ކުޅިވަރު

ވޯލްޑް ކަޕުގެ 28 ދުވަހަށް ދީން ބަދަލެއް ނުކުރެވޭނެ: ގަތަރު

ގަތަރު ވޯލްޑް ކަޕް އޮފިޝަލް އަލް އަންސާރީ.-- ފޮޓޯ: އޭޕީ

ދޯހާ، ގަތަރު (އޭޕްރީލް 15) - ފީފާ ވޯލްޑް ކަޕްގެ 28 ދުވަހަށް ގަތަރުގެ ދީނާއި ގާނޫނުތައް ބަދަލު ނުކުރެވޭނެ ކަމަށް ގަތަރު މުބާރާތުގެ ސެކިއުރިޓީގެ އެންމެ އިސް ވެރިޔާ މޭޖާ ޖެނެރަލް އަބްދުލްއަޒީޒް އަބްދުالله އަލް އަންސާރީ ވިދާޅުވެއްޖެ އެވެ.

ގަތަރުގެ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަލް އަންސާރީ މިފަދައިން ވިދާޅުވީ ގަތަރުގެ ވޯލްޑް ކަޕާ ގުޅުވައިގެން އެއްޖިންސުން ގުޅުން ހިންގާ މީހުންގެ (އެލްޖީބީޓީ ކޮމިއުނިޓީގެ) ހައްގުތައް ރައްކާތެރިކޮށް އެފަދަ ކޮމިއުނިޓީތަކަށް މަރުހަބާ ކިޔާ ތަނަކަށް ގަތަރު ވާން ޖެހޭނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެފައި ވަނިކޮށެވެ.

އަލް އަންސާރީ ވިދާޅުވީ، އެލްޖީބީޓީ ޕްރޮމޯޓް ކުރާނީ އެކަން ބަލައިގަންނަ މުޖުތަމައެއްގައި ކަމަށާއި ގަތަރަށް އައިސް ގައުމުގެ ދީނާއި ސިޔާސަތުތަކާ ހިލާފު ކަންކަން އާއްމުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގަތަރުގައި ބާއްވާ 28 ދުވަހުގެ ވޯލްޑް ކަޕަށްޓަކައި ގައުމުގެ ދީން ބަދަލު ނުކުރެވޭނެ ކަމަށެވެ.

"މީހަކު އެލްޖީބީޓީ ކޮމިއުނީޓީ ޕްރޮމޯޓް ކުރަންޏާ ކުރަންވާނީ އެކަން ބަލައިގަންނަ މުޖުތަމައެއްގައި. އެންމެ 28 ދުވަހުގެ މުބާރާތަކަށް އަހަރެމެންގެ ދީނާއި ގާނޫނުތައް ބަދަލެއް ނުކުރެވޭނެ،" އަލް އަންސާރީ ވިދާޅުވި އެވެ.

"ޓިކެޓް ގަނެގެން ދަނޑަށް ވަންނާނީ ފުޓުބޯޅަ މެޗެއް ބަލަން. އެ މީހެއްގެ ސިޔާސީ ނުވަތަ އެނޫން ވެސް ކަންކަމާ މެދު ތިމާގެ ހިޔާލާއި ޝުއޫރު ފާޅުކުރާކަށް ނޫން. ސަޕޯޓަރަކު ދަނޑުގައި ރެއިންބޯ ދިދައެއް ނަގައިފިއްޔާ އަތުލެވޭނެ، އެއީ އެމީހެއްގެ ރައްކަލަކަށް. ދިދަ ނަގާ މީހަކަށް އަހަރެންނެއް ނޫން ހަމަލާ ދޭނީ، ކޮންމެ ދިމާލަކުން ވެސް ހަމަލާއެއް އަތުވެދާނެ."

މީގެ އިތުރުން އަލް އަންސާރީ ވިދާޅުވީ މުބާރާތް ބަލަން އެލްޖީބީޓީ ކޮމިއުނިޓީގެ މީހުނަށް ވެސް ގަތަރަށް ޒިޔާރަތް ކުރެވޭނެ ކަމަށެވެ. ނަމަވެސް އެ މީހުންގެ އަމިއްލަ ދިރިއުޅުމުގެ ވައްޓަފާޅީގައި ކުރާ ކަންކަން ގަތަރުގެ އާއްމު ތަންތަނުގައި ކުރަން ހުއްދަ ނުދެވޭނެ ކަމަށް ވެސް އަލް އަންސާރީ ވިދާޅުވެފައިވެ އެވެ.

"އަހަރެމެން މި އުޅެނީ ކުޅިވަރު މުބާރާތެއް އިންތިޒާމް ކުރަން. އިތުރު ކަންކަމުގެ ވާހަކަ ދެއްކުން އެހާ ބުއްދިވެރިއެއް ނޫން ހެން ހީވަނީ. މެޗު ބަލަން އައުމަކުން ގޯހެއް ނޫން، އެކަމަކު މި ގައުމުގެ ގާނޫނުތަކާ ހިލާފު ކަންކަން މި ގައުމުގައި އާއްމުކުރުމަކީ ގަތަރުގެ މުޖުތަމައަށް ކުރެވޭ ފުރައްސާރައެއް،" އޭނާ ވިދާޅުވި އެވެ.

މި އަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރުގައި އޮންނާނީ ނޮވެމްބަރު މަހުގެ 21 އިން ޑިސެމްބަރު 18 ގެ ނިޔަލަށެވެ. ގަތަރާ އެކު ޖުމްލަ 32 ޓީމު ވާދަކުރާ މި މުބާތާރް ކުރިޔަށްދާނީ ގަތަރުގެ ފަސް ސިޓީއެއްގެ އަށް ސްޓޭޑިއަމެއްގަ އެވެ.

44 ކޮމެންޓް, 218 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 2%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 67%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަޖްވާ

17 April 2022

މިމީހުން ކުރެން އަހާބަ ރިސްވަތަށް ކިހާވަރެއް ޚަރަދު ކުރިންތޯ ވަރލްޑް ކަޕް އެ ގައުމުގަ ބާއްވަން! ރިސްވަތު ދިނުން އިސްލާމް ދީނުގަ އޯކޭ ތޯ؟ ކީކޭ ދެން ފަހެ އަޅެ ކިޔާނީ!

The name is already taken The name is available. Register?

ހާއްސަ

17 April 2022

ޢިންފަންޓީނޯ...ކަލޯހާދަވަރަކަށް އެމީހުން ހިމާޔަތް ކުރަން ތިޔަ އުޅެނީ. އެގައުމަށްދާ ހުރިހާ މެހުމާނުންގެ ހިމާޔަތުގެ ވާހަކަ ނުދައްކާ. ތީގަ ގޯހެއް އެބަ އުޅޭކަން އެންމެންނައްވެސް މިހާރު ތިޔަ ސާފުކޮށްދެއްވީ. ގަތަރުގެ ރައްދު ވަރައް ސާފު. ޚޮންމެވެސް އެހެން ކަމަކާ އިންފަންޓީނޯ އުޅެން ފެންނަނީ.

The name is already taken The name is available. Register?

ސަމާލު

16 April 2022

ގަދަ! ތިގޮތަށްހިފަހައްޓާލާ. އެބުނާހެން އެތަނަށްދަނީ ކުޅިވަރެއްބަލައިލަން. އެދުންފުއްދާކަށްނޫން. ލަވާނެހަޅޭކެއްލަވައި، ކުރާނެވަރަކަށް ސަޕޯޓުކޮށްފަ ގެޔަށްދިޔައިމަ އެނިމުނީ. ނުޖެހޭނެ ތުނބާތުންގުޅައި، ގަނޑުފިއްލާކުޅެ ދަނޑިޖަހާކަށް.. މިއީކިހައިދެރަކަމެއް. ތިފަދަ މީސްމީހުންގެނުފޫޒު މިރާއްޖެއަށް ނަމަނަމަ އަމާޒުވިޔަނުދޭތި.

The name is already taken The name is available. Register?

ޖިންޕިންޒިން

16 April 2022

އެކަމަކު ޜިޝްވަތުދީގެން ވޯރލްޑް ކަޕް ބިޑް ކާމިޔާބުކުރުން އެއީ ދީނުގައޮތްގޮތްދޯ.

The name is already taken The name is available. Register?

ރިއަލިޓީ ޗެކް

16 April 2022

މިހުރިހާ އަހަރުތަކުގައި ވޯލްޑްކަޕްތައް ބޭއްވީ ވަރަށް ތާހިރުކޮށްތޯ ބައްލަވާ. ފީފާގެ ކޮރަޕްޓް ލީޑަރުން ވޯލްޑްކަޕަ ބާއްވަމުން އައީ ހުޅަގުގެ ވިސްނުން ކުރިއަރުވާ ގައުމުތަކުގައި އެކަނި. މެދުއިރުމަތިއާއި، އެފްރިކާ ގިނަފަހަރު އޮންނަނީ އެކަހެރިކޮށްފައި. މިހާރު ޑިޖިޓަލް މީޑިޔާގެ ސަބަބުން، ދުނިޔެ ހުޅުވުމާއެކު އިންސާފުން ކަންތައްތައްކުރަން ޕްރެޝަރުއައިސް ގަތަރު ހޮވުނީމާ ނުނިދިގެން އެއުޅެނީ.

The name is already taken The name is available. Register?

ޞޮލޭ

16 April 2022

ޢެހެންވީމަ އެހެން ބަޔަކު ކުރިން ކޮށްފަ އޮތިއްޔާ ދީނުގަ ރިޝްވަތު ހަރާމެއްނުވޭ؟

The name is already taken The name is available. Register?

އަޝްރަފް

16 April 2022

ތިބުނާ އިންފަންޓިންޓިން އަކީ އަނެއްކާ އޭގެ މީހެއްތަ؟؟

The name is already taken The name is available. Register?

މުލޭ

16 April 2022

އެހެންް ހީވަނީ.

The name is already taken The name is available. Register?

މޯޑު123

16 April 2022

ދީންވެސް ކުޅޭކުޅިވަރަކަށް ހަދައިފި! ޙަމަ ބޭނުންގޮތެއް! ގަތަރަށް ދާ ސަޕޯޓަރުންނަށް ގައިމުވެސް ރާފޮދު ހިއްޕޭނެ އިންތިޒާމް އޮތީ ހަމަޖައްސާއިދީފަޔޯ! މީ ދީން ހިމާޔަތްކުރަން އުޅޭ މީހުންގެ ފެންވަރު! ޙަގީގަތަށް ބުނަންޔާ މިދުނިޔޭގަ ދީން އޭ ކިޔައިގެން އަނގަހުޅުވޭނެ އެއްވެސް ގައުމެއްނެތް!!! ހަމަ މިއަދުވެސް ބޭނުންވެއްޖެ ކަމެއްގައި ދީނަކަށް ނުބަލާނެ!! ޢެކަމު އަނގަހުޅުވާނީ ދީނޭކިޔައިގެން!!!

The name is already taken The name is available. Register?

ލޮލީބޮލީ

16 April 2022

ހޫނ ތިޔަ އަސަރުކުރަނީ އެކަން މަނާކުރީމަ ފާޑު ވަރަށް ޖަހާ

The name is already taken The name is available. Register?

ސެންޓޭ

16 April 2022

މޯޑު! ހާދަ ރިހަގޮތަކަށް ތިޔަ ވާހަކަ ދައްކަނީ. ވަސް ވެސް އެހާ ރަނގަޅު ތޯއްޗެއް

The name is already taken The name is available. Register?

ބެންޓޭ

16 April 2022

ސެންޓޭމެންނަށް ވާނީ ތިހާކަންވާވަރު، ބުނާނެ އޮއްޓަރުހުރި އެޗެއްނެތްވިއްޔާ ދޯ؟ ދެންކޮންމެވެސް ރިހައެކޭ މުގުރިހައެކޭ ކިޔާ......

The name is already taken The name is available. Register?

ޙެލޯލެލޯ

16 April 2022

ތިޔަބުނީ ހަމަތެދެއް. ދީނޭ ކިޔައިގެން އަނގަހުޅުވޭނެ ފެންވަރުގެ އެއްވެސް ގައުމެއް މިދުނިޔެއަކުނެތް! ޙަމަހުސް "ޑަބަލް ސްޓޭންޑަޑްސް".......މިސާލަކަށް ގަތަރުން މާދަންވެސް ބޮޑު އިންޓްރަސްޓް ރޭޓުގައި ލޯނެއްނަގަން ޖެހިއްޖެޔާ ކުއްލިއަކަށް ރިބާއެ ހަލާލުވީއެވެ! ޢަދި އަނގައަކުން ނާރާނެ، އެ ރިބާ އަކީ ހަމަ ހަލާލު އެއްޗެއްކަން ބުނެދޭން އެތަށް ހަމައެއް އަޅާނެ!

The name is already taken The name is available. Register?

ކެނެޑީ

16 April 2022

ތެދުފުޅެއް ތެދުފުޅެއް ދީން ބަދަލުކޮށްގެންނުވާނެ އެކަމަކު ފުރިހަމަ މުސްލިމުންގެ ގޮތަކީ ބޭރުފުށުންނާއި އެތެރެފުށުންވެސް އިސްލާމްދީނުގަ އޮތްގޮތަށް އުޅުން. ޤަތަރު ވޯރލްޑް ކަޕުގެ ބިޑު ކާމިޔާބުކުރީ މޭޒުދަށުން 400 މިލިއަން ޑޮލަރު ދީގެންކަން އެތައް ރިޕޯޓެއްގަ އެބޮތް. ރިޝްވަތަކީ ވަގަށް ދިނީމަ ހަލާލު އެއްޗެއްތޯ…

The name is already taken The name is available. Register?

ބޯހަލާކުސޮރު

16 April 2022

ކެނެޑީ ކައިރިއަށް ހާދަ ރުޅިއެއް ތިޔައައީ އެކަން މަނާކުރީމަ؟ ޢަނެއްކާ......

The name is already taken The name is available. Register?

އ

16 April 2022

އެލްޖީބީ ހިންގާނީ ގޭގައި. ސުޓޭޑިއަމަކުނޫން. ވަރައް ސާފު. އެގިއްޖެއެއްނުން.

The name is already taken The name is available. Register?

އެލްޖީޓީވީ

16 April 2022

އެއްވެސް ތަނެއްގައި ހިންގާނެ ކަމެއް ނެތް

The name is already taken The name is available. Register?

ފަލްބެ

16 April 2022

މިވަރުން އިންޓަނޭޝަނަލް މުބާރަތްތައް ނުބާއްވާނީ.

The name is already taken The name is available. Register?

މުލޭ

16 April 2022

މިއުޅެނީ ފުޓުބޯޅަ މުބާރާތެއް ބާއްވަން. އެބައެއްގެ ތެރޭގައި އުޅޭނީ އެބައެއްގެ ސަގާފަތަށް އިޙްތިރާމް ކޮށްގެން.

The name is already taken The name is available. Register?

ށަވިޔަނި

16 April 2022

ފީފާއަކީވެސް ހުޅަނގުގެ ލަދުހަޔާ ކުޑަ މީނުނަށް ވިކިފަވާތަނެއް. ކުޅިވަރު ކުޅެން އަންނަ ބައެއްނަމަ ކުޅެފަދާނީ. ކުޅިވަރާ ގުޅުން ހުރިކަންކަމުގައި ވާހަދެއްކިއަސް ކުޅިބަލަން އަންނަމީހުންގެ ކަންކަން ހަމަޖައްސާނީ މޭޒްބާން ގައުމުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454