ޚަބަރު / ރޭޕް

ރޭޕް ކޭސް: ގަދަ ބާރުން ދަމާ، އުފުލާލައިގެން ގެންދާ ވީޑިއޯއެއް

ްއަންހެން ކުއްޖާ ގަދަކަމުން ގެންދާ ވީޑިއޯ އިން ކެޕްޗާ ކޮށްފައިވާ ސްކްރީން ޝޮޓެއް

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، އެ އަންހެން މީހާ މަގުމަތިން ދަމާފައި ގޯޅިގަނޑެއްގެ ތެރެއަށް ވައްދަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް "މިހާރު" އަށް ލިބިއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މާފަންނު ލެމަން ގްރާސް ރެސްޓޯރަންޓް ހުންނަ މަގުގައި އެ ރޭ 8:20 ހާއިރެވެ. މިހާރަށް ލިބިފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ހާދިސާ ހިނގި ވަގުތު ލެމަން ގްރާސްއާ ޖެހިގެން ހުންނަ އީދު މިސްކިތުން ބޭރުގައި ގިނަ ބަޔަކު ސަފުތައް ހަދައިގެން ނަމާދަށް ތިއްބެވެ.

ދެން ފެންނަނީ ފިރިހެނަކު އެއް އަތުން ސިނގިރޭޓެއް ބޮމުން، އަނެއް އަތުން އަންހެން މީހާގެ އަތް ކޮނޑަށް އަރުވާ ލައިގެން ގަދަ ބާރުން ދަމާ ހަދާފައި ގެންދާ މަންޒަރެވެ. އަންހެން މީހާ ސަލާމަތް ވާން އަތް ދަމައިގަންނަން ވަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް ފިރިހެން މީހާ އިތުރަށް ދަމަމުން ގަދަ ބާރުން ކުރިޔަށް ހިނގަ އެވެ. އޭނާއާ އެކު އަންހެން މީހާގެ ފަހަތުގައި އިތުރު ފިރިހެނަކު ވެސް ހުއްޓެވެ.

ގޯޅިގަނޑާ އަރާ ހަމަވިތަނާ އަންހެން މީހާ ސަލާމަތް ވާން އަތް ފޮޅާލައި، ދަމައިގަތުމާ އެކު އޭނާ ބިންމައްޗަށް ވެއްޓެ އެވެ. އަންހެން މީހާ ވެއްޓުނީ ސައިކަލެއް ކައިރީ ހުއްޓިލައިގެން ވާހަކައިގައި ތިބި އެހެން ދެ ފިރިހެނެއްގެ ފައި ބުޑަށެވެ. ނަމަވެސް އެ ދެ މީހުން އެއްވެސް ކަމެއް ނުކޮށް ބަލަހައްޓައިގެން ތިއްބެވެ.

ދެން ފެންނަނީ ރޭޕް ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން، އަންހެން މީހާގެ ކޮނޑާއި ދެ ފައިގައި ހިފާ ބިން މަތިން އުފުލާލައިގެން ގޯޅިގަނޑަށް ވައްދާ މަންޒަރެވެ.

މި ހާދިސާ ހިނގި މަންޒަރު ދުށް މީހަކު "މިހާރު" އަށް ކިޔައިދިން ގޮތުގައި އަންހެން ކުއްޖާ ގޯޅިގަނޑަށް ވެއްދުމުން އޭނާ ސަލާމަތް ކުރަން އަވަސްވެ ގަތީ އެ ވަގުތު ނަމާދުން ފޭބި މީހުންނެވެ. މުސައްލަތައް ހިފައިގެން އެ މީހުން ގޯޅިގަނޑަށް ވަދެގަނެ، ވާނުވާ ބަލަން ފެށުމުން ދެތިން މިނެޓު ތެރޭގައި ދެ ފިރިހެނުންނާއި އަންހެން މީހާ ވެސް އެތަނުން ނިކުތެވެ.

މަގުމަތީ ގިނަ ބަޔަކު ތިއްބާ ގަދަކަމުން ގޯޅިގަނޑަކަށް ވައްދަން ދެ މީހަކު މަސައްކަތް ކުރިއިރު އަންހެން މީހާ ވަރަށް ބާރަށް ހަޅޭއްލަވަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.

"އެ ކުއްޖާ ވަރަށް ބާރަށް ހަޅޭއްލެވި. އެ ގެ އަށް ވެއްދި އިރު ވެސް ހަޅޭކުގެ އަޑު ނުކެނޑޭ،" އޭނާ ބުންޏެވެ.

ރޭޕްގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަރަހައްދުން އުމުރުން 18 އަހަރާއި 23 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފަ އެވެ. ބެލެވޭ ގޮތުގައި އެއީ މި ވީޑިއޯ އިން ފެންނަ ދެ މީހުންނެވެ.

57 ކޮމެންޓް, 144 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 9%
icon angry icon angry 87%
icon wow icon wow 1%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަހުރަބު އިއްބެ

23 April 2021

ޤައުމުގެ ޙާލަތު މިހާހިސާބަށް ދިޔައިމަ މިކަންކަން ބޮޑުކަމަކަށް ނުވޭބާ ؟ ކުއްލިއަކަށް މަޖިލީސް އެއްވާކަށް ނުޖެހޭބާ ؟ ޕޮލިސް އެމްއެންޑީއެފް ވެސް މިފަދަ ޙާލަތްތަކުގައި އެކްޓިވޭޓްވާންޖެހޭނެދޯ . ވަގުތުން ސީޕީއާއި ހޯމް މިނިސްޓަރާ ޖެންޑަރ މިނިސްޓަރާ ޗީފް އޮފް ޑިފެންސް ފޯސް އާ ޤައުމާ މުޚާތަބްކުރަން ޖެހޭނެ .މިފަދަ ކަންކަން ތިންބާރު އެއްވެގެންވެސް ހުއްޓުވާނެ ކަމަށް ފުރުސަތު ނުދޭނެކަމުގެ ޔަޤީންކަން ރައޔިތުންނަށް ދޭންވާނެ . މީ ދެކެން ބޭނުންވާ ބޮޑުމަންޒަރަކީ

The name is already taken The name is available. Register?

އާއިޝަތު

23 April 2021

ކުޅި ބަލަން ތިއްބަކަސް ނުވާނެ. ސައިކަލް ކައިރިއަށް ވެއްޓުމުން ބަލަން ނުތިބެ އެ އަންހެން ކުއްޖާ ސަލާމަތް ކުރިނަމަ ގޯޅިއަށް ނުވެއްދުނީސް.

The name is already taken The name is available. Register?

އަލީ ދީދީ

23 April 2021

ތިޔަކަން ކުރި ބަޔަކު ޖެހޭނީ މުޅި އުމުރު އެއްކޮށް ޖަލުގަ ބައިތިއްބަން. އެއީ އެހެން މީހުންގެ ރައްކަލައްޓަކައި، ބަޔަކު އެއްވެފަ އޮތް ތަނެއްގަ ތިވަރުކަމެއް ކުރަން ކެރޭނީ އިންސާނިއްޔަތުގެ އެއްވެސް ކަންފުޅެއް ނެތް މީހަކަށް.

The name is already taken The name is available. Register?

خادم

23 April 2021

فلا تحسبن الله غافلا عما يعمل الظالمون!!!!

The name is already taken The name is available. Register?

އަލީ ރަޟްވާން

22 April 2021

ފުލުހުންގެ ދޯހަޅި ކަމުންނޯ!؟! ބަލަ އެއީވެސް ހަމަ ދިވެހިންނޭ! މުޅި ގައުމުގަ ވައްކަންކުރުމާ، ޒިންމާ އަދާ ނުކުރުމާ، ޓެކުމާ، ފިތުނަ ފަސާދަ އުފައްދާ ކަންކަން އިންތިހާއައް! ފުލުހުންނަކީވެސް ހަމަ މިގައުމުގެ ދިވެހިން. ގައުމުގަ އޮތް އެއްޗެއް، އަށަގަންފަ ހުރި ނުރަނގަޅު ހުރިހާ ސިފައެއް ހުންނާނެ! މިއީ މިގައުމުގެ ފެންވަރު! ދިވެހިންގެ ދެ މީހަކު އެއްކޮން ސިންގަޕޫރައް ދިއައީއާ އެތަންވެސް ހަފުސް ކޮއްލާނެކަން ޔަގީން!

The name is already taken The name is available. Register?

ރޭޕިސްޓް

22 April 2021

ނުބައި މީހަކާ ނުޖެހިގެން އެ އުޅެނީ.

The name is already taken The name is available. Register?

ކޮއެފުޅު

22 April 2021

ރޭޕް މައްސަލަތަކުގައި ދޭންޖެހޭ ހައްގު އަދަބު ދޭނަމަ މިކަހަލަ މައްސަލަތަކެއް ދިމަލެއް ނުވާނެ

The name is already taken The name is available. Register?

ލަދުކުޑޭ

22 April 2021

ދެން ހަމަ ބައިބަޔަށް ކުޅިބަލަން އެތާތިބެފައި ފޮޓޯނަގައިގެން ސޯޝަލް މީޑިއާގައި މިވާހަކަ ދެއްކީމާ އެ ފަރުދީޒިންމާ އަދާކުރެވުނީދޯ؟ އިންސާނީ ޒިންމާވެސް ފުރިހަމަ ކުރެވުނީ؟

The name is already taken The name is available. Register?

ނަސީ

22 April 2021

އަބަދުވެސް ކުށައް އަރައިގަންނަމީހާ ސަލާމެތް ކުރެވޭތޯ ބަލާސަރުކާރެއް މަޖިލިސް އިން ނިކަން މިކަންކުރާމީހުން ސައިޒްކޮއްލަބަލަ ، އޭރުން ދޯ ބަރުލަމާނީ ރަގަޅުކަން ނުވަތަ ގޯސްކަންވެސް އިގޭނީ

The name is already taken The name is available. Register?

1828

22 April 2021

އިންސާފް ޤާއިމް ނުކުރެވުމަކީ ވެރިކަން ހިންގާ ނިޒާމާއި ގުޅިފައިވާކަމެއްނޫން. އެއީ އެއިރެއްގެ ވެރިކަމުގައި ތިބި ބައެއްގެ އިހްލާސްތެރިކަމާ ގުޅިގައިވާ ކަމެއް.

The name is already taken The name is available. Register?

ހުތްއާދަނު

22 April 2021

ފުލުހުން އެބަޖެހޭ ތިތާގައި ބަލަން ތިބިމީހުން އުފުރާލަން . ދަޢުވާކުރުން ނުކުރުން އެއީ އެހެން ކަމެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454