ޚަބަރު / ދިރާސީ އާ އަހަރު

އެކަޑަމިކް ކަލަންޑަރަށް ބަދަލެއް؛ ބޮޑު ޗުއްޓީ ރޯދަމަހަށް

ސްކޫލް ޗުއްޓީގައި 2021 ވަނަ އަހަރު ބަޔަކު މާލޭން ރަށަކަށް ފުރަން ލޯންޗަށް އަރަނީ: އަންނަ ދިރާސީ އަހަރު ސްކޫލް ބޮޑު ޗުއްޓީ ދިމާވަނީ ރޯދަމަހާ. -- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

އަންނަ މަހު 26 ގައި ފަށާ 2024ގެ ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަހަރު މާޗުގައި ނިމޭ ގޮތަށް އަދި ބޮޑު ޗުއްޓީ ރޯދަ މަހާ ދިމާވާ ގޮތަށް ދިރާސީ އަހަރުގެ ކަލަންޑަރު ހަދައިފި އެވެ.

މިނިސްޓްރީން ފުރަތަމަ އާންމުކުރި ޑްރާފްޓް އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. ޓީޗަރުން ސްކޫލަށް ނުކުންނަން ފަށަން ޖެހޭ ދުވަސް ކަމަށް އޭގައި ވަނީ މާޗް 5 އެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ.

ނަމަވެސް މިއަދު މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި "ފައިނަލް" ކަލަންޑަރުގައިވާ ގޮތުން އަންނަ މަހު ފަށާ ދިރާސީ އަހަރުގެ ފުުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26 ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

އޮކްޓޫބަރު 6 ގައި ދެވަނަ ޓާމުގެ ކިޔެވުން ފަށައި އެ ޓާމުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާޗް 6 ގަ އެވެ. މާޗް 9 އިން އޭޕްރީލް 3 އަށް އެއީ ބޮޑު ޗުއްޓީ ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. ބޮޑު ޗުއްޓީ ނިންމައި 2025 ވަނަ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޭޕްރީލް 6 ގަ އެވެ. ޓީޗަރުން ނުކުންނަން ޖެހޭ ދުވަސް ކަމަށް އޮތީ އޭޕްރީލް 3 އެވެ.

އަންނަ އަހަރުގެ ރަމަޟާން މަސް ފެށޭ ދުވަސް ކަމަށް ކަލަންޑަރުގައި އޮތީ ފެބްރުއަރީ 28 އެވެ. އަންނަ އަހަރުގެ ވެސް ރޯދަ މަހުގެ ފަހު 10 ބަންދުވާ ގޮތަށް އޮތް އިރު ދަރިވަރުންނަށް ބޮޑު ޗުއްޓީ ދީފައި ވަނީ ވެސް އެ ދުވަސްތައް ބޮޑު ޗުއްޓީއަށް ވަންނަ ގޮތަށެވެ. އެއީ މާޗް 21 އިން އޭޕްރީލް 2 އަށެވެ.

ދިރާސީ އާ އަހަރު ފެށުން، ކުރިން އޮތް ގޮތަށް 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީއަށް ބަދަލު ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. އެކަމަކު، ކޮވިޑުގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން ސަރުކާރުން 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު ފެށުން ވަނީ އޮގަސްޓު މަހަށް ބަދަލުކޮށްފަ އެވެ.

މި ބަދަލު ގެނައީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހުގަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މި ނިންމުމަށް ގިނަ ބަޔަކު ހިތްހަމައެއް ނުޖެހެ އެވެ. ދިރާސީ އަހަރު ޖެނުއަރީގައި ފަށާ ގޮތަށް ބަދަލު ކުރުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

71 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 3%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 32%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހައްމަދު

30 April 2024

އަންނަ އަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ކަލަންޑަރުގަ އޮތީ 01 މާރޗް 2025 ގައި.

The name is already taken The name is available. Register?

ސަލާމްބެ

30 April 2024

ޗުއްޓީގެ މާނައަކީ ހަމައެކަނި މަޖާނެގުމެއް ނޫން! އަހަރެމެންނަކީ، މުސްލިމުން ކަމަށްވީއިރު، ކަންކަން ރާވާއިރު، ދީނީ ކަންކަން އަދާކުރުމަށް އޮންނަ ފުރުސަތު ބޮޑުކޮށް ތަނަވަސް ކުރުމަށް ސިޔާސަތުގެ ތެރެއިން އިސްކަން ދިނުމަކީ އުފާކުރާ ކަމެއް! ތިޔަ ނިންމި ނިންމުމަށް ޝުކުރިއްޔާ! އަދި މެންދުރުފަހުގެ ޝެސަން ރާވާއިރު، ޖަމާޢަތުގައި ނަމާދު ކުރެވޭނެ އިންތިޒާމްވުމަކީ ހާދައުފާވާނެ ކަމެކޭ!

The name is already taken The name is available. Register?

ކަށިމަތި

30 April 2024

ރާއްޖޭގެ ދުވަސްވީ ހުރިޔާ އާދަކާދަތައް މޑޕ ވެރިކަމުގަ ވަނީ އުވާލާފަ.. ޝުކުރު ކުރަން ރާއްޖެ ބީޖޭޕީ ވައިބާރ ގުރޫޕުން މިންޖުވީމަ.

The name is already taken The name is available. Register?

ގެލެކްސް

30 April 2024

ބަދަލު ކުރަން ފެނޭ ! ކިހިނެއް ކުދިން މަޖާކުރާނީ ރޯދައަށް ހުރެ!އަދި ދަތުރު ދާނީ ވެސް ! ކިހާ ވަރުބަލި ވާނެ އެކުދިން.

The name is already taken The name is available. Register?

އެލެކުު

30 April 2024

ބަލަގަ ރޯއްދަ އަށް ހުންނަނީ ދަތުރުގޮސް މަޖާކުރާކަށް ނޫންދޯ.. ގި

The name is already taken The name is available. Register?

الوان

30 April 2024

ބަލަ މުސްލިމުން ރޯދައަށް ތިބެ ބޮޑެތި ބޮޑެތި ހަނގުރާމަތައްވެސް ކޮށްފައިވޭ. އޭރު އުމުރުން އަށާރަ އަހަރު ނުވާ ކުދިން ވެސް އެ ހަނގުރާމަ ތަކުގައި ޖޯޝާއި ފޯރީގައި އުޅުއްވާފައިވާކަން އިސްލާމީ ތާރީޚް އަޑުއަހާ މީހަކަށް އެނގޭނެ. މިޒަމާނުގަ މިތިބީ ކޮންކަހަލަ މުސްލިމުންނެއް؟ ކައިކައިގެން ގައިގަ ސަރުބީޖަހާ ފޮފަލިވެފަ ހިނގައި ނުގަނެވިފަ ތިބެނީ. މުސްލިމުންނޭ ކިޔަންވެސް ލަދުގަންނަންޖެހޭ.

The name is already taken The name is available. Register?

އަލިހާޖީ

30 April 2024

ޓޫރިޒަމްގެ ގިނަ ބައެއްގެ އެދުމުގެ މަތިންނޭ؟ ތިކަމަށް ހެދި ދިރާސާގަ %70 މީހުން ނޫނެކޭ ބުނެފަ އޮތީ. ދެން ކޮން ގިނަބައެއްގެ އެދުމެކޭ ކިޔާކަށް؟ އިންޑިއާ ކަލަންޑަރާ ދިމާ ކުރަން ކުރީގެ ޗީފް މިނިސްޓަރު ސާލިހު ކުރި ކަމެއްތި.

The name is already taken The name is available. Register?

މާޝިތާ

30 April 2024

ދެން ޗުއްޓީގަ މަންމަމެން ކައިރިޔަށް ދާނީ. ރޯދަޔަށް. ދަރިން ގޮވައިގެން. ނިކަން އުފާވެއްޖެ.

The name is already taken The name is available. Register?

ރިޝްތާ

30 April 2024

އަހަރުމެން ދަރިންގޮވައިގެން ޑޮކްޓަރަށް ދައްކަން މާލެގޮސް ކުލީ ކޮޓަރި ނަގައިގެން ތިބޭނީ ރޯދަމަހު. އުފަލުގެ މިންވަރު ބުނެދޭންވެސް ނޭނގޭ

The name is already taken The name is available. Register?

މުހައްމަދު އާކިފް

30 April 2024

ތަންކޮޅެއް ފުންކޮށް ވިސްނާލާ އިރު ރޯދަ މަސް ކަހަލަ ބިޒީ މަހެއްގަ މީގެ ސަބަބުން ޓްރެފިކަށްވެސް ބޮޑު ލުޔެއް އަންނާނެ. ތަޖުރިބާގެ އަލީގަ މިބުނީ. ސްކޫލްތައް ހުޅުވާއިރު ވަރަށް ބިޒީ މަގުތައް

The name is already taken The name is available. Register?

އައްބާސް އާދިލް

30 April 2024

ހެޔޮ ބަދަލެއް ތި ހެދީ. ދެން ނުޖެހޭނެ ރޯދަމަހު ވަރުބަލިވެގެން ދަރިވަރުންވެސް ޕޭރެންޓުންވެސް އުޅޭކަށް. ހޫނު ގަދައިރު.

The name is already taken The name is available. Register?

މިމްހާދް

30 April 2024

ކުރިންވެސް އިންގޮތައް ބޮޑު ޗުއްޓީ ޑިސެމްބަރަށް ހަދާފަ ބައިންދަންވީ.

The name is already taken The name is available. Register?

‫ހަސަންބޭ

02 May 2024

ރ‫ަމަޟާން މަހަށް ބޮޑު ޗުއްޓީ ސަޅި

The name is already taken The name is available. Register?

މުއްތަސިމް

30 April 2024

އިބޫގެ ސަރުކާރުން އެކަޑެމިކް ކަލެންޑަރ ބަދަލްކުރީ އެއްވެސް އުސޫލެއް ނެތި. ދިރާސާއެއް ނުކޮށް. އަދި ކިރޔާ ރަނގަޅު ނިންމުމެއް މި ނިންމީ

The name is already taken The name is available. Register?

ބުއްތަށި

30 April 2024

ދެން އިބޫ ގައިން ނެއްޓެންވެއްޖެނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454