ރިޕޯޓް / ކިޔަވާކުދިން

ރަށުން ކިޔަވައިގެން މުޅި ރާއްޖެއިން އެއްވަނަ!

ހާޝިމް: ރަށުގައި ހުރެގެން ކިޔަވައިގެން ރާއްޖެއިން އެއް ވަނަ ހޯދާފައިވޭ

30 ސެޕްޓެމްބަރ 2019 - 08:23

106 comments

އަދިވެސް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ފެންވަރު ރަނގަޅު ތައުލީމެއް ހާސިލްކުރެވޭނީ މާލޭގެ ސްކޫލުތަކުގައި ކިޔަވައިގެންނެވެ. މޮޅު ދަރިވަރަކަށް ވެވޭނީ މާލެއަށް އައިސްގެންނެވެ؛ ނަމަވެސް އެކަން ބަދަލުވެ އޯ ލެވެލް އާއި އޭ ލެވެލްގައި ރަށްރަށުގެ ދަރިވަރުންގެ ތަރި ވަނީ ވިދަން ފަށައިފަ އެވެ. ރާއްޖެ އާއި ދުނިޔޭގެ ފެންވަރުގައި ރަން ވަނަތައް ހޯދައި އެ ކުށް ހީތަކަށް މި ދަރިވަރުން އަންނަނީ ޖަވާބު ދެމުންނެވެ.

މިއީ އޭގެ ތެރެއިން އެއް ދަރިވަރުގެ ވާހަކަ އެވެ؛

އުފަން ރަށް، ފ. ނިލަންދޫގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ކިޔަވައިގެން ހާޝިމް އިބްރާހިމް ވަނީ އޯ ލެވެލްގައި އަށް މާއްދާއިން އޭ ސްޓާ ހޯދައިފަ އެވެ. ގައުމީ ގަދަ 10 ގައި ޖުމްލަ 404 ދަރިވަރުން ހިމެނުނުއިރު އޭގެ ތެރެއިން ފަހުރުވެރި އެއް ވަނަ ހޯދި އަށް ދަރިވަރުންގެ ތެރެއިން އެކަކީ ރަށުން ކިޔެވި ހާޝިމް އެވެ.

ލެބޯޓްރީގައި ހާޝިމް އެކްސްޕެރިމެންޓެއް ހަދަނީ: އޭނާގެ އުއްމީދަކީ ޑޮކްޓަރަކަށް ވުން

އޭނާ ބުނާ ގޮތުން ރަނގަޅު ނަތީޖާއެއް ހޯދޭނީ އެ ދަރިވަރަކު ކިޔަވާ ސްކޫލެއްގެ ގޮތަކުންނެއް ނޫނެވެ. ހުރިހާ ވެސް ކަމަކީ ދަރިވަރުންގެ ހިތްވަރެވެ. އަމިއްލަ އަށް ކުރާ މަސައްކަތެވެ. ނަމަވެސް ރަށްރަށާ ހިލާފަށް މާލޭގެ ސްކޫލުތަކުގައި ވަސީލަތްތައް ހަމައަށް ހުރުމަކީ އެތަންތަނުގެ ދަރިވަރުންނަށް ލިބޭނެ އިތުރު ބޯނަސް ޕޮއިންޓެއް ކަމަށް ހާޝިމް ދެކެ އެވެ.

"ގަބޫލެއް ނުކުރަން ހަމައެކަނި މާލޭގައި ކިޔަވައިގެން ކަމަށް ރަނގަޅު ނަތީޖާއެއް ލިބޭނީ. މިކަމުގައި އޮންނާނީ ދަރިވަރުގެ ކެރުންތެރިކަމާއި ހިތްވަރު. އެއީ ހުރިހާ ވެސް އެއްޗަކީ ހަގީގަތުގައި،" ރަށުގައި ހުރެ މިހާރު އޭ ލެވެލް އަށް ކިޔަވަމުން، ހައުސް ކެޕްޓަންކަން ވެސް ކުރަމުން އަންނަ ދަރިވަރު ބުންޏެވެ.

ރަށު ސްކޫލުގެ ލެބޯޓްރީގައި އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ކެމިސްޓްރީ ފަދަ މާއްދާތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދުމުގައި ދިމާވި ގޮންޖެހުމެކެވެ. އެއީ ވަސީލަތްތައް މަދުވެ އެންމެ އެކަށީގެންވާ ގޮތުގައި އަަމަލީ ބައި ކުރިއަށް ނުގެންދެވުމުންނެވެ. އެކަންތައްތައް ފުރިހަމަވި ނަމަ އޯ ލެވެލްގައި އެއަށް ވުރެ ވެސް ރަނގަޅު ނަތީޖާއެއް ހޯދުނީސް ކަމަށް އޭނާ ބުންޏެވެ.

އޯ ލެވެލް އިމްތިހާނު ހެދުމާ ހަމައަށް ވެސް ހާޝިމަށް އެންމެ އުނދަގުލީ ދިވެއްސެވެ. އެހެންވެ އެ މާއްދާއިން ނަތީޖާ ރަނގަޅުކުރަން އިތުރު ހިތްވަރެއް ލައިގެން މަސައްކަތް ކުރަން ޖެހުނެވެ. އެގޮތުން ކްލާހުގައި ޓީޗަރު ލިޔަން ހަވާލުކުރާ އެއްޗެހީގެ އިތުރުން އޭނާ އަމިއްލައަށް ވެސް ތަފާތު އެއްޗެހި ލިޔެގެން ޓީޗަރަށް ދައްކަ އެވެ.

ރާއްޖެއިން އެއް ވަނަ ހޯދި ހާޝިމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އެވޯޑު ހަވާލުކޮށްދެއްވަނީ .-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސްކޫލު ގަޑިތައް ނިންމުމަށް ފަހު ގާތްގަނޑަކަށް ހަތަރު ގަޑިއިރު ތަފާތު އެކި ފޮތް ކިޔަން ލައިބްރަރީގައި ހޭދަކުރާއިރު ވެސް ޝައުގުވެރިކަމާ އެކު ކިޔާލާނެ ދިވެހި ފޮތެއް ނުހުންނަ ކަމަށް އޭނާ ބުންޏެވެ.

"ދިވެހީގައި ބޮޑަށް ލިޔުންތެރިކަން އޮންނާތީ އެބަޔަށް އިސްކަންދިނީ. ޓީޗަރު ހަވާލުކުރާ މަސައްކަތުގެ އިތުރުން އަމިއްލައަށް ވެސް ތަފާތު އެއްޗެހި ލިޔެގެން ޓީޗަރަށް ދައްކަން. އެއިން ހެދިފައި ހުންނަ މައްސަލަތައް ރަނގަޅަށް ފާހަގަކޮށް އެބައި ރަނގަޅުކޮށްލަނީ،" މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމުގައި ހުރި ދަރިވަރު ބުންޏެވެ.

ހާޝިމް ބުނީ ސްކޫލުގެ ޕްރިފެކްޓަކަށް އުޅެމުން ކިޔެވުމަށް ވަގުތު ހޯދީ ވަކި ޝެޑިއުލެއް ހަދައިގެން ކަމަށެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ފަތިހާއި ރޭގަނޑު ކިޔެވުމަކީ އެ ފިލާވަޅަކަށް ސަމާލުކަން ދިނުމަށް އޭނާއަށް ފަސޭހަވި ކަމެކެވެ. މިހާރު އޯ ލެވެލް އިމްތިހާނު ހަދަމުން އަންނަ ދަރިވަރުންނަށް ވެސް ދޭ ނަސޭހަތަކީ އެއީ އެވެ.

ސްކޫލުގަައި ބޭއްވި ހަރަކާތެއްގައި ހާޝިމް ބައިވެރިވަނީ

"ކިޔެވުމަކީ އަބަދުވެސް އެންމެ އިސްކަންދޭ ކަމުގެ ގޮތުގައި ބައިންދާށޭ. ދުވަހުން ދުވަހަށް ދޭ ފިލާވަޅުތައް ދަސްކުރުމަކީ ފަސޭހަވާނެ ކަމެއް. އޭރުން އެކަމުގެ އަސަރު ވެސް ކުރާނެ،" ހާޝިމް ބުންޏެވެ.

އޭނާ ހުރީ އޭ ލެވެލްގައި ވެސް ރާއްޖެއިން އެއް ވަނަ ހޯދުމުގެ އަޒުމުގަ އެވެ.

ޕްރީ ސްކޫލަށް ނުވަދެ ސީދާ ގްރޭޑު އެކަކުން ތައުލީމީ ހަޔާތް ފެށުމަކީ ވެސް ހާޝިމަށް ފުރަތަމަ އުނދަގޫވި ކަމެކެވެ. ނަމަވެސް މިއަދު އެއިން އެއްވެސް ކަމަކުން އޭނާއަށް ހުއްޓުމެއް ނެތެވެ. ރަށުގައި ހުރެގެން، ތައުލީމީ ގޮތުން ރާއްޖޭގެ އެންމެ މަތީ ހަރުފަތާ ހަމައަށް ދެވުނީ ހުރަހެއް އޮތަސް އެއީ ގިރާކުރެވޭނެ ކަމެއް ކަމަށް ގަބޫލުކޮށް، ކުރި މަސައްކަތުންނެވެ.

106 ކޮމެންޓް, 959 ރިއެކްޝަންސް

icon happy icon happy 96%
icon sad icon sad 2%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިމަނާ

04 April 2022

އަތޮޅުގެ ގިނަރަށް ރަށުގައި (ވަރަށްގިނަ ރަށްރަށުގައި) ލެބޯޓަރީއެއް ނުހުރެ. ލެބޯޓަރީ އެއްހުއްޓަސް ކެމިކަލްކޮޅެއް ނުލިބޭތާ އެތަކެއް އަހަރުތަކެއްވެއްޖެ. ފަހަރެއްގައި ރަށެއްގައި ތިކަން ކުރެވުނަސް އަދިވެސް އަތޮޅު ތެރޭގެ ސްކޫލްތައް ހުރީ ހުހަށް. ލިބެންވާ އެހީތެރިކަން ނުލިބި، ނުވަތަ ބާކީ ކުރެވިފައި. އަދިވެސް ރަގަޅު ތަޢުލީމެއް ލިބެން އަންނަނީ މާލެއަށްގޮސްގެން.

The name is already taken The name is available. Register?

ހެޔޮއެދޭމީހެއް

08 March 2020

ސާބަސް ދަރިފުޅާ.

The name is already taken The name is available. Register?

ކިނބޫ

07 March 2020

ފ. ނިިލަންދޫއަކީ މާދަށް ރަށަކީތަ؟ އެރަށުން ކިޔަވާ ކުއްޖަކަށް ރާއްޖެއިން 1 ވަނަ ލިބުމަކީ އަންތަރީސްވާން ޖެހޭ ކަމެއްތަ؟ މާލެއިން ކިޔެވީމަ ނޫނީ ވަނައެއް ލިބިގެން ނުވޭތަ؟

The name is already taken The name is available. Register?

ނިޒާރު

08 March 2020

ހެޑްލައިން އެކަނި ކިޔާފަ ކޮމެންޓު ކުރާ ގްރޫޕް ދޯ؟

The name is already taken The name is available. Register?

އަށްޑޫ ކަތީބު

01 October 2019

މަރުހަބާ. މަރުހަބާ. ކިޔަވާ ކުއްޖަކުވިއްޔާ ކޮންމެތަނެއްގަވެސް އެކުއަޖަކު އެމަސައްކަތް ކުރާނެ. ދުނިޔޭގެ ކޮންމެތަނަކަށް ފޮނުވިޔަސް ނުކިޔަވާ މީހުން ނުކިޔަވާކަން މާޒީއިން ފެންނަ އެބަހުރި.

The name is already taken The name is available. Register?

ބުރުމާ

01 October 2019

ވަރަށް މަރުހަބާ ހާޝިމް. ވަޒީފާއެއް ބޭނުމިއްޔާ ގުޅާލާ އަޅުގަނޑައް. ތޭންކްސް.

The name is already taken The name is available. Register?

މަލާކާ

01 October 2019

އަޅުގަނޑަށް ފެނިފައި ހުރިތަނުގައި އެކަނިވެރި މައިން ދަރިން ގޮވައިގެން މާލޭ އާދޭ. ބައެއް މައިން އަންނަނީ ރަގަޅު ބައިވެރިއަކު ހޯދުމަށް. ނުވަތަ ވަޒީފާއެއްހޯދުމަށް. މިފަދަ އަންހެނުންނަށް ދަރިންތައް ގޮވައިގެން އައުމުން ގިނަފަހަރަށް ވަރަށް ދެރަ ކަންތަށްވެސް ދިމާވެފަ އެބަހުރި. ގިނަ އަންހެނުން އުޅެނީ ތަނެއް ކުއްޔަށް ހިފައިގެން ކޮޓަރިތަކުގައި ކުދިން ބައިތިއްބައިގެން ލާރިހޯދައިގެން

The name is already taken The name is available. Register?

ބަސީލާ

01 October 2019

ނެތަސް ހެވެއްނު..... ނަމާދުކުރާ ތަކެތި ވެސް ނޭގޭ މީހުން ގިނަވާނީ.....އެންމެކުޑަމިނުން ޚަތިމް ވެސް ނުނިންމާ ދަރިން ގިނަވާ ނީ

The name is already taken The name is available. Register?

ދޮންދީދީ

01 October 2019

ރަށުން އަންނަނީ ގިނަފަހަރަށް ފިރިމީހާއާއި ދެބަސްވެގެން ނޫނީ ވަޒީފާގައި އުޅޭ ދަރިން އެދިގެން. އެއީ ރަށުން ވަޒީފާގެ ފުރުސަތު ނުއޮންނާތީ. މަންމަ އަންނަން ޖެހެނީ ދަރިން އޮފީހަށް ފޮނުވުމަށް. ކުޑަކުދިން ބެލުމަށް. މީ ވ ގިނައިން ދިމާވާކަމެއް.

The name is already taken The name is available. Register?

ގތދސސ

01 October 2019

ތީގައެންމެބޮޑު ދައުރެއް އަދާކުރަނީ ރަގަނގަޅުފެންވަރުގެ ޓީޗަރުން ތިބީމަ.

The name is already taken The name is available. Register?

ގޯސް

01 October 2019

ޜައްރަށުން މާލެއަންނަނީ ކިޔަވައިނުދެވިގެނެއްނޫން. ސިޓީލައިފް ހޯދަން ބޮލަށްވަންނަ ވަސްވާހަކުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454