ޚަބަރު / ބ. އޭދަފުށި

ގަދަ ވަައިގައި އޭދަފުށިން އާދަޔާ ހިލާފު މަންޒަރެއް

ރުއް

23 ސެޕްޓެމްބަރ 2019 - 22:37

41 comments

މިއަދު އިރުއޮއްސުނު އިރު އަދި ގަދަ ވައިގައި ބ. އޭދަފުށިން އާދަޔާ ހިލާފު މަންޒަރެއް ފެނިއްޖެ އެވެ. އެ މަންޒަރު ވަނީ އެ ރަށުގައި ދިރިއުޅޭ 10 އަހަރުގެ ކުޑަ އަންހެންކުއްޖަކު ވީޑިއޯ ވެސް ކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަނީ ރުކެއްގެ ފަނެއް ވައިގެ ތެރޭގައި ހެލިލަހެލިލަ އޮއްވަ އެވެ. މިއީ މިނެޓެއްހާ އިރުގެ ވީޑިއޯއެއް ނަމަވެސް، އެ ފަން ގާތްގަނޑަކަށް ވިއްސަކަށް މިނެޓް ވަންދެން ވައިގެ ތެރޭގައި އޮތް ކަމަށް ވެ އެވެ.

ވީޑިއޯ ކުރި ކުޑަކުއްޖާގެ މަންމަ "މިހާރު" އަށް މިރޭ ބުނީ 6:10 ހާއިރު ގޭގެ ދެވަނަ ބުރީގެ ބެލްކަންޏަށް ނިކުތްއިރު ވައިގެ ތެރޭގައި ފަނެއް އޮތް މަންޒަރު އޭނާ އަށް ވެސް ފެނުނު ކަމަށާއި ވީޑިއޯ ކުރީ ދަރިފުޅު ކަމަށެވެ.

"އެ ފަން މޫވްކޮށްލަ މޫވްކޮށްލަ އޮތީ. އެހެން އޮވެފައި ތިރިވަމުން ތިރިވީ،" އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ފަން އެހެން އޮތް އިރު އާދަޔާހިލާފު ކަމެއް ކަމަށް އެ ވަގުތު ހީނުކުރާ ކަމަށާއި އެ ވަގުތު ވައި ވަރަށް ގަދަކަމުން އާދައިގެ ކަމެއް ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. ފަން އެހެން އޮވެފައި ކުއްލިއަކަށް ގެއެއްގެ މައްޗަށް ވެއްޓުނީ ކަމަށް ވެސް އޭނާ ބުންޏެވެ.

އެކަމަކު އެ މަންޒަރު އެ ރަށުގެ މާ ގިނަ ބަޔަކަށް ނުފެންނަ ކަމަށް ވެ އެވެ. ބައެއް މީހުން ބުނި ގޮތުގައި ވަރަށް ގަދައަށް އޭރު ވާރޭ ވެހޭތީ، ރަށުގައި މީހުން ބޭރަށް ނުކުމެއެއް ނޫޅެ އެވެ. އެހެންވެ މިކަމާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކާނެ ބަޔަކު ނުވި އެވެ.

މޫސުމީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ވައިގެ ތެރޭގައި އެފަދަ ގޮތަކަށް އެއްޗެއް ހިފެހެއްޓިފައި އޮތުމަކީ، އެކަށީގެންވާ ކަމެކެވެ. އަދި އެނބުރޭ ވައިގަނޑުތައް އެއްޗެއްގައި ޖެހިއްޖެ ނަމަ އެ އެއްޗެއް، އެ ވައިގަނޑުގެ ބާރުމިން ކެނޑެންދެން ވައިގެ ތެރޭގައި ހިފަހައްޓާލާ ކަމަށް އެ މީހުން ބުނެ އެވެ.

"އެކަމަކު އެއީ ވަރަށް ނުފެންނަ މަންޒަރެއް،" އެއް ބޭފުޅަކު ވިދާޅުވި އެވެ.

41 ކޮމެންޓް, 135 ރިއެކްޝަންސް

icon happy icon happy 64%
icon sad icon sad 25%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފގފގފގ

17 February 2020

އެ ފަން އޮތީ ކަންވާރެއްގަ އޮޅިފަ. އެ ރުއްކައިރީގައި އެވަގުތު އަޅުގަނޑު ހުރިން

The name is already taken The name is available. Register?

ޟނަސީރު

25 September 2019

ފަހުޒަމާނުގެ ޢަލާމާތެއް.

The name is already taken The name is available. Register?

އޭބީ

25 September 2019

މަޑި އަރުވާއިރު ބޭނުންކުރާފަދަ ރޮއްޖެއް ނުވަތަ ކަންވާރެއްފަދަ އެއްޗެއް ރުކުގަ އަދި ފަނުގަ އޮޅިގެން އެފަދަ މަންޒަރެއް ފެނުމަކީ ހަމަ ވެދާނެ ކަމެކެވެ.

The name is already taken The name is available. Register?

ނަސީދު

25 September 2019

ތީ އާނދައިގެ ކަމެެއް ކަމަކައް ބަލައި ގަނެވޭނެ ކަމެއް ނޫން

The name is already taken The name is available. Register?

ކަނީރު

24 September 2019

ވައިގައި އޮވެދާނެ. އެކަމަކު ސުވާލަކީ އެއްތަނެއްގައި އެއްވަރެއްގައި ހިފެހެއްޓިފައިއޮތުން. ގަދަވައިގައި ވަޔާއިއެކުދާނެ. އެނބުރޭ ރޯޅިއެއްގައި އެނބުރޭނެ. މި ފަހަރު މިގޮތަށް ހުއްޓިފައިއޮތަތީ ހީވަނީ ވީޑިއޯހަދާފައޭ އެއޮތީ. ނޫނީ އެފަނުގައި ކަންވާރު ފަށެއްޖަހާފައި ގުޑިއެއްހެން އަރުވާފަ ނުވަތަ އަރާފައި އެހެރީ. ހަގީގަތް އަދިޖެހޭނީ ހޯދާ ޔަގީންކުރަން. އެހެން ވެދާނެއޭ ވެސް ބުނެވިދާނެ އުނދަގުލުން.

The name is already taken The name is available. Register?

ބ

24 September 2019

އޭ ދަފުށީގައި ޖާދޫގަރުން އުޅެނީތާ

The name is already taken The name is available. Register?

ރަދީފް

24 September 2019

ސައިންޓިސްޓަކު އެއްޗެއް ބުނެފިއޭކިޔާފަ ޖާނަލްއެއްގެ ލިޔެފިނަމަ ހެއްކެއްނެތަސް އަހަރުމެންގެ ތެރެއިން ''ގިނަ ބަޔަކު'' ގަބޫލުކުރާނެ.ނަމަވެސް ކުޅަދުންވަންތަކަމުގެ ހެކި ލޮލުގެ ކުރިމަތިން ފެނުނީމަވެސް އެކިކަހަލަ ''ފަރިހި'' ކިޔައިގެން އެކަން އެއީ ނުވާ ކަމަކަށް / ނުވަތަ މުސްތަހީލްކަމެއްގެ ގޮތުގަ ކަނޑައަޅަން ''މަދު ބަޔަކު'' އުޅޭތީ ހައިރާންވޭ.ވ.ވެދުން

The name is already taken The name is available. Register?

ލޮލް ބުރޯ

24 September 2019

ބަލަ ކުޅަދުންވަންތަކަމުގެ ހެކިއެއް ކަމަށް ވަނީ ސައިންސުން އެހެންވާން ޖެހުނު ސަބަބު ނުބެލެޔެންޔާ އެކަނިތަ؟ވިލާގަނޑެއް އުޑުގަ ނުވެއްޓި އޮންނަ ޖެހޭ ސަބަބު ސުކޫލުގަ "ޑެންސިޓީ"ގެ ނަމުގަ ދަސްކުރިން، އެއިގެން މަށަށް އިނގުނު އެއްޗަކީ އެހާ ސިމްޕަލް ގުދުރަތީ "ގާނޫނަކުން" އެހާ ކޮމްޕްލެކްސް ކަންތައްތަކެއް ވާކަން އަދި އެހެން ނުވާ ނަމަ އަހަރުން މިވަގުތަކު ދިރިއެއްނުހުންނާނެކަން! އެއީ ކުޅަދުންވަންތަކަމުގެ ހެތްކެއް ނޫން ތަ؟

The name is already taken The name is available. Register?

ވޮމެލޫ ބުކާކޯ

24 September 2019

ބަލަގަ ރަދީފާ! މީ ބޭސިކު ސައިންސޭ!! އަހަރެމެން ގުޑި އަރުވަނީވެސް ހަމަ މި ގޮތަށޭ!! އެއްހަމައެއްގައި ވައި އެނބުރޭ ނަމަ، ވަޔަށް އުދުހޭ ވަރުގެ ލުއި އެއްޗެހި (މިސާލަކަށް ތި ފަންގަޑު) މައްޗަށް އަރާ އެއް މިނެއްގައި ހުންނަ ގޮތަށޭ ހުންނާނީ!! ފުއްޕާހަމެއް ފުއްޕާފައި މައްޗަށް އަރުވާފަ ވައި ޕަންޕަކުން އެއާ ދިމާލަށް ވައިޖަހާބަ! ވަކި ވަރަކަށް ޖެހީމަ ދެން އެނގޭނެ އެއްމިނެއްގައި ކަލޭ ވައި ޕަންޕު ކުރާނަމަ، އެއް ހަމައެއްގައި ވައިގެ ތެރޭ އެ އޮންނާނެކަން!!

The name is already taken The name is available. Register?

އަދުރެދީފް

24 September 2019

ރަދީފް މިދުވަސްކޮޅު ފުޓުބޯޅައިގެމަމޮޅުވެރިކަން މަޑުޖައްސާލާފަ ދީނީއިމާމަކަށްވީތޯ

The name is already taken The name is available. Register?

ޙިނި

24 September 2019

ޢުދުހޭ ފަން، މީ ކުޑަކުދިން ގެ ވާހަކަ އަކއް ކިޔަން ރަންގަޅު ނަމެ އް

The name is already taken The name is available. Register?

ޑިމޮކްރަޓިސްޓް، ރ.ވާދޫ

24 September 2019

މޮޔަ ވާހަކަ ނުދައްކާ. ހުސް ރުއް އޮތްތަނެއްގަ، ގަސްތައް ހުއްޓާ ތިނެން ވައި އެނބުރި އެނބުރި އެތައްއިރެއްވަންދެން ނޯންނާނެ. ވައްތަރީ ތި ފަނުފަ ކަންވާރެއް އެއްޗެއް އެއްސިފަ އަނެއްބައި ރުކުގަ ބަނދެވިފަ އިނީކަމަށް. ބާރު ވައި އައިމަ ތި އިންނާނީ އައްސާފަ އިންތަނަކާ ފެޔަށްޖެހިފަ. ވައި ހިނދުނީމަ ތި އޮންނާނީ އެލިފަ. މިހާރު ގޮސް ބަލާ ތިއިންގޮތް. އެއްޗެއް ފެންނަ އިރަށް ދިވެހިން ދެލޯ ބޮޑުވެގެން ފޭސްބުކުގަ ޝެއަރކުރީމަ މިޒަމާނުގަ ވަރަށް ހިނގާނެ

The name is already taken The name is available. Register?

ފައްލަ

24 September 2019

އަސްލު އޭގެ އެހެން ވީޑިއޯއެއް (ތަންކޮޅެއް ކައިރިން ނަގާފަ) އޭދަފުށިން ލިބިފަ އެބައިން. ފަނުގަ ކަންވާރުގަނޑެއް އަޅައިގެންފަ އިންތަން ފެނޭ. ދުރުންނަގާފަ އިން ވީޑިއޯއެއްވީމަ ފާހަގަ ނުކުރެވެނީ.

The name is already taken The name is available. Register?

ރާވެރިބެ

24 September 2019

ތި ފަން ތި އޮންނަ ގޮތުން ޤަބޫލުކުރެވެނީ ބަޔަކު ތިރިކުރިއްޔާ އޭ އޭ ތިރިވާނީ. ތި ކޮލެޓީ ގެ ވަޔެއް އަދި މިހާތަނަށް ދުނިޔެއަށް ޖެހިފައެއް ނުވޭ. ގަދަ ވައިގެ ތެރޭގައި ކޮންމެފަދައެއް ޗެއް ވެސް އަނބުރަމުން ނަގާފާނެ. ޢެކަމު މީ އެހެންވާކަމެއްނޫން. ދެން އެ ތިރިވާ މަންޒަރުވެސް އެ ކޮނެ ނެތޭ ނަގާފަވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454