މުނިފޫހިފިލުވުން / އީދު

ހިޔަލަ ގްރޫޕުން އީދަށް ބޯކިބާ ފޮރުވައިފި

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

ބޮޑު އީދަށް ހާއްސަކޮށްގެން ނ. މަނަދޫގެ ޑާންސް ގްރޫޕް "ހިޔަލަ" އިން "ބޯކިބަންބާ" ނަމުގައި ލަވައެއް ނެރެފި އެވެ.

އީދު ދުވަހާ ގުޅުވައިގެން ގެނެސްދިން މި ލަވާގައި ދައްކަނީ އިހުޒަމާނުގައި އީދު ބޯކިބާ ފޮރުވަން ބައެއް ރަށްރަށުގައި މީހުން އުޅުނު ގޮތެވެ. މިއީ މިހާރު ވެސް ބައެއް ރަށްރަށުގައި ވަރަށް ފޯރީގައި ކުރާ ކަމެކެވެ.

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

ބޯކިބާ ތައްޔާރުކުރާ ގޮތާއި އެ ބޯކިބާ ފޮރުވަން ފިރިހެނުން ކުރާ މަސައްކަތް މި ލަވައިގައި ދައްކަ އެވެ. އެ މަންޒަރުތައް ގެނެސްދީފައި ވަނީ ކުޑަކުއްޖަކަށް އެ ވާހަކަ ކިޔައިދޭ ގޮތަށެވެ.

ހިޔަލަ ގްރޫޕުގެ މެނޭޖަރު އަހުމަދު އަބްދުﷲ ބުނީ މި ލަވަ އުފެއްދި އޯޑިއޯ ޕްރޮޑަކްޝަނުން މި ލަވަ ކޮމްޕޯޒްކޮށް ނިންމަން އެއް މަސްދުވަސް ހޭދަވި ކަމަށާއި އަދި ވީޑިއޯ ނަގަން ހަފުތާއެއް ހޭދަވި ކަމަށެވެ. އަދި މި ވީޑިއޯ ލަވައިގެ އެޑިިޓިންގެ މަސައްކަތް ކުރީ ވީޑިއޯގްރާފަރު އިބްރާހިމް ސުޖާއު ކަމަށް ވެސް އޭނާ ބުންޏެވެ.

މި ލަވައިގެ ޅެން ލިޔުނީ ހިޔަލަ ގްރޫޕުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ޝާހިދު އެވެ. އަދި އޯޑިއޯގެ ހުރިހާ މަސައްކަތެއް ކޮށްފައި ވާނީ "އެއްކާފް ސްޓޫޑިއޯ" އިން މުނާޒެވެ.

މި ލަވައިގައި ފެންނަ ސަގާފީ ހެދުންތައް ޑިޒައިންކޮށްފައި ވަނީ އެ ގްރޫޕުގެ ނެށުންތެރިޔާ އައިޝަތު ސުއިޒާ އެވެ. އަދި ލިބާހުގެ ބޯވަޅުތައް ހަދާފައި ވަނީ މަނަދޫގެ "ލުލީސް" އިންނެވެ.

"ހިޔަލަ" ޑާންސް ގްރޫޕްގެ ނެށުންތެރިން.-- ފޮޓޯ: ހިޔަލަ

ހިޔަަލަ ގްރޫޕުން ކޮންމެ އަހަރަކު ވެސް އީދަށް ހާއްސަ ލަވައެއް ނެރެ އެވެ. މި ލަވާގައި އެ ގްރޫޕްގެ ހުރިހާ ނެށުންތެރިން ފެނެ އެވެ.

މި ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ.

17 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 10%
icon angry icon angry 40%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދިވެހީޒް

13 June 2024

ވަރަށް ބެސްޓް ހަމަ.

The name is already taken The name is available. Register?

ޝަރިީ

13 June 2024

ހިންދީ ލަވައެއްހެން ހީވަނީ...

The name is already taken The name is available. Register?

މަލަ

13 June 2024

ދިވެހި ސަގާފަތާ ގުޅޭ ހަބަރުގަ އިންފޮޓޯއިން ފެންނަކަހަލަ ރީތި ހެނދުންތައް ފެނުމުން ހިންހަމަޖެހުން ލިބިގެންދޭ

The name is already taken The name is available. Register?

ސަނައްޓޭ

12 June 2024

ލަދުން ބޯ ހަލާކު.

The name is already taken The name is available. Register?

ހ‫ަސަންބޭ

12 June 2024

‫ލަވައިގަ ދައްކަނީ އަންހެން ވެރިން ނަށާފަ ބޯކިބާ އަޅާފަ ފޮރުވާ މަންޒަރު.. އެކަމް ހަބަރުގަ އޮތީ ބޯކިބާ ތައްޔާރުކުރާ ގޮތާއި ފިރިހެން ވެރިން ބޯކިބާ ފޮރުވަން މަސައްކަތް ކުރާ މަންޒަރު ލަވައިގަ ފެންނަ ކަމަށް.. ކަމަކު ނުދޭ މި ވިޑިއޯ...

The name is already taken The name is available. Register?

ހުތްއާދަނު

13 June 2024

ވީޑިއޯގެ އެއްބައި ތިބެލީ.

The name is already taken The name is available. Register?

ހިޔަލަ މަނަދޫ

13 June 2024

މައްސަލައެއްނެތް ކަމުނުދިޔަސް ދެން ފަހަރަކުން ރަނގަޅު ކޮށްލާނަން. ށުކުރިއްޔާ ބެލީމަ.

The name is already taken The name is available. Register?

އާދަންބެ

12 June 2024

އަހަރުމެންތެރޭން ވަރަށްގިނަ މީހުން ދިވެހިވަންތަވާން ވަރަށް އުޅޭނެ ޚާއްސަ ދުވަސް ދުވަސް އައީމަ، އެކަމަކު ކުށްނުލާ ސާފުދިވެހިބަހުން ވާހަކަދައްކަން މާބޮޑު ސަމާލުކަމެއް ނުދޭނެ. ެހ ާ

The name is already taken The name is available. Register?

ހެހެ..

13 June 2024

އެހެން ދުވަސް ދުވަހު ކޮފީ ކުރަނީ އަފްގާނިސްތާންދޯ

The name is already taken The name is available. Register?

ބަދި

12 June 2024

ގޯހެއްނޫން ، އެކަކު އަނެކަކަށް އިޙްތިރާމް ކުރޭ

The name is already taken The name is available. Register?

އަހަންމަދާ

13 June 2024

ކުރަމޭ ކުރަމޭ.

The name is already taken The name is available. Register?

އަލިބެ...

12 June 2024

ތިޔަނުވޭ ލަވައަކަށް. ތިއީ ބެރު އަދި ރާގަށް ކިޔާފައިވާ ވާހަކަ އެއް.

The name is already taken The name is available. Register?

އަހަންމަދާ

12 June 2024

ދެން ކޮބަޔޯ ލަވަޔަކީ؟ ރާގަކަށް ނުވަތަ މިއުޒިކަކަށް ކިޔާ ކޮންމެ އެއްޗަކީ ލަވަ. ތިބުނަނީ ޅެމުގެ ވާހަކަ ޅެމަކީ ތިބުނާ ޒާތައް ކާފިޔާއާ ގަތް ބަހާ ފަހުބަސް ހިމަނައިގެން އަދި 6 ބައިތައް ލިޔުނީމަ ވާ އެއްޗަކީ. ދަސްކޮށްބައްލަ. މިޒަމާނުގެ ލަފަ ތަފާތުވާނެ. ނުޖެހޭ އަބަދު އެއްގޮތަކަަށް ހުންނާކަށް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

12 June 2024

ލަވަ ރީތި.

The name is already taken The name is available. Register?

ހިޔަލަ މަނަދޫ

12 June 2024

ށުކުރިއްޔާ

The name is already taken The name is available. Register?

ޢެޑްމުންޑޯ

12 June 2024

މިލަވަވެސް ދެން ގޯހެއްނޫން ، ނަމަވެސް ބ ކަމަދޫ އިން މިއީދަށް ތައްޔާރުކޮށް ވީޑިޔޯކޮއްފައިވާ ލަވަހާ ފައްކާ ބަލާހިތްވި ލަވައެއް އަދި ނެތް

The name is already taken The name is available. Register?

ހިޔަލަ މަނަދޫ

12 June 2024

އޯކޭ އެކަމު މިލަވަ މާ ސަޅި އޭ އެހެން މީހުން ބުނަނީ އޯކޭ ދެން އެޑްމުންޑޯ އަށް ކަމުނުދިޔައަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454