މުނިފޫހިފިލުވުން / ވާހަކަ

އަހަންނަކީ ޖިންނިއެއް

ބާބު އެކެއް - އަހަރެންގެ ތަޖުރިބާ

މިއީ ދެ ހާސް ފަނަރަވަނަ އަހަރު އަހަންނަށް ދިމާވި ހާދިސާއެކެވެ. އަހަންނަކީ ދިވެއްސެކެވެ. ވަރުގަދަ ކަސްރަތީ ހަށިގަނޑެއް ނެތް ނަމަވެސް، ބަރުހެލި ފިރިހެނެއް ނޫނީމުވެ. ފުރަތަމަ މި ކިޔައިދެނީ، މި ހާދިސާއިން އަހަންނަށް ކުރެވުނު ތަޖުރިބާއެވެ. ޖިންނީންނާ ބެހޭގޮތުން އަހަރެންނަށް އެނގިފައިވަނީ މުއުމިން ޖިންނިއަކު އަހަންނަށް ކިޔައިދިން އެއްޗެއްސެވެ. ކާފަރެއް ގޮތުގައި އުޅުނުއިރު، އިންސާނުންނަށް ކެހިދޭން އޭނަ ކުރި ކަންތައްތަކާ، އެ އިން އެ ސޮރަށް ކުރި ފައިދާތަކެވެ. އަހަންނަށް އެ ވާހަކަތައް ކިޔައިދިނީ، އަހަރެންގެ ލޯ ހުޅުވައިދިނުމަށްޓަކައެވެ. ރައްކާތެރިވުމަށްޓަކައެވެ. ޖިންނީންނަކީ، އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުވާހެން ހަރަކާތްތެރިވެ އުޅޭ މަޚްލޫޤެކެވެ. ބޮޑުކަމުން ގޮސް ފަރުބަދައެއް ވަރުގެ ޖިންނި އުޅެއެވެ. ހަށިގަނޑުގެ ތެރެއަށް ވަނުމަށްޓަކައި، ޒައްރެއްގެ މިންވަރަށް ޖިންނި ކުޑަވާ ތަން ވެސް އަހަރެން ދުށީމެވެ. ހަށިގަނޑުތެރެއަށް ގިނައިން ވަންނަނީ ނިޔަފަތިތަކުގެ ދަށުންނެވެ. އިންސާނުންގެ މުޅި ގައިގައި، ގަލުގަ ހުންނަ ކަހަލަ ލޯވަޅުތަކެއް ހުރެއެވެ. އީމާތްތެރިކަން ބޮޑުވާ ވަރަކަށް އެ ލޯވަޅުތައް ކުދިވެއެވެ. އޭގެތެރެއިން ދެމިގަންނަން ޖިންނީންނަށް އުނދަގޫވެއެވެ. ބޮޑެތި ހޮހަޅަހެން ހުންނަނީ އީމާންތެރިކަން ކުޑަ މީހުންގެއެވެ. އެ ފަދަ މީހުން ކޮންޓުރޯލުކުރުމަކީ ޖިންނީންނަށް ދާދި ފަސޭހަ ކަމެކެވެ. ގޭގެ ދޮރުން މީހުން ވަދެނުކުންނަހެން އެ ފަދަ މީހުންގެ ހަށިގަނޑު ތެރެއަށް ޖިންނި ވަދެނުކުމެ ހަދައެވެ. އާފުރޭ ވަގުތު އަނގައިގެ ތެރެއިން ވެސް ދެމިގަނެއެވެ. އައޫޒު ކިޔަމުން އަނގަ މަތީގައި އަތް އަޅަންޖެހެނީ އެހެންވެއެވެ. ޙަޤީޤަތުގައި ދުޢާތަކާއި ޒިކުރުތަކުން ވަރަށް ބޮޑު ރައްކާތެރިކަމެއް އަހަރުމެންނަށް ލިބެއެވެ.

ނުބައި ޢަމަލުތައް ކުރުމުގައި ދެމިހުރުމުން، ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް އިންސާނާއަށް ހުރަސްތައް ކުރިމަތިވެއެވެ. އެ ކަމަށް އިންސާނުންގެ ލޯ ހުޅުވައިދިނުމުގައި އަހަރެންގެ އެހީތެރިކަމަށް މުއުމިން ޖިންނިއަކު އެދުނެވެ. ކަމުގެ ރަނގަޅު ގޮތް އޮޅުންފިލުވައިދީ، ނަޞޭޙަތްތެރިވާނެ ގޮތް ބުނެދިނެވެ. އަހަރެންގެ ތަޖުރިބާ ބޭނުންކޮށްގެން އިންސާނުންގެ އީމާންތެރިކަން ވަރުގަދަކޮށްދިނުމަށް އެދުނެވެ. ޤުރުއާންގެ މަތިވެރިކަމާއި، ބާރާއި އެ ބާރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާނެ ގޮތްތައް ކިޔައިދިނެވެ.

ޖިންނީންނާއި އިންސާނުން އެއް ތަނެއްގައި އުޅުނު ނަމަވެސް، ދެބައިމީހުންގެ ވެށި ވަރަށް ތަފާތެވެ. އިންސާނުންގެ ތެރޭގައި އެކި ކަހަލަ މީހުން އުޅޭ ގޮތަށް، ޖިންނީންގެ ވެސް ވަރަށް ގިނަ ވައްތަރުތައް އުޅެއެވެ. އިންސާނުންގެ ތެރޭގައި އުޅެނީ އެކި ކަހަލަ މަސައްކަތް ކުރާ މީހުންނެވެ. ޖިންނީންގެ ތެރޭގައި އެ ކަން ވެސް އޮންނަނީ އެހެންނެވެ. އެއީ، އިންސާނުންނާ އެކުގައި ގޭގޭގައި އުޅޭ ޢުއްމާރާއި، ކުޑަކުދިންނާ އެކުގައި އުޅޭ ޢަރްވާޙެވެ. ނުލަފާ ޖިންނީން ކަމުގައިވާ ޝައިޠާނުންނާއި، އެ އަށް ވުރެ ނުބައި މާރިދުންނެވެ. އެންމެ ވަރުގަދަ ބަޔަކީ ޢިފްރީތެވެ. އިންސާނުން ފަދައިން ޖިންނީންގެ ތެރޭގައި ވެސް އެކި ދީނަށް ތަބާވެގެން އުޅޭ ޖިންނީން އުޅެއެވެ. ކާފަރު ޖިންނީންގެ ކާފަރުކަން ވެސް ހުންނަނީ އެކި ދަރަޖައަށެވެ. އިންސާނާ ނުބައިކަން އިތުރުވާ ވަރަކަށް އޭނަޔާ އަވަލަވާ ޖިންނީން ވަރުގަދައެވެ. ޖިންނި އަވަލަވަނީ މީހަކު ހަދާ ސިހުރެއްގެ ސަބަބުން އެކަންޏެއް ނޫނެވެ. ޖިންނިއަކަށް ގޯނާއެއް ކުރެވުނީމައެއް ވެސް ނޫނެވެ. ގަޔާވާ އެއްޗެއް މަގުމަތީގައި އޮއްވައި ފެނިއްޖެ ނަމަ، އެ އެއްޗެއް ނަގަން އަހަރުމެން ބޭނުންވެއެވެ. ޖިންނީންނަށް ވެސް ވަނީ އެހެންނެވެ. ޖިންނި މާ ގަޔާވާ އިންސާނަކު ފެނިއްޖެއްޔާ އަވަލަވައެވެ. އޭގެ އިތުރަށް، ކޮންމެ އިންސާނަކާ އެކުގައި އަބަދު ވެސް ޖިންނިއެއް އުޅެއެވެ. ރަނގަޅަށް އުޅޭ މީހާ ވެސް އިސްތިސްނާއެއް ނުވެއެވެ. އިމްތިހާނަކީ އެއީއެވެ.

އަބަދު ގާތުގައި އުޅޭ ޖިންނީންގެ ދައުރަކީ ހަމައެކަނި ވަސްވާސްދިނުމެވެ. މަގުފުރެއްދުމެވެ. އެ ޖިންނީގެ ސިފަ އަހަރެން ދުށީމެވެ. އޭގެ ބޮޑުމިނަކީ އާދައިގެ ބުޅަލެއްގެ ބޮޑުމިނެވެ. ކެހެރި ދިގެވެ. ކުލަ ކަޅެވެ. ބޯ ވެސް ބުޅަލެއްގެ ބޮލާ ދާދި އެއްގޮތެވެ. ހަށިގަނޑެއް ނުހުރެއެވެ. ބޮލާ ގުޅިފައި ހުންނަނީ، އެތެރެ ފެންނަ، ކޮޅަށް ހިމަވެފައިވާ ނަގުލެކެވެ. ޅިޔަޖަހައިފައިވާ، ރަތްކުލައިގެ، ދިގު ދުލެއްގެ ވެރިއެކެވެ. ދުލުގެ ކޮޅުގައި ހޮޅިއެއް ކަހަލަ އެއްޗެއް ނުކުމެފައި ހުރެއެވެ. އިންސާނުންގެ ބޮލުގައި ތަތްކޮށްލައިގެން ތިބޭއިރު އެ ހޮޅި އޮންނަނީ އިންސާނާގެ ސިކުނޑި ތެރެއަށް ކޮއްޕައިލައިފައެވެ. އެ ގޮތަށް އޮންނައިރު، އިންސާނާގެ ހުރިހާ ހަނދާނަކާ އެ ސޮރަށް ކުޅެވެއެވެ. މާޒީ އާއި ކުޑައިރުގެ ހަނދާންތައް އެ ސޮރަށް ދަނެގަނެވެއެވެ. އިންސާނާ ވިސްނާއިރު އެ ވިސްނުމުގެ ތެރެއަށް ޖިންނި ނުފޫޒު ފޯރުވައެވެ. އައޫޒު ކިޔުމުން އިރުކޮޅަކަށް ދުރަށް ދިޔަސް، ކުރެވޭ ކަމެއްގެ ސަބަބުން އަނެއްކާ ވެސް އެ ސޮރު އެނބުރި އާދެއެވެ. އެ ސޮރުގެ ސީދާ އަޑެއް އިންސާނަކަށް ނީވޭނެއެވެ. އެ އަޑު އިވޭނީ، އަމިއްލަ ނަފުސު އެއްޗެއް ބުނުމުން ކުރެވޭ ކަހަލަ އިހުސާސެއް ގޮތަށެވެ. އަންނަ ދިމާއެއް ނޭނގި އިވޭ ދެވަނަ އަޑެއް ގޮތަށެވެ. ތިމާގެ އަޑާ އެ އަޑާ ތަފާތެއް ނުހުންނާނެއެވެ. އެއީ، ތިމާގެ އަޑުގަ އުޅޭ ދެވަނަ އަޑެކެވެ. މިސާލަކަށް ނަމާދަށް ދާން ހިތަށްއަރާ އިރަށް އެ ސޮރު ބުނާނެއެވެ. އިރުކޮޅަކުން ދިޔަސް ރަނގަޅުވާނެއެވެ. ނުވަތަ ފަހުން ކޮށްލިއަސް ރަނގަޅުވާނެއެވެ. އެއާކު ތިމާގެ ހިތާހިތުން ބުނެވޭނެއެވެ. އާނއެކެވެ. ވަގުތު އެބައޮތެވެ. ނުވަތަ މި ކަން ކޮށް ނިންމާލާފައި ވެސް ދެވޭނެއެވެ. ފިކުރާ ކުޅުމުގެ ކުޅަދާނަކަން ޖިންނިޝައިތާނާއަށް ލިބިފައިވެއެވެ.

ކުރީގެ ހަނދާންތައް ތިލަކޮށް ފެންމަތި ކުރުމަކީ ވެސް އެ ސޮރު ކުރާ ކަމެކެވެ. ލަވަ އަޑުއިވުމުން އެ ލަވަ ސިކުނޑީގައި ތަކުރާރު ކުރުވައެވެ. ހަނދާންނެތުނަ ނުދީ ހިފަހައްޓައެވެ. ޙަޤީޤަތުގައި، ތިން ފަހަރު އައޫޒު ކިޔެވުމުން އެ ލަވަމަތިން ހަނދާން ނެތޭނެއެވެ. އެކަމަކު، އިރުކޮޅެއް ފަހުން އަނެއްކާ ވެސް އެނބުރިއަންނާނެއެވެ. ޖިންނީންނަކީ، ވަސްވާސްދިނުމުގައި ވަރަށް ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ބައެކެވެ. ރޭވުންތެރިކަމާއި ކެހިވެރިކަން ބޮޑު މަޚްލޫޤެކެވެ. އެ ތަނެއްގައި ތިބޭ މީހުންނާ އަވަލަވައިގެން އުޅޭ ހުރިހާ ޖިންނީންނަކީ އެކުވެރިންނެވެ. އިންސާނުންގެ މެދުގައި ގުރޫޕުތައް އޮންނަހެން، ޖިންނީންގެ މެދުގައި ވެސް އެއީ އެއް ގުރޫޕެކެވެ. އެކަކު ބުނާ ކަންތައް އަނެކަކު ކޮށްދެއެވެ. އެކަކަށް މަގުފަހި ކުރުވުމަށްޓަކައި އަނެކަކުގެ ކޮންޓުރޯލު ދަށުގައި ހުންނަ އިންސާނާ ލައްވާ އެއްޗެހި ބުނުވައެވެ. ކަންކަން ކުރުވައެވެ. ކަލޭ ތިޔަ މީހަކު ލައްވާ މިވެނިހެން ބުނުވާށޭ މީނަލައްވާ އަހަރެން މިވެނި އެއްޗެއް ބުނުވާނަމޭ ބުނެއެވެ.

އިންސާނާއާ އެންމެ ފުރަތަމަ އަވަލަނީ ކުޑަކުޑަ އެންމެ ޖިންނިއެކެވެ. އިންސާނާގެ އީމާންތެރިކަން ކުޑަވެ، ޖިންނީގެ ބަސްއަހާ ވަރަކަށް ޖިންނީންގެ އަދަދު އިތުރުވެއެވެ. އެއީ، ފޮނި ކާއެއްޗެއްގެ ކައިރިއަށް އަންނަ ހިނިތަކުގެ މިސާލެވެ. ފުރަތަމަ އެކައްޗެވެ. ދެން ތިނެއްޗެވެ. ދެން ފަހެއްޗެވެ. ބައެއް ޒުވާނުން ފެންނައިރު އޭނަގެ މޫނު ކައިރީގައި އުޅޭ ކުދިކުދި ޖިންނިޝައިތާނުން ގިނަކަމުން ހީވަނީ ހަތައެއް ދޮށުގައި ކުޅަނދުރުތަކެއް އުތުރޭހެންނެވެ. އެ ފަދަ ޒުވާނުންގެ ސިކުނޑި އޮންނަނީ ޖިންނީންގެ މުށުތެރޭގައެވެ. އެހެންނަމަވެސް ޖިންނިއަށް ކުރެވޭ ކަމަކީ ހަމައެކަނި ވަސްވާސްދިނުމެވެ. އެ ނިމުނީއެވެ. ކަން ކުރަނީ، ކުރާ މީހާ އަމިއްލައަށެވެ. މަޤްޞަދު ހާސިލު ކުރުމަށްޓަކައި ޖިންނީންނަކީ ކެތްތެރިކަމުގައި ހައްދު ފަހަނައަޅައިދާ ބައެކެވެ. މީހަކު ލައްވާ ކަމެއް ކުރުވުމަށްޓަކައި، މަޑުމަޑުން ވަސްވާސް ދިނުމުގައި އެ މީހާ މުސްކުޅިވެ، މަރުވަންދެން ވެސް ދެމިހުރެއެވެ. މީހަކު މަރާލަން ހަދާ ސިހުރުގައި ޖިންނީން އެންމެ ބޭނުންވަނީ ދިގުދަންމައިގެން، ވޭނުގައި އުޅުމަށް ފަހު އެ މީހަކު މަރާލުމެވެ. އެ ފަދަ މީހުންލައްވާ އެންމެ ބޮޑަށް ގަބޫލުކުރުވާ އެއް ކަމަކީ، ތިމާއަކީ މާ ޤާބިލު މީހެއްކަމެވެ. ކުޅަދާނަ މީހެއްކަމެވެ. ވަކި ވަރަކަށް އިންސާނާގެ ކޮންޓުރޯލު ލިބި، ބޮލަށް ސަވާރުވެވުމުން ކުދިކުދި ޖިންނީންގެ ވަޒީފާ ނިމުނީއެވެ. އެ ހިސާބުން، ކަމަށް ކުޅަދާނަ ބޮޑު ޖިންނިއެއް އާދެއެވެ.

ބޮޑެތި ޖިންނީންނަކީ، އާދަޔާޚިލާފު ސިފައެއް ލިބިގެންވާ ބައެކެވެ. މީހުންގެ ކޮނޑަށް އެ ފަދަ ޖިންނިން ސަވާރުވެގެން ތިއްބައި އަހަރެން ދުށީމެވެ. އެ ސޮރު އިންނަނީ މީހާގެ ދެ ކޮނޑުގައި ކަށިމަތިޖައްސައިގެން، ބުރިކަށްޓާ ދިމާގައި އިށީނދެގެންނެވެ. ދެ އަތް އަޅައިގެން އޮންނަނީ ދެ ކޮނޑުގައެވެ. ދެ ލޯ ހުންނަނީ ރީނދޫ ކުލައިގައެވެ. ބައެއް އެއްޗެހީގެ ބޮލުގައި ބައިވަރު ދަޅު ފަޅައިފައި ހުންނައިރު ބައެއް އެއްޗެހީގެ ބޮލުގައި އެއް ދަޅު ވެސް ހުރެއެވެ. އެކި އެއްޗެހީގެ ދަޅުގެ ސައިޒު ތަފާތެވެ. ބޮލުގެ ކުރިމައްޗަށް އެނބުރިފައި ހުންނަ ދަޅާއި، ބޮލުގެ އަރިމައްޗަށް ނުކުމެފައި ހުންނަ ދަޅާއި، ނިތްކުރިން ދަޅުފަޅައިފައި ހުންނަ އެއްޗެހި ވެސް އުޅެއެވެ. ބަކަރީގެ ހުންނަހެން ހުންނަ ދަޅާއި، ދަޅުފީނިފުއްލާގެ ހުންނަހެން ހުންނަ ދަޅު ވެސް ހުރެއެވެ. ހަށިގަނޑު ހިކިވެފައި ކަޅެވެ. އޭގެ ބައެއް އެއްޗެހީގެ މުޅި ގައިގައި ކެހެރި ހުންނައިރު، އަނެއްބައި އެއްޗެހީގައި ހުންނަނީ އިސްތަށްޓެވެ. އެއް ލޯ ހުންނަ އެއްޗެއްސާއި، އެތައް ބައިވަރު ލޯ ހުންނަ އެއްޗެހި ވެސް އުޅެއެވެ. ބޯ ވަރަށް ދިގެވެ. މީހާގެ ބޮލާ ދިމާ މަތިން އަނގަ ހުޅުވައިލައިގެން އޮންނައިރު، އޭގެ ދަތްދޮޅި އޮންނަނީ މީހާގެ ބޮލުގައި ޖެހިފައެވެ. ދަތްތައް ބޮޑުވެފައި ދޫ ވަރަށް ދިގެވެ. އަތްތިލަ އާއި ފައިތިލައިގެ އިނގިލިތައް ވެސް ހުންނަނީ ގަޔާ ދިމާއަށް އެނބުރިފައެވެ. އާންމުކޮށް ޖިންނީންގެ ފައި ހުންނަނީ ގެރިބަކަރީގެ މޮއްގަނޑު ހުންނަހެން ކަމުގައި ވިޔަސް، އެ ޖިންނީގެ އަތްފައި ވައްތަރީ ރާމާމަކުނެއްގެ ފައިތިލަޔާއެވެ. އިނގިލިތައް ދިގުވެފައި، އަނދިރިއަށް ވުރެ ކަޅެވެ. ގައިން ހުންނަނީ ޒާތެއްގެ އާތްވެއް އަރައަރައެވެ. މި ވައްތަރުގެ ޖިންނި، އިންސާނެއްގެ ކޮނޑަށް ސަވާރުވުމުން އެ އިންސާނާ ވަރަށް އެކަހެރިވެއެވެ. އެހެން މީހަކު ދައްކާ ވާހަކައެއް އަޑެއްނާހާނެއެވެ. އަބަދު ވެސް އިސްކުރަނީ ތިމާގެ އަމިއްލަ ފިކުރެވެ. ވަރަށް އަވަހަށް ރުޅިއާދެއެވެ.

ބާބު ދޭއް - ފުރަތަމަ ވާން ފެށި ގޮތް

އަހަރެން ކިޔަވަން އުޅުނު ދުވަސްވަރެވެ. އޭރު އަހަރެންގެ މިޒާޖުގައި ވަރަށް ނުބައި އާދަތަކެއް ހަރުލައިފައި ހުއްޓެވެ.

ނުނިމޭ

26 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 37%
icon angry icon angry 26%
icon wow icon wow 0%
icon inlove icon inlove 7%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަޖުހަތު ބިންތު އިބްރާހިމް

01 December 2020

ވަރަށް ރީތި ވާހަކައެއް

The name is already taken The name is available. Register?

ޙަސަން ލޯބި

10 June 2018

ވ ވ ވ ސަޅި

The name is already taken The name is available. Register?

ސާމިޔާ

10 March 2018

ވަރަށް ރީތި

The name is already taken The name is available. Register?

އަހޫ

01 September 2016

ކިޔާލަން ރީތި؛ ނަމަވެސް ހަގީގަތެއްކަމަށް ބެލެވޭނެ ގޮތެއް ނެތް. ދެން ޤުރްއާން ތައާރުޒެއް ނުވާނެޔޭ ބުންޏެއްކަމަކު، ޤުރްއާންއާ ތައާރުޒު ނުވާގޮތަށް ވަރަށް ގިނަ ފެންޓަސީ ވާހަކަ ލިޔެވިދާނެ.

The name is already taken The name is available. Register?

ޖިންނި

24 August 2016

މީ ފެންޓްސީ ސްޓޯރީއެއް ވޯލްޓް ޑީސްނީއަށް ވިއްކާލަަން ވަސްވާސް ދެން.

The name is already taken The name is available. Register?

އިބްރާހިމް

22 August 2016

އަހަރެން ޖިންނީންނާއި ބެހޭގޮތުން ދިރާސާ ކުރާތާ ފުދޭ ވަރަކަށް ދުވަސް ވެއްޖެ. އެންމެ ނުލަފާ އަދި އެންމެ ބާރުގަދަ ޖިންނިއަކީ މާރިދުން، އިފްރީތުންނަކީ މާރިދުންނަށް ވުރެ ބާރު ދަށް ބައެއް. ބިންމާ އަށް ބުނެލަން އޮތީ މައުލޫމާތު ހޯދައިގެން ވާހަކަ ލިޔުމަށް

The name is already taken The name is available. Register?

އިންމަ

24 August 2016

ޖިންނީންގެ ދަރަޖައިގެ އެންމެ ކުޅަދާނާ އެންމެ ހަލުވިއީ އަދި ބާރުގަދައީ އިފްރީތުންކަތް ސުލައިމާން އަލައިހްސަލާމް އާއި ސަބާ ރނީގެ ތަހްގުގެ ވާހަކައިން ވަރައް ރަންގަޅައް އިންގޭ.. އަދި އިތުރު ތަފްސީލެއް ދޭނަން.. ކަންޑުގެ ވެރިން މާރިދުން.. އުދުހިފަ ވައިގެ ވެރިންނަކީ އިފްރީތުން

The name is already taken The name is available. Register?

ީަެމާއެނގޭ

08 September 2016

ކުރި ދިރާސާ އަލުން ކޮަައްލާ .. އިފްރީތުން އެންމެ ބާރުގަދައީ

The name is already taken The name is available. Register?

ވާހަކަ

22 August 2016

ބިންމާ، މީހަކު ހަޤީޤީ ވާހަކޭ ކިޔާފަ އެއްޗެއް ކިޔަސް ބިންމާމެން ކަހަލަ މީހުން އެ ހަޤީޤީ ވާހަކައެއްގެ ގޮތުގައި އާންމުންގެ ތެރެއަށް ދޫކޮށްލާއިރު ތަންކޮޅެއް ޒިންމާދާރުކޮށް ދީނާ ޙިލާފު ވާހަކަ ހުރިތޯ ބަލާފަ ގެނެސްދިނުން އެދެން. ނުބުނަން މީގަ ހުރީ ރަނގަޅު ވާހަކައެކޭ ނުވަނަ ނޫނެކޭ. ދީނާ ގުޅޭ ކަންތަކެއް ހުރީމަ ރަނގަޅަށް ދިރާސާކޮށް ވާހަކަ ގެނެސް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަންނޭންގެ.

The name is already taken The name is available. Register?

ހަމަނުޖެހޭ

24 August 2016

މީގަ އޮތް ދީނާ ހިލާފު ވާހަކަވެސް ބުނިނަމަ...؟؟

The name is already taken The name is available. Register?

ޖިންނި ޖިނާ

22 August 2016

މަށަށް ހީވަނީ ހުނަރު ކުޑަބެ ކިޔައިގެން އެއުޅެނީވެސް ޖިންނި އެއްހެން. އެހެންނާފަހެ މުޅިންހެން އޭނަގެ ކޮމެންޓް ވިއްޔަ!

The name is already taken The name is available. Register?

އެނޯނަަމަސް

21 August 2016

މީގައި ޤުރުއާނާއި ޚިލާފު ކޮންވާހަކައެއްތޯ އޮތީ؟ އަނެއްކާ ޖިންނީން އުޅޭ ކަމަށް ޤަބޫލުކުރާ ބަޔަކުބާ މިކަމަށް ޖޯކުޖަހަނީ؟ އަޅުގަނޑަކީ ޖިންނީ ލޮލުން ދެކުނު މީހެއް. މީގައި ހަޤީޤަތާއި ޚިލާފު ވާހަކައެއް އޮތްކަމަކަށް ނުބެލެވޭ! އަދި ޤުރުއާނާއި ތަޢާރުޒުވާ ވާހަކައެއްވެސް އޮތްކަމަކަށް ނުބެލެވޭ!

The name is already taken The name is available. Register?

ޯޖޯޖިއާ

21 August 2016

ބާބު 2 ކައް އިންތިޒާރުކޮއްލައްވާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454