ތުޅާދޫ ސްކޫލު މަތިން ނަގާފައިވާ ފޮޓޯއެއް-- ފޮޓޯ: އޭދަފުށީޓައިމްސް
13 ޖުލައި 2019 - 12:49
ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލު ތެރޭގައި ހޭނެތި، ހަށިގަނޑަށް ބާރުގަނޑެއް އަރައި ގޮތްތަކެއް ވާތީ އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް މިއަދު އެ ރަށަށް ހިނގައްޖެ އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް ޒާއިދު ރަޝީދު ވިދާޅުވި ގޮތުގައި މީގެ 19 އަހަރު ކުރިއްސުރެ އެ ރަށު ސްކޫލުގެ ދަރިވަރުންނަށް އެ މައްސަލަ ކުރިމަތިވެ އެވެ. އަދި އެޑިއުކޭޝަނުގެ އެހީތެރިކަމަށް އެދުނީ އެ މައްސަލައަށް އެ މިނިސްޓްރީގެ ސަމާލުކަން ނުލިބޭ ކަމަށް ބުނެ ބެލެނިވެރިން ނިކުމެ މިދިޔަ ބުރާސްފަތި ދުވަހު ސްކޫލު ބަންދުކޮށް، އެކަމާ ގުޅޭގޮތުން ޕެޓިޝަނެއް ތައްޔާރުކުރުމުން ކަމަށް ކައުންސިލުން ބުންޏެވެ.
ތުޅާދޫގެ ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ދަރިވަރުންނަށް ޖިންނީންގެ އުނދަގޫ ފޯރަނީ އެވެ. އަދި ކުދިންގެ އަމަލުތައް ވެސް ހުންނަނީ ޖިންނި މޮޔަވާ މީހުންގެ ހުންނަ ގޮތަށް ކަމަށާއި އެހެންވެ، އެއީ ސްކޫލުގެ ތެރެއިން ކުދިންނަށް ދިމާވާ ކަމެއް ކަމަށް އެ މީހުން ދެކެ އެވެ.
މި މައްސަލަ ބޮޑުވެގެން މީގެ ކުރިން ވެސް ވަނީ ސްކޫލުގެ ގޯތި ތެރޭގައި ހުރި ގަހެއް ކަނޑާލާފަ އެވެ. އަދި މި ފަހަރު ވެސް ބެލެނިވެރިން އެދެނީ އެ ތަނުގައި ހުރި ގަހެއް ކަނޑާލުމުގެ ހުއްދަ ދިނުމަށެވެ. އެކަމަކު ކައުންސިލުން ބުނީ ގަސް ކަނޑާލުމުގެ ބަދަލުގައި އެކަމަށް އެހެން ހައްލެއް ހޯދައި ދިނަސް ބެލެނިވެރިން ގަބޫލު ކުރާނެ ކަމަށެވެ.
"ބެލެނިވެރިން ގޮވާލަނީ ހަމައެކަނި ގަސް ކަނޑާލުމަކަށް ނޫން. ކަމާ ބެހޭ ފަރާތްތަކުން ސްކޫލަށް ވަޑައިގެން، އެކަންކަން ބެލުމަށް ފަހު ހައްލެއް ހޯދައިދިނުމަށް،" ޒާއިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަރިވަރުންނަށް ދިމާވަނީ ނަފްސާނީ މައްސަލައެއް ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެކަން ގަބޫލު ނުކުރައްވާ ކަމަށެވެ.
"ނަފްސާނީ މައްސަލައެކޭ ބުނެގެން ބައެއް ކުދިން ބޭސް ވެސް އެބަ ކައި. އެކަމަކު ރަނގަޅެއް ނުވޭ،" ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މިހާރު މި މައްސަލަ ކުރިމަތިވަނީ ސްކޫލުގެ މަތީ ގްރޭޑްތަކުގައި ކިޔަވާ ދިހަ ވަރަކަށް ކުދިންނަށެވެ. އެކަމަކު މީގެ ކުރިން އެކި ދުވަސްވަރު ގިނަ އަދަދެއްގެ ކުދިންނަށް މި މައްސަލަ ދިމާވި ކަމަށް ބެލެނިވެރިން ބުނެ އެވެ.
ޖިންނި މޮޔަވާ ކަމަށް ބުނެ މީގެ ކުރިން ހދ. މަކުނުދޫ ސްކޫލުގައި ހުރި ގަހެއް ވެސް މީގެ ކުރިން ކަނޑާލި އެވެ. އަދި ބައެއް ދަރިވަރުންނަށް ރުގުޔާކޮށް ހެދި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔާމީނު
14 July 2019
ރުޣްޔާކުރާ ރަނގަޅު ދެތިން މީހުން ގެންގޮސް ރުޣްޔާކުރަންވީ، އޭރުން ތިކަމުގެ އެންމެ ރަނގަޅު ހައްލުފެންނާނީ... އޭރުން ގަހުގެ މައްސަލައެއް ހުރިނަމަ އެނގޭނެ، މީ އަޅުގަނޑުގެ ޙިޔާލު
އަބްދުލް ގައްޔޫމް
14 July 2019
ބަރާބަރު ވާހަކައެއް
އެކަމު
14 July 2019
ދާއިރާގެ މެމްބަރު ތިޔަ ކަހަލަ ކަންކަމާ ވަރަށް ދެކޮޅުވާނެ މިކަމުގައި އަދި އެއްޗެއް ނުބުންޏަސް.
ބައުކަލޯ
14 July 2019
ގަބޫލު ކުރަން ދައްޗަސް ނުދައްޗަސް، އަސްލު މައްސަލަ އަކީ "ސިހުރު"! އަސްލު ނައްތާނުލާހާ ހިދަކު ތިޔަމައްސަލަ ހައްލު ނުވާނެ. ބައެއްފަރާތްތައް ވަނީ މިއަސްލަށް ޣާފިލުވެފައި! ވަރަށް ދެރަ!
އަބްދުއްالله
14 July 2019
ހެނދުނާއި ހަވީރު، ގޮއްލަރު ބަނދިން "ދާފޮދާ ފޮއް" ވީ ހިސާބަށް ކިޔަވާފަ، ކުކުޅެއް ކަތިލާ ކަނޑަށް ލޭ ދެއްކީމަ ތިޔަ ކަން ހުއްޓިދާނެ.
ހަސަނު
14 July 2019
އެޑިއުކޭޝަނުން އެބަ ބަލަން ޖެހޭ ތައުމު ކިހިނެއް ދެވިގެންތޯ އެރަށު މީހުންގެ ވިސްނުމާ ހިޔަލާތު މި ފެންވަރަށް ގޮސްފާ މިހިރީ...
ބުރޮ
14 July 2019
ސިހުރު
މަ މިއު މަ
14 July 2019
ގަސް މަތި މި ވަނީ ކީއްވެތަ؟ މިކަހަލަ ކަމެއް ވެދާނެ ސިހުރަކާ ހެދިވެސް، ފުރުސަތުވެސް ބޮޑު. ދަރިވަރުންނަށް ސިހުރު ހެދުމަކީ ހަމަ ގިނައިން ކުރާ ކަމެއް، ސިހުރުވެރިން އައިޑެންޓިގައި ކޮށްފަ ބްލެކްލިސްޓު ކުރަންވީ، އަދި ހައްޔަރު ވެސް ކުރަންވީ. ސިހުރަކީ ރާއްޖެގައި ބޮޑުވެފައިއޮތް ވަބާއެއް، އެކަން ހުއްޓުވަން އެބަޖެހޭ.
އެންމެ މޮޅުމީހާ!
14 July 2019
މިތާ ކޮމެންޓް ކޮށްފައިމިވާ ހުރިހައިމީހުން އެއްޓީމެއްގެ ގޮތުގައި އަވަހަށް ފޮނުވަންވީ އޭރުން މޮޔަަަވާހުރިހައި ކުދިން މިޓީމު ފެނުނީމާ ބިރުން ފިލައިފާނެ އެހިސާބުން ރަނގަޅުވީ!
ޑާޔަން
14 July 2019
ކީއްކުރަން އެޑިއުކޭޝަންގެ ޓީމެއް ރުގުޔާ ޓިމެންނު ދާންވީ ނޫނީ ހިޖާމާޓީމެންނު ދާންވީ ނޫނީ ޖިންނިމަރާ އަލިދީދީގެ ޓިމެންނު ފޮނުވަންވީ
ޖިންނީ
14 July 2019
ގޮބާތަ މިގައުމުގައި އުޅުނުހާ ހަންޑިތަކާ ކުޑަފޫޅުތަކާ؟
ޙާޖީ
14 July 2019
ކީއްވެ ތިކަން މާބޮޑުކަމަކައް ހަދައިގެން ތިއުޅެނީ ޖިންނި އަވަލިޔަނުދޭން ކިޔަން ހުންނަ ސޫރަތްތަކާ އެއްޗެތި ކީމާ އެނިމުނީންނު