މިހާރު ލައިޓް

ލެބްގައި އުފެއްދި ކުކުޅުމަހަށް ސިންގަޕޫރުން ހުއްދަ ދީފި

04 ޑިސެމްބަރ 2020 - 08:04

ލެބްގައި އުފެއްދި ކުކުޅުމަހަށް ހުއްދަ ދިން ފުރަތަމަ ގައުމަކަށް ސިންޕޫރު ވެއްޖެ އެވެ.

ސިންގަޕޫރުގެ ފުޑް އެޖެންސީ (އެސްއެފްއޭ) އިން ހުއްދަ ދިނީ އެމެރިކާގެ ސެން ފްރެންސިސްކޯގެ ކުންފުންޏެއް ކަމަށްވާ އީޓް ޖަސްޓުން އުފެއްދި ކުކުޅުމަހަށެވެ.

ޗިކެން ނަގެޓްސްގެ ގޮތުގައި ވިއްކަން ހަމަޖެހިފައިވާ މި މަހާ ބެހޭ ގޮތުން އެސްއެފްއޭ އިން ބުނީ ހުއްދަ ދިނީ ވަރަށް ގިނަ ކަންކަމަށް ބެލުމަށް ފަހުގައި ކަމަށެވެ. އެއީ ސިންގަޕޫރުގައި ވިއްކާ ކާބޯތަކެތީގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެއްތޯ އާއި އޭގެ ކޮލިޓީ ތަޖުރިބާކާރުންގެ އެހީގައި ވަޒަންކުރުމާއި ކެއުމަށް ރައްކާތެރި އެއްޗެއްތޯ ހުރިހާ ގޮތަކުން ވެސް ކަށަވަރުކޮށްފައި ވާނެ ކަމަށް އެތަނުން ބުންޏެވެ.

"އަހަރެމެންގެ ޓެސްޓްތަކުން ދައްކަނީ އެއީ ވަރަށް ރަނގަޅު ރައްކާތެރި އުފެއްދުމެއްގެ ގޮތުގައި. އެހެންވެ ޗިކެން ނަގެޓްސްގެ ގޮތުގައި އީޓް ޖަސްޓުން ލެބްގައި އުފައްދާ ކުކުޅުމަސް ވިއްކާނެ،" އެސްއެފްއޭ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެ ކުންފުނިން ލެބްގައި އުފެއްދި ކުކުޅުމަހަކީ މި ބާވަތުގެ އުފެއްދުންތައް ތައްޔާރުކުރަން ޕްލާންޓް ބޭސްޑް ޕްރޮޓީން ބޭނުންކުރި ނަމަވެސް، ސީދާ ކުކުޅުގެ މަސަލް ސެލް ލެބްގައި ތަރައްގީކޮށް އުފައްދާފައިވާ މަހެކެވެ. މިކަން ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށް އީޓް ޖަސްޓުން ބުނީ މިއީ ކާނާ އުފެއްދުމުގެ މަސައްކަތަށް އިންގިލާބެއް ކަމަށެވެ.

"މިއީ ގްލޯބަލް ފުޑް އިންޑަސްޓްރީ އަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. އަހަރެމެން އުންމީދު ވެސް ކުރަން އަހަރެމެން މި ބޭނުންކުރާ މެތަޑް ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ބޭނުން ކުރަނަ ފަށާނެ ކަމަށް،" އީޓް ޖަސްޓުން ބުންޏެވެ.

އެ ކުންފުނިން ބުނި ގޮތުގައި ލެބްގައި އުފެއްދި ކުކުޅުމަހަކީ ސީދާ އަސްލު ކުކުޅުމަހުން ލިއްބައިދޭ ރަހަތައް ދޭނެ އުފެއްދުމެކެވެ. އެހެންވެ މިއީ ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާނެ އެއްޗެއް ކަމަށާއި އޭރުން ކަތިލައިގެން ވިއްކާ ކުކުޅުމަހުގެ ވިޔަފާރި އަށް ވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބުންޏެވެ.

ލެބްގައި މިފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ މައިގަނޑު މަދުސަދަކީ ވެސް ޖަނަވާރާއި ދޫނިސޫފާސޫފި ކަތިލުން ހުއްޓުވުމެވެ. އަދި ޖަނަވާރާއި ދޫނީގެ ހިމާޔަތަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވެސް މިފަދަ އުފެއްދުންތަކަށް ގޮވައިލަ އެވެ.

ބާކްލޭޒް އިން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ލެބްގައި އުފައްދާ މަހުގެ ބާވަތްތަކުގެ ޑިމާންޑް ބޮޑުތަނުން އުފުލިގެން ވެސް ދާނެ އެވެ. އަދި އެ ވިޔަފާރީގެ އާމްދަނީ 140 ބިލިއަން ޑޮލަރަށް އަރާނެ އެވެ. އެއީ މިހާރުގެ ހާލަތަށް ބަލާ ނަމަ އެއްގަމު މަހުގެ ވިޔަފާރީގެ 10 ޕަސެންޓް ނުވަތަ 1.4 ޓްރިލިއަން ޑޮލަރުގެ ފައިދާ އެވެ.

އީޓް ޖަސްޓްގެ އެއް ބާނީ ޖޯޝް ޓެޓްރިކް ވިދާޅުވި ގޮތުގައި ލެބްގައި އުފައްދާ ކުކުޅުމަސް ސިންގަޕޫރުން ބަލައިގަތުމަކީ އެ މީހުންގެ މަސައްކަތް ފުޅާކޮށް، ތަރައްގީކުރަން ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ. އެގޮތުން ފުރަތަމަ ވަރަށް ދަށް ސްކޭލަކުން ސިންގަޕޫރުގައި ޗިކެން ނަގެޓްސް ވިިއްކަން ފަށައި، އެކަން ފުޅާކުރަމުން ގެންދާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ލެބްގައި އުފެއްދި ކުކުޅުމަސް ސިންގަޕޫރުގައި ވިއްކަން ފަށާނެ އިރެއް އެސްއެފްއޭ އާއި އީޓް ޖަސްޓުން ވެސް އަދި ހާމައެއް ނުކުރެ އެވެ.

ޖޯޝް ވިދާޅުވި ގޮތުގައި ލެބްގައި ކުކުޅުމަސް އުފެއްދުން ކާމިޔާބު ކަމަކަށް ވިޔަސް، ހުރި ގޮންޖެހުންތަކެއް ވެސް އެބަހުއްޓެވެ. އެއްކަމަކީ އެ އުފައްދަން ކުރާ މަސައްކަތާއި ހިނގާ ހަދަރަށް ބަލާ އިރު މާ އަގުހެޔޮ އެއްޗަކަށް ނުވުމުވެ. މިހާރު ލަފާކޮށްފައި އޮތް ގޮތުން ޗިކެން ނަގެޓެއްގެ އަގަކީ 50 ޑޮލަރެވެ.

އަނެއް ކަމަކީ މި އުފެއްދުން ކަސްޓަމަރުން ބަލައިގަންނާނެ ގޮތެކެވެ.

ލެބްގައި އުފައްދާ ކުކުޅުމަހަށް ސިންގަޕޫރުން ހުއްދަ ދިން އިރު، އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ޝިއޮކް މީޓްސް އިން އަންނަނީ ސީފުޑްގެ ބާވަތްތައް ލެބްގައި އުފައްދަން މަސައްކަތްކުރަމުންނެވެ.

0 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 11%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454