިހާރު" ނޫހަށް އިންޓަވިއު ދޭ، ކުޑަ ހީނާ ބުނީ އެކަމާ ބެހޭގޮތުން މީޑިއާގައި ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

ބެލެނިވެރިޔާ ބުނީ މާދަމާ ފުރާނެ ކަމަށް ބުނާ ކަމަށާއި ނަމަވެސް އަދި ފުރަންދާން ޖެހޭ ވަކި ގަޑިއެއް އެނގިފައި ނެތް ކަމަށެވެ.

"މާދަމާ އަށް ދަތުރު ފަސް ކުރީއޭ ކިޔާ. ނަމަވެސް އެއްވެސް ކަމެއް ޔަގީނެއް ނޫން،" އޭނާ ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހުން ފެށިގެން މި މަހު 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މުބާރާތުގައި ފުޓްބޯޅައިން ސަސްޕެންޑްކޮށްފައިވާ ސްރީ ލަންކާ ފިޔަވައި ދެކުނު އޭޝިއާގެ އަނެއް ހަ ގައުމުން ވާދަ ކުރެ އެވެ.

ރާއްޖެ ލައްވާލީ ބޫޓާނާއި ޕާކިސްތާނާ އެކު ގުރޫޕް ބީގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. ދެވަނަ މެޗު ބޫޓާނާ ދެކޮޅަށް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ހޮނިހިރު ދުވަހު ނުކުންނާނީ ބަންގްލަދޭޝާއި އިންޑިއާ އެވެ.

7 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 19%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަކަރުގެފުޓުބޯޅަ

01 September 2023

މިވެސް ގައުމަކޯ ހީހީ ހަލާކު

The name is already taken The name is available. Register?

މުދިނބެ

01 September 2023

ކުޑަކުދިންނަށް ކުރާ ގޯނާ ހުއްޓާލާ! ލާރި ނެތީޔާ ފަންޑު ފޮށި ބަހައްޓާ.

The name is already taken The name is available. Register?

ދާތި

01 September 2023

ސުމަކުން ދިޔަޔަސް މެޑަލްއެއް ލިބިދާނެ. ވީމަ ދަތުރުދިއުން މުހިންމު

The name is already taken The name is available. Register?

ފުޅު ބޭ

31 August 2023

ޢެފުއޭއެމް އޮތީ ބަގުރޫޓުވެފައި! ބޮޑު ޓީމެއް އެ ކޮޅަށް ގޮސް އަންނާނީ ފުލުން 1 ނަގާއި ގެން!

The name is already taken The name is available. Register?

އަންކަލޯ

31 August 2023

މީ މިރާއްޖޭގެ ފްޓްބޯޅަުގެ ހާލަތް ދުވަހަކުވެސް ދިޔަ ހިސާބެއް ނޫން…. މިކަމާ ވިސްނާ

The name is already taken The name is available. Register?

ފޭކް ކުޅުން

31 August 2023

ޓެކްސް ފައިސާއިން މިހާރު ފުރުވާފަތިބި ޓީމްތައްވެސްދަނީ ސުމަކުން.

The name is already taken The name is available. Register?

ޖިލް

31 August 2023

ތިޔަ ކަން ހުއްޓާލާ ދެން. އެފްއޭ އަދި ޔޫތުގެ އަމާޒަކީ ގޭންގުތައް ބާރުވެރި ކުރުވުން. އެކަން އެބަ ކުރޭ. އެކޮއެމެންވެސް ވިސްނާލާ. މިގައުމަކީ މިކަހަލަ ބައެއްގެ އަތް ދަށުގަ އޮތް ތަނެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454