ރައީސް އިއްޔެ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ބައްދަލުކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން: ކާޑްގެ މައްސަލަ ހައްލު ކުރަމުންދާ ކަމަށް ވިދާޅުވި
28 ނޮވެމްބަރ 2023 - 11:12
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުން ނެގޭ ޑޮލަރު ލިމިޓް އުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ތުރުކީއަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އިއްޔެ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ވެސް ވަނީ ކާޑު ލިމިޓްގެ ސަބަބުން ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައި އެ މައްސަލަ ހައްލުކޮށްދިނުމަށް އެދިފަ އެވެ.
ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
ރިޔާސީ ކެމްޕެއިންގައި އޭރުގެ އިދިކޮޅުގެ ކެންޑިޑޭޓް މުއިއްޒު ވިދާޅުވެފައިވަނީ ކާޑުގައި ޑޮލަރު ލިމިޓެއް ކަނޑައަޅާފައި އޮތުމުން އެތައް ބަޔަކަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންވެ އެ ލިމިޓް އޭނާގެ ވެރިކަމެއްގައި އުވާލާނެ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް، އެކަން ކުރާނީ މަރުހަލާތަކެއްގެ ތެރެއިން ކަމަށާއި ފުރަތަމަ ތިން މަހު ލިމިޓް ޑަބަލްކުރުމަށް ފަހު، ދެން އެއްކޮށް ލިމިޓް އުވާލާނީ ކަމަށް އޭރު ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އެކަން ކުރާނީ ރާއްޖޭގައި ޑޮލަރު ދައުރުވާ މިންވަރު އިތުރުކޮށްގެންނެވެ.
މީގެއިތުރުން ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ދިމާވާ ދަތިތައް ވެސް ބައްދަލުވުމުގައި ބައިވެރިވި ދިވެހިން ވަނީ ހުށަހަޅައިފަ އެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ ރާއްޖޭގެ އެމްބަސީއެއް ތުރުކީގައި ހުޅުވަން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަންނަ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ ބައްދަލުކުރައްވައި ވިޔަފާރީގެ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވައިފަ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާތައް ކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާރީ
05 December 2023
ކާބޯތަކެތީގެ އަގު ކުޑަކުރެވޭނެ ފަދަ ގޮތެއް ހޯދަވައިދެއްވާނެ ކަމަށް އުއްމީދު ކުރެވޭ. އަސާސީ ކެއުމާ ބުއިމަށް ބޭނުވާތަކެތިއާއްމު ރައްޔިތުން ނަށް ލިބެން ހުންނަ މިންވަރު ބޮޑުވާނެ . ބޮޑު މުސާރަ އަކާ، ފައިސާ ލިބި ފުދުންތެރި ކަމުގަ ދިރިއުޅޭމީހުންގެ ހިސާބުގަ ލިބެން ހުންނަ ނަމަ އާއްމު މީހާ އަށް އުފުލަން ޖެހޭތަކްލީފެއް .
ފާއިޒް
28 November 2023
ތުރުކީ އެމްބަސީ ކަންތައް ވީހާވެސް އަވަހަށް ހައްލު ކޮށްދެއްވަޗޭ
ޝަހުދު.
28 November 2023
ތޭންކިޔޫ ރައީސް މުއީޒް ކާޑް ލިމިޓް އުވާލުން އެއީ ވަރަށް ރަނގަޅުކަމެއް
ލުބާހް
28 November 2023
ރައީސް ވައުދާ އެއްގޮތަށް ކާޑްގެ ލިމިޓް އުވާލުނއ އަހަރުމެން ޒުވާނުންނަށް ލިބޭނެ ވަރަށް ލުއިފަސޭހައެއް. އެކަން ކޮށްދެއްވައްޗޭ
ޓްރޭޑަރ
28 November 2023
އަދި މީގެ އިތުރުން ބޭރުގެ އީވޮލެޓްތަކަށް ލާރި އެޅުން ބުލޮކް ކޮށްފައި އޮތް އޮތުން އުވާލަންޖެހޭ. ހަމަ ގައިމުވެސް އެއީ ރާއްޖެއަށް ޑޮލަރު ވަންނާނެ މަގެެއް. ޔަގީނުންވެސް އާންމު ރައްޔިތުމީހާއަށް އެކަމުން ފައިދާކުރާނެކަމެއް. މުއިއްޒުގެ ވައުދެއް އީވޮލެޓްތައް ބޭނުންކުރެވޭ ގޮތް ހެދުމަކީ.
ބަނީނު
29 November 2023
ކަލޯ %95 މީހުންނަށް ގެއްލުން ވަނީ. މުސާރަ އެއްކޮށް ޖަމާކުރަމުން ދާތާ 3،4 އަހަރު ވެފައި ތިބި އެތައްބަޔަކު އެބަތިބި. ލާރި ހެދޭ ބަޔަކަށް ވަރަށް މުހިންމު ކަމެއްތީ.
ޔަރެސް
28 November 2023
ކާޑު ބޭނުންކުރީމަ ބޭންކުން ފާޑެއްގެ ޗާޖްތަކެއްލާފަ ޑޮލަރަކަށް 17 ވަރަކަށް ރުފިޔާ ޖައްސާލަ
އައިންތު
28 November 2023
ރައީސް މެލޭސިޔާއަށްވެސް ދުރުވެ މިތާތިބި ދިވެހިންގެ ދަތިތަކަށް ލުޔެއްހޯއްދަވައި ދެއްވަން އުޅެދެއްވުމަށް ވަރަށް އަދަބުވެރިކަމާއި އެކު ދަންނަވަން. ރައީސް މުއިއްޒުގެ ފުށުން ވަރަށް އުންމީދީ މަންޒަރު އެބަފެނޭ. ހަގީގަތަށް ވާން ފެށީމަ އަދި ރައްޔިތުން މާ އުފާވާނެ.
ވެދުން
28 November 2023
ވައުދުވެ އެ ނުފުއްދި ދިގުލާ އެހެންވީމަ ރައްޔިތުން އެވާހަކަ ދައްކާނެ. އަދި އަމުދުން ރައްޔިތުންނާ ގުޅޭ މިކަހަ ބޮޑެތި ކަންތަކުގަ. އުންމީދު ކުރަން ޑޮލަރުގެ މިންގަނދު ފުރަތަމައިނުން އުވާނުލެވުނަސް 250 ން, 500 ވަރަށް މަތި ކޮށްދެއްވާނެކަމަށް. ވަރަށް ޗެލެންޖިންގ ކަމެއްހެން ހީވާތީ ހަމަ ލިޔެލެވުނީ. އެކަމާ ސަރުކާރު އުޅުއްވުމަކީ ވަރަށްގިނަ ރައްޔިތުން ވަރަށްބޮދު އެދުމެއް. ވަރައްވެދުން ރައީސް މުއިއްޒަށް.
ކަލަމަންނަ
28 November 2023
ޑރ މުއިއްޒު އަށް މިކަން ވާނެ މަނިކުފާނު މިކަން ކޮއްދެއްވައިފި ނަމަ އަޅުގަނޑުމެން ވަރަށް އުފާވާނެ
މާވަހަރޭ
28 November 2023
މިކަމަކީ އިންތިހާއަށް ރައްޔިތުން އަށް ބޭނުން ޖެހިފައިވާ ކަމެއް މިކަން ރައީސް ޑރ މުއިއްޒު ކަޮއްފި ނަމަ އެމަނިކުފާނު އަށް ރައްޔިތުންގެ އިތުރު ތާއީދާ ލޯބި ލިބިގެން ދާނެ