01 ޖެނުއަރީ 2020 - 07:38
މަސައްކަތްތައް ނިމިފައި އޮންނަތާ ފަސް އަހަރު ވެފައިވާ، ހެމާ މާލީނީގެ ފިލްމު "ޝިމްލާ މިރްޗީ" އަންނަ ހުކުރު ދުވަހު ސިނަމާތަކަށް ގެންނަން ނިންމި ކަން އިއުލާން ކޮށްފައި ވިޔަސް އެކަން ކެންސަލް ކޮށްފައިވާ ކަމަށް ބައެއް ރިޕޯޓުތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ، ރަމޭޝް ސިއްޕީ 2014 ގައި ހެދި ފިލްމު ސިނަމާތަކުގައި ނާޅުވަން ކަނޑައަޅައި، އެ ފިލްމުގެ ޑިސްޓްރިބިއުޝަން ރައިޓްސް އޮތް ވައޮކޮމް 18 ނިންމާފައި ވަނީ ޑިޖިޓަލް ޕްލެޓްފޯމަކުން ފިލްމު ސްޓްރީމް ކުރުމަށެވެ. ނަމަވެސް އޭގެ ސަބަބެއް ނުބުނެ އެވެ.
އަދި މިކަމާ ގުޅިގެން އެ ކުންފުންޏާ ދޭތެރޭ ރަމޭޝް ހިތްހަމަ ނުޖެހިފައިވާ ކަމަށް ވެސް މީޑިއާ އިން ބުނެ އެވެ. ހަންގާމާ އިން ބުނިގޮތުގައި "ޝިމްލާ މިރްޗީ" ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބެލެވެނީ މަޝްހޫރު ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އިންނެވެ.
ރަމޭޝް.
މިއީ، ގާތްގަނޑަކަށް 16-17 ކްރޯޑް ރުޕީސް (2-3 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާފައިވާ ފިލްމެކެވެ.
"ޝިމްލާ މިރުޗީ" އަކީ ޒުވާން އަންހެން ދަރިފުޅުގެ ލޯބިވެރިޔާ ދެކެ މަޔަކަށް އިޝްގީ ލޯބިވެވުމުން ދިމާވާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައި ފިލްމެކެވެ. މީގައި ހެމާއާ އެކު ފެންނާނީ ރާޖްކުމާރު ރާއޯ އާއި ރަކުލް ޕްރީތު ސިންގެވެ.
"ޝިމްލާ މިރުޗީ" ހުކުރު ދުވަހު ސިނަމާތަކަށް ނުގެންނަން ނިންމި އިރު، އެ ތާރީހުގައި ރިލީޒްކުރާ ފިލްމުތަކުގެ ތެރޭގައި އާ ޑައިރެކްޓަރުން ކަމަށްވާ ސްނޭހާ ތައުރާނީގެ ޑާންސް ފިލްމު "ބަންގްރާ ޕާ ލޭ" އާއި ކަރަން ވިޝްވަނާތު ކޭޝަޕްގެ ކޮމެޑީ ފިލްމު "ސަބް ކުޝަލް މަންގަލް" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޜުން
01 January 2020
ސޭޑް ފޯރ ހެމާ.... ދެން އަހަރެމެން ނަށް ވެސް ފިލްމް ނުފެނުނީ ދޯ... ޓްރެއިލަރ އިން ފެންނަގޮތުން ފިލްމް ރީތި ވާނެ ކަމަށް ބެލެވޭ....! ޥަޔަކޯމް ގޮވާގެން ކޯޓަށް ދަމާ ދޯ