ވިޔަފާރި / މީހުން

ރަފީއުއްދީން: އޭނާ އަށް ރާއްޖެ ފެންނަނީ އަހަރެމެންނަށް ފެންނަ ގޮތަކަށް ނޫން!

ޓެކްނޮނޮޖީ އަށް އާ ނަމެއް ނޫނެވެ؛ ރަފީއުއްދީންގެ މުޅި ހަޔާތް ހޭދަވަނީ އޭގެ ތެރޭގަ އެވެ. އޭނާގެ ވިސްނުމުގައި މިހާރު ވެސް އޮންނާނީ ކޮންމެވެސް އާ ކަމެއް، އާ ޓެކްނޮލޮޖީއެއް ރާއްޖެ އަށް ތައާރަފު ކުރުމަށެވެ. ވިޔަފާރިކޮށް، އެ ވިޔަފާރި ފުޅާކުރަން އޭނާ ބޭނުން ވަނީ އޭގެ ތެރޭގަ އެވެ. ދިވެހިން އޭގެ ތެރޭގައި ބައިވެރިކުރުވައި، ހަމަލޮލަށް އެ ދައްކައި އެ ތަޖުރިބާކުރުވައިގެންނެވެ.

މީގެ ތިރީހަކަށް އަހަރު ކުރިއަށް ޖެހިލަމާ ހިނގާށެވެ! ރާއްޖެ އަށް ކޮމްޕިއުޓަރު ތައާރަފުވެގެން އައިއިރު ވެސް އޭނާ އަކީ މުހިންމު ނަމެކެވެ. ރަފީއުދީން އަކީ ކޮމްޕިއުޓަރުގައި އަހަރުމެން މިހާރު މި ބޭނުން ކުރާ ވިންޑޯސް އެންމެ ފުރަތަމަ ރާއްޖެ އަށް ތައާރަފް ކޮށްދިން މީހާ އެވެ. ހިތަދު އަށް އުފަން އެ ޅަ ޒުވާނާ އޭރު ކޮމްޕިއުޓަރު ކިހިލި ޖަހާލައިގެން އުޅުނީ އެއީ ކޮން އެއްޗެއްކަމާއި އެއިން ކުރަނީ ކީއްކަން މީހުންނަށް ކިޔައިދިނުމަށެވެ. ކޯސްތައް ހިންގި އެވެ. މީސްމީހުން ކައިރިއަށް ގޮސް، ކޮމްޕިއުޓަރަކީ ކީއްކުރާ އެއްޗެއްކަން، ސަރުކާރުގެ އެކި ފަންތީގެ މީހުންނަށާއި އާންމުންނަށް އޮޅުންފިލުވައި ދިނެވެ. އޭގެ ފަހުން އޭގެ ވިޔަފާރީގެ ތެރެއަށް ވެސް ވަނެވެ.

ވިޔަފާރީގެ ތެރެއިން މިއަދު އޭނާ އަށް އާދެވިފައި ހުރި ހިސާބަކީ، މޮބައިލް ފޯނު ވިއްކުމުގެ އެންމެ ކުރީ ސަފަށެވެ. ޒިއޯން މޮބައިލްސް އަކީ އޭނާގެ ވިޔަފާރި އެވެ. ރާއްޖެ އަށް އެކި ބްރޭންޑްގެ ފޯނު އޭނާ ތައާރަފުކުރި އެވެ.

ދެން އޮތީ އެހެން ވާހަކައެކެވެ؛

އިހަކަށް ދުވަހު ދިވެހިންގެ ސަމާލުކަން ހުއްޓުނު އެއް ކަމަކީ މާލޭގައި ހުޅުވި ރެސްޓޯރަންޓެއް ރޮބޮޓެއް ހިދުމަތް ދޭ ވާހަކަ އެވެ. ގިނަ ބައެއްގެ ނަޒަރު އެ ރޮބޮޓަށް ހުއްޓި، އެ ރޮބޮޓުގެ ވާހަކަ ގިނަ ބަޔަކު ދިޔައީ ދައްކަމުންނެވެ. މިއީ މުޅިން އާ ކަމެކެވެ.

ރާއްޖެ އަށް ފުރަތަމަ ގެނައި ސާވާ ރޮބޮޓް. -- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލޭގެ މަޖީދީ މަގުގައި ހުޅުވި އޯޝަން ބަބްލްސް ރެސްޓޯރަންޓުން ދިވެހިންނާ ހަމައަށް ރޮބޮޓެއް ތައާރަފް ކުރުމުގެ ފަހަތުގައި ހުރީ ރަފީއުއްދީން އެވެ.

"އަޅުގަނޑަކީ އަބަދުވެސް އާ ޓެކްނޮލޮޖީ އަށް ޝައުގު ހުންނަ މީހެއް. އަށްޑިހައިގެ ފަހުކޮޅު ދިވެހިންނަށް ކޮމްޕިއުޓަރު މާ އާއްމު ނޫން އިރު އުޅުނު ވަޒީފާގެ ގޮތުން ބޭރުގެ ބައެއްގެ އެހީއާ އެކު ކޮމްޕިއުޓަރާ ކުޅެން ދަސްވީ. ދެން ބޭނުންވީ އެކަން އެހެން ބަޔަކަށް ދަސްކޮށްދޭން،" ރަފީއުއްދީން، އޭނާގެ ހަޔާތް ހުޅުވާލި އެވެ.

ރަފީއުއްދީން "މިހާރު"އާ ވާހަކަ ދައްކަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ބުނި ގޮތުގައި 1993 ހިސާބުގައި ހަ ކޮމްޕިއުޓަރާ އެކު ކޮމްޕިއުޓަރު ކްލާސްތަކެއް ފެށި އެވެ. އެ ފެށުމަކީ ގިނަ ބަޔަކު އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ކޮމްޕިއުޓަރާ ގުޅުން ހުރި އެކި ތަމްރީނުތައް ދޭ މަރުކަޒު ސައިރިކްސްގެ ފެށުމެވެ.

ރަފީއުއްދީން ބުނި ގޮތުގައި އެންމެ ފުރަތަމަ ކޮމްޕިއުޓަރު ކްލާސްތައް ފެށި އިރު ދަސްކޮށްދިނީ ޑޮކިއުމަންޓް ހުޅުވާނެ ގޮތާއި، ސޭވްކޮށް، ރީ ނޭމްކޮށް ހަދާނެ، އާދައިގެ ކަންތައްތަކެވެ. އޭރު ސަރުކާރުގެ ގިނަ މިނިސްޓްރީތަކާއި، ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށް ވެސް ގޮސް އެ މަސައްކަތްތައް ދަސްކޮށްދިން ކަމަށް އޭނާ ބުންޏެވެ.

"ގިނަ ދުވަސްތަކެއް ވަންދެން ސައިރިކްސް މެދުވެރިކޮށް ރާއްޖޭގެ ގިނަ ބަޔަކަށް ކޮމްޕިޓަރުގެ ތަމްރީނުތައް ދިނިން. ބޭނުންވީ ރާއްޖޭގައި ކޮމްޕިއުޓަރު އާއްމުވެ، އެ ގެނެސް ވިއްކަން ފެށުމުގެ ކުރިން އެ ބޭނުން ކުރަން އިނގޭ ބަޔަކު ތަމްރީނުކުރަން. އެ މަސައްކަތް ކުރުމަށް ފަހު، ދެން އެ ކުންފުނި އެހެން ބަޔަކަށް ވިއްކާލުމަށް ފަހު ފެށީ އެކި ކަހަލަ ސޮފްޓްވެއާތަކާއި، ކޮމްޕިއުޓަރާއި ލެޕްޓޮޕް ވިއްކުމުގެ މަސައްކަތް. ޒިއޯން ކޮމްޕިއުޓާސްގެ ނަމުގައި އެންމެ ފުރަތަމަ އެކަން ފެށީ،" އޭނާ ބުންޏެވެ.

ރަފީއުއްދީން ބުނި ގޮތުގައި ޒިއޯން ކޮމްޕިއުޓާ ފެށި މައިގަނޑު މަގުސަދަކީ ދިވެހިންނާ ހަމައަށް ހެޔޮ އަގުގައި ކޮލިޓީ ރަނގަޅު ކޮމްޕިއުޓަރާއި ލެޕްޓޮޕާއި އެއާ ގުޅުން ހުރި ތަކެތި ފޯރުކޮށްދިނުމެވެ. އަދި ގިނަ ބަޔަކަށް އެ ތަކެތި ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށް ހޯމް ކޮމްޕިއުޓަރުގެ ނަމުގައި ތަނެއް ހުޅުވައި، އިންސްޓޯލްމަންޓަށް ކޮމްޕިއުޓަރު ނެގޭނެ ގޮތް ވެސް ކަސްޓަމަރުންނަށް އަލަށް ތައާރަފްކޮށްދިނީ އޭނާ ކަމަށް ބުންޏެވެ.

ރަފީއުއްދީން: އޭނާ އަކީ ދިވެހިންނާ ޓެކްނޮލޮޖީ ގުޅުވައިދިނުމުގައި މުހިންމު މީހެއް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޒިއޯން ކޮމްޕިއުޓާސް އިން ފެށި ވިޔަފާރި ފުޅާކޮށް، މޮބައިލް ފޯނަށް ރާއްޖެ އަށް ތައާރަފްވެ ގިނަ ބަޔަކު ހެޔޮ އަގުގައި ފޯނު ގަންނަން ބޭނުންވާތީ، އެކަން ފަހިކޮށްދިނުމުގެ ގޮތުން ޒިއޯން މޮބައިލްސް ހުޅުވި އެވެ. ޒިއޯން މޮބައިލް އަކީ މިހާރު ދިވެހިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ވާވޭ އަދި ރެޑްމީ ޝޯމީ ފަދަ ހެޔޮ އަގުގައި ލިބެން ހުރި ކޮލިޓީ ރަނގަޅު ފޯނު ތައާރަފްކުރި ފިހާރަ އެވެ.

"އަޅުގަނޑަށް ފެނުނު އެކި ޓެކްނޮލޮޖީތައް ތައާރަފްވެ، ހަލުވިމިނުގައި އެ ބަދަލުވަމުން ދިޔަ މަންޒަރު. އަޅުގަނޑު އަބަދުވެސް ބޭނުންވީ ދިވެހިންނަށް އެ ބަދަލުތައް އެންމެ ފުރިހަމަ އަށް ހެޔޮ އަގެއްގައި ތަޖުރިބާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން،" އޭނާ ބުންޏެވެ.

ރަފީއުއްދީން ބުނި ގޮތުގައި އޭނާގެ ވިޔަފާރިތަކުގައި އެންމެ އިސްކަމެއް ދޭ ކަމަކީ އަބަދު ވެސް ހެޔޮ އަގުގައި ދިވެހިންނަށް ތަފާތު ކަންތައްތަކެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމެވެ. ހުޅުމާލޭގައި ހޮބީއެއް ގޮތުގައި ހުޅުވި ބަބްލް ޓީ ވިއްކާ އޯޝަން ބަބްލްސް އަކީ ވެސް އެ އަމާޒުގައި ހުޅުވި ތަނެއް ކަމަށް އޭނާ ބުންޏެވެ.

"ވިޔަފާރި ދަތުރުތަކުގައި އަޅުގަނޑަށް އެންމެ ކަމުދާ އެއް ބުއިމަކީ ބަބްލް ޓީ. ބަބްލް ޓީ އަކީ އަސްލު ޓައިވަނީޒް އުފެއްދުމެއް. ބޭނުންވީ ދިވެހިންނާ ހަމައަށް ސީދާ ޓައިވާނުން ލިބޭ ރަހަ ފޯރުކޮށްދޭނެ. އެހެންވެ އެ ތަނުން ބަރިސްތާ ޓްރެއިންކޮށް، ތަކެތި ހޯދައި، އެ ތަނުގެ ކުންފުންޏަކާ ވާހަކަ ދައްކާ ރޯޔަލްޓީ ފްރެންޗައިޒްއެއްގެ ގޮތުގައި މި ތަން ހުޅުވީ،" އޭނާ ބުންޏެވެ.

ހުޅުމާލޭގައި ހުޅުވި އޯޝަން ބަބްލްސް އަށް ލިބުނު ބޮޑު ތަރުހީބާ އެކު އެ މަސައްކަތް ފުޅާ ކުރުމަށް ނިންމައި، އަލަށް ހުޅުވާ ތަނުގައި އާ ކަމެއް ދިވެހިންނަށް ފޯރުކޮށް ދިނުމުގެ ވިސްނުމުގައި ހުއްޓާ ދެން ބައްދަލުވީ ރޮބޮޓަކާ އެވެ.

ރޮބޮޓު އޯޑަރަކަށް ފޮނުވުމަށް ތައްޔާރު ކުރަނީ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ސަންވޭ ހިސާބުގަނޑުން ރެސްޓޯރަންޓަކުން ސާވާ ރޮބޮޓަކާ ބައްދަލުވީ. ވަރަށް އެކްސައިޓްވި ރޮބޮޓެއް ސާވް ކުރަން އައިމަ. ބޭއިހުތިޔާރުގައި އެއާ ވާހަކަ ވެސް ދެއްކުނު. ދެން ހިތަށް އެރީ މި އެކްސައިޓްމަންޓް އެހެން މީހުންނަށް ވެސް ތަޖުރިބާ ކުރެވޭނެ ގޮތެއް ހޯދައިދޭން އެބަ ޖެހެއޭ. ރާއްޖެ އަށް ވެސް މި ކަހަލަ ތަފާތުކަމެއް އެބަ ތައާރަފް ކުރަން ޖެހެއޭ،" ރަފީއުއްދީން ބުންޏެވެ.

ރަފީއުއްދީން ބުނި ގޮތުގައި ރޮބޮޓު ގެނައުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވި އެވެ. ޝިޕިން ކުރެވޭނެ ގޮތެއް ހޯދުމުގަ އާއި އެ ފަދަ އެއްޗެއް އަލަށް އެތެރެ ކުރަން އުޅުމުން ވެސް ދަތިތަކެއް ދިމާވި އެވެ. އެ ދަތިތައް ހުރަސްކުރުމަށް ފަހު، ދިވެހިންނާ ހަމައަށް ގެނައި ސާވާ ރޮބޮޓް އަކީ ތިން މޭޒަކަށް ބޭނުންވާ ތަކެތި ގެންގޮސްދެވޭނެ ތިން ޓްރޭއެއް ހުރި ރޮބޮޓެކެވެ.

އޯޝަން ބަބްލްގައި ރޮބޮޓް ހިދުމަތްދެނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ރޮބޮޓަކީ މީހުންގެ ހަރަކާތްތައް ދެނެގަނެ، އަމިއްލަ އަށް ރޫޓިން އަށް ބަދަލު ކުރަން އިނގޭ އޮބްސްޓިކަލް އެވޮއިޑެންސް ޓެކްނޮލޮޖީ ވެސް ހުރި ރޮބޮޓެކެވެ. އަދި އެއީ ބެޓެރީ ދަށްވާން ފެށުމުން އަމިއްލަ އަށް ޗާޖިން ޑޮކަށް ގޮސް ޗާޖު ވެސް ކުރާ ރޮބޮޓެކެވެ.

ރޮބޮޓުގެ ހިދުމަތް ދޭ އޯޝަން ބަބްލްގައި ރޮބޮޓާ އެކު ސާވާއިން ވެސް މަސައްކަތް ކުރާނެ އެވެ. ހިތް ފަސޭހަ ތަފާތު ގޮތަކަށް ޑިޒައިންކޮށް ހުޅުވި އެ ރެސްޓޯރަންޓުން ޕްރިމިއަމް ޓީގެ 11 ވައްތަރަކާއި ބަބްލް ޓީގެ 35 ވައްތަރަކާއި، ތަފާތު ސްމޫތީސް ފަދަ ސިއްހަތަށް ފައިދާ ހުރި ބުއިމާއި ލުއިކާނާ ލިބެ އެވެ.

"މި ތަނުން މި ލިބޭ ބަބްލް ޓީ ތަފަތު ވާނެ. މިއީ އޮތެންޓިކް ތައިވަނީސް ބަބްލް ޓީ. މި ތަނުގައި ތައްޔާރު ކުރާ އެކި ޓީ އަކީ ވަކި ގޮތަކަށް ބްރޫކޮށް ވަރަށް ޕްރޮސެސް ބޮޑުކޮށް ތައްޔާރު ކުރާ އެއްޗެއް. އަދި ބޭނުން ކުރާ ތަކެތީގައި ވެސް ލެކްޓޯސް ނުހުންނާނެ. ސިއްހަތަށް ރަނގަޅު އޮޕްޝަން ބޭނުން ކުރަނީ،" އޭނާ ބުންޏެވެ.

މާލޭގައި ހުންނަ އޯޝަން ބަބްލްސްގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރަފީއުއްދީން ބުނި ގޮތުގައި ރޮބޮޓު ދެކިލުމަށް ގިނަ ބަޔަކު އޯޝަން ބަބްލްސް އަށް ގޮސް އެ މީހުންގެ އިހުސާސްތައް ބަލާލަން ފެނުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މުސްތަގުބަލުގައި ވެސް މި ފަދަ ތަފާތު ޓެކްނޮލޮޖީ ތައާރަފް ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ބޭނުމަކީ ރާއްޖެ ވެސް ފަހުގެ ޓެކްނޮލޮޖީއާ ރައްޓެހިވުން. އަދި ރާއްޖެއިން ވެސް އާ އީޖާދުތައް ފެނިގެން ދިއުން. އަދި ދިވެހިންނަށް އެ ޓެކްނޮލޮޖީ ބޭނުން ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތުގައި ދެމިހުރުން،" އޭނާ ބުންޏެވެ.

އޭނާގެ ސިކުނޑި 24 ގަޑިއިރު އެނބުރެނީ ޓެކްނޮލޮޖީގެ ތެރޭގަ އެވެ. އާ އީޖާދުތަކުން ދެން ތައާރަފުކުރާނީ ކޮން ކަމެއްތޯ އެވެ. މިހާރު ވެސް އޭނާ އިންނާނީ އެ ވިސްނުމުގަ އެވެ. ދެން ރާއްޖެ އަށް ތައާރަފުކުރާނީ ކޮން ކަމެއްތޯ އެވެ؟ އޭނާ އަށް ރާއްޖެ ފެންނަނީ އަހަރެމެންނަށް މި ފެންނަހެނެއް ނޫނެވެ. އެއަށް ވުރެ މާ ބޮޑުކޮށެވެ. ޓެކްނޮލޮޖީގެ ރާއްޖެއެއްގެ ގޮތުގަ އެވެ.

15 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 7%
icon inlove icon inlove 66%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަދުރުއްދީން

25 January 2023

މި ބުނީ މެލޭސިޔާގަ ހުންނަ ދިވެހި އެމްބަސީ އަށް ތިޔައިގެ ރޮބޮޓެއް ޓުވީޓު ކުރުމަށްޓަކައި ހަމަ ޖައްސަވައި ދެވޭނެ ގޮތެއް އޮތެއް އޮންނާނެ ތޯ އޭ މި ބުނީ!

The name is already taken The name is available. Register?

ނަޖްވާ

24 January 2023

ގަދަ ރަފީއުއްދީން! މިހާރު ހުންނަނީ ސައިރިކްސް އަށް ފަހުން ވަރަށް ބޮޑީ ކޮށްލާފަ ކަމަށް ބެލެވެނީ! ސައިރިކްސް ސަރީފު އުޅެނީ މިހާރު ސައިރިކްސް ހިންގަން!

The name is already taken The name is available. Register?

މާއިނާ

23 January 2023

ޑރ. ޝަކީލާގެ ހާފް ބްރަދަރ. ސިމްޑީ އަކީ ޅިޔަނު

The name is already taken The name is available. Register?

ކިއުޓް

25 January 2023

ހަހަހަ ދެޓް އެކްސްޕްލެއިންސް އިޓް

The name is already taken The name is available. Register?

ހސހއު

23 January 2023

ތި ބޮއެގެން މި އުޅެނީ ބޭރަށް ހިންގާތީ!!!

The name is already taken The name is available. Register?

އެނދިމަރިޔަނބު

23 January 2023

ފައިސާހުރިނަމަ ތި ކެފޭއާ ބުއިންތައް އަޖުމަ ބަލާލަން ދާނަން، އެކަމަކު ނެތް ފައިސާއެއް. ެެ

The name is already taken The name is available. Register?

ހަމްދޫނު

23 January 2023

ރަފީއުއްދީން ކޮއްދިން ކަންކަމަށް ވަރަށް ޝުކުރު. ހަގީގަތުގަސް ޝުކުރު ހައްގު. އެކަމަކު އަދިވެސް ބުލެނަން ބޭނުމީ އެ ރޮބެޓަށް "އަންހެން" ރަމުޒުކޮއްދޭ ކަހަލަ ނަމެއް ދިނުން ރަނގަޅެއްނޫނޭ. އޭތި އެއީ އަސްލުގަ އެއްޗެއް (އޮބްޖެކްޓެއް)، އެހެންވީމަ ނިއުޓުރަލް ނަމެއް ޙިޔާރުކުރިނަމަ ވަރަށް ރަނގަޅުވިސް. ވިސްނާލުން އެދެން.

The name is already taken The name is available. Register?

ވިންޑޯސް 23

23 January 2023

އެންމެ ފުރަތަމަ ބުރޯ މިކަން ފެށީ! ޢެކަމަކުޑ ބަރަވެލި ދުވެލީގައި ބުރޯ އުޅޭތީވެ މިހާރު ހުރީ އެންމެ ފަހަތުގައި

The name is already taken The name is available. Register?

އާމިނަތު1

23 January 2023

ރޮބޮޓް އިންނަނީ އަބަދު ޗާޖަށް ޖަހާފަ

The name is already taken The name is available. Register?

ސަނައްޓޭ

23 January 2023

ތިހެން ބުނާނެ. ވަރަށް ކޮލިޓީ ވާނޭ ތަފާތު ވާާނޭ. ގޮސް ޓްރައި ކުރީމަ އެނގެނީ މުޅިން މި މީހުން ހަދަނީ ދޮގު ކަން. އިތުބާރެއް ނެތް ދިވެހިންނަކަށް

The name is already taken The name is available. Register?

އެމްސް

23 January 2023

ޓައިވަނީސް ބަބުލްގަ ލާ ރަހަ ރާއްޖެއަކުން އަދި ނުލިބޭ!

The name is already taken The name is available. Register?

ށަވިޔަނި

23 January 2023

ރަފީއުއްދީނު ކޮންމެވެސްވަރަކަށް ދަންނަން. ބޭބެ ވަރަށް ރަނގަޅަށް ދަންނަން. އަދި މަންމަ އާއި ބައްޕަވެސް ކާފަ ވެސް ދަންނަން. އަދި ތިދާއިރާގަ އެންމެ ކުރީއްސުރެ އުޅުނުކަންވެސް އެނގޭ. ނެއެނގޭ ކަމަކީ ތިހާކުރީސަފުގައި އުޅޭކަމާއި ތި ވިޔަފާރިތަކަކީ އޭނަގެ ވިޔަފާރިކަން. ރަފީއުއްދީނަށް އިތުރު ކުރިއެރުމާ ކާމިޔާބަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454