މާލާ، އޭނަގެ ފަރުވާއިން ކުއްޖަކު ރަނގަޅުކުރުމުން އެ އާއިލާއިން ހަދިޔާއެއް ހަވާލުކުރަނީ. --
07 ފެބުރުއަރީ 2023 - 19:11
އުފެދުމުގައި، އަދި އޭގެ ފަހުން ވެސް ކަންފަތް ބީރުވެފައި ތިބި މީހުންނާއި މަންމަން މީހުން ރަނގަޅު ކުރާ ކަމަށް މަޝްހޫރު ކުރާ އިރާގުގެ ޑޮކްޓަރަކު ރާއްޖޭގައި "ފަރުވާ ދިން" ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އަތުވެއްޖެ އެވެ.
ޑރ. މާލާ އަލީ މަހުމޫދު އެކަން ކުރަނީ މާ ބޮޑު ފަރުވާއެއްނުދީ، ހަމައެކަނި ގުރުއާނުގެ އާޔަތްތަކެއް ކިޔައިގެން ކަމަށް ވެއެވެ. އަޑު ނީވޭ އެތައް ބަޔަކު، އެތައް ބަޔެއްގެ ކުރިމަތީގައި ރަނގަޅު ކުރި ކަމަށް މަޝްހޫރު ވެފައި ވާތީ މުސްލިމް ބައެއް ގައުމުތަކުގައި އޭނާ އަކީ ވަރަށް މަގުބޫލު މީހެކެވެ.
އޭނާ ވަނީ މިދިޔަ މަހުގެ 29 ގައި ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފަ އެވެ. އޭނާ ގޮސް ރަށެއްގައި ހުރި އިރު އުމުރުން ގާތްގަނޑަކަށް 10 ވަރަކަށް އަހަރުގެ ކުއްޖަކު ވެސް އެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ރަނގަޅު ކުރި ކަމަށް ބުނާ ވީޑިއޯއެއް އޭނާގެ ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފަ އެވެ. އޭނާ ހުޅުމާލޭގައި ވެސް ހުރި ކަމަށް ވެ އެވެ. އޭނާ ބުނެފައި ވަނީ އަޑުއިވުމުން މަހުރޫމްވެފައިވާ ވަރަށް ގިނަ ކުދިން އޭނާ ރާއްޖެ އިން ރަނގަޅުކޮށްދިން ކަމަށެވެ. އެކަމަކު އޭގެ ހަގީގަތެއް އަދި ނޭނގެ އެވެ.
އެކަމަކު ހެލްތު މިނިސްޓްރީން ބުނީ އޭނާ އެކަން ކޮށްފައި ވަނީ ހުއްދަ ނުހޯދާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ. އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ކަމާ ބެހޭ ހުއްދަ ހޯދައިގެންނެވެ.
ޑރ. މާލާ އޭނަގެ އެކުވެރިއަކާއެކު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް. --
"ރެއިން ފެށިގެން މިނިސްޓްރީ އަށް ވީޑިއޯތައް ލިބެމުން ދިޔަ. އެއީ މިނިސްޓްރީގެ ހުއްދައެއް ނަގައިގެން އައިސް އުޅޭ މީހެއް ނޫން. އޭނާ އެ ކުދިންނަށް ފަރުވާ ދީފައި ވަނީ ކޮން ރަށެއްގަތޯ ބަލަމުން މި ދަނީ." މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ.
މާލާ އެކަން ކޮށްފައި ވަނީ ވެސް ފައިސާ ނަގައިގެންނެވެ. އަދި، އެއީ ދީނާ އެއްވެސް ގުޅުމެއް ނެތް ކަމެއް ކަމަށް ބުނެ، އޭނާއާ ދޭތެރޭ ސަމާލުވުމަށް ވެސް ދީނީ ބައެއް އިލްމުވެރިން މިއަދު ގޮވާލައިފައި ވެ އެވެ.
މަކަރު ހަދާ ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ވެސް އޭނާ ވަނީ މީގެ ކުރިން ޑީޕޯޓް ކޮށްލައިފަ އެވެ. އެއް ބަޔަކު ބުނަނީ އޭނާ ހަދަނީ ސިހުރު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުރުގާ
08 February 2023
"އެފަދަ އެއްވެސް ކަމެއް ކުރެވޭނީ ކަމާ ބެހޭ ހުއްދަ ހޯދައިގެންނެވެ" ހަމަ އެހެންތަ؟؟! ތިހެއްވިޔާ އެއްވެސް ވިސާއެއް ނެތި އުޅޭ ބިދޭސީން ރާއްޖޭގެ އެތަންމިތާ ގަވައިދާ ހިލާފައް އެކިކަހަލަ މަސައްކަތްކޮއްގެން ވަގު އާމްދަނީ އެހޯދަނީ ސަރުކާރުގެ ހުއްދަ ހޯދައިގެންތޯ؟؟!
ދަ ރިޔަލް ހަސަނު
11 February 2023
ކަލޭމެނަށޭ އެމީހުން މަސައްކަތް ކޮއްދެނީ. އެކަލަހަލަ ކަންތައް ހުއްޓޭނެ ތިކަހަލަމީހުން އެކަހަލަ މީހުނައް މަސައްކައް ހަވާލުކޮއް ފައިސާނުދޭނަމަ.
އަހްމަދ
08 February 2023
ރަނގަޅުކަމަކަށް ރަނގަޅު ހުއްޓޭ ނުބައިކަމަކަށް ނުބައި ހުއްޓޭ ނުވެސް ފެނުނަސް އިންސާނުންނަށް ޚުދާ ދެކިވޮޑިގެނޭ ވާނީ
ނާޒިމް ހަކީމް
08 February 2023
މީނާ ފޭކް މީހަކަށް މިވީ، ނޫނީ ސިހުރުވެރިއަކަށް މިވީ، މީނާ ސައޫދީގައި ބްލެކްލިސްޓްކޮށްފައި އޮތީމާ، އެކަންޏެއްނޫން. ރާއްޖޭގައި ރުގުޔާކުރަން އުޅޭ ސައޫދީން ކިޔެވި މީހުންގެ މާރކެޓް އަށް ބޭނިގަތީމާ. ހަމަ އެއް ކަމެއް ސުންނަތޭކިޔައިގެން މިކުރަނީ...
އެ ކަނބާ
08 February 2023
ބެންކޮކް ބާޒާރުން ގެންނަ ތެޔޮދަމާ އަންހެނުން ހެލްތު މިނިސްޓްރީން ހުއްދަނަގާތޯ.. ސިހުރު ފަންޑިތަ ހަދައިގެންވެސް 10 އަހަރު ކުއްޖެއްގެ ކަންފަތުގެ އިވުން ރަގަޅުކުރީމަ އެކަން ދޯ ގޯސްމިވީ.. ރޯމާދުވާލު އެކްސަވޭޓަރުގަ ގޮސް ސަހަރާކޮނެ ކަށިިނަގާ ސިހުރު ހެދީމަ އޯކޭ.. ފިސާރި 100%މުސްލިމް ގައުމެެއްމީ..
ހައްޕު
08 February 2023
ބީރު މީހަކު ރަނގަޅެއްނުކުރެވޭނެ. ހެއްހެއް.
ކުކުޅުބިސް
08 February 2023
ގުރާއާނުން ކަމެއް ވެއްޖެއްޔާ ލަގޮނޑިއަށް ބާރުކުރާމީހުން ވ ގިނަވާނެ
ވަހީދުބޭބެ
08 February 2023
ދީނާއި ސިއްހަތާއި ގުޅުމެއް އޮތަސް ނެތަސް ބީރުމީހާއަށް އަޑުއިވޭ ވެއްޖެނަމަ އެމީހަކު އެކަމާ އުފާކޮށް އަގުވެސްދޭނެ.
ވާލިދު
08 February 2023
މިއިން އެނގިގެންދަނީ ސިއްހީ ފަރުވާ ދިނުމުގައި ހެއްތް މިނިސްޓްރީ ފެއިލްވެފައިވާކަން . އެކަށީގެންވާ ޑޮކްޓަރުންނާއި ނަރުހުންނާ މެޑިކަލް ފެސިލިޓީ ތައް ރާއްޖެތެރޭގައި ގާއިމު ކުރެވިފައި ނުވާކަން. ޑޮކްޓަރުންނާ މެޑިކަލް ވޯކަރުންގެ ނަމުގައި މުޅިންހެން އަންކޮލިފައިޑް މީހުން ރެކްރޫޓް ކުރަން ގެނެސް ރާއްޖެތެރޭ ތަންތަނަށް ލާފަ ހިންގާ ޖަރީމާތައް ކޮބާ؟
ރުގީ
08 February 2023
ފަރުވާ ހޯދި މީހުންގެ ބަސް އަޑު އަހާލަން ބޭނުން. ހަމަ އަސްލަށްވެސް ބަލި ރަނގަޅުވިތޯ.
ފިލާ
08 February 2023
ތި ހެލްތް މިނިސްޓްރީ އަކީ ވަރަށް ފީކަޅާ ތަނެއް. ކަމެއް ދިމާވި އަތޮޅު ތެރޭ ބަޔަކަށް އެނގޭނީ ތިތަނުގެ ހުރި ދޯދިޔާކަމާއި ޒިންމާދާރުކަން ކުޑަކަން.