މިހާރު ލައިޓް

އާޔަތުލް ކުރްސީގެ މަތިވެރިކަމާއި ބާރު

ކީރިތި ޤުރްއާނުގެ ކޮންމެ ސޫރަތެއްގައި އަދި ކޮންމެ އާޔަތެއްގައި ވެސް އެތައް ގިނަގުނަ މާތްކަމާއި ސިއްރުތައް އެކުލެވިގެންވެ އެވެ. އާޔަތުލް ކުރްސީއަކީ މުޅި ޤުރްއާނުގެ އެންމެ މާތް އަދި ބާރުގަދަ އާޔަތެވެ. މި އާޔަތް ހިމެނޭ ސޫރަތުލް ބަގަރާ އަކީ މުޅި ޤުރްއާނުގެ "ސަނާމް" އެވެ. އެ ބަހީ އެންމެ އުސް ނުވަތަ އެންމެ ޝަރަފުވެރި ނުވަތަ މަތިވެރި ބައެވެ.

އާޔަތުލް ކުރްސީ އަށް މި ނަން ދެވުނީ ކީއްވެ؟

ލަފުޒީގޮތުން ކުރްސީއަކީ ގޮނޑި އެވެ. ގޮނޑިއަކީ އަމުރުތަކާއި ހުކުމްތަކާއި ހަގީގަތްތައް ބަޔާން ކޮށްދޭ ހިސާބެވެ. ވެރިކަމުގެ ރަމްޒެވެ. ﷲ ގެ މުތްލަގް އިލާހުވަންތަކަމާއި ރައްބުވަންތަކަން އާޔަތުލްކުރްސީގައި ބަޔާން ވެގެންވެ އެވެ. އާޔަތް ފެށިފައި ވަނީ ﷲ ގެ ހާއްސަ އިސްމުފުޅުންނެވެ. ނިމިފައި ވަނީ ﷲ ގެ މަތިވެރި ކަމާއި މާތްކަން ބަޔާންކޮށްދޭ ދެ އިސްމުފުޅަކުންނެވެ. ހަމަ އެ ފަދައިން މި އާޔަތުގައި ﷲ ގެ ކުރްސިފުޅަކީ އުޑުތަކާއި ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވާ އެއްޗެއްކަން ވެސް ބަޔާންކޮށްފައިވެ އެވެ.

އާޔަތުގައި ހިމެނޭ މުހިންމު ކަންކަން

• ﷲ ގެ ރިވެތިވެގެންވާ އިސްމުފުޅުތަކުގެ ތެރެއިން ފަސް އިސްމުފުޅަކާއި އިޝާރާތުގެ އިސްމުފުޅު ދެ ފަހަރު ތަކުރާރު ވެފައި ވެ އެވެ. އަދި އިޝާރާތުގެ އިސްމުފުޅުގެ ޒަމީރު 10 ފަހަރު ތަކުރާރުވެފައި ވެ އެވެ. އެހެންކަމުން މި އާޔަތުގައި އެކަލާނގެ ނަންފުޅު ޖުމުލަ 17 ފަހަރު އެބަ ތަކުރާރުވެ އެވެ

• ﷲ ގެ އިލާހުވަންތަކަމާއި އެކަލާނގެ މަތިވެރިކަން ބަޔާންކުރާ 10 ޖުމުލައެއް މި އާޔަތުގައި ވެ އެވެ.

އެކަލާނގެ އެއްކައުވަންތަކަމާއި ދިރިދެމިވޮޑިގެންވާ ކަމާއި ދާއިމަށް ގާއިމުވެ ވޮޑިގެންވާކަމާއި އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއް ވެސް ނުވާ ކަމާއި އުޑުތަކުގައި ވާހައި އެއްޗަކާއި ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވާ ކަމާއި ޝަފާއަތްތެރި ވާނީ ހަމައެކަނި އެކަލާނގެ އިޒުނަ ދެއްވި ފަރާތަކުން ކަމާއި އިސްވެ ގޮސްފައިވާހައި ކަމަކާއި ފަހުން ވާނޭހައި ކަމެއް ވެސް އެކަލާނގެ ދެނެވޮޑިގެންވާ ކަމާއި އެކަލާނގެ ކުރްސިފުޅު ތަނަވަސްވެގެންވާ ކަމާއި އުޑުތަކާއި ބިން ރައްކާތެރި ކުރައްވާ ކަމާއި އެއީ އެންމެ މަތިވެރި އަދި އެންމެ މާތް ރަސްކަލާނގެ ކަން ބަޔާން ކުރެ އެވެ. މި ކަންކަމުން އެނގެނީ އެކަލާނގެ އަށް ހާއްސަ ވަކި ތަނެއް އަދި ހާއްސަ ވަކި ޒަމާނެއް ނޯންނާނެ ކަމެވެ.

އާޔަތުލް ކުރްސީގެ މަތިވެރިކަމާއި ބާރު

• އާޔަތުލް ކުރްސީގައި 50 ކަލިމަ ހިމެނެ އެވެ. އެ އިން ކޮންމެ ކަލިމައެއްގައި ވެސް ބަރަކާތް ލެއްވިގެންވެ އެވެ. އަދި ކޮންމެ ކަލިމައަކުން ވެސް އިންސާނާ އަށް އެތައް ގޮތަކުން އޭގެ ހެޔޮ އަސަރުތައް ފޯރަ އެވެ.

• މި އާޔަތަކީ ތައުހީދުގެ އަގީދާގެ ވަރަށް ވަރުގަދަ އަސާސްތަކެއް ހިމެނޭ އާޔަތެކެވެ. ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތަކާ ގުޅޭ މުހިންމު އުސޫލުތަކެއް މި އާޔަތުގައި ވެ އެވެ.

• ﷲ ގެ އެންމެ މަތިވެރި އިސްމުފުޅު މި އާޔަތުގައިވާ ކަމަށް ބުނެވެ އެވެ. އެ އިސްމުފުޅަކީ "އަލްހައްޔުލްގައްޔޫމް" ކަމުގައި އިލްމުވެރިން ބަޔާންކުރެ އެވެ.

• ޤުރްއާނުގައިވާ އެންމެ މާތް އާޔަތްކަމުގައި އުބައްޔުބުނު ކައުބުގެ ކިބައިން ރިވާވެގެންވާ ހަދީސަކުންނާއި އަބީޒައްރުގެ ކިބައިން ރިވާވެގެންވާ ހަދީސަކުން އެނގެ އެވެ.

• މި އާޔަތް ކިޔެވުމުން އެ ކިޔެވުމަށް ދުލަކާއި ދެ ތުންފަތް ލިބިގެންދާ ކަމަށް އޮވެ އެވެ. މުރާދަކީ އެ ކިޔެވުމުން ސަވާބާއި ދަރުމަ ލިބޭނެ ކަމެވެ.

• މި އާޔަތް ކިޔެވުމުން ޝައިތާނުންނާއި ޖިންނީންގެ ނުރައްކަލުން ގެދޮރާއި ނަފްސުތައް ސަލާމަތް ކުރެވިގެން ވާނެ އެވެ. އަބޫހުރައިރާ އަށް ކީރިތި ރަސޫލާ ﷺ ދަސްކޮށްދެއްވީ އަވަހާރަފުޅު ލައްޕަވަމުން މި އާޔަތް ކިޔަވައި ވިދާޅުވުމަށެވެ. އޭރުން ފަތިސްވަންދެން ޝައިތާނާގެ ނުރައްކަލުން ސަލާމަތްވާނެ ކަމަށެވެ.

• ޝައިތާނާގެ ކިބައިން ދާއިމީކޮށް މިންޖުވާން ބޭނުން ނަމަ މި އާޔަތް އަބަދު ކިޔަވަން ހުދު ޝައިތާނާ [އިންސާނެއްގެ ސިފައިގައި އައިސް] އަބޫހުރައިރާ އަރިހުގައި ބުނި ވާހަކަ، އެއީ ދޮގުވެރި ޝައިތާނާ ވެސް ހެދި ތެދެއް ކަމަށް ކީރިތި ރަސޫލާ ﷺ ބަޔާން ކުރައްވައި މި އާޔަތް ކިޔެވުމަށް އިރުޝާދު ދެއްވި އެވެ.

• ކޮންމެ ނަމާދެއްގެ ފަހުގައި މި އާޔަތް ކިޔަވާ މީހަކަށް ސުވަރުގެ ވަނުން މަނާކުރާނެ އެއްވެސް ކަމެއް އެ މީހަކު މަރުވުމާ ހަމައަށް ދަންދެން ނުވާނެ ކަމަށް ރިވާވެގެންވެ އެވެ.

• ސިހުރާއި ހަސަދަ އާއި އެސްފީނާ އިން ސަލާމަތްވުމަށް ކިޔެވޭ އާޔަތެއްގެ ގޮތުގައި މި އާޔަތް ވެ އެވެ. ހަދީސުން ސާބިތުވާ ގޮތުގައި ޝައިތާނުންގެ ކިބައިން ރައްކާތެރިކަން ހޯދަން މި އާޔަތް ކިޔަވާއިރު އެ ރައްކާތެރިކަން ހޯދަނީ ހަމައެކަނި ޖިންނީންގެ ޝައިތާނުންގެ ކިބަޔަކުން ނޫނެވެ. އިންސީންގެ ޝައިތާނުންގެ ކިބައިންވެސް މެ އެވެ.

މި ބަޔާންކުރި ކަންކަމަކީ މި އާޔަތުގެ މާތްކަމާ މެދު ސައްހަ ގޮތުގައި ވާރިދު ވެފައިވާ ނައްސުތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަމެވެ. ނަމަވެސް ސައްހަ ނޫން ކަމުގައި ހަދީސް އިލްމުވެރިން ވިދާޅުވާ ބައެއް ރިވާޔަތުގެ މައްޗަށް ބިނާކޮށް އެހެން ބައެއް ކަންކަން ވެސް ފޮތްފޮތުގައި ފާހަގަ ކޮށްފައި ވެ އެވެ. މިފަދަ ރިވާޔަތްތައް ގަބޫލުނުކުރުން އައުލާ ވެގެން ވެ އެވެ.

އާޔަތުލް ކުރްސީއަކީ މާތް އަދި ބާރުގަދަ އާޔަތެއް ކަމުގައިވާ ހިނދު މި މާތްކަން ލިބިގަތުމަށްޓަކައި ކީރިތި ރަސޫލާ ﷺ ނަމޫނާއެއް ކަމުގައި ބަލަން ޖެހެ އެވެ. އެ ނަމޫނާގައި ހިފައި އަޅުގަނޑުމެން ވެސް މި އާޔަތުގެ ބަރަކާތާއި މާތްކަން ލިބިގަތުމަށް މަސައްކަތް ކުރުން މުހިންމެވެ.

10 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 48%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތިބުރުމާ

15 April 2022

އާޔަތް ނުކިޔާ ކަމަށް ބުނާ "ތުއްތޮންބެ" އަށް ބުނެލަން އޮތީ އިންސާނުންނަކީ އެއްވެސް އާރެއްބާރެއްނެތް ބަޔެކޭ، މާތްﷲ ގެ އެންމެމަތިވެރި އެއް އާޔަތާއިމެދު ގަދަ ބަހެއް ބުނުމަކީ ތި މީހަކަށް ހިތުން ތިހުރެވެނީ ﷲ ރަސްކަން ފުޅާށް ވުރެ މަތީގަޔޭ ހީވާތީ، އަވަހަށް ތައުބާވުމަށް ނަސޭހަތްދެން.

The name is already taken The name is available. Register?

ފޮރިއަލް

13 April 2022

އިންސީންގެ ޝައިތޯނުން ދެނެގަންނަނީ ނޫނީ ހުންނަނީ ކޮންކަހަލަ ސިފަތަކެއް؟

The name is already taken The name is available. Register?

ނޫރާ

13 April 2022

އަހަރެން އަބަދުވެސް ކިޔަވާ އާޔަތެއް މިއީ. މީގެ ސަބަބުން އަހަރެން ދުވަހަކު ބައްުޔެއް ނުވޭ، ވަރަށް ގިނައިން ފައިސާ ލިބޭ، އަދި އަހަންނަކަށް ދުވަހަކުވެސް ދަތި ކަމެއް ދިމާ ނުވޭ.

The name is already taken The name is available. Register?

ނޫރައިން

13 April 2022

މަވެސް މި ކޮވިޑް ތެރޭ ވ ގިނައިން ކިޔެވިން މި އާޔަތް.. ﷲ ގެ އިރާދަފުޅުން ބަލިނުވެ ސަލާމަތްވި، ގޭ އެންމެނަންހެން ކޮވިޑް ޖެހުން އިރު.. އޭރު މައަދި ޕްރެގް.. މަފ

The name is already taken The name is available. Register?

ހުސޭން

13 April 2022

الحمد الله ، ماشا

The name is already taken The name is available. Register?

ތުއްތޮންބޭ

13 April 2022

މަށެއް ނުކިޔަން އެކަމަކުވެސް ބަލިތަކާ ވަރަށް ދުރު އަދި ގޭގެ ވަރަށް ގިނަ މީހުންނަށް ކޮވިޑް ޖެހުނުއިރު މަށަކަށް ނުޖެހޭ

The name is already taken The name is available. Register?

ކުރުނބާ

13 April 2022

ބަލިޖެހުމާއި ނުޖެހުން ނިއުމަތް ލިބުމާއި ނުލިބުން ތިމާމީހާ ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ޓެސްޓުކުރެއްވުމާއި ނުކުރެއްވުން އޮތީ މާތްﷲގެ އިރާދަފުޅުގައި. ވީމާ ނިޢުމަތަށް ޝުކުރުވެރިވުމާއި ދެރަކަންކަމަށް ހިތުގެވެސް ޝަކުވާއެއްނެތި ކެތްކުރުމަކީ އެކަލާނގެ އަޅެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެމުހިންމުސިފަތައް.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

13 April 2022

ވަރަށް ބޭނުންތެރި އާޓިކަލްއެއް.މީގެ އެތައް އަހަރެއް ކުރިން ހަވީރު ނޫހުގަ ސަޢުދުﷲ ލިޔުއްވި ސަފްހާތަކުގެ ހާޑްކޮޕީ ވެސް ރައްކާކޮށްފަ އަހަރެން އަތުގަ އެބަހުރި.ސަޢުދުﷲގެ ލިޔުންތައް އެއީ ވަރަށް ކެލިބާ ހައި ލިޔުންތަކެއް ވީމަ އުކާލަން ބޭނުމެއް ނޫން. ޝުކުރިއްޔާ ޑރ ސަޢުދުﷲ ޢަލީ. ވ.ވެދުން

The name is already taken The name is available. Register?

ކމނަ‫

13 April 2022

‫ ‫ތި އާރޓިކަލްސ އަޅުގަނޑު ކިޔާލަން ވަރަށް ބޮޑަށް ބޭނުން

The name is already taken The name is available. Register?

ތެސޯރަސް

13 April 2022

ކަލޭ އެކަމަކު ދުވާލު ހަތަރުދަމު އަވަދިނެތި އުޅެނީ ބޮޑެތި ވަގުންނާ ޑުރަގު ލޯޑުންގެ ދިފާއުގަ ނޫސްތަކުގަ ކޮމެންޓުކުރުމުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454