ޚަބަރު / ގެވެށި އަނިޔާ

މިވަރު ކަމެއް ދިމާވާނެ ކަމަށް ދުވަހަކު ވެސް ހިއެއް ނުކުރަން: އަސޫ

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަގެ އަނބިކަނބަލުން އަސްރާ ނަސީމް.-- ފޮޓޯ: މަސްރަހު / ދޯ އެމްވީ

މި ވަރުގެ ކަންތައްތަކެއް ދިމާވެދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި ފާއިތުވި 24 ގަޑިއިރަކީ ދެމައިންނަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށް، ފިރިކަލުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާގެ ފަރާތުން ގެވެށި އަނިޔާ ލިބުނު އަސްރާ ނަސީމް ވިދާޅުވެއްޖެ އެވެ.

އަނިޔާއާ ބެހޭ ގޮތުން އަސްރާ ފޭސްބުކްގައި ލިޔުއްވާފައި މި ވަނީ ގެވެށި އަނިޔާކުރި މައްސަލައިގެ ތަހުގީގަށް އީސަ ހައްޔަރުކުރުގެ މަސައްކަތް ކުރިއަށް ދަނިކޮށެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ ކޮއްކޯފުޅު އަސްރާ އޭނާ އާއި ކުޑަ ދަރިފުޅުގެ ހާލަތާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވާފައި މި ވަނީ އީސައާ ގުޅޭ ގޮތުން ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަށް އިއްޔެ ބަޔާން ދެއްވުމަށް ފަހުގަ އެވެ.

"ނަމަވެސް މާތްﷲ ގެ ވާގިފުޅާ އެކު އަޅުގަނޑުމެން ދެމައިންގެ ހާލު ވެސް މިހާރު ރަނގަޅެވެ. މި އުނދަގޫ ވަގުތުގައި ރަހުމަތްތެރިންނާއި ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން އަޅުގަނޑަށް ދެއްވި ހިތްވަރަށްޓަކައި ހިތުގެ އެންމެ ފުންމިނުން އެ ފަރާތްތަކަށް ޝުކުރު ދަންނަވަމެވެ." އަސޫ ލިޔުއްވާފައިވެ އެވެ.

އަސްރާ އަށް އީސަގެ ފަރާތުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުން ވަނީ ފަރުވާ ވެސް ހޯއްދަވައިފަ އެވެ.

ދެމަފިރިންގެ އަވަށްޓެރިއަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ ދެ ބޭފުޅުން ދިރިއުޅުއްވާ އެޕާޓްމަންޓް ތެރޭގައި އަނިޔާކުރާ އަޑު ވަނީ އިވިފައިވެ އެވެ. އަދި އެކަން ހިނގި ވަގުތު އެ ބޭފުޅުންގެ ކުޑަ ދަރިފުޅު ވެސް އެތަނުގައި ހުރި ކަމަށް ބުންޏެވެ.

ގާނޫނުތައް ހަދައި ރައްޔިތުންނަށް ހައްގު ހޯދައިދޭންޖެހޭ ފަދަ މަގާމެއްގައި ހުންނެވި އީސައަށް ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށް ސޯޝަލް މީޑިއާގައި ވެސް ވަރަށް ގިނަ ބަޔަކު ގޮވާލައިފައިވެ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން ވެސް ހިމެނެ އެވެ. އީސަ ނިސްބަތްވާ އެމްޑީޕީގެ މެންބަރުން ވެސް ދަނީ އީސަގެ އިސްތިއުފާ އަށް ގޮވާލަމުންނެވެ. އަދި މަޖިލީހުގައި އީސަ މުގައްރިރުކަން ކުރައްވާ އިޖުތިމާއީ ކޮމިޓީން އޭނާ ވަކިކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.

44 ކޮމެންޓް, 43 ރިއެކްޝަންސް

icon happy icon happy 9%
icon sad icon sad 79%
icon angry icon angry 7%
icon wow icon wow 2%
icon inlove icon inlove 2%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިއްސާ

21 May 2021

ހާދަރީތިކުއްޖެކޭ އަހަރެން ހީކުރީ ފިލްމުސްޓާރެއްކަމަށް.

ޗޮސްބެ

22 May 2021

ހެހެހެ. އެއީ މާކުރީގެ ފޮޓޯއެއް. މިހާރު ހުރިގޮތް ފެނިއްޖެއްޔަ ތިހެނެއް ނުބުނާނެ.

ސުއްޕަބޭ

21 May 2021

އަސޫ އަކީ މިޙަކު އަނިޔާ ކުރާވަރު ގެ އަތްބެންނޫން ، އެހަ ވެސް ރީތި

ލަތީ

22 May 2021

ކިތަންމެ ރީއްޗަސް ގޮތްދޫނުކުރާ އަނބިންނަށް މީހުނާ އިދެގެން ނޫޅެވޭނެ. ދެން އިންނަ މީހެއްގެ ބަސްއަހައިގެން އުޅެން ނަށެހަތްތެރިވަން.

ރުމާ

21 May 2021

އެއިރު އޭނަހުރީ ހަމަހޭގަތޯވެސް ބަލަން ޖެހޭނެނުން.ޓެސްޓް ހެދިތޯ؟

މެންބޮކި

21 May 2021

މިމީހުން ޓީމު ކިޔާ ޖަމުއިއްޔާ ވެސް އުފަްދައިގެން މީހުން ބޯކަާލައިގެން ވެސް އުޅުނު އަސްލު ހަގީގަތް އެގުނީ މައްސަލަތަކާއި ދިމާވީމަ..މަވާ ސަލާމު...

މިއަދު

20 May 2021

އީސައަށް ހަމަކެރުނުބާ މީނާއަށް އަނިޔާކުރަން. ހާދަ........ މަވެއްޖެޔޭ ދެންއަޅެ އެއްމެފަހަރަކުވެސް... ނަމަ

ރަށުމީހާ

20 May 2021

މިގައުމުގާ އިންސާފެއް ކީކުރަންތޯ އިންސާފެއްގެ ކުޑިފަށެއްވެސް ނެތްތަނެއް މި ނޫނިއްޔާ ކޮބަާ.

ގެވެހި

20 May 2021

މީ އިސްލާމީ ގައުމެކޯ. ފިރިމީހާގެ ހައްގުގެ ވާހަކަ އަނބިންނަށް ކިޔައިދޭނެ މީހަކު ނެތީތަ މި ގައުމުގަ. މާލޭ އަންހެނަކާ އިނދެގެން އުޅުނު މީހެއް މަށަކީ. އެއަންހެނާގެ ގޮތެއް ފޮތެއް ނެތުމުން މަޑުމަޑުން އެކަމުން ސަލާމަތް ވެވިއްޖެ ނަސީބަކުން. އަލްހަމްދު ލިއްލާހި. އެކަހަލަ ކިތައްއަންހެނުން އުޅޭނެބާއޭ. އަހަރެން ހިތައްއަރާ.

ބޮޑުމީހާ

20 May 2021

ތި އީސަތީ ގައުމަށް ހުރި ނުރައްކަލެއް! މީނަ ހަރުކަށި ފިކުރުގެ މީހަކަށް ނުވޭބާ! ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތްކުރުވާފަ މުސާރަ ނުދީ ހިއުމަންޓްރެފިކިންގެ އެތައް އަމަލެއް ހިންގާ! ރާއްޖޭގެ ވަޒީފާގެ ގާނޫނަށް ރިސޯޓް އޯނަރުން ބޭނުންވާ ގޮތަށް އިސްލާހު ހުށަހެޅީ މީނަ. މިހާރު ގެވެށި އަނިޔާވެސް ކުރަނީ...

އަހުމަދުއީސަ

20 May 2021

އިސްލާމްދީން ހުއްދަކުރޭ އެއްނޫންތަ ވިސްނާދޭން.އަސޫ އީސަ ރުޅިއަރުވާލީހެން ހާދަހީވޭ

ވިސްނަދޭން.

21 May 2021

އޭގެމާނައަކީ ޖަހާށޭތަ. އަންހިނެއްގެ ކަންކަށިމަތީގައި ޖެހުމަކީ އިސްލާމްދީނުގައި ޙަރާމްކަމެއް. ގަސްދުގައި ތިމާގެ ޛިންމާގެ ދަށުގައިވާ މީހެއްގެ ގައިގައި ޖެހުން ޙަރާމްވެގެންވޭ. އަނބިންނަށް އަނިޔާ ކުރާމީހުންގެ ގައިގައި ތަޢުޛީރުކޮށް ތެޅުން އޮތްގޮތަކީ. "ތިޔަބައިމީހުންގެ ތެރެއިން އެއްމެ ހެޔޮ މީހަކީ އަންހެނުންނަށް ހެޔޮ މީހާއެވެ" އޮންނަނީ. މިއީ ޙައްޤު ދީނަކީ.

އެމްސް

20 May 2021

އީސައާއި އެކު މަޖިލިހުގަ ދެން ތިބި އަނިޔާވެރިންވެސް އެތަނުން ބޭރުވާން ޖެހޭ، މަޖިލިހަކީ އަބުރުވެރި ތަނަކަށް ވާންޖެހޭ!

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454