ޚަބަރު / އެމްއާރްޑީސީ

މަސްތުވާތަކެއްޗާއި ރަލާ އެކު އާރްޑީސީގެ މެނޭޖަރަކު ހައްޔަރުކޮށްފި

އާރްޑީސީގެ އޮފީހަށް އިއްޔެ ފުލުހުން ވަދެ ހިންގި އޮޕަރޭޝަންގެ ތެރެއިން: ބަނގުރަލާ އެކު މެނޭޖަރަކު ވަނީ ހައްޔަރުކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

Play Audio News
Powered By Javaabu

އާރްޑީސީގެ މެނޭޖަރަކު މަސްތުވާތަކެއްޗާއި ރަލާ އެކު ރޭ ހައްޔަރުކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އާރްޑީސީގެ 13 މިލިއަން ރުފިޔާގެ ޚިޔާނާތަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް އިއްޔެ އާރްޑީސީގެ އޮފީހަށް ފުލުހުން ވަދެ ފާސްކުރި އިރު ރޭގެ ވަގުތެއްގައި އެތަނުގެ މެނޭޖަރެއްގެ ގެޔަށް ވެސް ވަނީ ވަދެފަ އެވެ.

އޭނާ އުޅޭ ތަން ފާސްކުރި އިރު ބަނގުރާ ހުސްކުރި ފުޅި އާއި މަސްތުވާ އެހެން ބާވަތެއް ވެސް ފެނިފައިވާ ކަމަށް ވަނީ އެނގިފަ އެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

އާރްޑީސީގެ އޮފީހަށް ފުލުހުން އިއްޔެ ހެނދުނު ވަދެ ރޭ ވަރަށް ލަސްވަންދެން ވެސް އުޅުނެވެ. ފުލުހުން ދިޔައީ އެތަނުން ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހިފައިގެންނެވެ.

އާރުޑީސީގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 2019 އިން ފެށިގެން ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ ވާތީ އެމްއެމްއޭގެ ފައިނޭންޝަން އިންޓެލިޖެންސުން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ތަހުގީގު ފެށުމާ އެކު ބުނެފައި ވަނީ އެއީ ޕެޓީ ކޭޝް ފައިސާ ކަމަށާއި އުސޫލާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނާ ގުޅޭގޮތުން، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި، އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ އެއްވެސް ކަމެއް ނުވާ ކަމަށާއި އެ އޮފީހަށް ފުލުހުން ވަނީ "ހެޑްލައިން ހަދަން" ކަމަށެވެ. އަދި އޭނާ ވަނީ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ފާޑު ވިދާޅުވެފަ އެވެ.

12 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 69%
icon sad icon sad 0%
icon angry icon angry 23%
icon wow icon wow 8%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސީނު50

16 November 2023

ޕެޓީ ފައިސާ ކީއްވެ މީހުންގެ އެކައުންޓްތަކައް ބޮޑަތި އަދަދުން ދިޔައީ؟ 13މިލިއަންވެސް ޕެޓީ ކޭޝް އޭބުނޭދެން ތިވަގުމީހާ. ލޮލް.

2023

15 November 2023

މިސަރުކާރު ވެއްޓުމުގެ އަސްލަކީވެސް އާރުޑީސީ ކަހަލަ ތަންތަން...... ބޮއިހަލަކި

އަދުރޭމީ

15 November 2023

މިހާރު ހަމީދު ގޯސްވީދޯ.. ބަލަ އެއީވެސް ކަލޭމެންގެ މިޙެއްނުން.. އޭނާއަށްވެސް ކެތް ކުރެވޭނީ ވަކި ވަރަކަށް ދޯ.. ބަަލަ ހުސައިން ނަދީމްވެސް ފިލަ ފިލައިގެން ފުއްޕާލާފަ އުޅުންވަރު..އަހަރެން ވަޒީފާ ގަނޑެއް ދޭށޭ ބުނީމާ ބުނީ ކަލެއަކަށް ވަޒީފާ އަދައެއް ނުކުރެވޭނެއޭ.. މިހާރު އެއޮތީ ނޫހުގައި ފޯޓޯ ޖަހާފައި.. މީހަކު ދަށްކޮއްލައިފައި ތިމާއަށް މޮޅެއް ނުލިބޭނެ.. ވައްކަންކޮއްފައި އޮތީޔާ ހައްގު އަދަބު ލިބޭނެ.. އުޅުނު ގޮތުންވެސް ހީވިއޭ

ބަލަންތިބޭ

15 November 2023

މިލިއަނުން މިލިއަނުން ދަވާލީމާވެސް ހަމަ "ހެޑްލައިން ހަދަން"

އާކްސް

15 November 2023

މިއޮތީ ވާ ސަރުކާރެއް ކަލޯނޭ.

އަނދުން ހުސޭނު

15 November 2023

ވަޑި މޫކޭއާ ހެދި އެމްޑީޕީ ސަރުކާރު ލަދުން މި އުޅެނީ. މިކަހަލަ މީހުން އެމްޑީޕީން ބޭރު ކުރަން ޖެހޭނެ

ސީތާ

15 November 2023

ނަމެއްވެސް ނެތް މެނޭޖަރެއްތަ؟ ނޫނީ ނަން ޖަހަން ބިރުގަތީތަ؟؟ މުޅިޤައުމު ހަލާކުގެ ތެރެއަށް ވައްޓާލިއެއްޗަކީ ތިޔައީ

ތަރުޖުމާނީ

15 November 2023

ސާމާނާއެކު ވެއްޖިއްޔާ އޮންނާނީ ޑަބަލް ޕްރޮމޯޝަން.

ތުނިޔަ

15 November 2023

އަދި kiriyaa ސިޔާސީ ގޮތުން ޝަރުތު ހަމަތިވީ! ކުރިއަށް އޮތް މަޖްލިސް އިންތިޚާބުގަ ވާދަކޮށްލުމުގެ ޝަރުތުވެސް ސައްތައިން މަތީގަ ތިހިރީ.

މަހާރަދުން

15 November 2023

ބަތް ތެލި ހިނޑީ ތެލިވެސް ފޫދިޔައީ!! މޫކޭ ގެ އަންޑިވެސް މިހާރު އުނުގަ ހަރުނުލާ!!!

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454