މިހާރު ލައިޓް

ބޭނި ބިޔަ ފާނައާ އެކު އުފަލާއި ހިތާމަ!

މުޑަފާނަ އަކީ ގުދުރަތީ ގޮތުން ވެސް ކަނޑުގައި ވަރަށް މަދު އަދި އާލާވާން ވެސް ވަރަށް ގިނަ ދުވަސްތަކެއް ނަގާ މަހެއް

ބަރުދަނުގައި 107 ކިލޯ ހުރި މުޑަފާނައެއް އައްޑޫގައި އިއްޔެ ބޭނުމުން އެއްބަޔަކު އެކަން ފާހަގަކުރީ މަސްވެރިކަމުގެ ކާމިޔާބީއެއްގެ ގޮތުގަ އެވެ. ދިގުމިނުގައި ހަ ފޫޓް ހުރި އެ ފާނަ އަށް ބޮޑު ސަމާލު ކަމެއް ލިބި އޭގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު އެބަ ކުރެ އެވެ. ނަމަވެސް ކަނޑުގެ ދިރުންތަކުގެ ހިމާޔަތުގައި މަސައްކަތްކުރާ ތަޖުރިބާކާރުންނަށް އެކަން ވީ ބޮޑު މައްސަލައަކަށެވެ. ލިބުނީ ހިތާމަ އެކެވެ. އެ ބޭފުޅުން ވިދާޅުވަނީ މިއީ ފާނަ އަލާވުމަށް އޮތް ވަރަށް ބޮޑު ހުރަހެއް ކަމަށެވެ.

މި ފާނަ ބޭނީ ޑިންގީއެއްގައި ކަނޑަށް ނުކުމެ އުޅުނު ސ. ހިތަދޫގެ ބައެކެވެ. ސޯޝަލް މީޑިއާގައި އެ މަހުގެ ފޮޓޯތައް އާންމުވުމުން އާންމުންގެ ބޮޑު ސަމާލުކަމެއް ވެސް ލިބުނެވެ. އެ މީހުން ވަނީ ފަހުން އެ ފާނަ އައްޑޫގެ ކެފޭއަކަށް ވިއްކާލައިފަ އެވެ.

މުޑަފާނަ ނުވަތަ "ޖަޔަންޓް ގްރޫޕާސް" ބޭނުމުން އޮތް ނުރައްކަލާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި، "މޯލްޑިވްސް ރެސިލިއެންޓް ރީފްސް" ޖަމިއްޔާގެ ޗެއާޕާސަން ޝަހާ ހާޝިމް "މިހާރު" އަށް ވިދާޅުވީ، މުޑަފާނަ އަކީ ގުދުރަތީ ގޮތުން ވެސް ކަނޑުގައި ވަރަށް މަދު އަދި އާލާވާން ވެސް ވަރަށް ގިނަ ދުވަސްތަކެއް ނަގާ މަހެއް ކަމަށެވެ.

"މޯލްޑިވްސް ރެސިލިއެންޓް ރީފްސް" ޖަމިއްޔާއަކީ އިނގިރޭސިވިލާތުގެ ބްލޫ މެރިން ފައުންޑޭޝަންއާ ގުޅިގެން ރާއްޖޭގެ ތިމާވެށި އަދި އިގްތިސާދީ ރައްކާތެރިކަމަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ފަރުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓުމުގެ މަގުސަދުގައި ހިންގާ އަމިއްލަ ޖަމިއްޔާއެކެވެ.

ސ. ހިތަދޫގައި ބަޔަކު ބޭނި ބޮޑު މުޑުފާނަ: އެ މަސް ބޭނުމުން ބަޔަކު އުފާޅާކުރަމުން އަންނައިރު، ކަމުގެ ތަޖުރިބާކާރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

"މުޑަފާނަގެ ހިސްޓްރީއާ ބެހޭގޮތުން އަޅުގަނޑުމެންނަށް އަދި މާ ބޮޑު އެއްޗެއް ނޭނގޭ. އެކަމަކު މިހާތަނަށް ލަފާކުރެވިފައިވާ ގޮތުގައި މުޑަފާނަ ރިޕްރޮޑިއުސް ނުވަތަ ބިސް އަޅަނީ އޭތި 4 ފޫޓަށް ވުރެ ބޮޑުވީމަ. އެވަރަށް މި މަސް ބޮޑުވަނީ ގާތްގަނޑަކަށް 20 އަހަރުން،" ޝަހާ ވިދާޅުވި އެވެ.

ނެތިގެން ދިއުމުގެ ބިރު ބޮޑު!

މުޑަފާނަ އާންމުކޮށް 35 ވަރަކަށް އަހަރު ދިރިއުޅެ އެވެ. އަދި އެ ބާވަތުގެ ފާނަ އާންމުކޮށް ހަތް ފޫޓާ ހަމައަށް ބޮޑުވެ އެވެ.

މުޑަފާނަ ނުބޭނުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެ ޖަމިއްޔާގެ ދަށުން ވަރަށް ގިނަ މަސައްކަތްތައް ކޮށްފައިވެ އެވެ. އެ ޖަމިއްޔާއިން ހިންގި ސޯޝަލް މީޑިއާ ކެމްޕެއިނެއް ކަމަށްވާ "ފިޝް ފޯ ޓުމޯރޯ"ގައި އެކުލަވާލި ލިސްޓުގައި ވެސް މުޑަފާނަ ނުބާނަން އިރުޝާދު ދީފައިވެ އެވެ. ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެތީގެ ލިސްޓުގައި މުޑަފާނަ ހިމެނުމަށް ވެސް އެ ޖަމިއްޔާއިން އަންނަނީ ގޮވާލަމުންނެވެ.

ދުނިޔޭގެ އެހެން ބައެއް ހިސާބުތަކުގައި މިހާރު އެއްވެސް ވަރަކަށް މުޑަފާނަ ނުފެނެ އެވެ. އެހެންވެ، އެންޑަމަން އައިލެންޑްސް، ނިއު ޒިލެންޑް، ސައުތު އެފްރިކާ، އެމެރިކަން ސަމޮއާ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މުޑަފާނަ ބޭނުން މިހާރު ވަނީ މަނާކޮށްފަ އެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ އެ ހާލަތަށް [މުޑަފާނަ ނެތޭ ބުނާ ހާލަތަށް] ދާތަން ދެކޭކަށް. މުޑަފާނަ އަކީ އޭގެ އާބާދީ އިތުރުވާން ވަރަށް ގިނަ ދުވަސް ނަގާ މަހެއް،" ޝަހާ ވިދާޅުވި އެވެ.

"މުޑަފާނަ ހިމާޔަތްކޮށްގެން އަޅުގަނޑުމެންނަށް ލިބޭނެ ގެއްލުމެއް ނެތް. އަޅުގަނޑުމެންގެ ކަނޑުގައި އެބަހުރި ބައިވަރު އެހެން ވައްތަރުގެ މަސްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނިދާނެ. މުޑަފާނަ ހިމާޔަތްކުރުން މުހިންމު ވަނީ އެޔަކީ ފަރުތަކުގެ ސިއްހަތު ދެމެހެއްޓުމުގައި ވެސް ވަރަށް މުހިންމު ރޯލެއް ކުޅޭ ދިރުމަކަށް ވާތީ."

އެ ޖަމިއްޔާގެ ވެބްސައިޓްގައި، އެއްގޮތަކަށް ވެސް ނުބާނަންވީ ބައެއް ބާވަތުގެ މަސްތަކާއި ކަނޑުން ނުނަގަންވީ ބައެއް ދިރުންތައް ލިސްޓުކޮށްފައިވެ އެވެ. އޭގެ ތެރޭގައި؛

• ގޮނބިލަނޑާ

• ލަނޑާ

• ގާހަކަ

• މުޑަފާނަ

• މާހުޅުނބު ލަނޑާ

• ބިސްހުރި އިހި

ބްލޫ މެރިން ފައުންޑޭޝަންގެ ކެމްޕެއިންސް ޕްރޮޑިއުސަރު ވިވިއެން އީވަންސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިވަރު ބޮޑު ފާނައެއް ފެނުމަކީ އަޖައިބަކަށް ވިޔަސް، އެ މަސް ބޭނުމަކީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށެވެ.

"މި ރީތި މަސް ނުބޭނި ނަމަ، އޭގެ އާބާދީ އިތުރުވެ، އިތުރު ޖީލަކަށް ދެމިގެންދާ ވަރަށް ފާނަ އާލާކުރެވުނީސް،" އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިިރޭތަކެތީގެ ލިސްޓަށް މުޑަފާނަ އިތުރު ކުރަން ޖެހޭ."

81 ކޮމެންޓް, 85 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 53%
icon angry icon angry 24%
icon wow icon wow 2%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙުއްމާ

09 October 2022

ހުރިހާއެއްމެން ވެޖެޓޭރިއަނުންނަށް ވާށޯ. ދެން މީފުކެއް ބޮޑުވަރެއްނުން. އައްޑޫމީހަކު ބޭނީމަ ކަމުނުދިޔައީދޯ؟

The name is already taken The name is available. Register?

ޮޮކޮރަލް

07 October 2022

އާއްމުންނަށް ފެންނަ ގޮތައް މަސްވެރިކަމާ ބެހޭ ރިކޯޑް ތައް ބަލަހައްޓާ ބަޔަކު ނެތެވެ. އެ ހުންނަނީ ސިއްރެއްގެ ގޮތުގަ ފޮރުވާފަ އެވެ.

The name is already taken The name is available. Register?

ނަޖްވާ

06 October 2022

އާނ އަސްލު ފާނަ ބާނާފަ ނަގަންބޭނުންވާ ފޮޓޯ ނެގުމަށްފަހު ދޫކޮށްލި ނަމަހީވެސް ދޯ! ކީކޭ ދެން އަޅެފަހެ ބުނާނީ ވިއްޔާ! ކޮންމެ ކަމެއް ހަމަ ގާނޫނަކުން މަނާ ކުރަންޖެހޭ ބާ!

The name is already taken The name is available. Register?

ކެޔޮޅު ހަސަނު

06 October 2022

ކަނޑު މައްޗަށް ނާރާ އަތުންފައިން މަސައްކަތެއް ނުކޮށް ބަފާ ދިނީމަ ކައިގެން އުޅޭ ބޮލުރޮދިން ނަކަށް ދިވެހިންގެ ވައްޓަފާޅި އެއް ނޭންގޭނެ.

The name is already taken The name is available. Register?

ބަަާބެ

06 October 2022

ނެތެއްނު ރާއްޖޭގެ ކަނޑުން މަހެން ބާނާއިގެން ކެވޭކައްވެސް މިޖަމިއްޔާތަކަކާހެދި

The name is already taken The name is available. Register?

ޕޮސެއިޑޮން

06 October 2022

ކޮބައިތަ ކަމުގެ ތަޖުރިބާ ކާރުންނަކީ، ނުބެހޭ ކަމެއް ނޯވެޔޭ ދޯ، ހަަމަ ބާނަބާނައިގެން ކާންވީ، ކޮން ތަޖުރިބާކާރުންނެއް ، ފާނަ އެއް ބޭނިޔަސް ނެތެއްނު ސަލާމަތެއް ..

The name is already taken The name is available. Register?

ގެދާނޯމޮސް

05 October 2022

ފަރުތައް ހަލާކުވީމާ ބޮޑުޖޫރިމާނާއެއް ކޮށްލާފަ ލިބުނުގެއްލުން ހަނދާން ނައްތާލާ މީހުން ކުރާނެ ކަމެއް ނެތީމާ މީޑީޔާގެ ސަމާލުކަމުން ވަޒީފާގެ ދަރަޖަ މަތިކުރަން ޖަހާ ސަކަރާތެކެވެ. ދުވަސްވެ މަރުވެގެން ގޮނޑުދަށައް ލައްގާ އުމުރުގެ މަސް ކެއުމަށް ﷲ ތަނަވަސް ކޮށްދިން ނަސީބު ބަލައިގަންނަން ޖެހެއެވެ. އިންސާނުން ހިމާޔައް ކުރަން ﷲ އިސްލާމީ ޝަރީއަތް ފޮނުއްވީ އެކަމަކު އަމިއްލަ ގޮތް ތިބަޔަކު އިޚްތިޔާރު ކުރީ ކީއްވެތޯއެވެ.

The name is already taken The name is available. Register?

ކަޑަ

05 October 2022

ތިގޮތަ ހިމާޔަކުރި މިޔަރު މުޅިތާންގަ. ބޭނީމަ އެކަނިތަ މަސަލައަކީ. ގެސްޓުން ހެޕީކުރަން މުޅިމޫދަ ކާއެޗެހި އެޅުން އޯކޭ

The name is already taken The name is available. Register?

ހަމީދު 1

05 October 2022

ތިޔަ ޖަމްޢިއްޔާއަށް އެކަށީގެންވާ ވަރަށް ހޭލުންތެރި ނުކުރެވުނީމާ ވީގޮތް. އަދިކިރިޔާ އަހަރެންނަށް މިއެނގުނީ ތިޔަ ފާނު ހިމާޔަތް ކުރަން އުޅޭކަން.

The name is already taken The name is available. Register?

ބައްޔެއް

05 October 2022

20 އަހަރުން 4 ފޫޓަށް ބޮޑު ވަނީ ، 35 އަހަރު ދުނިޔޭގަ އުޅެނީ ، 7 ފޫޓަށް ބޮޑު ވަނީ ؟ ހަމަ އެއް ނުޖެހޭ ތި ވާހަކަ އެއް

The name is already taken The name is available. Register?

ކެވެލި

05 October 2022

ވާހަކަ ހަމަޖެހޭ. އެކަމަކު ބައެއްމީހުންނަށް ދޭހަވާން ދަތިވެދާނެ. ދިރޭ ގިނަތަކެތި ބޮޑުވަމުން ދާނީ އެއް ސްޕީޑްއެއްގައެއް ނޫން. ނުވަތަ ޔުނިފޯރމް ސްޕީޑްގައެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454