ޚަބަރު / ފުރައްސާރަކުރުން

ޒަމްޒަމް ފާރިޝް ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ބުނާ މައްސަލައެއް ބަލަނީ

ޒަމްޒަމް ފާރިޝް: ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކޮށް، މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައި

އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޒަމްޒަމް ފާރިޝް، އެ ސްކޫލްގެ ދަރިވަރުންތަކަކަށް ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީން ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި ކަމުގައި ރަސްމީ އެއްވެސް އިދާރާއެއްގެ ބަހެއް އަދި ނުލިބެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ރިޕޯޓް ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ކުރީގެ ސަރުކާރުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވެ، މިހާރުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުގެ ސަމާލުކަމަށް އެ މައްސަލަ ގެނައީ އޭގެ ތިން ދުވަސް ފަހުން މި މަހުގެ 19 ގަ އެވެ.

އެ މައްސަލަ ބަލަމުން އަންނައިރު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް ވަނީ ވަކި ހިސާބަކުން އަރަބިއްޔާ ސްކޫލުން ވަކިވާން ނިންމައިފަ އެވެ. އެކަމަކު، ސަބަބެއް ސާފެއް ނުވެ އެވެ.

އެ ކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، ސްކޫލާއި ކުދިންގެ ކަރާމާތަށް ގެއްލުން ނުވާ ގޮތަށް އެފަދަ މައްސަލަތަކުގައި އެ މިނިސްޓްރީން ފިޔަވަޅު އަޅާ ކަމަށެވެ. ތުހުމަތު ރައްދުވާ ޓީޗަރު ސަސްޕެންޑް ނުކޮށް ވެސް ބައެއް މައްސަލަތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި ޖިނާއީ މައްސަލައެއް އޮތިއްޔާ އެ މައްސަލަ ޕޮލިހުން ބަލައި ފިޔަވަޅު އަޅާނެ. އެ ޔަގީންކަން އަޅުގަނޑުމެންގެ އެބައޮތް،" އޮފިޝަލް ވިދާޅުވި އެވެ.

"މިހާރު" އަށް ޔަގީންވާ ގޮތުގައި މި މަހުގެ ކުރީކޮޅު ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގު އަންނަނީ ހިންގަމުންނެވެ. ބައެއް ދަރިވަރުންގެ ބަޔާންތައް ނަގާފައިވާއިރު، ޒަމްޒަމް ފާރިޝް އަށް އެ ދަރިވަރުން ވަނީ ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ޒަމްޒަމް ފާރިޝް އަށް ތުހުމަތު ކުރަނީ އަންހެން ދަރިވަރުންނަށް އެކި ކަހަލަ ޖިންސީ ފުރައްސާރައަށްވާ ގޮތަށް އެކި ވާހަކަތައް ދައްކައި ގުޅުން ބަދަހިކުރަން އެކި ގޮތްގޮތުން މުއާމަލާތްކުރުމުގެ ތުހުމަތެވެ.

ބައެއް ފިރިހެން ކުދިންނަށް ފުރައްސާރަކޮށްފައިވާ ކަމުގެ ތުހުމަތު ވެސް ޒަމްޒަމް ފާރިޝް އަށް ކުރެ އެވެ.

ފުރާއްސާރައާ ކުރިމަތިވި ބައެއް ދަރިވަރުން ވަނީ ސްކޫލްގެ ޓީޗަރުންނާ ވެސް އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. ސްކޫލްގެ ސަމާލުކަމަށް އެކަން އައީ އެ ހިސާބުން ކަމާއި އެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އަށް ހުށަހެޅުމުން، އެ މިނިސްޓްރީން ޖެންޑާ މިނިސްޓްރީއާ ގުޅިގެން މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހެޅީ ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

މިކަމާ ގުޅިގެން ޒަމްޒަމް ފާރިޝްގެ ބަހެއް ހޯދުމަށް އޭނާ އަށް ފޯނަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

ޒަމްޒަމް ފާރިޝް އަކީ މިދިޔަ ސަރުކާރުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަކަށް ގޮންޖަހައި ފާޑުކިޔުމުގެ ސަބަބުން ވަޒީފާ އިން ސަސްޕެންޑް ވެސް ކުރި ޓީޗަރެކެވެ. އެކަމަކު، މިދިޔަ އަހަރުގެ ތެރޭގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ވަނީ އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައިފަ އެވެ.

އޭނާ ސަސްޕެންޑް ކުރުމުގެ ކުރިން ވެސް އެ ބާވަތުގެ ކަންކަމުގައި ހާޒިރުކޮށް، އިރުޝާދުދީ ނަސޭހަތްތެރިވެފައިވާ ކަމަށް ވެސް އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވެ އެވެ.

53 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 19%
icon angry icon angry 63%
icon wow icon wow 8%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔު މް ނާ. ހ

05 December 2023

މީިހުންގެ އަބުރު ކަތިލަން ބިރުވެތިވޭ

The name is already taken The name is available. Register?

ޑެރަ

01 December 2023

ކޮބާ އެއްކަލަ ކުދިންގެ ހައްޣުގަ މުޒާހަރާ ކުރާ އަރަބިއްޔާ ޕީޓީއޭގެ ރައީސް އާ ބެލެނިވެރިން. މަށަށް މިކަން މާމުހިއްމު. މީހުން އެކިޔަނީ ތެދެއް ކަން މިހާރު މި ޔަޤީންވަނީ

The name is already taken The name is available. Register?

ބެލެނެވެރިޔެއް

02 December 2023

އެމީހުން މުޒާހަރަ ކުރަނީ އެމީހުންގެ އަމިއްލަ ބޭނުމަށް، ބެނުން ކޮންމެ ގަޑި އެއްގައި ސުކޫލު ތެރެއިން ކުދިންގެ ހައްޤުގަ އެއް ކުދިން ގެ ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަކަށް އެމީހުން މިވީހާ ހިސާބަށް ނޮއޮންނާނެ މަސައްކަތެއް ކޮށްފަ އެއީ އަސްލު އަރަބިއްޔާގެ ހަލާކު،،

The name is already taken The name is available. Register?

މަގޭ ހިޔާލު

01 December 2023

ކިޔަވާ ކުޑަކުއްޖާ ޖާރިޔާއެއް ކަމަށް ހީކުރެވުނީ ތޯއްޗެއް

The name is already taken The name is available. Register?

ށަމް

01 December 2023

މިއީ މިހާރު މީހަކު ހަލާކުކޮށްލަންޏާ ބޭނުންކުރާ ހަތިޔާރެއް ހާއްސަކޮށް ޖިންސީ ފުރައްސާރަ އެވެސް ފިތިހެނަކު ހަލާކުރަން މިވެރިން ގެންގުޅެ އުކުތައް ހެއްކެއް ގަރީނާއެއްނެތަސް ސާބިތު ހެކި ހުންނަންވާނެ ބުންޏޭ ބުންޏޭ މިކިޔަނީ

The name is already taken The name is available. Register?

ބޮންއެކުވާފުޅި

01 December 2023

މަ ދެން ކީކޭ ބުނާނީ؟

The name is already taken The name is available. Register?

ހަސަނު32213334

01 December 2023

ކޮމެންޓު ކޮއްފައި ހުރިމީހުންނައް ސާބަސް ، ، މީހެއްގެ އަބުރު ނުކަތިލެވޭނެ ހަމަ ހުރެފައެއް ، ކޮންމެވެސް ކަންތައްތަކެއް ހިގައިގެން މިހިސާބައް ދާނީ ނޫނީ ހުރިހާ ޓީޗަރުންނާމެދު ވެސް އަބުރު ކަތިލަން ވީ .. އަމިއްލަ ދަރިއަކާމެދު ޖިންސީ ފުރައްސާރަ ކޮއްފައި ހުރި ނަމަ މިއަދު މިމީހާ ދިފާއުކޮއްފައި ވާހަކަ ނުދައްކާނެ ! ރަގަޅީ އިންސާފުވެރި ގޮތައް މިކަންތައް ބަލާފައި ފިޔަވަޅު އެޅުން !

The name is already taken The name is available. Register?

އަޒްހަދު

01 December 2023

މީހެއްގެ އަބުރަށް ގެއްލުން ވާފަދަ ވާހަކައެއް ހެއްކަކާއި ނުލައި ފެތުރުން ހުއްޓާލުން އެދެން.

The name is already taken The name is available. Register?

ާައަމީ

01 December 2023

ޒަމް ޒަމް ފާރިޝް އަކީ އެންމެ ގިނައިން މީހުންގެ އަބުރު ކަތިލަމުން ދުވާ މީހާ ، މީނާ ވެސް ހެކި ސާބިތު ނުވާ ކިތައް ވާހަކަ ފަތުރާފަ އެބަހުރި .

The name is already taken The name is available. Register?

ެިެިބިރަހިމާ

01 December 2023

ތިޔަކަން އޮންނާނީ ޝޭހުންނަށް އެކަނި ތޯ؟

The name is already taken The name is available. Register?

ނަމަށްވެސްހުތުރު

01 December 2023

އިހަށް ތިހެން. ބުނަންވީ ތިޔަ ޒަމުޒަމެއް ގާތު. ނަމަށް. ވެސް ހުތުރޭ

The name is already taken The name is available. Register?

މަޙަލްް ރާނީ

01 December 2023

އެއީ އަގުވައްޓާލަން ވެގެން ސިޔާސީ ފިކުރުން ކޮށްގެން އުޅޭކަމެއް ކަމަށް ބެލެވޭނީ. އަބުރު ކަތިލަން ކުރާ ކަންކަން.

The name is already taken The name is available. Register?

އަޅި އަލީ

01 December 2023

ސިޔަސީ މީހުންނާއި ދީނީ މީހުން މިކަހަލަ ކަންކަމެއް ނުނުރާނެ ދެއްތޯ! އެބޭފުޅުންނަކީ އެއަށް ވުރެ މައުސޫމް ބޭފުޅުން!

The name is already taken The name is available. Register?

ގަސްގަސް

01 December 2023

ހިޔެއް ނުވޭ... ރަގަޅު ނަސޭހަތެއް ދިނަސް ފުރައްސާރަ އޭ ކިޔާފާނެ.... ޝޭޙް ޒަމްޒަމް ފާރިޝް މިކަހަލަ އަމަލެއް ކޮށްފާނެ ކަމަށް ގަބޫލެއް ނުކުރެވޭ

The name is already taken The name is available. Register?

މަގޭ ހިޔާލު

01 December 2023

ކަލޭ ގަބޫލުކުރާށް ނުޖެހޭ

The name is already taken The name is available. Register?

ދެރަ

01 December 2023

ޒުވާނުން ޖިހާދަށޭ ކިޔާ ސީރިޔާ އަށްވެސް ފޮނުވާ މީހެއްކަމަށް އަޑުއިވޭ. ޙަޤީޤަތެއް ނޭގެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454