ޚަބަރު / ފިޝަރީޒް، އެގްރިކަލްޗާ މިނިސްޓްރީ

މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ބަލަނީ

މާލޭ ގެ އެއްގައި ގެންގުޅޭ އޮސްޓްރިޗް: އެ ދޫނި ގެންގުޅެން ހުއްދަ ދިން ނަމަވެސް ގޭގައި ގެންގުޅެން ހުއްދަ ނުދޭ ކަމަށް މިނިސްޓްރީން ބުނޭ - ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގެ ގެއެއްގައި އޮސްޓްރިޗެއް ގެންގުޅޭ މައްސަލަ ފިޝަރީޒް މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ ދޫނި ގެންގުޅޭ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައީ ދޫންޏާ އެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އެ ފޮޓޯގައި ފެންނަ ދޫނީގައި ގާތްގަނޑަކަށް ފަސް ފޫޓް ހުންނާނެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "މިހާރު" އަށް މިއަދު ވިދާޅުވީ އެއީ ދޫނި ފާމެއްގައި ގެންގުޅެން ހުއްދަ ދޫކޮށްފައިވާ އޮސްޓްރިޗެއް ކަމަށެވެ.

"ގެއެއްގައި ގެންގުޅޭކަށް ނޫން [ހުއްދަ ދޫކުރީ]. މީގެ ކުރިން ވެސް ފާމުތަކުގައި ގެންގުޅެން ހުއްދަ ދޫކޮށްފައި ހުންނާނެ އެ ގޮތަށް،" އޭނާ ވިދާޅުވި އެވެ.

ނަސްރުﷲ ވިދާޅުވިގޮތުގައި، ފާމުގެ ބަދަލުގައި ގޭގައި އެ އޮސްޓްރިޗް ގެންގުޅޭ މައްސަލަ މިނިސްޓްރީން މިހާރު އަންނަނީ ބަލަމުންނެވެ.

ސޯޝަލް މީޑިއާގައި ވަނީ އެ ދޫނި ގެންގުޅެން ސަރުކާރުން ދޫކޮށްފައިވާ ހުއްދަ ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން އެ ހުއްދަ ދީފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ އީރާނުން ރާއްޖެ އެތެރެކުރި 50، ޑޮމެސްޓިކް އޮސްޓްރިޗްގެ ބިހަށް ދޫކޮށްފައިވާ ހުއްދަ އެކެވެ.

އެނގިފައިވާ ގޮތުގައި 10 އޮސްޓްރިޗް ރާއްޖޭގައި މިހާރު ގެންގުޅެ އެވެ.

53 ކޮމެންޓް, 38 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 3%
icon angry icon angry 26%
icon wow icon wow 37%
icon inlove icon inlove 5%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލީ މ

17 May 2023

އޮސްޓްރިޗަށް ޒަމާނުއްސުރެ ކިޔާ ދިވެހި ނަމެއް އޮއްވާ މީޑިޔާގައި އިނގިރޭސި ނަން ބޭނުންކުރުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި ދެކެމެވެ. އޮސްޓްރިޗް=ގިނިކާމާދޫނި

The name is already taken The name is available. Register?

1206

17 May 2023

ދިރޭ ތަކެއްޗަށް އޮންނަ ލޯބީގައި އޮޅުކޮށްގެން ގެންގުޅުނަށް، އެތަކެތީގެ އަސްލާ ނުގުޅޭ މާހައުލުގައި ގެންގުޅުމަކީ ދެވޭ އަނިޔާއެއް. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން.

The name is already taken The name is available. Register?

ޕެހެލޭ

17 May 2023

މިހާރު ރިހަ ކައްކަފާނެ.

The name is already taken The name is available. Register?

ސަންގޯރު

17 May 2023

މިޤަޢުމުގަ މަނާ ކަންތައްތައް ވ. ގިނަވާނެ ނަތީޖާއަކީ ކުށެއްނުކުރެވޭގޮތަށް އެއްވެސްމީހަކަށްނޫޅެވުން.

The name is already taken The name is available. Register?

އައިއީ

16 May 2023

މާލޭގެ ކުޑަ ކޮއްޓެއްގަ ގެންގުޅުނީމަ އެހާ ބާރަށް ދުވާ ދޫންޏެއްގެ ދުވުމަށް ހުރަސްއެޅިފަ މިހާރު އޮންނާނީ. ކުޑައިރުއްސުރެ ގެންގުޅެ ބޮޑުކުރިނަމަ އެއަށް ދުވަން ނުވެސް އެނގޭނެ ކަންނޭނގެ.

The name is already taken The name is available. Register?

އެކްސިް

16 May 2023

އޮސްޓްރިޗަކީ ސަހަރާގަ ދުވެ ހަލަނިކޮށް އުޅޭ ޖަނަވާރެއް. މާލޭގެ ކުޑަ ތަންކޮޅެއްގަ ގެންގުޅެ އެއަށް ދުވަން ނުލިބޭނަމަ ވަރަށް އަވަހަށް ތި ޕެޓު މަރުވެދާނެ. ހިސާބަށް ވުރެ ގަޅީ ހަމަ މީހުން.

The name is already taken The name is available. Register?

އެއްކަލަ މީހާ ދޯ

16 May 2023

ތިޔަ ދޫންޏަކީ ކުރީގަ ހުދުކުލައިގެ ކޮތަރެއް. މީގެ އަހަރެއްހާ ދުވަސްކުރީން ތިޔަ ދޫނި އޮސްޓްރިޗް އަކަށް ބަދަލުވީ! އެހެންނާފަހެ ދޫނި އެތެރެކޮށް ކާންދީ ބޮޑުވެ ފުރާފުރިހަމަވިފަހުން ވިއްޔާ މައްސަލަ ފެންމަތިވީ!

The name is already taken The name is available. Register?

ޢަރުތަ

16 May 2023

ދޫންޏެއްތަ ނޫނީ ކޮތަރެއްތަ އެތެރެކޮށްގެން އުޅެނީ! "އެއީ އީރާނުން ރާއްޖެ އެތެރެކުރި 50، ޑޮމެސްޓިކް އޮސްޓްރިޗްގެ ބިހަށް ދޫކޮށްފައިވާ ހުއްދަ އެކެވެ".

The name is already taken The name is available. Register?

ހަތްތަރިބެ

16 May 2023

ތިއީ އެންމެ ރައްކާތެރި ދޫންޏެއް ނޫނެވެ. އަހަށްވުރެން ބާރު ދުވެލިހުންނަ ތީގެ ބިޔަ ދޫނިތައް އިންސާނުންނަށްވެސް ހަމަލާ ދީފާނެއެވެ. ތިފަދަ ދޫނިތައް ގެދޮރުގައި އޮޅުކޮށްގެން ގެންގުޅެންޏާ ސިންގާޔާއި ކިނބުލާއި މިނިކާވަގުފަދަ ޖަނަވާރުވެސް ގެދޮރުގައި ގެންގުޅެންވީއެވެ.

The name is already taken The name is available. Register?

އަތްތެރިބެ

16 May 2023

ސިންގާޔާ ކިނބުލާ މިނިކާވަގަށްވުރެ ނުރައްކާތެރި އިންސާނުން އެބަ އުޅޭ ގޭގޭގަ.

The name is already taken The name is available. Register?

މުޑަހަންޖާ

16 May 2023

މިކަހަލަ ކޮންމެކަމެއް މިކެރަނީ ކ.މާލޭގަ، އެމްއެމްޕީއާރުސީގެ ލާރިގަނޑުން ވައްކަންކޮށްގެންވެސް ކ.މާލޭ އެކިގޭގޭސޮރުން ޖަލަށްލީ، އެކަމަކު ގޯސްކަމަށް އަޑުފަތުރާފަ އޮންނަނީ އުތުރުމީހުން.

The name is already taken The name is available. Register?

ކުރަފި

16 May 2023

ފާޑުފާޑުގެ ޖަނަވާރު އެތެރެކުރަނީ ވަގު ހެލްތް ސަޓީފިކެޓް ހުށަހަޅައިގެން. އެސޮރުމެންގެ ސިޢްހީ ރައްކާތެރިކަން ކަށަަވަރު ނުވެ ޢާންމުންގެ ތެރޭގައި ގެންގުޅުުމުން ކުރިމަތިވެދާނެ ނުރައްކާ ބޮޑު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454