މީހުން

ފުޓްސަލްގެ ތާޖާއި ކިންގުގެ ޓައިޓަލް އަށްވުރެ ޝާކާގެ ހިތްތިރި

މީގެ 15 އަހަރު ކުރިން މާލޭގެ މަސްމާރުކޭޓުގެ ވަޅެއްގެ ބޯހޯލް އަޅަން އުޅުމުގެ ތެރޭގައި އެއް ރަށަކަށް ނިސްބަތްވާ ފަސް ޒުވާނަކު މަރުވި، ކުއްލި ހާދިސާގެ ހިތްދަތިކަމާއި ހިތާމަ ތަހައްމަލް ކުރަން ޖެހުނު ވާހަކަ ކިޔައިދޭން ފެށި އިރު އަބްދުﷲ ޝައްފާންގެ އަޑު ގާތްގަނޑަކަށް ހެން ބެދިއްޖެ އެވެ. އެ ހާދިސާގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ އާއި އާއިލާއާ ގާތް ގުޅުން އޮތް އަނެއް ހަތަރު ޒުވާނުންގެ މަރުގެ ވާހަކަ ކިޔައިދޭކަށް އޭނާ އަށް ފަސޭހައެއް ނުވި އެވެ.

ސީދާގޮތުން އެ ހާދިސާގެ ހިތްދަތިކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އާއިލާ އަކީ ވެސް ޝާކާގެ އާއިލާ އެވެ. ބޯ ހޯލް އެޅުމުގެ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ބައްޕަގެ ކުންފުނިންނެވެ. ބައްޕަ އިސްކޮށް ސުޕަވައިޒު ކުރި އެ ޕްރޮޖެކްޓްގައި އަމަލީގޮތުން އެހީތެރިވާން ހުރީ ބޭބެ، ޝަފްރާޒެވެ.

ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނާ، ޝާކާގެ ހިތްތިރި ކެރެކްޓާގެ ވާހަކަ ކިޔައިދޭން ފަށާއިރު އޭނާގެ ފުޓްސަލް ކެރިއާގެ ހަނދާންތައް ގުޅެނީ އެ ހާދިސާގައި މަރުވި އޭނާގެ ބޭބެއާ އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި މުބާރާތެއް ބޭއްވިޔަސް، ބޮޑު އަގު ދީފައި ގެންދާ ކުޅުންތެރިންގެ ލިސްޓްގެ އެންމެ ކުރީގައި ޝާކާގެ ނަން އޮންނާނެ އެވެ. އެކަމަކު ޝާކާ އަށް ވުރެ ކުރިން އޭނާގެ ބޭބެ އަށް އެ ފުރުސަތު ރާއްޖޭގެ އެކި ކަންކޮޅުތަކުން އޮހުނު ހަނދާންތައް އޭނާގެ އެބަ ހުއްޓެވެ.

"ދޮންބެ [ޝަފްރާޒް] އަކީ އަހަރެން ވަރަށް ބޮޑު އިންސްޕަރޭޝަނެއް. އާއިލާގެ އެންމެ ކުޑަ ފިރިހެން ކުއްޖަކީ އަހަރެން. އެހެންވެ އަހަރެން އިންނަނީ ދޮންބެއާ ވަރަށް އެޓޭޗް ވެފަ،" އޭރު ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ ޝާކާ ކިޔައިދިނެވެ.

ރާއްޖެ ސިއްސުވާލި އެ ކުއްލި ފަސް މަރުގެ ހާދިސާގެ ވާހަކަ ޝާކާ ކިޔައިދެމުން ދިޔަ އެވެ.

"ދޮންބެ އަކީ އަޅުގަނޑަށް ވުރެ ވެސް މޮޅަށް ކުޅުނު މީހެއް. އޭރު ވިލިމާލޭގަ ދޮންބެ ކުޅެންޏާ ހުންނަން ބަލަން ގޮސް. އަދި އެހެން ރަށްރަށަށް ވެސް ކުޅެންދާން ވަރަށް ގިނަ އޮޕަޗިނިޓީ ދޮންބެ އަށް ލިބުނު،" ޝާކާ ބުންޏެވެ.

"ދޮންބެމެންގެ މަރު އެއީ ވަރަށް ބޮޑު ގްރީފެއް. އެ ވާހަކަ ދައްކަން ވެސް އުނދަގޫ. ފަނަރަ އަހަރުވީ އިރު ވެސް އެ ހިތްދަތިކަން ފެމެލީގައި އެބައޮތް."

ފުޓްބޯޅައިން ފުރުސަތު ލިބުނު، ހިތްޖެހުނީ ފުޓްސަލް އަށް

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އޭނާ އަށް މުހާތަބު ކުރަނީ ވެސް "ރާއްޖޭގެ ފުޓްސަލް ކިންގް" ގެ ނަމުންނެވެ. މުބާރާތްތަކުގައި ފުޓްސަލްގެ ކިންގްގެ ޓައިޓަލް އާއި ތާޖު އޭނާ އަށް ލިބިފައިވީ ނަމަ ވެސް އޭނާ އަކީ އެ ބުނާ ކިންގް ކަމަށް ޝާކާ ގަބޫލެއް ނުކުރެ އެވެ. އެއަށްވުރެ އޭނާގެ ހިތްތިރި އެވެ.

"ކިންގެކޭ؟ އަޅުގަނޑެއް ނުބުނާނަން އެހެނެއް. އަދި އެގޮތަށް ގަބޫލެއް ވެސް ނުކުރަން. ފުޓްސަލްގައި އެބަތިބި ބައިވަރު މޮޅެތި ކުޅުންތެރިން،" ވިލިމާލޭ މުހިއްޔުއްދީން ސްކޫލްގެ ފުޓްސަލް މުބާރާތްތަކުން ކުޅެން ފެށި ސާކާ ބުންޏެވެ.

"ކުރިން ލިބުނު އިންޖަރީ އަކުން ރިކަވާވެ އަދި މުޅިން ކުރިން ހުރި ފޯމަށް އަދި ނާދެވޭ. އެކަމަކު އިމްޕްރޫވްމެންޓް އެބައާދޭ."

ފުޓްބޯޅައިގެ ހުނަރުން މުއްސަނދިވި ޝާކާ އަށް ރާއްޖޭގެ ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ވެސް ފުރުސަތު ލިބުނެވެ. އެކަމަކު އޭނާގެ ހިތް ދިނީ ފުޓްސަލް އަށެވެ. ކްލަބްތަކަށް ފުޓްބޯޅަ ކުޅެން ފުރުސަތު ލިބުނަސް، އަޑިއަޅަމުން ދިޔަ ފުޓްބޯޅައިގައި ކްލަބްތަކަށް ކުރިމަތިވި މާލީ ދަތިތަކުގެ ތެރެއަށް ވެއްޓެން ޝާކާ ވެސް ބޭނުން ނުވީ އެވެ.

އޭނާ އިހްތިޔާރު ކުރީ ވައިގައި ހިފަމުން ދިޔަ ފުޓްސަލް އެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބާއްވަމުން ދިޔަ މުބާރާތްތަކުގައި ކުޅެން ފުރުސަތު ލިބި ބޮޑު އާމްދަނީއެއް ހޯދޭ ގޭމް އަކަށް ފުޓްސަލް ވެއްޖެ އެވެ.

ޝާކާ ބުނީ ބައެއް މަސްމަހު އެކި މުބާރާތްތަކުގައި ކުޅެގެން، 50000 ރުފިޔާ އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ. ރަސްމީ ހައިސިއްޔަތެއް ނެތް ފުޓްސަލްއިން ކުޅުންތެރިން ހޯދަމުން ދިޔަ އާމްދަނީއާ އާއެކު ފުޓްސަލްގެ ބޮޑު ކޮމިޔުނިޓީއެއް އުފެދި މަގުބޫލުކަންވީ އިތުރެވެ.

"އެއީ އޮފިޝަލް އެއްވެސް އެސޯސިއޭޝަނަކާ އެފިލިއޭޝަނެއް ނުލިބި ފުޓްސަލް މިވަރަށް ހައިޕް ވީ،" ޝާކާ ބުންޏެވެ.

"އަސްލު އޮފިޝަލް އެފިލިއޭޝަނެއް އޮތްނަމަ ބަލާ އަދި މިއަށް ވުރެ ބޮޑަށް މީތި ފުޅާވާނެ. ނެޝަނަލް ލެވަލްގައި ރިކޮގޮނިޝަން ލިބުނީމަ މިއަށް ވުރެ ގިނަ މަސައްކަތް ކުރެވޭނެ. ރާއްޖޭގައި އަދިވެސް ނެތް އިންޓަނޭޝަނަލް ސްޓޭންޑަޑްގެ ފުޓްސަލް އިންޑޯއެއް. އެތަންތަން ހެދި ފުޓްސަލް އަށް ހާއްސަ އެކަޑަމީތައް ހިނގަން ފަށައިފިނަމަ އަދި މިއަށް ވުރެ ބޮޑަށް މީތި ފުޅާވާނެ."

ފުޓްސަލްގައި "ނުފޫޒު" ގަދަ ނަމަކަށް ވުމުން ޝާކާ އަށް ލިބުނު ބްރޭންޑް އެމްބަސެޑަރުކަމާއި ތަށިތަކާއި މެޑަލްތަކުގެ ފަހަތުގައި އޮތީ ޝައުގުވެރިކަމާ އެކު ފުޓްސަލްގައި ނަމެއް އުފައްދަން އޭނާ ކުރި މަސައްކަތެވެ. ރާއްޖޭގެ ރެޑްބުލްގެ އެއް އެމްބަސެޑަރަށް، ފުޓްސަލް އަށް ހިތްދީ ލޯބި ވެވުނު ސަބަބަކީ ވެސް އެއީ އެވެ. އާބަންކޯގައި މިހާރު ވަޒީފާ އަދާކުރަމުން އަންނަ، ޝާކާގެ މިހާރު އޮތް އެންމެ ބޮޑު އަމާޒަކީ، މި އަހަރުގެ ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ތަށި އާބަންކޯގެ ހަރުގައި ބެހެއްޓުމެވެ. އެއަށް ފަހު އޭނާގެ ނުފޫޒު ރާއްޖޭގެ ފުޓްސަލްގައި ދެމެހެއްޓުމެވެ.

13 ކޮމެންޓް, 61 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 3%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 84%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ްްކްއީން

10 June 2023

ތިކިންގްތަށް ގޮވައިގެން ގޮސް 17-0 ކުން ބަލިވާނީ ރަނގަޅު ޓީމަކާ ޖެހުނީމަ.

The name is already taken The name is available. Register?

ޮއުސޖސކޕޮު

10 June 2023

މި ކުޅިވަރުގަ އުޅޭ ކުދިންގެ ތެރެއިން ސްޕޯރޓްސް ޑިސިޕްލިން ރަނގަޅުކަމަށް ފެންނަ ކުޅުންތެރިއެއް، ލައިވްތަކުން މެޗުތައް ބަލާއިރު.

The name is already taken The name is available. Register?

ރާއްޖެ

09 June 2023

ފުޓްސަލް ކޯޓެއް ނެތި ފުޓްސަލް ކުޅެނީ ކިހިނެއް؟

The name is already taken The name is available. Register?

ރޮނާބެ

09 June 2023

ކަލޭމެން ބޮޑު ގޭންގްސްޓާރެއްގެ ވާހަކަވެސް މޮޅުކޮށްފަ ނޫހުގަ ޖަހާފާނަންދޯ.

The name is already taken The name is available. Register?

ޢޮޒިލަ

09 June 2023

އަސްލުވެސް. ދިޒް އިޒް އެމްބަރަސިންގ ޖާނަލިޒަމް.

The name is already taken The name is available. Register?

ޤޭންްްްްގް ސްޓާރް

09 June 2023

ނޫހަކު ނެއް ގޭންގް ސްޓާރެކޭ ކީކޭތޯ ތިކިޔަނީ ބޭފުޅާ ޥާނުވާގަތޯ ، އޭނަގެ މޮޅުވާހަކަ ހަޖަމު ނުވަނީ ދެއްތޯ..ކަލެ އަށް ސުމެއް އެކަކަށް ޥާން ނޫޅޭ ނުވެވޭނޭ ހަހަހާ...ދެން ލަލަލާ...

The name is already taken The name is available. Register?

ހަސަން ޓ

09 June 2023

ރޮނާ އަކީ ގައުމީ ޓީމަށް ކުޅުނު މޮޅު ކުޅުންތެރިއެއް. ފަހުން ހަކުރު ބޮއެގެން ކެރިއަރު ގެއްލި މަރިޔަނބު ގެއްލުނީ ވާންޗޯއަށް. ހަޖަމު ކުރުމުގެ ނިޒާމް ވަރަށް ބޮޑަށް ގޯސްވަމުންދާ ދަނޑިވަޅެއް

The name is already taken The name is available. Register?

ފޮށާބެ

09 June 2023

އޭނައަކީ ގޭންގް ސްޓާރެއް ނޫން. ދަންނާތީ މި ބުނީ. ދެން ޓައި އަޅާފަ ބެގީކޮށްގެން ތިބޭ ކުޑަކުދިން ފަޅާ ވައްކަންކުރާ ބޭފުޅުންތައް އެއީ ކޮން ކެޓެގަރީއެއް،

The name is already taken The name is available. Register?

އެ ހަނދާން......

09 June 2023

ޢާއްމުކޮށް ނޫސްކިޔާ އުޅޭތީ ލިޔުމުގައިވާ 5 ޒުވާނުންގެ މަރުގެ ހިތާމަވެރި ޙާދިސާ ވެސް އޭރުގެ ނޫސްތަކުން ދުށީމެވެ. ވަރަށް އަސަރު ކުރިއެވެ. (މާތްﷲ ޝާކާގެ ދޮންބެ އާއި އަނެއް 4 ބައިވެރިންގެ ފާފަ ފުއްސަވައި، ކަށްވަޅު ތަނަވަސް ކުރައްވައި، ޖަންނާތުލް ފިރްދައުސް މިންވަރު ކުރައްވާށި! آمين)

The name is already taken The name is available. Register?

ލާމިނާ

09 June 2023

ޢާމީން

The name is already taken The name is available. Register?

ލޯބި

09 June 2023

ޖަސްޓް ލަވްލީ ޝަޚްސިއްޔަތެއް، ސަޅި ހުނަރުތައްވެސް.

The name is already taken The name is available. Register?

ޥިރުސާން

09 June 2023

ޖުވާނުންގެ ރަސްގެފާނު ?♥️

The name is already taken The name is available. Register?

އަލީ ޒިހާން

09 June 2023

އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454