މެމްބަރު ހައިތަމް:-- ފައިލް ފޮޓޯ: މިހާރު
25 އޮކްޓޯބަރ 2021 - 12:47
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހްމަދު ހައިތަމް އާއި އޭނާގެ މިހާރުގެ އަނބިކަނބަލުން ޝަޖާން މުއާޒްއާ މަގުމަތިން ދިމާކޮށް، އިންޒާރު ދިން މައްސަލާގައި، ހައިތަމްގެ ކުރީގެ ދޮންދަރި ފާތިމަތު ދިފްލާ ޖުނައިދަށް މިއަދު ދައުވާކޮށްފި އެވެ.
މިދިޔަ ޖޫން މަހު ކުރީކޮޅު ހުށަހެޅި މި މައްސަލަައިގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މި މަހުގެ ތިން ވަނަ ދުވަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފަ އެވެ. އެއީ ހައިތަމްގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި އޭނާގެ ދަރިފުޅު ދިފްލާ އެވެ.
ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި އެކެއްގެ މައްޗަށް ދައުވާކުރަން ނިންމައި ހުޅުމާލެ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ދައުވާކޮށްފައިވަނީ ދިފްލާއަށެވެ.
ފުލުހުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ ނަޖުމާ އާއި ދިފްލާ، ހައިތަމްގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ. އަދި ދިފްލާ ވަނީ ހައިތަމް އަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔައި ހައިތަމަށް އިންޒާރު ދީ ހައިތަމްގެ އަނބިކަނބަލުން ބަލިވެ އިންދާ ބަނޑުގައި ކޮޅުފައިން ޖަހައި މާރާމާރީ ހިންގަން އުޅެފައި ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ. އަދި ނަޖުމާ ވެސް ސޯޝަލް މީޑިއާގައި ހައިތަމަށް އިންޒާރު ދިން ކަމަށް ވެސް ފުލުހުން ތުހުމަތުކޮށްފައިވެ އެވެ.
މި ކަންތައް ހިނގާފައި ވަނީ ހައިތަމްގެ އަނބިކަނބަލުން އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިންދަ އެވެ. މަގުމަތިން ދިމާކޮށް އިންޒާރު ދިނުމުން ހައިތަމްގެ އަނބިކަނބަލުންނަށް ޝޮކެއް ލިބި ހޮސްޕިޓަލުން ފަރުވާ ވެސް ހޯދަން ވެސް ޖެހުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައިލް
25 October 2021
ކުރީގެ ދޮންދަރިއޭ؟؟ ބަލަ ދޮން ދަރިއަކަށް އެއްފަހަރު ވިޔަސް މުޅި އުމުރަށް ވެސް އެކަން ދެނިގެންދާނެ އަދި ކައިވެނިވެސް ހަރާމްވާނެ..
ވާނީ
25 October 2021
މިވީ ކިހިނެއް.. ޖާނާ މާލު ހުސްކޮށް އާމްދަނީ ހޯދަން ކުރި މަސައްކަތް ހުއްޓާލައި ގޮނޑީގައި ބައިންދަންކުރި މަސައްކަތް މިދިޔައީ ޗޮކުން.
ވަކީލްްް
25 October 2021
ކުރީގެ ދޮންދަރިންނާއި ކުރީގެ ދޮންބައްޕަ ދޮންމަންމަ ތިބޭކަން މިއެގުނީ އަދިކިރިޔާ. މިއީ ކެނޑޭނެ ގުޅުންތަކެއް ނޫނެވެ. އޭގެ ސަބަބުން ދާއިމަށް ދެމިގެންދާ (ހަރާމް) ކަންކަންވެސް ހުރެއެވެ. މިސާލަކީ ކައިވެނި ފަދަ.
ނޯސް
25 October 2021
ބަަލަ އާސިމާއަށް ނޭނގޭތަ. ދޮން ދަރިކަން މިހާރުވެސް ނުކެނޑޭނެކަން. ކީކޭ ބުނާނީ. ވަރިކުރިޔަސް ދޮން ދަރި ވާނީ ދޮން ދަރިޔަށް
ޒަވިޔަނި
25 October 2021
ހައިތަމް ކައިރީގައި އައްސަވާބައްލަވާ ނަޒުމާއި އާއި ނޒުމާގެ ދަރި ކިހާ ގުރުބާނީއެއްވެގެންތޯ މަނިކުފާނު މަޖިލިހުގެ ގޮނޑީގައި ތިއިންނެވީ ބައިދާދީފައި! ވަރަށް ސަލާން
ވައު
25 October 2021
ބަޓް އިޒިންޓް ޝީ އަ ޑޮކްޓަރ
މުލޭ
25 October 2021
ބޮޑެއް ވީމަ އަވަހެއްނުން ދަޢުވާ ކުރިލެއް. އެހެންވީމާ މީހުން ކިޔަނީ ބޮޑުންނަށް ބޮޑު އިންސާފު އާދައިގެ މީހާއަށް ކުޑައިންސާފު.
މުލޭ
25 October 2021
ކޮންކަހަލަ ޝޮކެއް ބާ!. ހެހެހެހ. ދިފްލާއަކީ ކުރިން ލަވަ ކިޔާ ކުއްޖާތަ.
މުލާ
25 October 2021
ހޫނ، އޭނައެއީ، ޑރ.ދިފްލާ މިހާރު ކިޔަނީ
ޡަނާ
25 October 2021
އާން
ތުނިޔަ
25 October 2021
ކުރިޔެއް ފަހެއް ނުކިޔޭނެ...ދޮންދަރިވަންތަ ކަން ދުވަހަކުވެސް ނުކެނޑޭނެ.