14 ޖުލައި 2019 - 12:30
ރާއްޖޭގެ ސްކޫލުތަކުގައި ދޭތެރެ ދޭތެރެއިން ކުދިންގެ ހެޔަށް ގޮތްވެ، ވެއްޓޭ މައްސަލަ ކުރިމަތިވެ އެވެ. އެއީ ޖިންނީގެ ކަމެއް ނުވަތަ ސިހުރު، ފަންޑިތައިގެ ކަމަކަށް ބަލައި ފަރުވާދެ އެވެ. މި މައްސަލަ ބ. ތުޅާދޫ ސްކޫލުގައި އަނެއްކާ ވެސް މިވަނީ ކުރިމަތިވެފަ އެވެ.
އެ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދިހަ ވަރަކަށް ދަރިވަރުން ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިހާރު ވަނީ އެ ރަށް ގޮސްފަ އެވެ. މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން ވެސް އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވާ ކަމަށް ރަށު ކައުންސިލުން ބުނެ އެވެ.
Thulhaadhoo school kudhin heynethey massala balan Education ge team eh hingajje
The most trusted news source in the Maldives
Mihaaru
ތުޅާދޫ ސްކޫލް ކުދިން ވެއްޓޭ މައްސަލަ ބެލުން---
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވިގޮތުގައި އެކަން ހިނގާ ސަބަބާ ގުޅޭގޮތުން ވަކި އެއްޗެއް ވިދާޅުވާން އަދި ދައްޗެވެ. އެ ސަބަބު ބެލުމަށް ބެލެނިވެރިންނާއި ސްކޫލުގެ މެނޭޖްމަންޓާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ސްކޫލުގައި އާއްމު އުސޫލުން ކިޔަވައިދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެއީ ޖިންނީގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް އެއް ބަޔަކު ގަބޫލުކުރާއިރު އަނެއް ބަޔަކު ބުރަވަނީ އެއީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށެވެ.
ނަފްސާނީ އިލްމުވެރިޔާ ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވިގޮތުގައި ނަފްސާނީ މައްސަލައެއް ކަމަށްވާ "މާސް ހިސްޓީރިއާ"ގެ ސަބަބުން އެފަދަ ކަންކަން ދިމާވުން އެކަށީގެންވެ އެވެ. ނަމަވެސް ސީދާ އެއްޗެއް ވިދާޅުވާން އެނގިވަޑައިގަންނަވާނީ އެކަންކަން ބެލުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ރާއްޖޭގައި ހިނގާފައި ހުރި އެފަދަ ހާދިސާތަކަށް ބަލާއިރު މާސް ހިސްޓީރިއާ އަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ނާޒް ވިދާޅުވި އެވެ.
މާސް ހިސްޓީރިއާއަކީ އާންމުންގެ މެދުގައި ނުވަތަ މުޖްތަމައުގެ ތެރޭގައި ދެކެވޭ ވާހަކަތަކެއްގެ ސަބަބުން، އާންމުންގެ ތެރޭގައި ބިރު ފެތުރި، ހާސްކަން ބޮޑުވުމެވެ. ހިނގި ކަމެއް، ނުވަތަ ހިނގި ކަމަށް ގަބޫލުކުރެވޭ ކަމަކާ ހެދި ވެސް އާންމުންގެ ތެރޭގައި މި ގޮތަށް ބިރު ފެތުރިދާނެ އެވެ. އޭގެ ސަބަބުން ބިރުގަނެ، ހެޔަށް ގޮތްވުން ފަދަ ކަންކަން ކުރިމަތިވެ އެވެ. އަދި އެކަކަށް އެހެން ވާތަން ފެނުމުން އުފެދޭ ބިރުވެރި ކަމުގައި އެހެން މީހުންނަށް ވެސް އެގޮތް މެދުވެރިވެ އެވެ. މިސާލަކަށް ސްކޫލުގައި ކުއްޖަކު ވެއްޓޭއިރަށް އެއީ ޖިންނީގެ ސަބަބުން ވީ ކަމެކޭ ކިޔަން ފަށައިފިއްޔާ، އެކަމާ ބިރުން ދެން ހުންނަ ކުއްޖަކު ވެސް ވެއްޓިދާނެ އެވެ. މިއީ، ބައެއް ސްކޫލުތަކުގައި މީގެ ކުރިން ކަން ހިނގާފައިވާ ގޮތެވެ.
ތުޅާދޫ ސްކޫލް ގޭޓް: އެ ސްކޫލް ކުދިންތަކެއް ހެޔަށް ގޮތްވެ، ވެއްޓޭ މައްސަލަ ވަނީ ފެންމަތިވެފައި--
އެކަމަކު ތުޅާދޫގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންނަށް އެގޮތްގޮތް ވަނީ ޖިންނީންގެ ސަބަބުންނެވެ. ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެވެ. އަދި ކުދިންގެ އަމަލުތައް ވެސް ހުންނަނީ ޖިންނި މޮޔަވާ މީހުންގެ ހުންނަ ގޮތަށް ކަމަށާއި އެހެންވެ، އެއީ ސްކޫލުގެ ތެރެއިން ކުދިންނަށް ދިމާވާ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
"މި ކޭސްގަ ވަކިވަކި ކުދިންނާ ވާހަކަ ދައްކައިގެން އެވާގޮތެއް ބަލަން ޖެހޭ. އޭރުން ވާގޮތެއް ބުނަން އެނގޭނީ،" ނާޒް ވިދާޅުވި އެވެ.
ނަމަވެސް އެއީ ނަފްސާނީ ކަމެއް ކަމަށް އެރަށު މީހުން ގަބޫލު ނުކުރާ ކަމަށް ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވި އެވެ.
"ނަފްސާނީ މައްސަލައެކޭ ބުނެގެން ބައެއް ކުދިން ބޭސް ވެސް އެބަ ކައި. އެކަމަކު ރަނގަޅެއް ނުވޭ،" ކައުންސިލްގެ ޒާއިދު ވިދާޅުވި އެވެ.
ކުދިންނަށް ދިމާވާ އެ މައްސަލަ ހައްލު ކުރުމަށް މީގެ ކުރިން ވެސް ވަނީ އެ ސްކޫލުގެ ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާލާފަ އެވެ. އަދި މި ފަހަރު ވެސް ބެލެނިވެރިން އެދެނީ އެ ތަނުގައި ހުރި ގަހެއް ކަނޑާލައިދިނުމަށެވެ.
ހދ. މަކުނުދ އާއި ރާއްޖޭގެ އެހެން ބައެއް ރަށްރަށު ސްކޫލުތަކުގައި ވެސް ހަމަ އެ މައްސަލަ މީގެ ކުރިން ވަނީ ދިމާވެފަ އެވެ. އެކަން ހައްލު ކުރުމަށް ސްކޫލު ގޯތި ތެރޭގައި ހުންނަ ގަސް ކެނޑުމާއި ރުގުޔާ ކުރުން ފަދަ ކަންކަން ކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯޱު
16 July 2019
ތަނެއް ދޮރެއް ނޭނގުނަސް ފާޱުފާޱުގެ ކޮމެންުޓް ކޮށްފަ ބަހައްޓާތި!
އަހްމަދުކަލޯ
16 July 2019
ތިހާވަރަށް ހޯދުނު ކަން ވެސް ރަނގަޅު އެހެނީ ނަފްސާނީ ބަލި ޖެހިގެން ވެއްޓޭ ވާހަކަ ތާ އެމީހުން ވެސް ވޭތުވެދިޔަ 10 ވަރަކަށް އަހަރު އެކިޔަނީ... ސުކޫލު ކުދިންނޭ ވެއްޓެނީ ބެލެނިވެރިން ނެއްނޫނޭ ނުބުނިކަން ވެސް ރަނގަޅު ތާ
ސަޅި
15 July 2019
މިގައުމުގައި އެންމެ ރީތިކޮށް މާސް ހިސްޓީރިއާ ފެނުނީ އެންމެ ފަހުން ލީ ރިޔާސީ އިންތިޚާބުގެ ވޯޓު ދުވަހު. އެދުވަހުގެ ހިސްޓީރިއާގައި އެކަމު އެކަކުވެސް އަނބުރައިގަތްކަމެއް އެނގެން ނެތް.
މުޑަހަނދި
14 July 2019
އެއޮތީ މައްސަލަ ހޯދާފަ. ދެން މައްސަލައިގަ ހަދަންވީގޮތެއް ހޯދަން ދިރާސާކުރަން އަނެއް 5 އަހަރު. އޭރުން ދަރިވަރުން ސްކޫލުނިމިދާނެ.
ހަސަނު
14 July 2019
އަހަރުމެން ގިނަ ދިވެހިން އައިފޯނު ހިފާފަ ތިއްބަކަސް ވިސްނުމާ ފިކުރު ގިނަމީހުންގެ މި ހުންންނީ އެފްރިކާ ޓްރައިބެއްގެ ފެންވަރުގަ.. މިޒަމާނަށް ފިޓުވާން އަދި ނަގާނެ ލައްކަ ދުވަސް...
މަފް
14 July 2019
މިއެހާ ބޮޑުކަމެއްނޫން، އެމައްސަލަ ދިމާވާކުދިންނަށް ވިސްނައިދޭންވީ އެ ކުދިންނާ ޖިންނި އަވަލާފަ ނުވާކަމާއި އެކުދިންގެ މައްސަލައެއް ނެތްކަން. އެކުދިން އެ އުޅެނީ ނަފްސާނީ ބިރުވެރިކަމެއްގަ.
މަފް
15 July 2019
ނަފްސާނީ ބިރުވެރި ކަމެއްގެ ތެރޭގައި އުޅޭ ކުދިންނަށް އެތައް އަހަރެއް ކުރީގައި ކަންކަން ހިނގާފައިވާ ގޮތް އެނގޭތަ؟؟ އަމިއްލަ ދަރިއަކަށް ކަމެއްވީމަ އިހުސާސް ވާނެ..
ހާސަރު
14 July 2019
ޖިންނި މޮޔަވަނީ ޅަސިކުނޑިތަކަށް އެޒާތު ވާހަކަ ވައްދާތީ ، އެއީ ހަމަ ނަފްސާނީ ކަމެއް . ޖިންނި ވެސް އުޅޭނެ އެކަމަކު ސްކޫލް ތަކުގައި ގަސްތަކުގައި ދޫނިބައިގަނޑެއްހެންތިބެ އަންހެން ކުދިންނަށް ގޯނާއެއް ނުކުރާނެ.
ޒުހުދާ
14 July 2019
ސުލަިމާންގެ ފާނުގެ ޒަމާނުގެ އިލްމުވެރިއްބާ؟
ކުޅުދުއްފުށީ ބޭގަނޑު
14 July 2019
މިއީ ނަފްސާނީ ކަމެއް ނޫން ކަމަށް ގަބޫލު ކުރާ ކުދިންނަށް ބޭސް ދީ އަދި މިއީ ނަފްސާނީ ކަމެއް ކަމަށް ވިސްނައިދޭން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ، މިއީ ހަމައެކަނި ގަބޫލު ކުރާ ގޮތުގެ ސަބަބުން ވާ ކަމެއް ވިއްޔާ ދީނުން ސާބިތުވާ ދުއާ ތަކާ ކުރުސި ކިޔައިގެން ހިތްހަމަ ޖެހިގެން ހުރީމައި މިމައްސަލަ ހައްލުވާނެ ކޮންމެސް އެއްކޮޅެއްގައި ޖެހި މައްސަލަ ހައްލުވާނެ އޭރުން.
ކަތީބު3
14 July 2019
ދެން ތިތާ 10 ރޭ ވަންދެން ޔާސީން ކިޔަވަން ވީނު
ޖިންނި
14 July 2019
މިނިސްޓްރީ ޓީމު ދިޔައިރު ކަންކަމުގެ މާހިރުން ގެންދެވިބާ؟