ޚަބަރު / ގެއްލިގެން ހޯދާ މީހުން

23 ގަޑިއިރު ވަންދެން ކައްޕި އޮތީ ކަނޑުމަތީގައި!

ރޭ ގާތްގަނޑަކަށް 10:30 ހާއިރު އަނދިރިގަނޑު ތެރެއިން ރަށެއްގެ އަލިކަން ފެނުމުން އެ ދިމާލަށް ފަތައިގަތުމަށް ކައްޕި ނައްޓާލި. އޭގެ ފަހުން ކައްޕިގެ އެއްވެސް ހަބަރެއް ނުވޭ.

އަލަމާ-5 ދޯނީގެ ކައްޕި: އޭނަ އަދިވެސް ނުފެނޭ--

ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އަޑިއަށް ދިޔަ "އަލަމާ-5" ދޯނިން ގެއްލުނު އެ ދޯނީގެ ކައްޕި ރޭ ވަރަށް ފަހަކާ ޖެހެންދެން ވެސް އޮތީ ދެ ބިދޭސީންނާ އެކުގައި ކަނޑުމަތީގައި ކަމަށް އާއިލާ އިން ބުނެފި އެވެ.

ފ. ފީއަލިން ފުރައިގެން ދަނިކޮށް ވ. ފުއްސަރު ކައިރިން އަލަމާ ދޯނި ފެތުނުތާ 33 ގަޑިއިރު ފަހުން، ކަނޑުމަތިން އެ ދޯނީގެ ދެ ބިދޭސީ ފަޅުވެރިން ވަނީ ހޯދައިފަ އެވެ. ނަމަވެސް އެ ދޯނީގެ ކައްޕި، ކ. ގުރައިދޫ އާދަމް ޝަފީގް، 32، އަދިވެސް ނުފެނެ އެވެ.

ގެއްލުނު ބިދޭސީއަކާ ހަވާލާދީ އޭނާގެ އާއިލާ މެންބަރަކު "މިހާރު" އަށް ބުނީ އަލަމާ ދޯނި ކުއްލިއަކަށް ދިޔަވާން ފެށި ގޮތެއް ނޭނގޭ ކަމަށާއި އަޑިއަށް ދިއުން ނުހުއްޓޭނެ ކަން ކައްޕި އަށް ކަށަވަރުވި ހިސާބުން، ތައްޔާރުވެގެން ފުންމާލަން އޭނާ އިރުޝާދު ދިން ކަމަށެވެ.

ކަނޑުމަތީގައި ތިބުމަށް ޓަކައި ފޯނު ދަބަހަކަށް ލައި، ދަބަސް ފުޅިމަދު ފޮއްޓަކަށްލި ކަމަށާއި ރީނދޫ ހަންތަކެއް ވެސް ހިފައިގެން ތިން މީހުން ފުންމާލި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކަނޑުމަތީގައި ކައްޕިއާ އެކު 23 ގަޑިއިރު އެއްތަނެއްގައި ތިބި ކަމަށް އޭނާ ބުންޏެވެ.

އަލަމާ-5 ދޯނި އަޑިއަށް ދިޔަ ކަމަށް ބެލެވޭ ހިސާބާއި ދޯނިން ގެއްލުނު ދެ މީހަކު ފެނުނު ހިސާބު

ނަމަވެސް ރޭ ގާތްގަނޑަކަށް 10:30 ހާއިރު އަނދިރިގަނޑު ތެރެއިން ރަށެއްގެ އަލިކަން ފެނުމުން އެ ދިމާލަށް ފަތައިގަތުމަށް ކައްޕި ނައްޓާލި ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ކައްޕިގެ އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ބުނި ކައްޕި ކައިރީގައި މަޑު ކުރާށޭ އެކީއޭ ތިބެންވާނީ. އެކަމަކު ވަރަށް ކައިރިން ފެނި ފޯނަށް ރޭންޖް ވެސް ލިބެން ފެށީމަ ކައްޕި ނައްޓާލި. އެހާ އަނދިރިވީމަ ނުއެއް ފެނޭ އެކަމަކު ކައްޕި އަށް ދެތިން ފަހަރު ގޮވާލީމަ ވާހަކަ ވެސް ދެއްކި. އެކަމަކު ފަހުން ހަބަރެއް ނުވި،" ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ މީހާގެ އާއިލާ މެންބަރަކު ބުންޏެވެ.

އަޑިޔަށް ދިޔަ އަލަމާ-5 ދޯނިން ގެއްލުނު ދެ މީހުން މިއަދު މަހިބަދޫ ހޮސްޕިޓަލްގައި

އެ ހުރިހާ ވަގުތު ކަނޑުމަތީގައި ތިބީ ނުކައި ނުބޮއެ ކަމަށާއި ދޯނިން އެކަހަލަ އެއްވެސް އެއްޗެއް ސަލާމަތް ކުރެވޭ ގޮތެއް ނުވި ކަމަށް އޭނާ ބުންޏެވެ. އަދި ތިން މީހުން 30 ގަޑިއިރު ބޭނުން ކުރަން އޮތީ އެންމެ ފެންފުޅިއެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ވަރަށް ވަރުބަލިވެފައި ހުރިކަން އެނގޭ އަޅުގަނޑު އެ މީހުން ކަނޑުމަތީގައި ތިބި އިރު ގުޅީމަ ވެސް. އެކަމަކު ރަށެއް ފެނުނީމަ ތަންކޮޅެއް ހަމަޖެހިފައި ތިބީ،" އޭނާ ބުންޏެވެ.

ކަނޑުމަތީގައި އޮތްއިރު ކޯސްޓްގާޑު ހޯދަމުން ދިޔައީ ވަރަށް ކައިރިން ކަމަށާއި އެ ލޯންޗުތަކުގެ އަލި ވެސް ފެންނަ ކަމަށް އޭނާ ބުންޏެވެ. އަދި ރޭ މެންދަމު 2:00 ހާއިރު ފޯނު އެކީ ނިވުނު ކަމަށް އޭނާ ބުންޏެވެ.

އެމްއެންޑީއެފުން އެ މީހުން ކަނޑުމަތިން ނެގީ މިއަދު ހެނދުނު 6:50 ހާއިރެވެ. އޭގެ ފަހުން އެ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ. އަދި ވަރުބަލި ފިލުވާލައި ނިދާލުމަށް އެ މީހުންނަށް ވަގުތު ދިނުމަށް ޑޮކްޓަރު ވަނީ އަންގައިފަ އެވެ.

ދޯނީގެ ކައްޕި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަދިވެސް އަންނަނީ ކުރަމުންނެވެ.

12 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 86%
icon angry icon angry 4%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަމުންދާ ގޮތް

06 January 2022

މި މައްސަލާގަ ދޯނިން ފުއްމާލުމުގެ ކުރިން ކައްޕި އަތުގައި ފައިސާ ހުރިތޯ އާއި ފައިސާއެއް ހުރި ނަމަ އެކަން ވީގޮތް ވަރަށް ފުންކޮށް ފުޅާކޮށް ބަލަން ޖެހޭނެ އެވެ. ގިނަ ފައިސާ ހުރިނަމަ ހިފައިގެން ފައިބައިފި ނަމަ ކަނޑުވާން ދަމުންވެސް އެބައެއްގެ ބާރު ދަށަށް އެ ފައިސާއެއް ގެނައުމުގެ ރޫޙު ބަންގާޅުންގެ ކިބައިން ފެނިދާނެ އެވެ. އަދި އެމީހުން ފެނުނު އިރު އަތުގައި ހުރި ތަކެއްޗާ ޖީބުތައްވެސް ރަނގަޅަށް ބެލިފަ ވާނެ ކަމަށް ފެނެއެވެ.

The name is already taken The name is available. Register?

Kandu rasgefaanu

05 January 2022

ޢެ 2 ބަންގާޅައިންނައް އިންގޭނެ ދިވެހި މީޙާޢައް ވީގޮތެއް އެ މީޙުންއާ ސުވާލު ކޮއް ހޯދުން އެދެން.

The name is already taken The name is available. Register?

އޭސީޕީ ޕްރަދިޔުމަން

05 January 2022

މިއުޅެނީ މީހަަަށް ވީނުވީއެއް ނޭނގިގެންނެވެ. އެހެންވީމައި ހުރިހައި ދިމާލަކަށް ވިސްނަންޖެހޭނެ އެވެ. 23ގަޑިއިރު އޮވެފައި ރަށެއްގެ އަލިކަންފެނުމުން އަނދިރީގައި އެކަނި އެދިމާލަށް ފަތައިގަނެފާނެ ހެއްޔެވެ؟ ފޯނަށް ރޭންޖް ލިބޭއިރު އެއްވެސް މީހަކަށް ނުގުޅައި ގޮސްދާނެ ހެއްޔެވެ؟ 23 ގަޑިއިރުތެރޭ އެމީހުންތިބީ އެކަކު އަނެކަކާއި ވާހަކަ ނުދައްކާހެއްޔެވެ؟ ދެއްކިނަމަ ދެއްކީ ކޮންވާހަކަތަކެއް ހެއްޔެވެ؟ އެވަގުތުތަކުގައި ވަކިވަކިމީހުންގެ އިޙުސާސް ތަކަކީ ކޮބައިހެއްޔެވެ؟

The name is already taken The name is available. Register?

ނަގިއްޔާ

05 January 2022

ކައްޕިގެ ފޯނު ނިވުމުގެ ކުރިން އެންމެ ފަހުން ޕިންގްވީ ކޮންޓަރަކަށްތޯ ބަލޭނެ ގޮތް، ނުވަތަ ފޯނުނިވުމަށް ފަހުވެސް ލޮކޭޓްކުރެވޭނެ ގޮތްހުރޭ، އެމްއެންޑީއެފްގެ އެގާބިލްކަން ހުންނާނެ! ދެން މީގަ ކުއްލިއަކަށް ދޯނި ދިޔާވި ވާހަކަ ބުނީމަ ސުވާލަކީ މިގޮތަށް ދުއްވާ ދޯނިފަހަރުގެ ސީވޯދިނަސް އޮޑިޓްކުރުން އޮންނަނީ ކިހިނެތްބާއޭ. ވަރަށް ގިނަފަހަރަށް މިވާއެއްޗަކީ ސަލާމަތީ އެއްވެސްކަމެއް ނުބަލިއިތިބެވެނީ، ތަނަކުން ދިޔާވާން ފެށީމަ ތެޅިގަންނަނީ، އޭރު އޮންނަނީ މާލަސްވެފަ.

The name is already taken The name is available. Register?

ޤަދްޤާމް

05 January 2022

ނަގިއްޔާ ބުނާކައް ކަލޭ ރަނގަޅު. ދޯނި ދިޔާވިއޭ ތިކިޔަނީ ކީއްވެތަ؟ ޖުމްލަ ގޮތެއްގަ ރަނގަޅު ވާހަކައެއް ތިބުނަނީ އެކަމު އިނގޭ.

The name is already taken The name is available. Register?

ކުޑަ ހުސޭނު

05 January 2022

ދުއާއަކީ ހެޔޮހާލުގަ ހުއްޓާ ފެނުން.

The name is already taken The name is available. Register?

މާހިރު

05 January 2022

ތިހާދިސާއިންވެސް ޓްރެކިން ޑިވައިސްގެ މުހިއްމުކަން ހާމަވެއެވެ. ޓްރެކިން ޑިވައިސް ހަރުކޮށްފައިވާ ލައިފް ޖެކެޓެއް އަޅައިގެން ތިބިނަމަ އެހާ ކައިރިން ދާއިރު ނުފެނިއެއް ނުދާނެއެއްނޫންތޯއެވެ. އަލިކޮށްގެން މާސިންގާ ކަނޑަކުން އެވަރުގެ އެއްޗެއް ހޯދުމަކީ ދަތިކަމެއްކަން ތިހާދިސާއިންވެސް ހާމަވެއެވެ.

The name is already taken The name is available. Register?

ސާލެ

05 January 2022

ޢެފެނުން ހިސާބު ފަޅުރަށްތައް ބަލަންވިނުދެންވެސް

The name is already taken The name is available. Register?

1234

05 January 2022

އަޑިއަށްދާކަން އެނގިގެން ފުއްމާލަން ވަގުތުވީއިރު ކީއްވެބާ ލައިފް ޖެކެޓް ނާޅާ ފުއްމާލީ؟ ސަލާމަތީކަންކަން ހަމަތޯ ބަލާ ޗެކްކުރާނެ ބަޔަކަ މިގައުމަ މުސާރަ ދީފަ ނެތީތޯ؟ ކަމެއްވީމަ ރައްޔިތުންގެ ފައިސާއިން މިލިއަނުން ހަރަދުކޮށްގެން ހޯދަން ނުކުތަސް މައްސަލައަކަށް ހައްލެއް ނާންނާނެ.

The name is already taken The name is available. Register?

އަލިފުތާ

05 January 2022

ލައިފްޖެކެޓް އަޅާނީ އޭގަ ޖެކެޓް ހުރިނަމަތާ. ނެތްކަން އެބައެނގޭ ވާހަކައިން. ތެޔޮހުސްކުރި ހަންތަކެއްގެ އެހީގައި ޖެކެޓް އަޅައިގެން ވެސް ތިބުން ބުއްދިވެރި. ނަމަނަމަ ކަނޑުވެ އޮވެގެން އެއްވެސް ބޭފުޅަކު، ފަތަން އެނގުނަސް ނުފަތާތި. މީހާގެ ވަރުދެރަވެ ޚަބަރު ހުސްވުމަށްވުރެ ސަލާމަތުން ތިބުން ރަނގަޅުކަން މިހާދިސާއިން ވެސް ވަރަށް ރަނގަޅަށް އެބަ ބުނެދޭ ނޫންތޯ؟ ދޯނީގެ ވެރިން ފައިސާގެ ދަހިވެތިކަމުގަ ސަލާމަތީ ކަންކަން ވަރިހަމަކޮށްފަ މިއޮތީ.

The name is already taken The name is available. Register?

ޔޫސުފްބެ

05 January 2022

ހާދަ ދެރައޭ. ކަންޕިއަށް އެހާގިނައިރުވީމާ އުއްމީދު ކަނޑާލެވުނީ. ދެން ފެތުން ނޫންގޮތެއް ނެއްކަމަށް ނިންމުނީ. ތިންމީހުން އެއްކޮށް މަޑުކުރެވުނުނަމަ ދޯ

The name is already taken The name is available. Register?

އަޅޭ65

05 January 2022

އަދި ފެންނާނެ ކަމަށް މި އުއްމީދު ކުރަނީ އަދިވެސް.. ދުއާއަކީ އެއީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454